މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ކުޅިވަރު

2,740 ޝާއިޢުކުރެވިފައިވާ ލިޔުން

ކުޅިވަރު - 63 ވަނަ ޞަފްޙާ

އެކަކު މަދުކޮށް ކުޅެ ސްޕެއިނުން ސްވިޒަލެންޑް ބަލިކޮށްފި

އެކަކު މަދުކޮށް ކުޅެ ސްޕެއިނުން ސްވިޒަލެންޑް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ސްޕެއިނާއި ސްވިޒަލެންޑް ވާދަކުރި މެޗުގެ ބޮޑުބައި އެކަކު މަދުކޮށް ކުޅެ ސްޕެއިނުން މެޗު ކާމިޔާބު ކޮށްފިއެވެ. ރަށުން ބޭރުގައި ކުޅުނު މި މެޗު ސްޕެއިނުން ކާމިޔާބު ކުރީ 4-1 ގެ ނަތީޖާއިންނެވެ. މި މެޗުގެ ވަރަށް ކުރީކޮޅު ސްޕެއިނުން ވަނީ ލީޑު ނަގާފައެވެ. ހަތަރު ވަނަ މިނެޓުގައި ލެމީން ޔަމާލް ތަނަވަސް ކޮށްދިން ފުރުސަތެއްގައި މި ލަނޑު ޖަހައިދިނީ މަޓެއޯ ހޮސެލޫއެވެ. އޭގެ ހަތަރު މިނެޓް ފަހުން ސްވިޒަލެންޑުން ވަނީ ލަނޑެއް […]

އިބްރާހިމް ޚަލީލް
ޖަރުމަނާއި ނެދަލެންޑްސް އަށް ވެސް ފަސޭހަ މޮޅެއް

ޖަރުމަނާއި ނެދަލެންޑްސް އަށް ވެސް ފަސޭހަ މޮޅެއް

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ޖަރުމަނާއި ނެދަލެންޑްސް އިން ކުޅުނު މެޗުތައް ފަސޭހަކަމާއިއެކު ކާމިޔާބު ކޮށްފިއެވެ. ގްރޫޕް ތިނެއްގައި ރޭ ޖަރުމަނުން ވަނީ އަމިއްލަ ގައުމުގައި 5-0 ގެ ތަފާތު ބޮޑު ނަތީޖާއިން ހަންގޭރީ ބަލިކޮށްފައެވެ. މި މެޗުގައި ޖަރުމަނުގެ ފަރާތުން މޮޅު ކުޅުމެއް ވަނި ފެނިގެން ގޮސްފައެވެ. އެ ޓީމްގެ ފުރަތަމަ ލަނޑު 27 ވަނަ މިނެޓުގައި މުސިއާލާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ފުލްކްރޫގް އެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާއިންނެވެ. ދެވަނަ […]

އިބްރާހިމް ޚަލީލް
އިޓަލީން ފަހަތުން އަރާ ފްރާންސް ބަލިކޮށްފި

އިޓަލީން ފަހަތުން އަރާ ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް ދެއެއްގައި ރޭ ފްރާންސާއި އިޓަލީ ބައްދަލުކުރި މެޗު، އިޓަލީން ކާމިޔާބު ކޮށްފިއެވެ. އިޓަލީން މި މެޗު ކާމިޔާބު ކޮށްފައި ވަނީ ފްރާންސުން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ ތިން ލަނޑު (3-1) ޖަހައިގެންނެވެ. ރޭ މެޗުގެ ފުރަތަމަ މިނެޓުގައި ލަނޑުޖަހައި ފްރާންސަށް ލީޑު ހޯދައިދިނީ ބާކޯލާއެވެ. އިޓަލީން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 30 ވަނަ މިނެޓުގައި ޓޮނާލީ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޑިމާކޯ ޖެހި ލަނޑުންނެވެ. ފުރަތަމަ ހާފު […]

އިބްރާހިމް ޚަލީލް
ކެރިއަރުގައި ޖެހި 900 ވަނަ ގޯލާއިއެކު ރޮނާލްޑޯއަށް ހާއްސަ ޝަރަފެއް

ކެރިއަރުގައި ޖެހި 900 ވަނަ ގޯލާއިއެކު ރޮނާލްޑޯއަށް ހާއްސަ ޝަރަފެއް

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ކެރިއަރުގައި 900 ވަނަ ލަނޑުޖަހައި، މި އަދަދަށް ލަނޑުޖެހި ފުރަތަމަ ކުޅުންތެރިއާގެ ޝަރަފް ހޯދައިފިއެވެ. ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް އެކެއްގައި ރޭ ޕޯޗުގަލްއާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބު ކުރީ ޕޯޗުގަލުންނެވެ. މި މެޗުން ޕޯޗުގަލް މޮޅުކޮށްދިން ލަނޑު 34 ވަނަ މިނެޓުގައި ނޫނޯ މެންޑޭސް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ އުމުރުން 39 އހަރުގެ ރޮނާލްޑޯއެވެ. މިއީ އޭނާގެ ކެރިއަރުގައި ޖެހި 900 […]

އިބްރާހިމް ޚަލީލް
މިއީ ބެލޮންޑިއޯ ނޮމިނީސް ތެރޭ ރޮނާލްޑޯ އާއި މެސީ ނެތް ފުރަތަމަ ފަހަރު

މިއީ ބެލޮންޑިއޯ ނޮމިނީސް ތެރޭ ރޮނާލްޑޯ އާއި މެސީ ނެތް ފުރަތަމަ ފަހަރު

ފްރާންސް ފުޓްބޯލް އިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑްގެ ނޮމިނީސް އިއުލާން ކޮށްފައިވާއިރު، މިފަހަރު އެ ލިސްޓުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާއި، އާޖެންޓީނާގެ ކެޕްޓަން ލައިނަލް މެސީ ނުހިމެނެއެވެ. މިއީ 2003 ވަނަ އަހަރަށް ފަހު މި ދެ ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިއަކު މި ލިސްޓްގައި ނުހިމެނުނު ފުރަތަމަ ފަހަރެވެ. ފާއިތުވި 21 އަހަރު މި ލިސްޓްގައި މެދުކެނޑުމެއް ނެތި މި ދެ ކުޅުންތެރިން ވަނީ ލީޑުކޮށްފައެވެ. […]

އިބްރާހިމް ޚަލީލް
އެމްބާޕޭ މީޑިއާއަށް ޖަވާބު ދިނީ ދެ ގޯލުން

އެމްބާޕޭ މީޑިއާއަށް ޖަވާބު ދިނީ ދެ ގޯލުން

ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑާއި ރެއާލް ބެޓިސް ބައްދަލު ކުރި މެޗުގައި ދެ ގޯލު ޖަހައި އެމްބާޕޭ މީޑިއާއަށް ޖަވާބު ދީފިއެވެ. ރޭ ރެއާލުގެ ދަނޑުގައި ކުޅުނު މެޗުން އެ ޓީމް މޮޅުވީ 2-0 ގެ ނަތީޖާއިންނެވެ މި ސީޒަނަށް ރެއާލާއި ގުޅުނު އެމްބާޕޭ، އެ ޓީމަށް ފުރަތަމަ ކުޅުނު މެޗަކީ ޔުއެފާ ސްޕަ ކަޕްގައި އެތުލާންޓާ އަތުން ރެއާލް މޮޅުވެ އެ މުބާރާތް ކާމިޔާބު ކުރި މެޗެވެ. ފުރަތަމަ މެޗުން އެމްބާޕޭ ރެއާލުގައި ތައްޓެއް […]

އިބްރާހިމް ޚަލީލް
ރަފީނިއާގެ ހެޓްރިކާއިއެކު ބާސާއަށް ފަސޭހަ މޮޅެއް

ރަފީނިއާގެ ހެޓްރިކާއިއެކު ބާސާއަށް ފަސޭހަ މޮޅެއް

ސްޕެނިޝް ލަލީގައި ރޭ ބާސެލޯނާއާއި ވަލަޑޮލިޑް ބައްދަލުކުރި މެޗު، ފަސޭހަކަމާއިއެކު ބާސާއިން ކާމިޔާބު ކޮށްފިއެވެ. އަމިއްލަ ދަނޑުގައި ބާސާއިން ވަނީ 7-0 ގެ ތަފާތު ބޮޑު ނަތީޖާއިން ވަލަޑޮލިޑް ބަލިކޮށްފައެވެ. މިއީ 2016 ވަނަ އަހަރުގެ އޭޕްރިލް މަހު ޑިޕޯޓިވޯ އަތުން 8-0 ނަތީޖާއިން މޮޅުވި މެޗަށް ފަހު އެންމެ ތަފާތު ބޮޑު ނަތީޖާއަކުން ބާސާ މޮޅުވި މެޗެވެ. ރޭ މެޗުގެ ނަތީޖާއިން 2014 ވަނަ އަހަރު އަމިއްލަ ދަނޑުގައި ބާސާއިން ވަނީ އޮސަސޫނާގެ މައްޗަށް ވެސް […]

އިބްރާހިމް ޚަލީލް
ބްރައިޓަން އިން އާސެނަލް ހިފަހައްޓައިފި

ބްރައިޓަން އިން އާސެނަލް ހިފަހައްޓައިފި

އިނިގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ބްރައިޓަންއާއި އާސެނަލް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 1-1 ގެ ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އާސެނަލްގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މެޗުގައި އާސެނަލުން ލަނޑުޖައި ލީޑު ނެގީ 38 ވަނަ މިނެޓުގައެވެ. މި ލަނޑު ޖަހައިދިނީ ކައި ހަވާޓްޒްއެވެ. ބްރައިޓަންގެ ހާފަށް މަތިން އައި ބޯޅަ ދިފާއު ކުރުމަށް ބްރައިޓަންގެ ޑިފެންޑަރ ޑަންކަށް އެންމެ […]

އިބްރާހިމް ޚަލީލް
ލޯނު އެއްބަސްވުމެއްގެ ދަށުން ސަންޗޯ ޗެލްސީ އަށް

ލޯނު އެއްބަސްވުމެއްގެ ދަށުން ސަންޗޯ ޗެލްސީ އަށް

މެންޗެސްޓާ ޔުނައިޓެޑްގެ ޖޭޑަން ސަންޗޯ ލޯނު އެއްބަސްވުމެއްގެ ދަށުން ޗެލްސީއާއި ގުޅިއްޖެއެވެ. މީގެ ތިން އަހަރު ކުރިން ޖަރުމަނުގެ ބްރޫޝީއާ ޑޯޓްމަންޑުން 90 މިލިއަން ޑޮލަރުގެ ޑީލެއްގެ ދަށުން ޔުނައިޓެޑާއި ގުޅުނު ސަންޗޯއަށް، ޔުނައިޓެޑްގައި މާ އެދެވޭ ކުޅުމެއް ދެއްކޭގޮތެއް ނުވިއެވެ. މިދިޔަ ސީޒަން ފެށުނު ތަނާހެން ސަންޗޯއާއި ޔުނައިޓެޑްގެ ކޯޗާއި ދެމެދު ޖެހުނު މައްސަލައެއްގައި ސަންޗޯއަށް ޔުނައިޓެޑުގައި ކުޅުމުގެ ފުރުސަތު ޓެންހާގް ނުދެއެވެ. އެންމެ ފަހުން ލޯނު އެއްބަސްވުމެއްގެ ދަށުން ސަންޗޯގެ ކުރީގެ ކްލަބް ކަމަ...

އިބްރާހިމް ޚަލީލް
ލަސް ޕަލްމާސް އަތުން ވެސް ރެއާލަށް ޕޮއިންޓެއް

ލަސް ޕަލްމާސް އަތުން ވެސް ރެއާލަށް ޕޮއިންޓެއް

ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި ލަސް ޕަލްމާސް ބައްދަލުކުރި މެޗު އެއްވަރުވެ މުހިންމު ދެ ޕޮއިންޓް ރެއާލަށް ގެއްލިއްޖެއެވެ. ރޭ ޕަލްމާސްގެ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއިންނެވެ. ލީގުގައި ރެއާލުން އެންމެ ފަހުން ކުޅުނު ދެ މެޗު ވެސް މިވަނީ އެއްވަރުވެފައެވެ. ދެ މެޗުން އެއްވަރުވެ ގެއްލުނު ހަތަރު ޕޮއިންޓާއިއެކު ތިން މެޗުން ފަސް ޕޮއިންޓް ހޯދައިގެން ރެއާލް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ހަތަރު ވަނާގައެވެ. އެއްވަނާގައި ކުޅުނު ތިން މެޗުން […]

އިބްރާހިމް ޚަލީލް
ބާސާ އާއި ސިޓީއަށް ކުޅުނު ޗިލީގެ ކީޕަރ ބްރާވޯ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

ބާސާ އާއި ސިޓީއަށް ކުޅުނު ޗިލީގެ ކީޕަރ ބްރާވޯ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

ސްޕެއިންގެ ބާސެލޯނާއަށާއި އިންގްލެންޑްގެ މެންޗެސްޓާ ސިޓީއަށް ކުޅުނު ޗިލީގެ އިތުބާރު ގޯލް ކީޕަރ ކްލައުޑިއޯ ބްރާވޯ، އުމުރުން 41 އަހަރުގައި ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ. އޭނާ ފުޓްބޯޅަ ކެރިއާ ފަށާފައި ވަނީ ޗިލީގެ ދެވަނަ ޑިވިޝަންގެ ޓީމެއް ކަމަށްވާ ކޯލޯ-ކޯލޯ އިންނެވެ. އެ ޓީމަށް ދެ އަހަރު ކުޅުމަށް ފަހު 2006 ވަނަ އަހަރު އޭނާ ބަދަލުވީ ސްޕެނިޝް ލީގުގެ ރިއާލް ސޮސިއެޑާޑްއަށެވެ. އެ ޓީމުގައި 8 ސީޒަން ހޭދަކުރިއިރު، 2010 ވަނަ އަހަރު ލަލީގާއަށް އެ […]

އިބްރާހިމް ޚަލީލް
ރޮނާލްޑޯ އާއި ޓަލިސްކާގެ ލަނޑުތަކުން އަލް ނަސްރަށް ފުރަތަމަ މޮޅު

ރޮނާލްޑޯ އާއި ޓަލިސްކާގެ ލަނޑުތަކުން އަލް ނަސްރަށް ފުރަތަމަ މޮޅު

ސައުދީ ޕްރޮފެޝަނަލް ލީގުގައި ރޭ އަލް ފައިހާއާއި އަލް ނަސްރު ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު އަލް ނަސްރުން ކާމިޔާބު ކޮށްފިއެވެ. ރޭ ކިންގް އަބްދުﷲ ސްޕޯޓް ސިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އަލް ނަސްރުން ފައިހާގެ މައްޗަށް ކުރި ހޯދީ 4-1 ގެ ނަތީޖާއިންނެވެ. މިއީ ލީގުގައި އަލް ނަސްރު ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި އައް ރިއާދާއި އަލް ނަސްރު ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. ރޭ މެޗުން […]

އިބްރާހިމް ޚަލީލް
ދެވަނަ ހާފުގައި އޮލްމޯ އަރާ ގޯލުޖަހައި ބާސާ މޮޅުކޮށްދީފި

ދެވަނަ ހާފުގައި އޮލްމޯ އަރާ ގޯލުޖަހައި ބާސާ މޮޅުކޮށްދީފި

ޑެނީ އޮލްމޯ ބާސެލޯނާއަށް ކުޅެދިން ފުރަތަމަ މެޗުގައި ގޯލުޖަހައި އެ ޓީމް މޮޅުކޮށްދީފިއެވެ. ރޭ ސްޕެނިޝް ލީގުގައި ބާސާއާއި ރަޔޯ ވަޔެކާނޯ ބައްދަލުކުރި މެޗު ފަހަތުން އަރާ ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. މިއީ ޖަރުމަނުގެ އާރުބީ ލައިޕްޒިގް ދޫކޮށް ބާސާއަށް ބަދަލުވެ އޮލްމޯ ބާސާއަށް ކުޅުނު ފުރަތަމަ މެޗެވެ. ބާސާގެ މާލީހާލަތާއި ގުޅިގެން އޮލްމޯ ރަޖިސްޓަރީ ކުރުމުގައި ދިމާވި ދަތިތަކާއިހެދި އޭނާއަށް ލީގުގައި ބާސާ ފުރަތަމަ ކުޅުނު ދެ މެޗުގައި ކުޅެވޭގޮތެއް […]

އިބްރާހިމް ޚަލީލް
އާސެނަލްއާއި ޔުވެންޓަސް އަށް ކުޅުނު ޕޮލެންޑް ކީޕަރ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

އާސެނަލްއާއި ޔުވެންޓަސް އަށް ކުޅުނު ޕޮލެންޑް ކީޕަރ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

އާސެނަލްއަށާއި ޔުވެންޓަސްއަށް ކުޅުނު ޕޮލެންޑްގެ ގޯލްކީޕަރ ސެޒްނީ ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ. އޭނާ ވަނީ މި މަހުގެ ކުރީކޮޅު ޔުވެންޓަސްއާއިއެކު ހަދާފައިވާ އެއްބަސްވުން އުވާލާފައެވެ. ސައުދީ ލީގުގެ އަލް ނަސްރުން އޭނާއަށް ޝައުގުވެރިކަން ވެސް ފާޅުކުރި ނަމަވެސް އިތުރު ފުޓްބޯޅަ ކުޅުން ކުރިއަށް ނުގެންދަން ނިންމައި އޭނާ މިވަނީ ރިޓަޔަރ ކޮށްފައެވެ. ރިޓަޔަރ ކުރިއިރު އޭނާގެ އުމުރަކީ 34 އަހަރެވެ. ސެޒްނީއަކީ އޭނާގެ އުމުރުން އެންމެ 16 އަހަރުގައި އާސެނަލްއާއި ގުޅުނު ކުޅުންތެރިއެކެވެ. އޭނާ ވަނީ އާސެނަލްއަށް [...

އިބްރާހިމް ޚަލީލް
އެންޑްރިކްގެ ފުރަތަމަ ގޯލާއިއެކު ރެއާލަށް ފަސޭހަ މޮޅެއް

އެންޑްރިކްގެ ފުރަތަމަ ގޯލާއިއެކު ރެއާލަށް ފަސޭހަ މޮޅެއް

މި ސީޒަންގައި ރެއާލް މެޑްރިޑަށް ބަދަލުވި ބްރެޒިލްގެ ޒުވާން ފޯވާޑް، އެންޑްރިކް ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި، ޖެހި ފުރަތަމަ ގޯލާއިއެކު ރެއާލް ވަލަޑޮލިޑް އަތުން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ. ރޭ ރެއާލުގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ރެއާލުން ކާމިޔާބުކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ. މިއީ ރެއާލުން ލީގުގައި ކުޅުނު ދެވަނަ މެޗެވެ. ލީގުގެ ފުރަތަމަ މެޗުގައި ރެއާލުން ވަނީ ރެއާލް މަޔޯކާއާއި ބައްދަލުކޮށް އެއްވަރުވެފައެވެ. މިވަގުތު ދެ މެޗުން ލިބުނު ފަސް ޕޮއިންޓާއިއެކު […]

އިބްރާހިމް ޚަލީލް