މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ކުޅިވަރު

2,740 ޝާއިޢުކުރެވިފައިވާ ލިޔުން

ކުޅިވަރު - 62 ވަނަ ޞަފްޙާ

ޑިޕޯޓިވޯ އަލަވޭސް އަތުން ރެއާލަށް ހަނި މޮޅެއް

ޑިޕޯޓިވޯ އަލަވޭސް އަތުން ރެއާލަށް ހަނި މޮޅެއް

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ޑިޕޯޓިވޯ އަލަވޭސް ބައްދަލުކުރި މެޗު ހަނި ތަފާތަކުން ރެއާލުން ކާމިޔާބު ކޮށްފިއެވެ. ރެއާލުގެ އމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 3-2 ގެ ނަތީޖާއިންނެވެ. ރޭ މެޗުގެ ފުރަތަމަ މިނެޓުގައި ރެއާލުން ވަނީ ލީޑު ނަގާފައެވެ. ވިނީސިއަސް ތަނަވަސް ކޮށްދިން ފުރުސަތެއްގައި މި ލަނޑު ޖަހައިދިނީ ރޭ މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ލޫކަސް ވަޒްކޭޒްއެވެ. މުޅި މެޗު ކޮންޓްރޯލް ކޮށްގެން […]

އިބްރާހިމް ޚަލީލް
ފަސޭހަކަމާއިއެކު ބާސާ މޮޅުވިއުރު، ކީޕަރަށް ސީރިއަސް އަނިޔާއެއް

ފަސޭހަކަމާއިއެކު ބާސާ މޮޅުވިއުރު، ކީޕަރަށް ސީރިއަސް އަނިޔާއެއް

ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ވިޔަރެއާލް ބައްދަލުކުރި މެޗުން ފަސޭހަކަމާއިއެކު ބާސާ މޮޅުވި ނަމަވެސް އެ ޓީމްގެ އެއް ނަމްބަރު ކީޕަރ މާކް އަންދްރޭ ޓަ ސްޓެގެންއަށް ސީރިއަށް އަނިޔާއެއްވެއްޖެއެވެ. މި ސީޒަންގައި ބާސާއިން ދައްކަމުން އަންނަ ކުޅުން ރޭ މެޗުގައި ވެސް ވަނީ ތަކުރާރު ކޮށްފައެވެ. މެޗުގައި ފުރަތަމަ ލަނޑު 20 ވަނަ މިނެޓްގައި ޖަހައިދިނީ ލެވަންޑޯސްކީއެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އޭރިއާ ތެރެއިން ޕަބްލޯ ޓޯރޭސް ތަނަވަސް ކޮށްދިން ފުރުސަތެއްގައެވެ. އޭގެ ފަނަރަ […]

އިބްރާހިމް ޚަލީލް
އެކަކު މަދުކޮށް ކުޅުނު އާސެނަލް އަތުން ސިޓީ ސަލާމަތްވީ ފަހު ސިކުންތުގައި

އެކަކު މަދުކޮށް ކުޅުނު އާސެނަލް އަތުން ސިޓީ ސަލާމަތްވީ ފަހު ސިކުންތުގައި

ފަހު ސިކުންތުކޮޅުގެ ތެރޭ ޖޯން ސްޓޯންސް ޖެހި ލަނޑުން، އެކަކު މަދުކޮށް ކުޅެމުންދިޔަ އާސެނަލް އަތުން ސިޓީ ބަލިނުވެ ސަލާމަތް ވެއްޖެއެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސިޓީގެ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ދިޔައީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެގެންނެވެ. ޑިފެންސަށް އިސްކަން ދީގެން ފެށި އާސެނަލް ކޮޅަށް ސިޓީން ލަނޑުޖަހައި ލީޑު ނެގީ މެޗުގެ 9 ވަނަ މިނެޓުގައެވެ. ސަވީނިއޯ ކުޅުނު ތުރޫ ޕާހަކަށް އަރާ ހާލަންޑް ވަނީ އެ […]

އިބްރާހިމް ޚަލީލް
ޗެލްސީއާއި ލިވަޕޫލް މޮޅުވިއިރު ޔުނައިޓެޑް އެއްވަރު

ޗެލްސީއާއި ލިވަޕޫލް މޮޅުވިއިރު ޔުނައިޓެޑް އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި ލިވަޕޫލުން ކުޅުނު މެޗުތައް ކާމިޔާބުކުރި އިރު، މެންޗެސްޓާ ޔުނައިޓެޑް ކުޅުން މެޗު އެއްވަރު ވެއްޖެއެވެ. ރޭ ރަށުން ބޭރުގައި ޗެލްސީ ނުކުތީ ވެސްޓްހޭމްއާއި ދެކޮޅަށެވެ. އެ މެޗު 3-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ ޗެލްސީންނެވެ. މި މެޗުގައި ޗެލްސީން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ފުރަތަމަ ހާފްގައި ނިކޮލަސް ޖެކްސަން ކާމިޔާބުކުރިއިރު ތިންވަނަ ލަނޑު ޖަހައިދީފައިވަނީ ކޯލް ޕާމާ އެވެ. ރޭ އަމިއްލަ ދަނޑުގައި ލިވަޕޫލުން […]

އިބްރާހިމް ޚަލީލް
ރެއާލުން ފަހަތުން އަރާ އެސްޕަންޔޯލް ބަލިކޮށްފި

ރެއާލުން ފަހަތުން އަރާ އެސްޕަންޔޯލް ބަލިކޮށްފި

އެސްޕަންޔޯލް އިން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ ހަތަރު ލަނޑު (4-1) ޖަހައިގެން ރެއާލް މެޑްރިޑުން މެޗު ކާމިޔާބު ކޮށްފިއެވެ. ސްޕެނިޝް ލަލީގާގައި ރޭ އަމިއްލަ ދަނޑުގައި ރެއާލުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް އެ ޓީމުން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ފުރަތަމަ ހާފުގައި ރޮޑްރިގޯގެ އިތުރުން އެމްބާޕޭއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބުނު ނަމަވެސް ގޯލެއް ޖެހޭގޮތެއް ނުވިއެވެ. މި ހާފުގައި ރެއާލްގެ ހަމަލާތައް […]

އިބްރާހިމް ޚަލީލް
އޮލްމޯ އަށް އަނިޔާވެ ފަސް ހަފްތާއަށް ކުޅުމާއި ދުރަށް

އޮލްމޯ އަށް އަނިޔާވެ ފަސް ހަފްތާއަށް ކުޅުމާއި ދުރަށް

ޖަރުމަނުގެ އާރުބީ ލައިޕްޒިގް ދޫކޮށް މި ސީޒަނަށް ބާސެލޯނާއާއި ގުޅުނު ސްޕެއިން އެޓޭކިން މިޑްފީލްޑަރ ޑެނީ އޮލްމޯއަށް އަނިޔާވެ ފަސް ހަފްތާއަށް ކުޅުމާއި ދުރުގައި މަޑުކުރަން ޖެހިއްޖެއެވެ. އުމުރުން 26 އަހަރުގެ އޮލްމޯގެ ފަލަމަސް ގަނޑަށް އަނިޔާވެފައި ވަނީ ރޭ ސްޕެނިޝް ލީގުގައި ޖިރޯނާއާއި ދެކޮޅަށް ކުޅުން މެޗުގައެވެ. އަނިޔާގެ ސަބަބުން މެޗުގެ 64 ވަނަ މިނެޓުގައި އޭނާ ވަނީ ބަދަލުކޮށްފައެވެ. ބާސާއިން މެޗު 4-1 ގެ ނަތީޖާއިން ކާމިޔާބުކުރިއިރު، މެޗުގައި ބާސާއިން ކާމިޔާބުކުރި ތިންވަނަ ލަނޑު […]

އިބްރާހިމް ޚަލީލް
ޓޮޓެންހަމް އަތުން އާސެނަލް އަށް ހަނިމޮޅެއް

ޓޮޓެންހަމް އަތުން އާސެނަލް އަށް ހަނިމޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް އާއި އާސެނަލް ބައްދަލުކުރި މެޗު، ހަނި ތަފާތަކުން އާސެނަލް އިން ކާމިޔާބު ކޮށްފިއެވެ. ޓޮޓެންހަމްގެ ވައިޓްހާޓް ލޭން ސްޓޭޑިއަމްގައި ކުޅުނު މި މެޗު އާސެނަލުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. ޓޮޓެންހަމްގެ ކޯޗު އަންގޭ ޕޮސްޓެކޮގްލޫގެ އިރުޝާދުގެ ދަށުން މިދިޔަ ސީޒަންގައި ޓޮޓެންހަމް އިން ވަނީ ލީގުގެ ފުރަތަމަ ކޮޅު ވަރަށް މޮޅަށް ކުޅެފައެވެ. ނަމަވެސް މި ސީޒަންގައި ހަތަރު މެޗު ކުޅުނުއިރު ލިބިފައި ވަނީ އެންމެ […]

އިބްރާހިމް ޚަލީލް
ޔަމާލްގެ މޮޅު ކުޅުމާއިއެކު ބާސާގެ މޮޅުވުމުގެ ސިލްސިލާ ކުރިއަށް

ޔަމާލްގެ މޮޅު ކުޅުމާއިއެކު ބާސާގެ މޮޅުވުމުގެ ސިލްސިލާ ކުރިއަށް

ލެމީން ޔަމާލްގެ މޮޅު ކުޅުމާއިއެކު ބާސެލޯނާއިން އައު ސީޒަންގެ މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފިއެވެ. ސްޕެނިޝް ލަލީގާގައި ރޭ ރަށުން ބޭރުގައި ބާސާއިން ވަނީ 4-1 ގެ ނަތީޖާއިން ޖިރޯނާ ބަލިކޮށްފައެވެ. ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް ބާސާ ވަނީ މޮޅުވެފައެވެ. ޕޮއިންޓް ތާވަލުގެ އެއްވަނާގައި އެ ޓީމް މިވަގުތު އޮތީ 15 ޕޮއިންޓާއި އެކުއެވެ. ދެވަނާގައި އޮތް ރެއާލަށް 5 މެޗުން ލިބިފައި ވަނީ 11 ޕޮއިންޓެވެ. ލީގުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ […]

އިބްރާހިމް ޚަލީލް
އެމްބާޕޭއާއި ވިނީގެ ލަނޑުތަކުން ރެއާލަށް މޮޅެއް

އެމްބާޕޭއާއި ވިނީގެ ލަނޑުތަކުން ރެއާލަށް މޮޅެއް

ކިލިއަން އެމްބާޕޭއާއި ވިނީސިއަސް ޖޫނިއާގެ ލަނޑުތަކުން ރެއާލް ސޮސިއެޑާޑް އަތުން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ. ސްޕެނިޝް ލަލީގާގައި ރޭ ރަށުން ބޭރުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް ދެ ޓީމްގެ ފަރާތުން ވަނީ އެޓޭކްތަކެއް ފެނިގެން ގޮސްފައެވެ. މިގޮތުން ސޮސޮއެޑާޑުން ފޮނުވާލި ދެ ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވީއިރު، އަރިމަތިން ވަދެ އެމްބާޕޭ ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލާއި […]

އިބްރާހިމް ޚަލީލް
ސިޓީއާއި ޔުނައިޓެޑަށް މޮޅެއް، ލިވަޕޫލް ފުރަތަމަ ފަހަރަށް ބަލިވެއްޖެ

ސިޓީއާއި ޔުނައިޓެޑަށް މޮޅެއް، ލިވަޕޫލް ފުރަތަމަ ފަހަރަށް ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ސިޓީއާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުން މެޗުތަކުން މޮޅުވިއިރު، ލިވަޕޫލަށް ސީޒަންގެ ފުރަތަމަ ބައްޔާއި ކުރިމަތިލާން ޖެހިއްޖެއެވެ. މިއަދު ޔުނައިޓެޑާއި ސައުތެމްޓަން ބައްދަލުކުރި މެޗު، ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފުރަތަމަ ލީޑު ނަގަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ސައުތެމްޓަންއަށެވެ. މެޗުގެ 33 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ކެމެރޮން އާޗާ ފޮނުވާލިއިރު، ޔުނައިޓެޑްގެ ކީޕަރ އޮނާނާ ވަނީ އެ ޕެނަލްޓީ މަތަކޮށްފައެވެ. […]

އިބްރާހިމް ޚަލީލް
ޔުނައިޓެޑްގެ ހުރިހާކަމެއް އަލުން ބިނާކުރަން ޖެހޭ: ރޮނާލްޑޯ

ޔުނައިޓެޑްގެ ހުރިހާކަމެއް އަލުން ބިނާކުރަން ޖެހޭ: ރޮނާލްޑޯ

މެންޗެސްޓާ ޔުނައިޓެޑުން ކާމިޔާބު ހޯދަން ބޭނުންނަމަ އެ ޓީމްގެ ހުރިހާކަމެއް އަލުން ބިނާކުރަން ޖެހޭކަމުގައި އެ ޓީމްގެ ކުރީގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ. ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިޔާ، ރިއޯ ފާޑިނަންޑް ޕްރެސެންޓްސް ޕޮޑްކާސްޓްގައި ޔުނައިޓެޑާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ރޮނާލްޑޯ ވަނީ، ޔުނައިޓެޑްގެ ކޯޗް ޓެން ހާގް އަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. “ކޯޗް (ޓެން ހާގް) ބުނަނީ ޔުނައިޓެޑަށް ޕްރިމިއާ ލީގަށާއި، ޗެމްޕިއަންސް ލީގު ވާދަ ނުކުރެވޭނެ ކަމަށް” ޓެން ހާގްގެ ވިސްނުމަށް […]

އިބްރާހިމް ޚަލީލް
ބްރެޒިލް އަދި އާޖެންޓީނާ އަށް ވެސް ބައްޔެއް

ބްރެޒިލް އަދި އާޖެންޓީނާ އަށް ވެސް ބައްޔެއް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެކުނު އެމެރިކާ ސަރަހައްދުގެ ކޮލިފިކޭޝަންގައި ރޭ ބްރެޒިލް އާއި އާޖެންޓީނާ ބަލިވެއްޖެއެވެ. ރޭ ފަތިހު ޕެރަގުއޭ އާއި ބްރެޒިލް ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ ޕެރަގުއޭއެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 20 ވަނަ މިނެޓުގައި ޕެރެގުއޭއަށް ކާމިޔާބު ކޮށްދިނީ ޑިއެގޯ ގޮމޭޒް އެވެ. މި މެޗު ކޮންޓްރޯލް ކޮށްގެން ބްރެޒިލުން ކުޅުނު ނަމަވެސް އިދިކޮޅު ގޯލަށް ލަނޑު ޖެހުމުގައި އެ ޓީމަށް ކާމިޔާބެއް […]

އިބްރާހިމް ޚަލީލް
ނެދަލެންޑްސް އާއި ޖަރުމަނު އެއްވަރު

ނެދަލެންޑްސް އާއި ޖަރުމަނު އެއްވަރު

ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް އޭގެ ތިންވަނަ ގްރޫޕްގައި ރޭ ނެދަލެންޑްސް އާއި ޖަރުމަނު ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ނެދަލެންޑްސްގައި ރޭ ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 2-2 ގެ ނަތީޖާއިންނެވެ. މި މެޗުގެ ދެވަނަ މިނެޓުގައި ލަނޑުޖަހައި ނެދަލެންޑްސް އިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ގްރެވެންބާޗް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ޓިޔާނީ ރެޔިންޑާސް އެވެ. ޖަރުމަނުން ޑޮމިނޭޓް ކުރި މި މެޗުގައި އެ ޓީމުގެ ފުރަތަމަ ލަނޑު 38 […]

އިބްރާހިމް ޚަލީލް
އެމްބާޕޭ ބެންޗްކޮށް ފްރާންސުން ނަތީޖާ ނެރެފި

އެމްބާޕޭ ބެންޗްކޮށް ފްރާންސުން ނަތީޖާ ނެރެފި

ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް އޭގެ، ގްރޫޕް ދެއެއްގައި ފްރާންސާއި ބެލްޖިއަމް ބައްދަލުކުރި މެޗު ފްރާންސުން ކާމިޔާބު ކޮށްފިއެވެ. ފްރާންސްގެ ލިޔޯން ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. ނޭޝަންސް ލީގުގައި ފްރާންސް ކުޅުނު ފުރަތަމަ މެޗުގައި އިޓަލީ އަތުން ވީ ބައްޔެވެ. ފްރާންސުން ރޭ ނަތީޖާ ނެރުން މުހިންމު މެޗަށް ނުކުތްއިރު އެ ޓީމްގެ ކެޕްޓަން ކިލިއަން އެމްބާޕޭ ފުރަތަމަ އެގާރާގައި ހިމަނާފައި ނުވުމެވެ. ކޯޗު […]

އިބްރާހިމް ޚަލީލް
ރޮނާލްޑޯގެ ލަނޑުން ޕޯޗުގަލް އިން ސްކޮޓްލެންޑް ބަލިކޮށްފި

ރޮނާލްޑޯގެ ލަނޑުން ޕޯޗުގަލް އިން ސްކޮޓްލެންޑް ބަލިކޮށްފި

ދެވަނަ ހާފުގައި ކުޅެން ނުކުމެ ރޮނާލްޑޯ ޖެހި ލަނޑުން، ސްކޮޓްލެންޑް އަތުން ޕޯޗުގަލް މޮޅުވެއްޖެއެވެ. ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް އެކެއްގައި ރޭ ޕޯޗުގަލްއާއި ސްކޮޓްލެންޑް ބައްދަލުކުރި މެޗު، ޕޯޗުގަލް އިން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއިންނެވެ. ރޭ މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ސްކޮޓްލެންޑުންނެވެ. މި ލަނޑު ހަވަނަ މިނެޓުގައި ކެނީ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ މެކްޓޮމިނޭއެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ މި ނަތީޖާއިންނެވެ. ރޭ މެޗުގައި ޕޯޗުގަލްގެ ފުރަތަމަ […]

އިބްރާހިމް ޚަލީލް