📍 ހއ. ބާރަށް
ބާރަށުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފި
ތިލަދުންމަތީ އުތުރުބުރީ ބާރަށުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގުމަށްޓަކައި ބިން ދޫކުރުމަށް ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާއިން ބީލަމަށް ހުޅުވާލައިފިއެވެ. މިނިސްޓްރީން މިއަދު ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން ހޮޓާ އިމާރާތްކުރުމަށް ދޫކުރެވޭނީ 71,832 އަކަފޫޓުގެ ބިމެކެވެ. މި ބިމަކީ ބާރަށުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ޚާއްޞަކޮށް ކަނޑައަޅާފައިވާ ސަރަހައްދެއްގައި އޮތް ބިމެކެވެ. މި ބީލަމުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުމުގެ...