ރާއްޖެ ބަލިކޮށް ސިންގަޕޫރުގެ އަންހެން ވޮލީބޯޅަ ޓީމް ޗެމްޕިއަންކަން ހޯދައިފި
ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ސިންގަޕޫރުން ހޯދައިފިއެވެ. މިރޭ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ކޯޓުގައި ކުޅުނު މި މުބާރާތުގެ ފޯރިގަދަ ފައިނަލް މެޗު ސިންގަޕޫރުން ކާމިޔާބު ކޮށްފައި ވަނީ 3-2 ސެޓުން ރާއްޖޭގެ އަންހެން ވޮލީ ޓީމް ބަލިކޮށްގެންނެވެ. ފުރަތަމަ ސެޓް ފަށައިގެން ރާއްޖޭގެ އަންހެން ޓީމްގެ ފަރާތުން ފެނިފައި ވަނީ މޮޅު ކުޅުމެކެވެ. މިގޮތުން ސެޓްގެ މެދަކާ ހިސާބަށް ރާއްޖެއިން މި ސެޓް ލީޑް ކުރިއެވެ. ނަމަވެސް ސިންގަޕޫރުން ވަނީ […]