📍 ހއ. ބާރަށް
ބާރަށުން މީހަކު ޕޮޒިޓިވްވެއްޖެ
ހއ. ބާރަށު ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ބާރަށު ސިއްހީ މަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި އެޑްމިނިސްޓްރޭޓިވް އޮފިސަރ މުޙައްމަދު ޒާހިރު “ތިލަދުން”އަށް ވިދާޅުވީ އެރަށު ގެއެއްގައި ހޯމްކަރަންޓީނުގައި ތިބި ދެ މީހުންކުރެ އެކަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ޕޮޒިޓިވްވީ ކަރަންޓިނުގައި ތިބި ދެމަފިރިން ތެރެއިން ފިރިމިހާއެވެ. އެ މީހުން ކަރަންޓީނުގައި ތިބީ އެހެން މީހުން ނޫޅޭ ގެއެއްގައެވެ. “އިތުރު ބަޔަކު އެގޭގައި ނޫޅޭނެ، އިތުރަށް ބަލަންޖެހޭ ކަންކަން އަޅުގަނޑުމެނ...