ލިވަޕޫލް ކަޓުވާލުމަށް ފަހު ޔުނައިޓެޑް އެފްއޭ ކަޕްގެ ފަސްވަނަ ބުރަށް
އިނގިރޭސި އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލު ކުރި މެޗު ޔުނައިޓެޑް ކާމިޔާބުކޮށް މުބާރާތުގެ ފަސްވަނަ ބުރަށް އެ ޓީމް ދަތުރު ކޮށްފިއެވެ. އާދީއްތަ ދުވަހުގެ ރޭ ޔުނައިޓެޑްގެ އޯލްޑް ޓްރަފޯޑް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެ ޓީމުން ލިވަޕޫލްގެ މައްޗަށް ކުރި ހޯދާފައިވަނީ 3-2 ގެ ނަތީޖާއަކުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ލިވަޕޫލުންނެވެ. މެޗުގެ 18 ވަނަ މިނެޓުގައި ފިރްމީނޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި […]