މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ކުޅިވަރު

2,740 ޝާއިޢުކުރެވިފައިވާ ލިޔުން

ކުޅިވަރު - 66 ވަނަ ޞަފްޙާ

ބިލިއަން އާމްދަނީއެއް ހޯދި ފުރަތަމަ ކުލަބަކަށް ރެއާލް މެޑްރިޑް

ބިލިއަން އާމްދަނީއެއް ހޯދި ފުރަތަމަ ކުލަބަކަށް ރެއާލް މެޑްރިޑް

މާލީ ފައިދާގެ ގޮތުގައި އެއް ބިލިއަން ޔޫރޯ ހޯދައިގެން، ސީޒަނެއްގައި އާމްދަނީގެ ގޮތުގައި އެންމެ ބޮޑު ފައިދާ ހޯދުމުގެ ރެކޯޑް ސްޕެއިންގެ ރެއާލް މެޑްރިޑުން ހަދައިފިއެވެ. މީގެކުރިން ކުރިން އަހަރީ އާމްދަނީގެ ގޮތުގައި ބިލިއަން ޔޫރޯގެ ފައިދާ ޔޫރަޕުގެ އެއްވެސް ކުލަބަކަށް ހޯދިފައިނުވެއެވެ. ރެއާލުން އާންމުކޮށްފައިވާ ތަފާތު ހިސާބުތަކުގައި ބުނާގޮތުން މިދިޔަ ސީޒަންގައި އެ ޓީމަށް ފައިދާގެ ގޮތުގައި 1.073 ބިލިއަން ޔޫރޯ ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީ ސީޒަނާއި އަޅާބަލާއިރު 27 އިންސައްތަ ކުރިއެރުމެކެވެ. […]

އިބްރާހިމް ޚަލީލް
ހަތަރު ގަޑިއިރަށް ދެމިގެންދިޔަ މެޗުގައި މޮރޮކޯއިން އާޖެންޓީނާ ބަލިކޮށްފި

ހަތަރު ގަޑިއިރަށް ދެމިގެންދިޔަ މެޗުގައި މޮރޮކޯއިން އާޖެންޓީނާ ބަލިކޮށްފި

އޮލިމްޕިކް ގޭމްސްގެ، ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި އާޖެންޓީނާއާއި މޮރޮކޯ އިއްޔެ ބައްދަލުކުރިއިރު، ހަމަނުޖެހުން ބޮޑުވެ ހަތަރު ގަޑިއިރަށް ދެމިގެންދިޔަ މެޗުގައި މޮރޮކޯ އަތުން އާޖެންޓީނާ ބަލިވެއްޖެއެވެ. ފްރާންސްފެ ސެއިންޓް އެޓެއިން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި މޮރޮކޯއިން އާޖެންޓީނާގެ މައްޗަށް ކުރިހޯދީ 2-1 ގެ ނަތީޖާއިންނެވެ. މިއީ ގްރޫޕް ބީގައި ހިމެނޭ ދެ ޓީމެވެ. މި މެޗުގައި ފުރަތަމަ ދެ ލަނޑުޖަހައި ލީޑު ނެގީ މޮރޮކޯއިންނެވެ. މޮރޮކޯއަށް ދެ ލަނޑު ވެސް ޖަހައިދިނީ ސޮފިއާނޭ ރަހީމީއެވެ. […]

އިބްރާހިމް ޚަލީލް
އޮލިމްޕިކް ގޭމްސް: ސްޕެއިން ފެށީ މޮޅަކުން

އޮލިމްޕިކް ގޭމްސް: ސްޕެއިން ފެށީ މޮޅަކުން

އޮލިމްޕިކް ގޭމްސްގެ، ފުޓްބޯޅަ މުބާރާތް މިއަދު ފްރާންސްގައި ފަށާފައިވާއިރު، ގްރޫޕް ސީގައި ސްޕެއިންއާއި އުޒްބެކިސްތާން ބައްދަލުކުރި މެޗު ސްޕެއިނުން ކާމިޔާބު ކޮށްފިއެވެ. 23 އަހަރުން ދަށުގެ ޓީމްތައް ވާދަކުރާ މި މުބާރާތުގައި ސްޕެއިނުން އުޒްބެކިސްތާން ބަލިކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. މި އަހަރުގެ 23 އަހަރުން ދަށުގެ އޭއެފްސީ އޭސިއަންކަޕްގެ ރަނަރަޕް ޓީމްކަމަށްވާ އުޒްބެކިސްތާން ކޮޅަށް ސްޕެއިންގެ ފުރަތަމަ ލަނޑުޖެހީ މާކް ޕުބިލްއެވެ. މެޗުގެ 28 ވަނަ މިނެޓުގައި އޭނާ މި ލަނޑު ޖަހާފައިވަނީ އަބެލް […]

އިބްރާހިމް ޚަލީލް
ފެބްރިގާސް ކޯޗުކޮށްދޭ ކޯމޯއިން ވަރާން ގެންދަނީ

ފެބްރިގާސް ކޯޗުކޮށްދޭ ކޯމޯއިން ވަރާން ގެންދަނީ

އިޓާލިއަން ސީރިއާ އޭއަށް ޕްރޮމޯޓްވެފައިވާ ކޯމޯއިން ކުރިއަށ އޮތް ސީޒަނަށް އެ ޓީމް ވަރުގަދަ ކުރުމަށް ފްރާންސްގެ ތަޖުރިބާކާރު ޑިފެންޑަރ ރަފެއިލް ވަރާން ގެންދިޔުމުގެ ހުރިހާކަމެއް ފައިނަލްވެފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. ކޯމޯއަކީ މިދިޔަ ސީޒަންގައި އިޓަލީގެ ދެވަނަ ޑިވިޝަންގައި ވާދަކުރި ޓީމެކެވެ. ކުރިން އާސެނަލްއަށާއި ބާސެލޯނާއަށް ވެސް މޮޅަށް ކުޅުނު ސްޕެއިންގެ މިޑްފީލްޑަރ ސެސް ފެބްރިގާސް އެ ޓީމުގެ ކޯޗުކަމާއި ހަވާލުވެ، ލީގުގެ ދެވަނަ ހޯދައިދީ އިޓާލިއަން ލީގުގެ އެއްވަނަ ޑިވިޝަނަށް ވަނީ ޕްރޮމޯޓ...

އިބްރާހިމް ޚަލީލް
ސްޕެއިންގެ ކެޕްޓަން މޮރާޓާ މިލާނަށް ބަދަލުވެއްޖެ

ސްޕެއިންގެ ކެޕްޓަން މޮރާޓާ މިލާނަށް ބަދަލުވެއްޖެ

ނިމިދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތަށި ސްޕެއިންއަށް ހޯދައިދިން ކެޕްޓަން އަލްވާރޯ މޮރާޓާ، ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑް ދޫކޮށް އިޓަލީގެ އޭސީ މިލާނަށް ބަދަލުވެއްޖެއެވެ. އުމުރުން 31 ފޯވާޑް މިލާނަށް ބަދަލުވެފައި ވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މޮރާޓާ ޕްރޮފެޝަނަލް ފުޓްބޯލް ކެރިއާ ފަށާފައިވަނީ ސްޕެއިންގެ ރެއާލް މެޑްރިޑުންނެވެ. އެއަށްފަހު އޭނާ ވަނީ އިޓަލީގެ ޔުވެންޓަސްގެ އިތުރުން ޗެލްސީއަށް ވެސް ކުޅެފައެވެ. އޭނާ ރެއާލާއިއެކު ޗެމްޕިއަންސް ލީގު ދެފަރު ވަނީ ކާމިޔާބު ކޮށްފައެވެ. މީ...

އިބްރާހިމް ޚަލީލް
ފްރާންސްގެ ޒުވާން ޑިފެންޑަރ، ޔޯރޯ ޔުނައިޓެޑަށް

ފްރާންސްގެ ޒުވާން ޑިފެންޑަރ، ޔޯރޯ ޔުނައިޓެޑަށް

ފްރާންސް ލީގުގެ ލިލްއަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ޑިފެންޑަރ ލެނީ ޔޯރޯ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެއްޖެއެވެ. އުމުރުން 18 އަހަރުގެ ޔޯރޯ ޔުނައިޓެޑަށް ސޮއިކޮށްފައި މިވަނީ 62 މިލިއަން ޑޮލަރުގެ ޑީލެއްގެ ދަށުންނެވެ. އޭނާ ޔުނައިޓެޑާއިއެކު ހަދާފައިވަނީ ފަސް އަހަރު ދުވަހުގެ އެއްވަސްވުމެކެވެ. ބޭނުން ވެއްޖެ ހާލަތެއްގައި އެއްބަސްވުމަށް އެއް އަހަރު ދުވަސް އިތުރުކުރެވޭ މާއްދާ ހިމަނާފައިވާއިރު، އޭނާ ޔުނައިޓެޑާއިއެކު ހަދާފައިވާ އެއްބަސްވުނަ ހަމަވާނީ 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނިމިދިޔ...

އިބްރާހިމް ޚަލީލް
ދެ މުބާރާތުގެ ފައިނަލުން ބަލިވުމުން ސައުތުގޭޓް އިންގްލެންޑް ކޯޗުކަން ދޫކޮށްލައިފި

ދެ މުބާރާތުގެ ފައިނަލުން ބަލިވުމުން ސައުތުގޭޓް އިންގްލެންޑް ކޯޗުކަން ދޫކޮށްލައިފި

އެންމެ ފަހުން ކުޅުނު ޔޫރޯ ދެ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ކުޅެ އިންގްލެންޑް ބަލިވުމާއިއެކު އެ ޓީމުގެ ކޯޗް، ސައުތުގޭޓް މަގާމުން އިސްތިއުފާދީފިއެވެ. ސައުތުގޭޓް އިންގްލެންޑްގެ ކޯޗުކަމާއި ހަވާލުވީ 2016 ވަނަ އަހަރުއެވެ. އޭނާގެ އިރުޝާދުގެ ދަށުން އެ ޓީމް ކުޅުނު ފުރަތަމަ ބޮޑު މުބާރާތަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތެވެ. އެ މުބާރާތުގެ ސެމީ ފައިނަލުން ޕެނަލްޓީ ޖަހައިގެން އެ ޓީމް ބަލިވީ ކޮރޭޝިއާ އަތުންނެވެ. 2020 ވަނަ އަހަރު އަމިއްލަ […]

އިބްރާހިމް ޚަލީލް
އެމްބާޕޭ ރެއާލްގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލައިފި

އެމްބާޕޭ ރެއާލްގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލައިފި

ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ ސްޕެއިންގެ ރެއާލް މެޑްރިޑްގެ ކުޅުންތެރިއެއްގެ ގޮތުގައި ރަސްމީކޮށް ތައާރަފްކޮށްފިއެވެ. އުމުރުން 25 އަހަރުގެ އެމްބާޕޭ ރެއާލަށް ބަދަލުވެފައި މިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާ ކުރިން ކުޅުނު ފްރާންސްގެ ޕީއެސްޖީއާއިއެކު ހަދާފައިވާ އެއްބަސްވުން ހަމަވެފައި ވަނީ މިދިޔަ ސީޒަންގެ ނިޔަލަށެވެ. ވުމާއިއެކު އޭނާ ރެއާލަށް ބަދަލުވެފައި މިވަނީ ހިލޭ ޓްރާންސްފާއެއްގައެވެ. މިދިޔަ ޖޫންމަހު އެމްބާޕޭ ރެއާލަށް ބަދަލުވުމުގެ ހުރިހާކަމެއް ނިންމި ނަމަވެސް ރެއާ...

އިބްރާހިމް ޚަލީލް
ކޮޕަ އެމެރިކާގެ އެންމެ ކާމިޔާބު ޓީމަކަށް އާޖެންޓީނާ

ކޮޕަ އެމެރިކާގެ އެންމެ ކާމިޔާބު ޓީމަކަށް އާޖެންޓީނާ

މިއަދު ހެނދުނު ކުޅުނު ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ކޮލަމްބިއާ ބަލިކޮށް، މުބާރާތް އެންމެ ގިނައިން ކާމިޔާބުކުރި ޓީމްގެ ޝަރަފް އާޖެންޓީނާއިން ހޯދައިފިއެވެ. މި މުބާރާތާއި ކުރިމަތިލީއިރު ކޮޕަ އެމެރިކާ އެންމެ ގިނައިން ކާމިޔާބުކުރި ޓީމްގެ ލިސްޓްގެ އެއްވަނާގައި ދެ ޓީމް އޮތެވެ. އެއީ އާޖެންޓީނާއާއި އުރުގުއޭއެވެ. މި ކޮންމެ ޓީމަކުން ވަނީ 15 ފަހަރު މުބާރާތް ކާމިޔާބު ކޮށްފައެވެ. ނަމަވެސް މި އަހަރުގެ މުބާރާތް ކާމިޔާބުކޮށް 16 ތަށި ހަމަކޮށް އާޖެންޓީނާއިން މިވަނީ […]

އިބްރާހިމް ޚަލީލް
އިންގްލެންޑް ބަލިކޮށް، ސްޕެއިން ޔޫރަޕްގެ ރަސްކަމަށް

އިންގްލެންޑް ބަލިކޮށް، ސްޕެއިން ޔޫރަޕްގެ ރަސްކަމަށް

ފައިނަލުގައި އިންގްލެންޑް ބަލިކޮށް ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދައިފިއެވެ. މިރޭ ޖަރުމަނުގެ ބާލިން ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗު ސްޕެއިނުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. މި ކާމިޔާބާއިއެކު ސްޕެއިން ވެފައިވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތް އެންމެ ގިނައިން ކާމިޔާބުކުރި ޓީމަށެވެ. މި މުބާރާތް ސްޕެއިނުން ހަތަރު ފަހަރު މިވަނީ ކާމިޔާބު ކޮށްފައެވެ. ދެން އެންމެ ގިނައިން މި މުބާރާތް ކާމިޔާބު ކޮށްފައި ވަނީ ޖަރުމަނުންނެވެ. ޖަރުމަނުން ވަނީ ތިންފަހަރު […]

އިބްރާހިމް ޚަލީލް
ކޮޕަ އެމެރިކާ ފައިނަލުގައި އާޖެންޓީނާއާއި ކޮލަމްބިއާ

ކޮޕަ އެމެރިކާ ފައިނަލުގައި އާޖެންޓީނާއާއި ކޮލަމްބިއާ

ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި އާޖެންޓީނާއާއި ކޮލަމްބިއާ ވާދަކުރަން ޖެހިއްޖެއެވެ. މިއަދު ފަތިހު ކުޅުނު މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ވާދަކުރީ ކޮލަމްބިއާ އާއި އުރުގުއޭ އެވެ. މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ކޮލަމްބިއާއެވެ. ރޭ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 39 ވަނަ މިނެޓުގައި ކޮލަމްބިއާއަށް ޖަހައިދިނީ ލެމާއެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އުރުގުއޭ އޭރިއާތެރެއިން ހަމޭސް ރޮޑްރިގޭޒް ބޮލުން ހުރަސްކުރި ބޯޅައެއްގައެވެ. މިއީ […]

އިބްރާހިމް ޚަލީލް
އިންގްލެންޑް އަނެއްކާވެސް ފައިނަލަށް

އިންގްލެންޑް އަނެއްކާވެސް ފައިނަލަށް

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ޖެހިޖެހިގެން ދެވަނަ ފަހަރަށް އިންގްލެންޑުން ޖާގަ ހޯދައިފިއެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ރޭ އިންގްލެންޑުން ނެދަލެންޑްސްގެ މައްޗަށް ކުރި ހޯދާފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. އިންގްލެންޑަކީ އެންމެ ފަހުން ކުޅުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ވެސް ފައިނަލުގައި ކުޅުނު ޓީމެކެވެ. ފައިނަލުން އިންގްލެންޑް ބަލިވީ އިޓަލީ އަތުން ޕެނަލްޓީ ޖަހައިގެންނެވެ. އަންނަ އާދީއްތަ ދުވަހުގެ ރޭ ދަންވަރު 0000 ޖަހާއިރު ފަށާ މި މުބާރާތުގެ ފައިނަލުގައި ބައްދަލުކުރާނީ އިންގްލެންޑާއި […]

އިބްރާހިމް ޚަލީލް
ކެނަޑާ ބަލިކޮށް އާޖެންޓީނާ ފައިނަލަށް

ކެނަޑާ ބަލިކޮށް އާޖެންޓީނާ ފައިނަލަށް

ކޮޕް އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ކެނަޑާގެ މައްޗަށް 2-0 ގެ ނަތީޖާއިން ކުރި ހޯދައި، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ. ކޮޕަ އެމެރިކާ އެންމެ ގިނައިން ކާމިޔާބު ކޮށްފައިވަނީ އުރުގުއޭއާއި އާޖެންޓީނާއިންނެވެ. މި ކޮންމެ ޓީމަކުން މުބާރާތް ފަނަރަ ފަހަރު ވަނީ ކާމިޔާބު ކޮށްފައެވެ. ލިސްޓްގެ ތިންވަނާގައި އޮތް ބްރެޒިލް އަށް މި މުބާރާތުގެ ތަށި ހޯދިފައި ވަނީ އެންމެ ނުވަ ފަހަރުއެވެ. މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ […]

އިބްރާހިމް ޚަލީލް
16 އަހަރުގެ ޔަމާލްގެ ތާރީހީ ގޯލާއިއެކު ސްޕެއިން ފައިނަލަށް

16 އަހަރުގެ ޔަމާލްގެ ތާރީހީ ގޯލާއިއެކު ސްޕެއިން ފައިނަލަށް

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ފްރާންސް ބަލިކޮށް ސްޕެއިނުން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފިއެވެ. ރޭ އެލިއަންޒް އެރީނާގައި ކުޅުނު ސެމީ ފައިނަލް މެޗުން ސްޕެއިން މޮޅުވީ 2-1 ގެ ނަތީޖާއިންނެވެ. ރޭ މެޗުގައި ފުރަތަމަ ލަނޑުޖެހީ އޯޕަން ޕްލޭގައި ލަނޑެއް ނުޖަހައި ސެމީ ފައިނަލުން ޖާގަ ހޯދި ފްރާންސުންނެވެ. މި ލަނޑު ނުވަނަ މިނެޓުގައި އެމްބާޕޭ ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދިނީ ކޯލޯ މުއާނީއެވެ. މެޗުގެ […]

އިބްރާހިމް ޚަލީލް
ކޮޕަ އެމރިކާއިން ބްރެޒިލް ކަޓައިފި

ކޮޕަ އެމރިކާއިން ބްރެޒިލް ކަޓައިފި

ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން އުރުގުއޭ އަތުން ބަލިވެ ބްރެޒިލް ކަޓައިފިއެވެ. މުބާރާތުގެ ކުއާޓާ ފައިނަލުގެ ފަހު މެޗުގައި މިއަދު ހެނދުނު އުރުގުއޭ އާއި ބްރެޒިލް ބައްދަލުކުރި މެޗު ނިމިގެން ދިޔައީ 0-0 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ. މި އަހަރު ކޮޕަ އެމެރިކާގެ ނޮކައުޓް މެޗުތައް އެއްވަރު ވެއްޖެނަމަ އިތުރު ވަގުތުގެ ދެހާފް ނުކުޅު، ނަތީޖާ ނެރުމަށް ޖަހަނީ ޕއެނަލްޓީއެވެ. މިގޮތުން ޕެނަލްޓީގައި އުރުގުއޭއިން ބްރެޒިލް މައްޗަށް ކުރި ހޯދީ 4-2 ގެ […]

އިބްރާހިމް ޚަލީލް