ސްޕެއިން ނުހުއްޓުވޭ، އޮލިމްޕިކް ރަން މެޑަލް ވެސް ސްޕެއިން އަށް
އޮލިމްޕިކް ފުޓްބޯޅަ އިވެންޓްގެ ރަންމެޑަލް ކާމިޔާބުކޮށް މިވަގުތު ފުޓްބޯޅައިގެ ދުނިޔޭގެ ރަސްގެފާނަކީ ސްޕެއިންކަން އެ ޓީމުން އަނެއްކާ ވެސް ސާބިތުކޮށްދީފިއެވެ. އޮލިމްޕިކް މުބާރާތް ބާއްވާ ފްރާންސާއި ދެކޮޅަށް ރޭ ކުޅުނު ފައިނަލް މެޗު ސްޕެއިނުން ކާމިޔާބު ކޮށްފައި ވަނީ 5-3 ގެ ނަތީޖާއިންނެވެ. ސްޕެއިންއަށް އެންމެ ފަހުން އޮލިމްޕިކް މުބާރާތުން ރަން މެޑަލް ހޯދިފައި ވަނީ މީގެ 32 އަހަރު ކުރިންނެވެ. އެއީ 1992 ވަނަ އަހަރުއެވެ. އޭގެ ފަހުން ދެ މުބާރާތެއްގެ ފައިނަލުގައި ސްޕެއިން ކުޅުނެވެ. […]