ބިލްބާއޯ ބަލިކޮށް ބާސާއިން ދެވަނަ މެޗު ވެސް ކާމިޔާބު ކޮށްފި
ސްޕެނިޝް ލަލީގާގައި ރޭ އެތުލެޓިކް ބިލްބާއޯއާއި ބާސެލޯނާ ބައްދަލުކުރި މެޗު ބާސާއިން ކާމިޔާބުކޮށްފިއެވެ. ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. މިއީ ލީގުގައި ބާސާ ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި އެ ޓީމުން ވަނީ ވެލެނެސިއާގެ މައްޗަށް ކުރި ހޯދާފައެވެ. ދެ މެޗުން ހަ ޕޮއިންޓް ހޯދައި މިވަގުތު ގޯލު ތަފާތުން ބާސާ އޮތީ ދެވަނާގައެވެ. އެއްވަނާގައި އޮތީ ދެ މެޗުން ހަ ޕޮއިންޓް ހޯދި […]