މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. ހޯރަފުށި (343 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
343 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހޯރަފުށިގެ އެންމެ ފަހުގެ ޚަބަރުތައް

343 ޚަބަރުގެ ތެރެއިން
ހޯރަފުށީ ކައުންސިލުން ތަރައްގީކުރި ''ރަށްމެދު މައިޒާން'' ހުޅުވައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީ ކައުންސިލުން ތަރައްގީކުރި ''ރަށްމެދު މައިޒާން'' ހުޅުވައިފި

ހއ. ހޯރަފުށީ ކައުންސިލުން ތަރައްގީކުރި ”ރަށްމެދު މައިޒާން” އާދީއްތަ ދުވަހުގެ ރޭ ހުޅުވައިފިއެވެ. މ މައިޒާން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަހަރުގެ ކުޑަކުދިންގެ ދުވަހާއި ދިމާކޮށް، އާދީއްތަ ދުވަހުގެ ރޭ 20:00 ގައި ރަށްމެދު ސަރަހައްދުގައެވެ. މި މައިޒާން ހުޅުއްވައިދެއްވީ އައިމާ ކޮންޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް އަބުދުލްއަަޒީޒް އެވެ. މި ރަސްމިއްޔާތުގައި 19 ވަނަ މަޖިލީހުގެ ނައިބު ރައީސް، ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ސަލީމް (ސައްލެ) އާއި ހ...

ޔުމްނާ ޢަލީ
ހަނިމާދޫ އާއި ހޯރަފުށީގައި ސްވިމިންގ ޓްރެކް ޕްލެޓްފޯމް ތަރައްގީކުރުމަށް އަލުން ހުޅުވާލައިފި 📍 ހއ. ހޯރަފުށި

ހަނިމާދޫ އާއި ހޯރަފުށީގައި ސްވިމިންގ ޓްރެކް ޕްލެޓްފޯމް ތަރައްގީކުރުމަށް އަލުން ހުޅުވާލައިފި

ހދ. ހަނިމާދޫ އާއި ހއ. ހޯރަފުށީގައި ސްވިމިންގ ޓްރެކް ޕްލެޓްފޯމްއެއް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އިން އަލުން އިޢުލާންކޮށްފިއެވެ. މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީން ކުރިން ކުރި އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބީލަންތަކުގެ އަގުތައް، އަންދާޒާކުރި އަގަށްވުރެ ބޮޑުވުމުން އެ އިޢުލާން ވަނީ ބާޠިލްކޮށްފައެވެ. އެހެންކަމުން، މިނިސްޓްރީން މިހާރު ވަނީ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލާފައެވެ. މި މަސ...

ޔުމްނާ ޢަލީ
ހޯރަފުށީ ދާއިރާގެ ރައްޔިތުން ތިބީ އެމްޑީޕީ ކައުންސިލް ބަދަލުކުރުމަށް ތައްޔާރަށް: އަލީ މޫސާ 📍 ހއ. ހޯރަފުށި

ހޯރަފުށީ ދާއިރާގެ ރައްޔިތުން ތިބީ އެމްޑީޕީ ކައުންސިލް ބަދަލުކުރުމަށް ތައްޔާރަށް: އަލީ މޫސާ

ފާއިތުވި 10 އަހަރު ހޯރަފުށީ ކައުންސިލު އިދިކޮޅު އެމްޑީޕީއަށް ދީފައި އޮތް އޮތުން ބަދަލުކޮށް ސަރުކާރާ ގުޅިގެން ރަށަށް ތަރައްގީ ގެނައުމަށް ރައްޔިތުން ބޭނުންވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަލި މޫސަ ވިދާޅުވެއްޖެ އެވެ. ކޮންގްރެސް ޕާޓީގެ ކެމްޕެއިން ހަރަކާތްތައް ފެށުމުގެ ގޮތުން މިއަދު ހަވީރު އެ ރަށުގައި ސައިކަލު ބުރެއް ބާއްވާފައިވާއިރު އެ ހަރަކާތުގެ ތެރެއިން “ދިވެހީންގެރާއްޖެ” ކަވަރޭޖަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި މެމްބަރު ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތ...

އައިޝަތު ޢާދަމް
ހޯރަފުށީ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީ އަށް 📍 ހއ. ހޯރަފުށި

ހޯރަފުށީ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީ އަށް

ހއ. ހޯރަފުށީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއި ހަވާލުކޮށް، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.   މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ މުޙައްމަދު ޝާމިލް އެވެ. އެމް.ޓީ.ސީ.ސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޗީފް އޮޕަރޭޓިންގ އޮފިސަރ ހ...

ޔުމްނާ ޢަލީ
ހޯރަފުށީގައި ބުޅަލަކަށް ގަސްތުގައި އަނިޔާކޮށް މަރާލި މައްސަލައެއް ބަލަނީ 📍 ހއ. ހޯރަފުށި

ހޯރަފުށީގައި ބުޅަލަކަށް ގަސްތުގައި އަނިޔާކޮށް މަރާލި މައްސަލައެއް ބަލަނީ

ހއ. ހޯރަފުށީގައި ބުޅަލަކަށް ގަސްތުގައި އަނިޔާކޮށް މަރާލާފައިވާ ކަމަށް ބުނާ މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެއްގައި ބުނިގޮތުގައި މި މައްސަލަ އެ އިދާރާ އަށް ރިޕޯޓުކޮށްފައި ވަނީ 12 މާރިޗު 2026 ގެ ރޭ 19:06 ހާއިރު އެވެ. ”މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ތިން މީހަކާ ސުވާލުކޮށް ތަހުގީގަށް ބޭނުންވާ ބަޔާން ނަގާފައި” ފުލުހުން ބުނެފަވެއެވެ. މީގެ އިތުރުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން […]

ޝިއުނާ އާދަމް
ހޯރަފުށި، ދިއްދޫ، ކުޅުދުއްފުށި، ހަނިމާދޫ އަދި މަކުނުދޫ ވައިގެމަގުން ގުޅާލަނީ 📍 ހއ. ހޯރަފުށި

ހޯރަފުށި، ދިއްދޫ، ކުޅުދުއްފުށި، ހަނިމާދޫ އަދި މަކުނުދޫ ވައިގެމަގުން ގުޅާލަނީ

އެންމެ އުތުރުގެ ތިން އަތޮޅު ހިމެނޭ އިންޓެގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނުގައި ތަރައްގީކުރަން ނިންމާފައިވާ އެއާޕޯޓްތަކުގެ މަސައްކަތް ނިމުމުން، އެ ސަރަހައްދު ވައިގެމަގުން ގުޅާލާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް އިއްވެވި މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ، ހއ. ހޯރަފުށި، ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ހދ. ހަނިމާދޫ އަދި ހދ. މަކުނުދޫ ގުޅުވައިލަދޭ އިންޓެގްރޭޓަޑް އެއަރ ކަނެކްޓިވިޓީ ވިޔުގައެއް، އެ ހުރިހާ އެއަރޕޯޓްތަކެއް ހަދައި...

ޝިއުނާ އާދަމް
ހޯރަފުށީގައި އިސްލާމީ މަރުކަޒެއް އަޅާނެ ބިމެއް ކަނޑައެޅުމަށް ރައްޔިތުންގެ ޚިޔާލު ހޯދަނީ 📍 ހއ. ހޯރަފުށި

ހޯރަފުށީގައި އިސްލާމީ މަރުކަޒެއް އަޅާނެ ބިމެއް ކަނޑައެޅުމަށް ރައްޔިތުންގެ ޚިޔާލު ހޯދަނީ

ހއ. ހޯރަފުށީގައި އިސްލާމީ މަރުކަޒެއް ބިނާކުރުމަށްޓަކައި ބިމެއް ކަނޑައެޅުމަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ބައްދަލުވުމެއް ބޭއްވުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. ހޯރަފުށީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، މި އިސްލާމީ މަރުކަޒު ބިނާކުރާނެ ބިމެއް ކަނޑައެޅުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 14 ފެބުރުވަރީ 22026 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 08:15 ގައެވެ. މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ހއ. ހޯރަފުށީ ކައުންސިލް އިދާރާ (އޯކިޑްވިލާ) ގަ...

ޔުމްނާ ޢަލީ
ބޮޑު އިނާމަކާއެކު ''ހޯރަ ކަޕް'' މުޅި ހއ.އަތޮޅަށް، ބައިވެރިވުމަށް ހުޅުވާލައިފި 📍 ހއ. ހޯރަފުށި

ބޮޑު އިނާމަކާއެކު ''ހޯރަ ކަޕް'' މުޅި ހއ.އަތޮޅަށް، ބައިވެރިވުމަށް ހުޅުވާލައިފި

ޗެމްޕިއަން ޓީމަށް 100،000 ރުފިޔާގެ ބޮޑު އިނާމަކާއެކު ހއ. ހޯރަފުށީ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ބާއްވާ ”ހޯރަ ކަޕް 2026 ފުޓްސަލް މުބާރާތު”ގައި ބައިވެރިވުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފިއެވެ. މި މުބާރާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ މުޅި ހއ.އަތޮޅަށް ހުޅުވާލައިގެންނެވެ. މި މުބާރާތުގައި ހއ. އަތޮޅުގެ ކޮންމެ ރަށަކުން ވެސް ބައިވެރިވެވޭނީ އެއް ޓީމަށެވެ. އެ ޓީމު އެރަށެއްގެ މުއައްސަސާއެއްގެ ނަމުގައި ނުވަތަ ކްލަބް ޖަމިއްޔާއެއްގެ ނަމުގައި ވެސް ބައިވެރިކުރެވިދާނެކަމަށް ހޯރަފުށީ ކައުންސިލުނ...

ޔުމްނާ ޢަލީ
ހޯރަފުށީ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖްގެ ތަށި މޮޅަދޫއަށް 📍 ހއ. ހޯރަފުށި

ހޯރަފުށީ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖްގެ ތަށި މޮޅަދޫއަށް

ހއ. ހޯރަފުށީ ހަހެތި ޖަމިއްޔާއިން އިންތިޒާމްކޮށްގެން ބޭއްވި 21 އަހަރުން ދަށުގެ (ޔޫ-21) “ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2025” ގެ ފޯރިގަދަ ފައިނަލް މެޗު ކާމިޔާބުކޮށް، މުބާރާތުގެ ޗެމްޕިއަންކަން ހއ. މޮޅަދޫ ޔަންގް ބްލަޑް ޓީމުން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗުގައި ޔަންގް ބްލަޑް ބައްދަލުކުރީ ހޯރަފުށި 22 ސްޕޯޓްސްއާއެވެ. ވާދަވެރި ކުޅުމަކަށްފަހު ޔަންގް ބްލަޑުން މެޗު ކާމިޔާބުކުރީ 6-3 ގެ ނަތީޖާއަކުންނެވެ. މި ކާމިޔާބީއާއެކު ޔަންގް ބްލަޑް ވަނީ މުބާރާތުގައި ކުޅުނު ހުރިހާ […]

ޔުމްނާ ޢަލީ
ހޯރަފުށީގައި ގަވާއިދާ ޚިލާފަށް ކުނިއުކާ ފަރާތްތައް ސީސީޓީވީގެ އެހީގައި ދެނެގަނެ ފިޔަވަޅުއަޅަނީ 📍 ހއ. ހޯރަފުށި

ހޯރަފުށީގައި ގަވާއިދާ ޚިލާފަށް ކުނިއުކާ ފަރާތްތައް ސީސީޓީވީގެ އެހީގައި ދެނެގަނެ ފިޔަވަޅުއަޅަނީ

ހއ. ހޯރަފުށީގައި ގަވާއިދާ ޚިލާފަށް ކުނިއުކާ ފަރާތްތައް ސީސީޓީވީގެ އެހީގައި ނުވަތަ އޮންލައިން މޮނިޓަރކުރާ ފަރާތްތަކުގެ އެހީގައި ދެނެގަނެ ފިޔަވަޅުއަޅާނެކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ. ހޯރަފުށީ ކައުންސިލުން ބުނީ، އެރަށުގައި ގަވާއިދާ ޚިލާފަށް ކުނިއުކާ ފަރާތްތައް ސީސީޓީވީ ކެމެރާ ނުވަތަ އޮންލައިން މޮނިޓަރކުރާ ފަރާތްތަކުން ހުށަހަޅާ ހެކިތަކަށްބަލައި އެ ފަރާތްތަކު ވީޑިއޯ އާންމުކުރާނެކަމަށެވެ. މީގެ އިތުރުން އެފަދަ ފަރާތްތަކާމެދު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނުގެ ދަށުން ޤާނޫނީ ފިޔ...

ޔުމްނާ ޢަލީ
ލަންކާގެ ތަޖުރިބާކާރަކާއެކު ހޯރަފުށީ ދަރިވަރުން ދަރިވަރުންނަށް ވޮލީ ކޭމްޕެއް ފަށައިފި 📍 ހއ. ހޯރަފުށި

ލަންކާގެ ތަޖުރިބާކާރަކާއެކު ހޯރަފުށީ ދަރިވަރުން ދަރިވަރުންނަށް ވޮލީ ކޭމްޕެއް ފަށައިފި

ހއ. ހޯރަފުށީގަައި ހުންނަ އަތޮޅު މަދަރުސާގެ ދަރިވަރުން ދަރިވަރުންނަށް ވޮލީ ކޭމްޕެއް ފަށައިފިއެވެ. މި ވޮލީ ކޭމްޕަކީ ހޯރަފުށީ އަންހެނުންގެ ތަރައްގީއަށް މަސަަައްކަތްކުރާ ކޮމެޓީގެ ފަރާތުން ހޯރަފުށީ ކައުންސިލްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ކޭމްޕެކެވެ. މި ކޭމްޕްގައި ދަރިވަރުން ތަމްރީނުކުރުމުގައި އިސްކޮށް ހަރަކާތްތެރި ވަނީ ސްރީލަންކާގެ ވޮލީ ލެޖެންޑެއްކަމަށްވާ ކަލިކާ ވަސަންތަޕުރިއާ އެވެ. ހޯރަފުށީ އަންހެނުންގެ ތަރައްގީއަށް މަސަަައްކަތްކުރާ ކޮމެޓީން އަންނަނީ އަތޮޅު މަދަރުސާގެ ދަރިވަރުންގެ ކުރިއެރުމަށް...

ޔުމްނާ ޢަލީ
ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2025 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި 📍 ހއ. ހޯރަފުށި

ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2025 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެންމެން އިންތިޒާރުކުރަމުން އައި ހއ.ހޯރަފުށީ ހަހެތި ޖަމިއްޔާއިން އިންތިޒާމްކޮށްގެން ބާއްވާ 21 އަހަރުން ދަށުގެ (ޔޫ-21) “ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2025” ގައި ބައިވެރިވުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލައިފިއެވެ. މިއީ މި މުބާރާތް ބާއްވާ ހަވަނަ ފަހަރެވެ. މި މުބާރާތުގައި ޖުމްލަ ހަ ޓީމަކަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެއީ ހޯރަފުށިން ހަތަރު ޓީމަކަށާއި، ހއ. އަތޮޅުގެ ތެރެއިން ދައުވަތު ދީގެން އަންނަ ތިން ޓީމަކަށެވެ. މިގޮތުން ދައުވަތު ދީފައިވާ ރަށްތަކަކީ ހއ. އުލިގަން، ހއ. […]

އިބްރާހިމް އަސްވާޤް
ކެލާ ސްޕޯޓްސް ފިއެސްޓާ: ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ހޯރަފުއްޓަށް 📍 ހއ. ހޯރަފުށި

ކެލާ ސްޕޯޓްސް ފިއެސްޓާ: ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ހޯރަފުއްޓަށް

ހއ. ކެލާ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ކުރިއަށްގެންދާ ”ކެލާ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2025”ގެ ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ހޯރަފުށީގެ ހޯރަ ޔުނައިޓެޑް ހޯދައިފިއެވެ. އިއްޔެ ހަވީރު ކުޅެވުނު މި މުބާރާތުގެ ފައިނަލްގައި ހޯރަ ޔުނައިޓެޑް ޗެމްޕިއަންކަން ސީދާ ތިން ސެޓުން ހދ. ހަނިމާދޫ ސާއްބަ އެކުވެރި ކްލަބް އަތުން މޮޅުވެގެންނެވެ. ފައިނަލް މެޗުގައި ސީދާ ތިން ސެޓުން ހޯރަ ޔުނައިޓެޑް މޮޅުވިނަމަވެސް ސާއްބައިން ވެސް ވަނީ ވާދަވެރި ކުޅުމެއް ދައްކާފައެވެ. ފޯރިގަދަ ކުޅުމެއް ފެނުނު ފައިނަލް […]

ޔުމްނާ ޢަލީ
ގިނަ ލަނޑުތަކެއް ފެނުނު ހޯރަފުށި-ވަށަފަރު މެޗުން ވަށަފަރު މޮޅުވެއްޖެ 📍 ހއ. ހޯރަފުށި

ގިނަ ލަނޑުތަކެއް ފެނުނު ހޯރަފުށި-ވަށަފަރު މެޗުން ވަށަފަރު މޮޅުވެއްޖެ

ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025″ގައި ވަށަފަރާއި ހޯރަފުށީގެ ކުރިމަތިލުމުގައި ވަށަފަރު މޮޅުވެ ސެމީގެ އުންމީދު ބޮޑުކޮށްފިއެވެ. ހޮނހިރު ދުވަހު ހަވީރު 16:30 ގައި އުތީމު ރަސްމީ ބޯޅަދަނޑުގައި ކުޅުނު މެޗުގައި ވަށަފަރު ވަނީ ހޯރަފުށީގެ މައްޗަށް 7-5 ލަނޑުން ކުރި ހޯދާފައެވެ. މި މެޗުގެ ފުރަތަމަ މިނިޓްގައި ހޯރަފުށީގެ  ޖާޒީ ނަމްބަރު 11 އަލީ ޒިޔާދު ވަނީ ލަނޑެއް ޖަހައި ހޯރަފުއްޓަށް މެޗުގެ ލީޑު […]

ޔުމްނާ ޢަލީ
ހޯރަފުށި އަތުން މޮޅެއް ހޯދައި އުތީމުން އުންމީދު އައުކޮށްފި 📍 ހއ. ހޯރަފުށި

ހޯރަފުށި އަތުން މޮޅެއް ހޯދައި އުތީމުން އުންމީދު އައުކޮށްފި

ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025” މިއަދު ހަވީރުގެ މެޗުގައި އުތީމާއި ހޯރަފުށި ބައްދަލުކުރި މެޗު 4-3 އިން އުތީމު ކާމިޔާބުކޮށްފިއެވެ. އުތީމުގައި ކުރިއަށްދާ މި މުބާރާތުގައި މިއަދުގެ މެޗުގައި ފުރަތަމަ ލީޑު ނަގާފައި ވަނީ އުތީމުންނެވެ. މިގޮތުން އުތީމަށް ފުރަތަމަ ލަނޑު ޖަހައިދިނީ މެޗުގެ 16 ވަނަ މިނިޓްގައި އުތީމުގެ ޖާޒީ ނަމްބަރު 7 އަހްމަދު މަޒީން ހޯރަފުށީ ގޯލަށް ފޮނުވާލި ބޯޅަ، ކީޕަރު […]

ޙުސައިން ޝަހުދީ