އެއްވަނާގައި އޮތް އެތުލެޓިކޯއާއި ޕޮއިންޓްގެ ގޮތުން ރެއާލް ހަމަހަމަކޮށްފި
ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑާއި ގްރެނާޑާ ބައްދަލުކުރި މެޗުން ރެއާލް މޮޅުވެ މި ވަގުތު ސްޕެނިޝް ލީގުގެ އެއްވަނާގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ޕޮއިންޓްގެ ގޮތުން ހަމަހަމަ ކޮށްފިއެވެ. ބުދަ ދުވަހުގެ ރޭ ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ހާފުގައެ 38 ވަނަ މިނެޓުގައި ފައިގެ ފަލަމަސް ގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން ރެއާލަށް ކުޅެމުން އަންނަ ބްރެޒިލްގެ 19 އަހަރުގެ ވިންގަރ ރޮޑްރިގޯ […]