ލިވަޕޫލާއި ބްރައިޓަން އެއްވަރު
އިނގިރޭސި ޕްރިމިއާ ލީގުގެ މިރޭ ލިވަޕޫލާއި ބްރައިޓަން ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ބަރައިޓަންގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 2-2 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ބްރައިޓަން އިންނެވެ. މި ލަނޑު މެޗުގެ 20 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ސިމޮން އެންޑިންގްރާއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ލިވަޕޫލުގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ. މެޗުގެ 40 ވަނަ މިނެޓުގައި ސަލާހް ވަނީ […]