ސްޕެނިޝް ލަލީގާގައި ރޭ ސެވިއްޔާއާއި ބާސެލޯނާ ބައްދަލުކުރި މެޗު ބާސާއިން ކާމިޔާބު ކޮށްފިއެވެ. މި މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތު ހޯދާފައެވެ. މިގޮތުން ބާސާގެ ޕޯޗުގަލް ފޯވާޑް ޖޯ ފެލިކްސްއަށް ސެވިއްޔާގެ އޭރިއާތެރެއިން ލިބުނު ހުސް ފުރުޞަތުގައި އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. ފުރަތަމަ ހާފުގައި ސެވިއްޔާއަށް ލީޑު ނަގައިދޭން […]
އިބްރާހިމް ޚަލީލް
އަނިޔާގެ ސަބަބުން މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ލިސަންޑްރޯ މާޓިނޭޒްއަށް ކުރިއަށް އޮތް ދެތިންމަހު ކުޅުމުގެ ތެރެއަށް ނާދެވޭނެ ކަމުގައި މެންޗެސްޓާ ޔުނައިޓެޑުން ބުނެފިއެވެ. އުމުރުން 25 އަހަރުގެ މާޓިނޭޒްގެ ފައިތިލައިގެ ކަށިކޮޅެއް ބިންދައިގެން ގޮސް އަނިޔާވެފައި ވަނީ މި އަހަރުގެ އޭޕްރިލް މަސް ތެރޭގައެވެ. އެ އަނިޔާގެ ސަބަބުން ނިމިދިޔަ ސީޒަންގެ ބާކީބައި އޭނާ ކުޅެފައިނުވެއެވެ. އަނިޔާއިން ސަލާމަތްވެ އޭނާ ކުޅުމުގެ ތެރެއަށް އައީ މި ސީޒަންގައެވެ. މިގޮތުން އޭނާ ވަނީ ޔުނައިޓެޑަށް މި ސީޒަންގައި […]
އިބްރާހިމް ޚަލީލް
އިނގިރޭސި ލީގް ކަޕް ތިންވަނަ ބުރުގައި ރޭ ލިވަޕޫލާއި ލެސްޓާ ސިޓީ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ހަތަރުވަނަ ބުރުން ލިވަޕޫލް ޖާގަ ހޯދައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބު ކުރީ 3-1 ގެ ނަތީޖާއިންނެވެ. ރޭ އެންފީލްޑްގައި ކުޅުނު މި މެޗުގެ ތިންވަނަ މިނެޓުގައި ލެސްޓާއިން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ޔޫނުސް އަކުން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ކަސެ މެކްއަތީރްއެވެ. ލިވަޕޫލުން ފުރަތަމަ ހާފުގައި […]
އިބްރާހިމް ޚަލީލް
އިނގިރޭސި ލީގް ކަޕްގެ ތިންވަނަ ބުރުގައި ރޭ ނިއުކާސަލް ޔުނައިޓެޑް އަތުން ބަލިވެ މެންޗެސްޓާ ސިޓީ މުބާރާތުން ކަޓައިފިއެވެ. ރޭ ނިއުކާސަލުން ވަނީ އަމިއްލަ ދަނޑުގައި 1-0 ގެ ނަތީޖާއިން ސިޓީ ބަލިކޮށްފައެވެ. މި މެޗަށް ނިއުކާސަލްއާއި ސިޓީން ވެސް ނުކުމެފައި ވަނީ އާންމުކޮށް ފުރަތަމަ އެގާރާގައި ހިމަނާ ބައެއް ކުޅުންތެރިން ފުރަތަމަ އެގާރާގައި ނުހިމަނައެވެ. މިގޮތުން ސިޓީން ނެރުނު ފުރަތަމަ އެގާރާގައި ހާލަންޑް ވެސް ހިމަނާފައި ނުވެއެވެ. ނިއުކާސަލްއަކީ މިދިޔަ ސީޒަންގެ ލީގް ކަޕްގެ ރަނަރަޕް […]
އިބްރާހިމް ޚަލީލް
ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ލަސް ޕަލްމާސް ބައްދަލުކުރި މެޗު، ރެއާލުން ކާމިޔާބު ކޮށްފިއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މިދިޔަ ހަފްތާ ބަންދުގައި ރެއާލުން ލީގުގައި އެތުލެޓިކޯ މެޑްރިޑް އަތުން ބަލިވި މެޗުގައި ބޭނުންކުރި ފުރަތަމަ އެގާރައަށް ގިނަ ބަދަލުތަކެއް ގެނެސްގެން ރޭ މެޗު ރެއާލުން ފެށިއިރު، ރޭ ވަނީ ސީޒަންގައި ފުރަތަމަ ފަހަރަށް ބްރަހިމް ޑިއާޒްއާއި ފާލަންޑް މެންޑީ ފުރަތަމަ އެގާރާގައި ހިމަނާފައެވެ. […]
އިބްރާހިމް ޚަލީލް
އިނގިރޭސި ލީގް ކަޕް ތިންވަނަ ބުރުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް މުބާރާތުގެ ހަތަރުވަނަ ބުރުން ޔުނައިޓެޑް ޖާގަ ހޯދައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއަކުންނެވެ. އަނިޔާއިން ސަލާމަތްވެ ދާދި ފަހުން ކްލަބްގެ ތަމްރީންތަކުގައި ބައިވެރިވާންފެށި މޭސަން މައުންޓާއި، ނިމިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ޔުނައިޓެޑާއި ގުޅުނު ސޮފިޔާން އަމްރަބަތު މި މެޗުގެ ފުރަތަމަ އެގާރާގައި ހިމެނިގެން...
އިބްރާހިމް ޚަލީލް
ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި މަޔޯކާ ބައްދަލުކުރި މެޗުން މޮޅުވެ ޕޮއިންޓް ތާވަލުގެ އެއްވަނާގައި ލީޑު ފުޅާކުރަން ލިބުނު ފުރުޞަތު ބާސާއިން ނަގާލައިފިއެވެ. ރޭ ބާސާއާއި މަޔޯކާ ބައްދަލުކުރި މެޗު ނިމިގެން ދިޔައީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުން މޮޅުވެގެން ޕޮއިންޓް ތާވަލުގެ އެއްވަނާގައި ބާސާއަށް ތިން ޕޮއިންޓްގެ ލީޑެއް ހޯދެން އޮތެވެ. މެޗު އެއްވަރުވުވުމުން މިވަގުތު ބާސާ ތާވަލުގެ އެއްވަނާގައި އޮތީ ހަތް މެޗުން 17 ޕޮއިންޓް ހޯދައިގެނެވެ. […]
އިބްރާހިމް ޚަލީލް
ފްރާންސް ލީގުގައި ރޭ ޕީއެސްޖީއާއި އޮލިމްޕިކް ޑި މާސޭ ބައްދަލުކުރި މެޗުން ފަސޭހަކަމާއިއެކު ޕީއެސްޖީ މޮޅުވިއިރު، އެ ޓީމްގެ ކެޕްޓަން އެމްބާޕޭއަށް އަނިޔާވެއްޖެއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ޕީއެސްޖީން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ނަތީޖާއިންނެވެ. މި މެޗުން މޮޅުވުމާއިއެކު ޕީއެސްޖީ ވަނީ ޕޮއިންޓް ތާވަލުގެ ތިންވަނައަށް ޖެހިލާފައެވެ. ޕީއެސްޖީއަށް 6 މެޗުން 11 ޕޮއިންޓް ލިބިފައިވާއިރު ދެވަނާގައި އޮތް ނީސް އަށް 6 މެޗުން ލިބިފައި ވަނީ 12 ޕޮއިންޓެވެ. މިވަގުތު […]
އިބްރާހިމް ޚަލީލް
ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗުން ރެއާލް ބަލިވެއްޖެއެވެ. އެތުލެޓިކޯގެ ދަނޑުގައި ރޭ ކުޅުނު މެޑްރިޑް ޑާބީ މެޗުގައި ރެއާލުގެ މައްޗަށް އެތުލެޓިކޯއިން ކުރި ހޯދީ 3-1 ގެ ނަތީޖާއިންނެވެ. މިއީ ސީޒަންގައި ރެއާލް ބަލިވި ފުރަތަމަ ފަހަރެވެ. މި މެޗުން މޮޅުވެގެން ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުޞަތު ރެއާލަށް އޮތް ނަމަވެސް ބަލިވުމުން އެ ޓީމް ވަނީ ތާވަލުގެ ތިންވަނައަށް ވެއްޓިފައެވެ. މިވަގުތު އެއްވަނާގައި އޮތީ ހަ މެޗުން […]
އިބްރާހިމް ޚަލީލް
އާސެނަލްއަށް ކުޅެމުން އަންނަ ނޯވޭގެ މިޑްފީލްޑަރ މާޓިން އޮޑެގާޑް، އާސެނަލްއާއިއެކު ހަދާފައިވާ ކޮންޓްރެކްޓް އައުކޮށްފިއެވެ. އުމުރުން 24 އަހަރުގެ އޮޑެގާޑް ވަނީ އިތުރު ފަސް އަހަރު އެ ޓީމްގައި މަޑުކުރަން ނިންމާ ކޮންޓްރެކްޓް އައުކޮށްފައެވެ. އައު ކޮންޓްރެކްޓްގެ ދަށުން 2027-28 ވަނަ ސީޒަންގެ ނިޔަލަށް އޭނާ އާސެނަލްގައި މަޑުކުރާނެއެވެ. އޮޑެގާޑަކީ 2021 ވަނަ އަހަރި ޖަނަވަރީ މަހު ލޯން އެއްބަސްވުމެއްގެ ދަށުން ސްޕެއިންގެ ރެއާލް މެޑްރިޑުން އާސެނަލްއާއި ގުޅުނު ކުޅުންތެރިއެކެވެ. ނަމަވެސް އާސެނަލުން ވަނީ އެ އަހަރުގ...
އިބްރާހިމް ޚަލީލް
ޔުއެފާ ޔޫރޮޕާ ލީގުގެ ގްރޫޕް އީގައި ރޭ ލިވަޕޫލާއި އޮސްޓްރިއާގެ ލަސްކް ލިންޒް ބައްދަލުކުރި މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފިއެވެ. ރަށުން ބޭރުގައި ކުޅުނު މި މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައި ވަނީ ލަސްކް ލިންޒް އިންނެވެ. މެޗުގެ 19 ވަނަ މިނެޓުގައި އެ ޓީމްގެ މިޑްފީލްޑަރ ފްލޯރިއަން ފްލެކާ، ލިވަޕޫލުގެ އޭރިއާ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާ ގޯލުގެ ދުރުކަނަށް […]
އިބްރާހިމް ޚަލީލް
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އޭގައި ރޭ ބަޔާން މިއުނިކާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު ބަޔާނުން ކާމިޔާބު ކޮށްފިއެވެ. ބަޔާންގެ ދަނޑުގައި ކުޅުނު މި މެޗު ބަޔާނުން ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދީ 4-3 ގެ ނަތީޖާއަކުންނެވެ. މި މެޗު ފަށައިގެން ޔުނައިޓެޑްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު ނަމަވެސް، މެޗުގެ 28 ވަނަ މިނެޓުގައި ބަޔާންގެ ލޮރީ ސާނޭ ފޮނުވާލި ހަމަލާއެއް ޔުނައިޓެގް ގޯލަށް ވަނީ ކީޕަރު އޮނާނާއަށް ހެދުނު ބޮޑު ގޯހަކުންނެވެ. އެ […]
އިބްރާހިމް ޚަލީލް
ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު މި އަހަރުގެ ޗެމްޕިއަންސް ލީގުގައި ވާދަކުރާ އާސެނަލުން ފެށުން ރަނގަޅު ކޮށްފިއެވެ. ރޭ ގްރޫޕް ބީގައި އާސެނަލްއާއި ނެދަލެންޑްސްގެ ޕީއެސްވީ އެންދޮވެން ބައްދަލުކުރި މެޗު، އާސެނަލުން ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބު ކޮށްފައެވެ. ރޭ އަމިއްލަ ދަނޑުގައި އާސެނަލުން ވަނީ ފުރަތަމަ ހާފުގައި އެކަނި ވެސް ތިން ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު އަށްވަނަ މިނެޓުގައި ޖަހައިދިނީ ބުކަޔޯ ސަކާއެވެ. ދެވަނަ ލަނޑު 20 ވަނަ މިނެޓުގައި […]
އިބްރާހިމް ޚަލީލް
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީގައި ރޭ ރެއާލް މެޑްރިޑާއި ޖަރުމަނުގެ ޔޫނިއަން ބާލިން ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމެންދަނިކޮށް މެޗުގެ އިތުރުވަގުތުގައި ޖޫޑް ބެލިންހަމް ލަނޑުޖަހައި (1-0) ރެއާލް މޮޅުކޮށްދީފިއެވެ. މި މެޗުގައި ރެއާލުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަނަމަވެސް އަލަށް ޗެމްޕިއަންސް ލީގުގައި ވާދަކުރާ ޔޫނިއަން ބާލިންގެ ފަރާތުން ވަނީ ރެއާލް ހުއްޓުވުމުގައި މޮޅު ޑިފެންސިވް ގޭމެއް ފެނިގެން ގޮސްފައެވެ. ފުރަތަމަ ހާފުގައި ލަނޑުޖަހާނެ މާ އެދެވޭ ފުރުޞަތުތަކެއް ރެއާލަށް ނުހޯދުނު ނަމަވ...
އިބްރާހިމް ޚަލީލް
ފާއިތުވި ވިއްސަކަށް އަހަރު ޔޫރަޕްގެ ފުޓްބޯޅައިގައި އެންމެ ވާދަވެރި ދެ ކުޅުންތެރިން ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯއާއި ލައިނަލް މެސީ ނުލައި، ޔުއެފާ ޗެމްޕިއަންސް ލީގު 2023/24 ސީޒަން މިރޭ ފަށާނެއެވެ. ރޮނާލްޑޯއާއި މެސީއަކީ ފާއިތުވި ވިއްސަކަށް އަހަރު ވެސް ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ނުފޫޒުގަދަ ދެ ކުޅުންތެރިންނެވެ. ރޮނާލްޑޯ ޖުމްލަ ފަސްފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރިއިރު މެސީ ވަނީ ޗެމްޕިއަންސް ލީގު ތިންފަހަރު ކާމިޔާބު ކޮށްފައެވެ. މިހާތަނަށް ޗެމްޕިއަންސް ލީގުގެ ގިނަ ރެކޯޑްތަކެއް ވެސް މި […]
އިބްރާހިމް ޚަލީލް