މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. އިހަވަންދޫ (513 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
513 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

އިހަވަންދޫގެ އެންމެ ފަހުގެ ޚަބަރުތައް

513 ޚަބަރުގެ ތެރެއިން
އިހަވަންދޫ ބިން ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށް 📍 ހއ. އިހަވަންދޫ

އިހަވަންދޫ ބިން ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށް

ހއ. އިހަވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުތެ ދަށުން، ބިން ހިއްކުމުގެ މަސައްކަތުގެ 54 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ މަސައްކަަތަށް ބޭނުންވާ ބޮޑުހިލައިގެ ހުރިހާ ޝިޕްމަންޓެއް ވެސް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން، 25 ހެކްޓަރުގެ ބިން […]

އަޙްމަދު ވަހީދު
ކައުންސިލްތަކުގެ ލަފަޔާ ޚިލާފަށް އެސްޖީން ޢައްޔަނުކުރުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވޭ: އެލްޖީއޭ 📍 ހއ. އިހަވަންދޫ

ކައުންސިލްތަކުގެ ލަފަޔާ ޚިލާފަށް އެސްޖީން ޢައްޔަނުކުރުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވޭ: އެލްޖީއޭ

ބައެއް ކައުންސިލްތަކުގެ ލަފަޔާއި ޚިލާފަށް އެ ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލް (އެސްޖީ)އިން ޢައްޔަނު ކުރުމުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުން އަންނަކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވިދާޅުވެއްޖެއެވެ. އެލްޖީއޭއިން މިހެން ވިދާޅުވެފައި ވަނީ ހއ. އިހަވަންދޫ ކައުންސިލަށް އެސްޖީ އެއް ޢައްޔަނުކުރުމުގައި އިހަވަންދޫ ކައުންސިލްގެ ލަފަޔާ ޚިލާފަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން އެ ކައުންސިލަށް އެސްޖީއެއް ޢައްޔަނު ކުރެއްވި މައްސަލައައާއި ގުޅިގެން ސިވިލް ސާވިސް ކޮމިޝަނަށް ފޮނުއް...

ޔުމްނާ ޢަލީ
ހއ. އަތޮޅު ކައުންސިލުން ހަތް ރަށަކަށް މާލީ އެހީ، ރަށަކަށް ލައްކައެއް 📍 ހއ. ބާރަށް

ހއ. އަތޮޅު ކައުންސިލުން ހަތް ރަށަކަށް މާލީ އެހީ، ރަށަކަށް ލައްކައެއް

ހއ. އަތޮޅު ކައުންސިލުން އެއަތޮޅުގެ ހަތް ރަށަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. އެކައުންސިލުން ވިދާޅުވީ، މާލީ އެހީގެ ގޮތުގައި ކޮންމެ ރަށަކަށް -/100،000ރ (އެއްލައްކަ ރުފިޔާ) ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މާލީ އެހީދިނުމުގެ އެއްބަސްވުމުގައި، މިއަދު ސޮއިކުރެވުނު ހަތްރަށަކީ، ތުރާކުނު، އިހަވަންދޫ، ވަށަފަރު، ދިއްދޫ، މާރަންދޫ، އުތީމު، އަދި ބާރަށެވެ. އެކައުންސިލުން ވިދާޅުވީ، މިއީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނުގައިވާ...

އިބްރާހިމް އަސްވާޤް
އިހަވަންދޫ ކައުންސިލަށް މުވައްޒަފުން ނެގުމުގެ ބާރު އަތުލައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ކައުންސިލަށް މުވައްޒަފުން ނެގުމުގެ ބާރު އަތުލައިފި

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ އެންމެހާ ކަންކަން ސިވިލްސާވިސް ކޮމިޝަނުން ކުރިއަށް ގެންދަން ނިންމާފައިވާކަން އެ ކޮމިޝަނުން އިހަވަންދޫ ކައުންސިލަށް އަންގައިފިއެވެ. ސިވިލްސާވިސް ކޮމިޝަނުން މިކަން އިހަވަންދޫ ކައުންސިލަށް އަންގާފައި ވަނީ މި މަހުގެ 23 ވަނަ ދުވަހު ފޮނުވި ސިޓީއެއް މެދުވެރިކޮށެވެ. އެ ސިޓީގައި ވަނީ ސިވިލަސާވިސްގެ ގާނޫނުގެ ދަށުން އެކަށައަޅާފައިވާ މުޅި ސިވިލްސާވިސްގެ ނިޒާމުގެ މަޤުޞަދަކީ އިސްތިސްނާ ކުރެވިފައިވާ ފަރާތްތައް ފިޔަވައި ދައުލަތުގެ އި...

އިބްރާހިމް ޚަލީލް
ނިއުގެ ފުޓްބޯޅަ އެކަޑަމީއެއް އިހަވަންދޫގައި، ބައިވެރިވާން ހުޅުވާލައިފި 📍 ހއ. އިހަވަންދޫ

ނިއުގެ ފުޓްބޯޅަ އެކަޑަމީއެއް އިހަވަންދޫގައި، ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ފުޓްބޯޅަ އެކަޑަމީ އެއް ހިންގަން ނިންމައި، ބައިވެރިވުމަށް ހުޅުވާލައިފިއެވެ. ރާއްޖޭގެ ފުޓްބޯޅައިގެ ގަދަ ބާރެއް ކަމުގައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން ބުނީ ފުޓްބޯޅަ ކުޅުމަށް ޝައުގުވެރިވާ ހުރުހައި ކުދިންނަށް މި ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި 100 ކުދިން ހަމަވާ ނަމަ، ރާއްޖެެއިން ބޭރުގެ ކޯޗަކާއި ރާއްޖޭގެ ދެ ކޯޗުންނާއެކު މި އެކަޑަމީ ފެށުމަށް ނިންމާފައިވަނީ މާރޗު މަހު ކަމަށެވެ. މިއީ ގްރޭޑް 1 ން 10 ގެ […]

މުޙައްމަދު އަފްރާޙް
އިހަވަންދޫ މިސްކިތްތަކުގައި ނެވިލޯން އަޅައިދޭނެ ފަރާތެއް ހޯދަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫ މިސްކިތްތަކުގައި ނެވިލޯން އަޅައިދޭނެ ފަރާތެއް ހޯދަނީ

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގެ ހަތަރު މިސްކިތެއްގައި ނެވިލޯން އަޅައިދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތަށްއެދި އަންދާސީ ހިސާބު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން މި މަހުގެ 26 ވަނަ ދުވަހުގެ ކުރިން އޮންލައިންކޮށް ރަޖިސްޓަރީވާން ޖެހެއެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ ކަނޑައެޅިފައިވާ މިއްދަތުގައި ރަޖިސްޓަރީވާ ފަރާތްތަކަށް އެކަންޏެވެ. ރަޖިސްޓަރީ ފޯމް: https://forms.gle/erZWSt7zX9wVo43o8 މި މަސައްކަތަށް އަންދާސީ ހިސާބު ހުށ...

އިބްރާހިމް ޚަލީލް
އިހަވަންދޫ ޒުވާނުންގެ ގްރޫޕަކަށް ފެނުނު ކިނބުލެއް ހިފައި، ސިފައިންނާއި ހަވާލުކޮށްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ޒުވާނުންގެ ގްރޫޕަކަށް ފެނުނު ކިނބުލެއް ހިފައި، ސިފައިންނާއި ހަވާލުކޮށްފި

ސްޕޯޓު ފިސިންގް އަށް ނުކުމެ އުޅުނު ހއ. އިހަވަންދޫ ޒުވާނުންގެ ގުރޫޕަކައް ފެނުނު ކިނބުލެއް ސިފައިންނާއި ހަވާލުކޮށްފިއެވެ. މަސްވެރި އިހަވަންދޫ ފޭސްބުކް ޕޭޖުގައި ބުނެފައިވާ ގޮތުގައި، ސްޕޯޓު ފިސިންގް އަށް ނުކުމެ އުޅުނު އިހަވަންދޫ ޒުވާނުންގެ ގުރޫޕަކައް މިއަދު ވަނީ ކިނބުލެއް ފެނިފައެވެ. އެ ކިނބޫ ފެނިފައި ވަނީ ހޯރަފުއްޓާ އެއް ފަޅެއްގައި އޮންނަ އުނގުލިފިނޮޅާއި ހުވަހަންދޫއާ ދެމެދުންނެވެ. ”ކިނބޫފެނުމުން އެސޮރު ގެއްލިދާނެ ކަމުގެ ބިރުއޮތުމުން ޑިންގީގައި އެވަގުތު ތިބި 4 ޒުވާނުންގެ ހުށިޔާރުކަމާއެކު ވަރަށް ރައް...

މުޙައްމަދު އަފްރާޙް
އިހަވަންދޫ ހޮސްޕިޓަލް އަޅަން ހަވާލުކޮށްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ހޮސްޕިޓަލް އަޅަން ހަވާލުކޮށްފި

ހއ. އިހަވަންދޫގައި ހޮސްޕިޓަލެއް އަޅަން މިއަދު ހަވާލުކޮށްފިއެވެ. ހެލްތު މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި މަޝްރޫޢު ހަވާލުކޮށްފައި ވަނީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއެވެ. މިއީ 30 އެނދުގެ ހޮސްޕިޓަލެކެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ 18 މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫޢުއަށް 123،303،792.00 ޚަރަދުވާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.  

ޔުމްނާ ޢަލީ
އިހަވަންދޫ އިމަގުގެ ޣާޒީ ކަޕް ފުޓްބޯޅަ މުބާރާތް ފަށައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ އިމަގުގެ ޣާޒީ ކަޕް ފުޓްބޯޅަ މުބާރާތް ފަށައިފި

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއާއި އިހަވަންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިޔަށް ގެންދާ “ބުލްބުލް ތެރަޕީ ސެންޓަރ އިމަގު ޣާޒީ ކަޕް 2023” ފުޓްބޯޅަ މުބާރާތް ފަށައިފިއެވެ. އިހަވަންދޫ ޣާޒީ ފުޓްބޯޅަ ދަނޑުގައި އިއްޔެ ހަވީރު މި މުބާރާތުގެ ކުޅުން ފަށާފައިވާއިރު، ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ސެންސިޓީއާއި ކުޅިމަގެވެ. މި މެޗު 3-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ކުޅިމަގެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ކުޅިމަގު ޓީމްގެ […]

އިބްރާހިމް ޚަލީލް
ދެވަނަ އިހަވަންކަޕްގެ ޗެމްޕިއަންކަން މާރަންދޫ އަށް 📍 ހއ. އިހަވަންދޫ

ދެވަނަ އިހަވަންކަޕްގެ ޗެމްޕިއަންކަން މާރަންދޫ އަށް

ހއ. އިހަވަންދޫ ކުލަބް ޕޯލްސްޓާގެ ފަރާތުން ހއ. އަދި ހދ. ގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށް ގެންދި “އިހަވަން ކަޕް ފުޓްބޯޅަ މުބާރާތް 2022″ގެ ޗެމްޕިއަންކަން ހއ. މާރަންދޫ ޔޫތް ސޮސައިޓީން ހޯދައިފިއެވެ. ހޮނިހިރު ދުވަހުގެ ރޭ އިހަވަންދޫގައި ކުޅުނު މި މުބާރާތުގެ ފައިނަލް މެޗުގައި މާރަންދޫ ޔޫތް ސޮސައިޓީ އާއި ވާދަކޮށްފައި ވަނީ އެ އަތޮޅު ދިއްދޫ އެޗްއެން ސްޕޯރޓްސް އެވެ. މި މެޗުގައި ދިއްދޫ އެޗްއެން ސްޕޯރޓްސްގެ މައްޗަށް މާރަންދޫ ޔޫތް ސޮސައިޓީން […]

ޔުމްނާ ޢަލީ
އިހަވަންދޫގައި މަސް ގަންނަ ސެންޓަރެއް އެޅުމަށް މިނިސްޓްރީން އެދުނު ގޮތަށް ބިން ދޫކުރަން ފާސްކޮށްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި މަސް ގަންނަ ސެންޓަރެއް އެޅުމަށް މިނިސްޓްރީން އެދުނު ގޮތަށް ބިން ދޫކުރަން ފާސްކޮށްފި

ހއ. އިހަވަންދޫގައި ސަރުކާރުން ގާއިމު ކުރަން ނިންމާފައިވާ މަސް ގަންނަ ސެންޓަރު އެޅުމަށް އެރަށުން 1 ހެކްޓަރުގެ ބިން ހިލޭ ދޫކުރުމަށް އިހަވަންދޫ ކައުންސިލުން ފާސްކޮށްފިއެވެ. މިގޮތަށް ފާސްކުރީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި 22 ވަނަ އަހަރުގެ އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 82 ވަނަ ޢާއްމު ޖަލްސާގައެވެ. މިގޮތަށް ފާސްކުރީ އެޖަލްސާގައި ބައިވެރިވި ކައުންސިލް މެންބަރުންގެ އިއްތިފާގުންނެވެ. އިހަވަންދޫގައި ސަރުކާރުން ގާއިމު ކުރަން ނިންމާފައިވާ މަސް ގަންނަ ސެންޓަރު އެޅުމަށް އެރަށުން 1 […]

ޔުމްނާ ޢަލީ
ހަތިމު އޮތީ ކައުންސިލްގެ ބެލުމުގެ ދަށުގައި 📍 ހއ. އިހަވަންދޫ

ހަތިމު އޮތީ ކައުންސިލްގެ ބެލުމުގެ ދަށުގައި

ހއ. އިހަވަންދޫ ހިރިގަލު މިސްކިތުގައި އޮތް އަތު ލިޔުމުން ލިޔެފައިވާ ހަތިމު އޮތީ އިހަވަންދޫ ކައުންސިލްގެ ބެލުމުގެ ދަށުގައި ކައުންސިލް އިދާރާކަމަށް އެކައުންސިލުން ވިދާޅުވެއްޖެއެވެ. އެ ހަތިމު ކުރިން އޮތީ އިހަވަންދޫގައި ހުންނަ އާސާރީ މިސްކިތެއް ކަމަށްވާ ހިރިގަލު މިސްކިތުގައެވެ. ނަމަވެސް އިއްޔެ އިންފެށިގެން އެ މިސްކިތުގައި އެ ހަތިމު ނެތްކަމުގެ މައުލޫމާތު ލިބުމުން ”ތިލަދުން” އިން ކުރި ސުވާލެއްގެ ޖަވާބުގައި އިހަވަންދޫ ކައުންސިލުން ވިދާޅުވީ، އެ ހަތިމު މިހާރު އޮތީ ކައުންސިލް އިދާރާގައި ކަމަށެވެ. ”މިވަގުތަ...

ޔުމްނާ ޢަލީ
ތިލަދުންމަތީ ހުނަރުވެރިން: އިޖުތިމާއީ ހިދުމަތްތެރިޔާ އިހަވަންދޫ ސުޖާޢު 📍 ހއ. އިހަވަންދޫ

ތިލަދުންމަތީ ހުނަރުވެރިން: އިޖުތިމާއީ ހިދުމަތްތެރިޔާ އިހަވަންދޫ ސުޖާޢު

އެއްވެސް މާލީ މަންފާއަކާއިނުލައި މުޖުތަމަޢަށް ޚިދުމަތް ކުރުމުގައި ވަރުބަލިކަމެއް ފޫހިމަކެއްނެތި އެތައް ހަކަތައަކާއި އެތައް ވަގުތެއް ހޭދަ ކުރަމުން އަންނަ ދިވެހި ދަރިން އަދިވެސް މި މުޖުތަމަޢުގައި އުޅެމުންދާކަމީ އުފާކުރުން ހައްޤު ކަމެކެވެ. މިގޮތުން ހއ. އިހަވަންދޫއަށް އުފަން އެ ރަށު ހަނދުވަރީނާޒް، މުޙައްމަދު ސުޖާޢުއަކީ އިޖުތިމާޢީ ޚިދުމަތުގައި ނަމޫނާއެކެވެ. ސުޖާގެ އިޖުތިމާޢީ ހަޔާތް ފެށިފައިވަނީ ސްކޫލުގައި ތަޢުލީމް ހާސިލްކުރަމުން އައި ދުވަސްވަރުއެވެ. މިގޮތުން އިޖުތިމާޢީ ހަޔާތް ފެށުނުގޮތް ހިއްސާކުރަމުނ...

އިބްރާހިމް ޚަލީލް
އަތު ލިޔުމުން ލިޔެފައިވާ ހަތިމު މިހާރު އިހަވަންދޫ ހިރިގަލު މިސްކިތުގައި ނެތް! 📍 ހއ. އިހަވަންދޫ

އަތު ލިޔުމުން ލިޔެފައިވާ ހަތިމު މިހާރު އިހަވަންދޫ ހިރިގަލު މިސްކިތުގައި ނެތް!

ހއ. އިހަވަންދޫ ހިރިގަލު މިސްކިތުގައި އޮތް އަތު ލިޔުމުން ލިޔެފައިވާ ހަތިމު މިހާރު އެ މިސްކިތުގައި ނެތް ކަމަށް މައުލޫމާތު ލިބިއްޖެއެވެ. އިހަވަންދޫން ”ތިލަދުން” އަށް ވާހަކަ ދެއްކި މީހަކު ބުނީ އެ ހަތިމު މިހާރު ކުރިން އޮތް އިހަވަންދޫ އާސާރީ މިސްކިތެއް ކަމަށްވާ ހިރިގަލު މިސްކިތުގައި ނެތްކަމަށެވެ. އެ ހަތިމު މިހާރު އޮތް ތަނެއް އިނގޭތޯ ބެލުމަށް އިހަވަންދޫ ކައުންސިލަށް ގުޅުމަށް ކުރި މަސައްކަތް މިހާތަނަށް ކާމިޔާބު ނުވިނަމަވެސް މައުލޫމާތު އެނގޭ މީހަކު ބުނީ އެ […]

ޔުމްނާ ޢަލީ
ނަޝީދު ހަތިމު ނެންގެވީ ހުއްދަ ނުހޯދާ، ފޮޓޯ އާންމު ކުރުމުން ކަންބޮޑުވޭ: އިހަވަންދޫ ކައުންސިލް 📍 ހއ. އިހަވަންދޫ

ނަޝީދު ހަތިމު ނެންގެވީ ހުއްދަ ނުހޯދާ، ފޮޓޯ އާންމު ކުރުމުން ކަންބޮޑުވޭ: އިހަވަންދޫ ކައުންސިލް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، ހއ. އިހަވަންދޫ ހިރިގަލު މިސްކިތުގައި އޮތް އަތު ލިޔުމުން ލިޔެފައިވާ ހަތިމު ނަންގަވައި، އެ ހަތިމުގެ ފޮޓޯ އާންމު ކުރެއްވުމުން އިހަވަންދޫ ކައުންސިލުން ކަންބޮޑުވުން ފާޅު ކޮށްފިއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ ނަޝީދު އިއްޔެ ވަނީ ކެމްޕެއިން ދަތުރެއްގައި އިހަވަންދޫ އަށް ވަޑައިގެންފައެވެ. މިދަތުރުފުޅުގެ ތެރެއިން ނަޝީދު ވަނީ އިހަވަންދޫގައި ހުންނަ އާސާރީ މިސްކިތެއްކަމަށްވާ ހިރިގަލު މިސްކިތަށް ވަޑައިގެން އެ މިސްކިތުގައި އޮތް އަތު ލިޔުމުން...

ޔުމްނާ ޢަލީ