މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ހޯރަފުށި (343 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
343 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހޯރަފުށިގެ އެންމެ ފަހުގެ ޚަބަރުތައް

343 ޚަބަރުގެ ތެރެއިން
ހޯރަފުށީގެ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާލައި މުވައްޒަފުން ވަކިކުރާތީ ކައުންސިލުން ބަޔާން ނެރެފި 📍 ހއ. ހޯރަފުށި

ހޯރަފުށީގެ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާލައި މުވައްޒަފުން ވަކިކުރާތީ ކައުންސިލުން ބަޔާން ނެރެފި

ހއ. ހޯރަފުށީ ގައި ޤާއިމްކޮށްފައިވާ ބިއްލޫރި ފުޅީގައި ފެންބަދުކުރާ “ބޮޓަލިންގް ފްލާންޓް” ގައި މަސައްކަތްކުރާ ދާއިމީ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުން އެ ރަށު ކައުންސިލުން ކަނބޮޑުވުން ފާޅުކޮށް އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފިއެވެ. މި މައްސަލަ އާއި ގުޅޭ ގޮތުން ހޯރަފުށީ ކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ހޯރަފުށީ ކައުންސިލުން ހުށަހެޅި ޕްރޮޕޯސަލް ކާމިޔާބުކޮށް، ބޮޓްލިންގް ޕްލާންޓުގެ މަސައްކަތް ޖޮއިންޓ...

އައިޝަތު އައިނީ އާމިރު
ހޯރަފުށީގައި "ފޮޓޯ ޕޮއިންޓް" ތަކެއް ޤާއިމުކުރުމުގެ މަސައްކަތް ފަށައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީގައި "ފޮޓޯ ޕޮއިންޓް" ތަކެއް ޤާއިމުކުރުމުގެ މަސައްކަތް ފަށައިފި

ހިތްގައިމު މަންޒިލެއްގެ ގޮތުގައި ހއ. ހޯރަފުށި ޕްރޮމޯޓްކުރުމަށް އެ ރަށުގެ މުހިންމު ސަރަޙައްދުތަކުގައި ފޮޓޯ ޕޮއިންޓްތައް ޤާއިމްކުރުމުގެ މަސައްކަތް ހޯރަފުށީ ކައުންސިލުން ފަށައިފިއެވެ. އެގޮތުން ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު ”ތިލަދުން” އަށް ވިދާޅުވިގޮތުގައި، މިކަހަލަ ތަފާތު ފޮޓޯ ޕޮއިންޓް އެއް ރަށުގައި ޤާއިމްކުރުމަށް ނިންމާފައިވާ މައިގަނޑު ސަބަބަކީ، ހޯރަފުއްޓަކީ ގިނަ ބަޔަކު ޒިޔާރަތް ކުރާ ރަށަކަށް ވެފައި، ރަށަށް ޒިޔާރާތް ކުރާ މީހުންނަށް އެ ރަށް އިސްތިހާރުކުރުމަށް ލިބިގެންދާނެ ފުރުސަތަކ...

އައިޝަތު އައިނީ އާމިރު
މުރައިދޫއިން ތިލައުތުރު ވޮލީ މުބާރާތުގެ ތަށި ދިފާއުކޮށްފި 📍 ހއ. ހޯރަފުށި

މުރައިދޫއިން ތިލައުތުރު ވޮލީ މުބާރާތުގެ ތަށި ދިފާއުކޮށްފި

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ހއ.އަތޮޅު ރަށްތަކަށް ހުޅުވާލައިގެން، ހޯރަފުށީގައި ބޭއްވި “ތިލައުތުރު އަންހެން ވޮލީ މުބާރާތް 2025” ގެ ތަށި މުރައިދޫއިން ދިފާއުކޮށްފިއެވެ. ރޭ ހޯރަފުށީ ވޮލީ ކޯޓްގައި ކުޅުނު ފައިނަލު މެޗުގައި ބައްދަލުކުރީ މުރައިދޫއާއި އިހަވަންދޫއެވެ. މުރައިދޫއިން ފައިނަލު މެޗު ކާމިޔާބު ކޮށްފައި ވަނީ 3 ސެޓް 1 ސެޓުންނެވެ. މިއީ މި މުބާރާތުގެ ބޭއްވި ދެވަނަ ފަހަރެވެ. ފުރަތަމަ މުބާރާތް މިދިޔަ އަހަރު ބާއްވާފައި ވަނީ މުރައިދޫގައެވެ. އެ މުބާރާތުގައި ވެސް […]

އިބްރާހިމް ޚަލީލް
ހޯރަފުށީގެ މާބަނޑު މީހަކު މަރުވި އެކްސިޑެންޓް: 10 އަހަރަށް ލައިސަންސް ހިފަހައްޓައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީގެ މާބަނޑު މީހަކު މަރުވި އެކްސިޑެންޓް: 10 އަހަރަށް ލައިސަންސް ހިފަހައްޓައިފި

މީގެ 10 އަހަރު ކުރިން މާލޭގައި ހިނގި އެކްސިޑެންޓެއްގައި ހއ. ހޯރަފުށްޓަށް ނިސްބަތްވާ މާބަނޑު އަންހެނަކު މަރުވި މައްސަލާގައި، ސައިކަލު ދުއްވި މީހާގެ ލައިސަންސް 10 އަހަރަށް ހިފަހައްޓަން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ފެބްރުއަރީ 2015 ގައި މާލޭގައި ސައިކަލުން ޖެހި ހއ. ހޯރަފުށްޓަށް ނިސްބަތްވާ މާބަނޑު އަންހެނަކު މަރުވިއިރު އޭނާގެ ބަނޑަށް ދޮޅު މަހެވެ. އެ މައްސަލާގައި ދައުލަތުން ދައުވާކުރީ ސައިކަލު ދުއްވި ސ. މީދޫ އިރަސްމެކުގޭ އަލީ އާލިމްގެ މައްޗަށެވެ. ލައިސަންސް […]

ހުސައިން ހަބީބް
ތިލައުތުރު ވޮލީ: މައްސަލަ ހައްލުކޮށް ބާކީ މެޗުތައް މިއަދު ފަށަނީ 📍 ހއ. ދިއްދޫ

ތިލައުތުރު ވޮލީ: މައްސަލަ ހައްލުކޮށް ބާކީ މެޗުތައް މިއަދު ފަށަނީ

ހއ.ހޯރަފުށީގައި މިހާރު ކުރިއަށްދާ “ތިލައުތުރު ވޮލީ މުބާރާތް 2025” ގައި ދިމާވި މައްސަލައަކާއި ގުޅިގެން މެދުކަނޑާލުމަށް ފަހު މައްސަލަ ހައްލުކޮށް، މުބާރާތުގެ ބާކީބައިގެ ކުޅުން މިއަދު ފަށަން ނިންމައިފިއެވެ. ހއ.އަތޮޅުގެ ކަނބަލުންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތް މި އަހަރު ކުރިއަށް ދަނީ ހޯރަފުށީގައެވެ. މި އަހަރު މުބާރާތުގައި ވާދަކުރަނީ ފަސް ޓީމެކެވެ. އެއީ ހޯރަފުށި، މުރައިދޫ، ދިއްދޫ، މޮޅަދޫ އަދި އިހަވަންދޫއެވެ. މުބާރާތް ފަށާފައިވަނީ މި މަހު 23 ވަނަ ދުވަހުއެވެ. މިމުބާރާތުގައި މައްސަލަ ދިމާވީ […]

އިބްރާހިމް ޚަލީލް
ހޯރަފުށީގެ ދަރިވަރުންނަށް ސްޕޯޓްސް ޕްރޮގްރާމެއް ފަށައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީގެ ދަރިވަރުންނަށް ސްޕޯޓްސް ޕްރޮގްރާމެއް ފަށައިފި

ހއ. އަތޮޅު މަދަރުސާގެ ދަރިވަރުންނަށް “ލައިފް’ ގެ ނަމުގައި ކުރިއަށް ގެންދާ ސްޕޯޓްސް ޕްރޮގްރާމެއް ފަށައިފިއެވެ. މި މަހު 7 ވަނަ ދުވަހު ފެށި މި ޕްރޮގަރާމަކީ، ހޯރަފުށި ޕޮލިސް ސްޓޭޝަނާއި، ހއ. އަތޮޅު މަދަރުސާއާއި، ހޯރަފުށީ ކައުންސިލުގެ އިތުރުން އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ، ޕްރޮގްރާމުުގެ ތެރެއިން ކުޅިވަރުގެ ހުނަރުތަކާއި އަހުލާގު ކުދިންނަށް ދަސްކޮށްދީ، ދީނީ ކަންކަމަށް އަހުލުވެރިކުރުމަށް މައުލޫމާ...

އައިޝަތު އައިނީ އާމިރު
ހޯރަފުށީ ބަނދަރު ސަރަހައްދުގައި ކަދުރު ރުއް އިންދަނީ 📍 ހއ. ހޯރަފުށި

ހޯރަފުށީ ބަނދަރު ސަރަހައްދުގައި ކަދުރު ރުއް އިންދަނީ

ހއ. ހޯރަފުށީ ބަނދަރު ސަރަހައްދުގައި ޖެހުމަށް ބޭނުންވާ ކަދުރު ރުއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ހޯރަފުށީ ކައުންސިލުން އިއުލާންކޮށްފިއެވެ. ހޯރަފުށީ ކައުންސިލުން ކުރި އިއުލާނުގައިވާ ގޮތުން މި މަސައްކަތައް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކޮށް، ހޯރަފުށީ ކައުންސިލް އިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުމަށް އެދިފައިވެއެވެ. އެގޮތުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރާ ފޯމް ހުށަހެޅުމަށް ފުރުސަތު ދީފައިވަނީ 24 އޭޕްރީލް 2025 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11 ޖަހާއިރުން...

އައިޝަތު އައިނީ އާމިރު
ހޯރަފުށީގައި ތަޢުލަޤް ދީނީ ސުވާލު މުބާރާތެއް 📍 ހއ. ހޯރަފުށި

ހޯރަފުށީގައި ތަޢުލަޤް ދީނީ ސުވާލު މުބާރާތެއް

ހއ. ހޯރަފުށީގައި “ތަޢުލަޤް ދީނީ ސުވާލު މުބާރާތް 2025” ފަށައިފިއެވެ. އޭޕްރީލް 20 އިން 24 އަށް ކުރިއަށް ގެންދާ މި މުބާރާތަކީ ހއ. އަތޮޅު މަދަރުސާގެ ގްރޭޑް 6 އިން ދަށުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކޮންމެ އަހަރަކު ކުރިއަށް ގެންދާ މުބާރާތެކެވެ. އެގޮތުން 60 އަށް ވުރެއް ގިނަ ދަރިވަރުން މިއަހަރު ވަނީ ބައިވެރިވެފައެވެ. މި މުބާރާތް ކޮންމެ އަހަރަކު ބޭއްވުމުގެ މަގުސަދަކީ، އިސްލާމީ ތަރުބިއްޔަތު އެނގިތިބި، ދީނީ ކަންކަމަށް ފަރުވާތެރިވެ، މައިންބަފައިންދެކެ ލޯބިވާ، އަދި […]

އައިޝަތު އައިނީ އާމިރު
ސިހުރު ހަދާކަމުގެ ތުހުމަތުގައި ކެޔޮދޫ މީހަކު ހޯރަފުށިން ހައްޔަރުކޮށްފި 📍 ހއ. ހޯރަފުށި

ސިހުރު ހަދާކަމުގެ ތުހުމަތުގައި ކެޔޮދޫ މީހަކު ހޯރަފުށިން ހައްޔަރުކޮށްފި

ހއ. ހޯރަފުށީގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ސިހުރު ހެދުމުގެ ތުހުމަތުގައި ވ. ކެޔޮދޫ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގުނު މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ވ. ކެޔޮދޫ / ތިބުރޯޒުގެ، މުޙައްމަދު ޢަބްދުލްކަރީމް (34 އަހަރު) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިއަހަރުގެ އެޕްރީލް މަހުގެ 2 ވަނަ ދުވަހު ހޯރަފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައެވެ. މި މައްސަލައާ ގުޅިގެން މުޙައްމަދު ޢަބްދުލްކަރީމްގެ ބަންދާމެދު ގޮތެއް ނ...

އަލީ އާދިލް
އަތޮޅު މަދަރުސާގެ ސްޓަޑީ ކޭމްޕަށް ހޯރަފުށީ ކައުންސިލާއި ޑަބްލިޔުޑީސީން 40،000 ރުފިޔާ 📍 ހއ. ހޯރަފުށި

އަތޮޅު މަދަރުސާގެ ސްޓަޑީ ކޭމްޕަށް ހޯރަފުށީ ކައުންސިލާއި ޑަބްލިޔުޑީސީން 40،000 ރުފިޔާ

ހއ. އަތޮޅު މަދަރުސާގެ ސްޓަޑީ ކޭމްޕްއަށް ހޯރަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ހޯރަފުށީ ކައުންސިލުން ފައިސާގެ އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ. ހޯރަފުށީ އަންހެނުންގެ ކޮމެޓީން އެ ކޮމެޓީގެ ރަސްމީ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކޮމެޓީއާއި ހޯރަފުށީ ކައުންސިލުން އެރަށުގައި ހުންނަ އަތޮޅު މަދަރުސާއިން ބާއްވަން ނިންމާފައިވާ ސްޓަޑީ ކޭމްޕަށް 40000 ރުފިޔާގެ އެހީއެއް ދީފައިވާ ކަމަށެވެ. ދަރިވަރުންގެ އިމްތިހާން ތަކުގެ ނަތިޖާ ރަނގަޅު ކުރުމަށްޓަކައި މީގެ ކުރިންވެސް ހޯރަފުށި ކަ...

އައިޝަތު އައިނީ އާމިރު
ހިޔާ އަލިނޫރު ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި 📍 ހއ. ހޯރަފުށި

ހިޔާ އަލިނޫރު ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ހޯރަފުށި އިންޓެގްރޭޓެޑް ޔޫތު އެޑްވާންސްމެންޓް އެސޯސިއޭޝަން (ހިޔާ) ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ބާއްވާ “ހިޔާ އަލިނޫރު ޤުރުއާން މުބާރާތް 1446” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ ހޯރަފުށީ ދާއިރާގައި ހިމެނޭ ތިން ރަށް ކަމަށްވާ، ހޯރަފުށި، ތުރާކުނު އަދި އުލިގަމުގެ ދަރިވަރުންނަށެވެ. މިގޮތުން ޖާގަތައް ދިނުމަށް ހަމަޖެހިފައވަނީ ހޯރަފުއްޓަށް 40 ޖާގަ، ތުރާކުނަށް 10 ޖާގަ އަދި އުލިގަމަށް 10 ޖާގައެވެ. މުބާރާތުގައި ހިމެނެނީ ހަތަރު...

އިބްރާހިމް ޚަލީލް
ހޯރަފުއްޓަށް ވެފައިވާ ވައުދުތަކުން ގިނަ ކަންތައްތައް މިއަހަރު އަމަލީގޮތުން ފެށޭނެ: ރައީސް 📍 ހއ. ހޯރަފުށި

ހޯރަފުއްޓަށް ވެފައިވާ ވައުދުތަކުން ގިނަ ކަންތައްތައް މިއަހަރު އަމަލީގޮތުން ފެށޭނެ: ރައީސް

މިދިޔަ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ހއ. ހޯރަފުއްޓަށް ވެފައިވާ ވައުދުތަކުން ގިނަ ކަންތައްތައް މިއަހަރު އަމަލީގޮތުން ފެށޭނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ދެއްވައިފިއެވެ. ރައީސް މި ޔަޤީންކަން ދެއްވީ އަންގާރަ ދުވަހު އެމަނިކުފާނު ހއ. އަތޮޅުގެ 10 ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އަށް ވަނަ މަންޒިލެއްގެ ގޮތުގައި ރޭ ހޯރަފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ކޮންމެ ފަހަރަކުވެސް ހޯރަފުށީ...

ޔުމްނާ ޢަލީ
ހޯރަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހުން ހައްޔަރުކޮށްފި 📍 ހއ. ހޯރަފުށި

ހޯރަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހުން ހައްޔަރުކޮށްފި

ހއ. ހޯރަފުއްޓަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ދެ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި ހައްޔަރުކުރެވުނު ދެ މީހުންނަކީ ޅ. ހިންނަވަރު / ނަބީޒްގެ، އަޙްމަދު އަބޫބަކުރު (45އ) އާއި ހއ. ހޯރަފުށި / މާވާގެ، އަޙްމަދު ރަމީޒް (36އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މި ޖަނަވަރީ މަހުގެ 22 ވަނަ ދުވަހު ހޯރަފުށީ މަގުމަތިން، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ހޯރަފުށީ ޕޮލިސް ސްޓޭޝަން ގުޅިގެން […]

އަލީ އާދިލް
ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖްގެ ތަށި އިހަވަންދޫ އެންވީކޭ 📍 ހއ. ހޯރަފުށި

ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖްގެ ތަށި އިހަވަންދޫ އެންވީކޭ

ހއ.ހޯރަފުށީ ހަހެތި ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ބޭއްވި “ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2024” ގެ ޗެމްޕިއަންކަން އިހަވަންދޫ އެންވީކޭ ޓީމުން ހޯދައިފިއެވެ. މުބާރާތުގެ ފައިނަލް މެޗު ރޭ ހޯރަފުށީ ފުޓްބޯޅަ ދަނޑުގައި ކުޅެފައިވާއިރު، މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 3-3 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އެންވީކޭ އިން ކުރި ހޯދީ 6-5 ގެ ނަތީޖާއިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އެންވީކޭގެ އަލީ […]

އިބްރާހިމް ޚަލީލް
''ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް'' ފައިނަލުގައި 22 ސްޕޯޓްސް އާއި އެންވީކޭ 📍 ހއ. ހޯރަފުށި

''ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް'' ފައިނަލުގައި 22 ސްޕޯޓްސް އާއި އެންވީކޭ

ހއ.ހޯރަފުށީ ހަހެތި ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ބާއްވާ “ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2024” ގެ ފައިނަލުން ހޯރަފުށީ 22 ސްޕޯޓްސް ކްލަބާއި އިހަވަންދޫ އެންވީކޭ ޖާގަ ހޯދައިފިއެވެ. މުބާރާތުގެ ގްރޫޕް ބުރު ކުޅެ ނިމިފައިވާއިރު، ޕޮއިންޓް ތާވަލުގެ އެއްވަނަ ޓީމްގެ ގޮތުގައި ފައިނަލުން ޖާގަ ހޯދާފައި ވަނީ 22 ސްޕޯޓްސް ކްލަބެވެ. އެ ޓީމް ވަނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ އެއް މެޗު އެއްވަރުކޮށް 10 ޕޮއިންޓް ހޯދާފައެވެ. […]

އިބްރާހިމް ޚަލީލް