ލީގުކަޕްގެ ފައިނަލްގެ ފުރަތަމަ ޖާގަ ޓޮޓެންހަމްއަށް
އިނގިރޭސި ލީގުކަޕްގެ ސެމީފައިނަލް މެޗުގައި އިނގިރޭސި ދެވަނަ ޑިވިޝަންގެ ޓީމެއް ކަމުގައިވާ ބްރެންޓްފޯޑް ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ޓޮޓެންހަމްއިން ކަށަވަރު ކޮށްފިއެވެ. ކަރަބޯކަޕްގެ ނަމުން މިހާރު ނަންދެވިފައިވާ މި މުބާރާތުގެ ސެމީފައިނަލް މެޗު ޓޮޓެންހަމް ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. އަންގާރަ ދުވަހުގެ ރޭ ޓޮޓެންހަމްގެ ވައިޓް ހާޓް ލޭން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ދެ ޓީމްގެ ފަރާތުން ވެސް ފެނިގެން ގޮސްފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގައި ޓޮޓެންހަމް އިން ކާމިޔާބުކުރި [...