މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ކުޅިވަރު

2,741 ޝާއިޢުކުރެވިފައިވާ ލިޔުން

ކުޅިވަރު - 105 ވަނަ ޞަފްޙާ

ވިލާ ބަލިކޮށް އާސެނަލް އަލުން އެއްވަނައަށް، ސިޓީއަށް ފޮރެސްޓް އަތުން ޕޮއިންޓެއް

ވިލާ ބަލިކޮށް އާސެނަލް އަލުން އެއްވަނައަށް، ސިޓީއަށް ފޮރެސްޓް އަތުން ޕޮއިންޓެއް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލްއާއި އެސްޓަންވިލާ ބައްދަލުކުރި މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކުރި ލަނޑުތަކުން އާސެނަލް މޮޅުވެ ޕޮއިންޓް ތާވަލުގެ އެއްވަނައަށް އެ ޓީމް ޖެހިލައިފިއެވެ. މިރޭ އެސްޓަންވިލާގެ ދަނޑުގައި ކުޅުނު މެޗު އާސެނަލުން ކާމިޔާބު ކޮށްފައި ވަނީ 4-2 ގެ ނަތީޖާއިންނެވެ. މި މެޗުގެ ވަރަށް ކުރީކޮޅު ވިލާއިން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ހަވަނަ މިނެޓުގައި ކޭޝް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ އޮލީ ވަޓްކިންސްއެވެ. ނަމަވެސް […]

އިބްރާހިމް ޚަލީލް
ފުޓްބޯޅަ ކުޅުންތެރިޔާ، އަޓްސޫގެ ހަށިގަނޑު ހޯދައިފި

ފުޓްބޯޅަ ކުޅުންތެރިޔާ، އަޓްސޫގެ ހަށިގަނޑު ހޯދައިފި

ތުރުކީއާއި ސީރިއާ އަށް އައި ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކުގެ ދަށުން ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއަން އަޓްސޫގެ މަރުވެފައިވާ ހަށިގަނޑު ހޯދައިފިއެވެ. އުމުރުން 31 އަހަރުގެ ގާނާގެ ފުޓްބޯޅަ ކުޅުންތެރިޔާ އަޓްސޫ ގެއްލިގެން ރިޕޯޓް ކޮށްފައި ވަނީ މި މަހުގެ ހަވަނަ ދުވަހު ތުރުކީއާއި ސީރިއާގެ ބޯޑަރ ސަރަހައްދައް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން އެ ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ވެފައި ވަނިކޮށެވެ. ތުރުކީގެ ހަތެޔާސްޕޯއަށް ކުޅެމުން އަންނަ އަޓްސޫ އަނިޔާތަކަކާއިއެކު ސަލާމަތްކޮށް ފަރުވާދެމުން އަންނަ ކ...

އިބްރާހިމް ޚަލީލް
އެއްވަނާގައި ނަޕޯލީއަށް 18 ޕޮއިންޓްގެ ލީޑެއް

އެއްވަނާގައި ނަޕޯލީއަށް 18 ޕޮއިންޓްގެ ލީޑެއް

އިޓާލިއަން ލީގުގައި ރޭ ނަޕޯލީއާއި ސަސުއޯލޯ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ނަޕޯލީން 18 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ. ރޭ ސަސުއޯލޯގެ ދަނޑުގައި ކުޅުނު މެޗު ނަޕޯލީން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި ނަޕޯލީން ކާމިޔާބުކުރި ދެ ލަނޑުވެސް ޖަހާފައި ވަނީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ލަނޑު 12 ވަނަ މިނެޓުގައި މެތިއަސް އޮލިވޭރާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ކްވަރަސްޚޭލިއާއެވެ. އޭގެ ދެ މިނެޓް […]

އިބްރާހިމް ޚަލީލް
ޕެޑްރީއަށް އަނިޔާވެ ޔުނައިޓެޑާއި ދެކޮޅަށް ނުކުޅެވޭނެ

ޕެޑްރީއަށް އަނިޔާވެ ޔުނައިޓެޑާއި ދެކޮޅަށް ނުކުޅެވޭނެ

ޔުއެފާ ޔޫރޮޕާ ލީގުގެ ނޮކައުޓް ޕްލޭއޮފް ބުރުގެ ފުރަތަމަ ލެގުގައި ރޭ ބާސެލޯނާއާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗުގައި، ބާސާގެ ޒުވާން މިޑްފީލްޑަރ ޕެޑްރީއަށް އަނިޔާވެ، މި ދެ ޓީމް ވާދަކުރާ ދެވަނަ ލެގުގެ މެޗުގައި ނުކުޅެވޭނެކަން ޔަގީންވެއްޖެވެ. ރޭ ބާސާގެ ކޭމްޕް ނޯގައި ކުޅުނު މެޗު 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވީއިރު، ކަނާތުފައިގެ ފަލަމަސްގަނޑަށް އަނިޔާވެ ޕެޑްރީ ވަނީ މެޗުގެ 42 ވަނަ މިނެޓުގައި ބަދަލުކޮށްފައެވެ. ޕެޑްރީގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާ އިތުރަށް […]

އިބްރާހިމް ޚަލީލް
ޔޫރޮޕާ ލީގު: ބާސާއި ޔުނައިޓެޑް މެޗަށް ހަމަހަމަ ނިމުމެއް

ޔޫރޮޕާ ލީގު: ބާސާއި ޔުނައިޓެޑް މެޗަށް ހަމަހަމަ ނިމުމެއް

ޔުއެފާ ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ބާސެލޯނާއާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ރޭ ބާސެލޯނާގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 2-2 ގެ ނަތީޖާއިންނެވެ. ދެ ޓީމްގެ ފަރާތުން ވެސް ގިނަ ހަމަލާތަކެއް މި މެޗުގައި ވަނީ ފެނިގެން ގޮސްފައެވެ. މިގޮތުން ބާސެލޯނާއިން ޖުމްލަ 14 ހަމަލާއެއް ފޮނުވާލާފައިވާއިރު އޭގެތެރެއިން ހަތް ހަމަލާ ވަނީ ޔުނައިޓެޑްގެ ގޯލާއި އަމާޒުވެފައެވެ. ޔުނައިޓެޑުން ޖުމްލަ 10 ހަމަލާއެއް ފޮނުވާލާފައިވާއިރު […]

އިބްރާހިމް ޚަލީލް
އާސެނަލް ސަޕޯޓަރުން ޑިބްރޭނާއާއި ދިމާލަށް އެއްޗެހިއުކި މައްސަލަ ބަލަނީ

އާސެނަލް ސަޕޯޓަރުން ޑިބްރޭނާއާއި ދިމާލަށް އެއްޗެހިއުކި މައްސަލަ ބަލަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އަތުން 3-1 ގެ ނަތީޖާއިން މެންޗެސްޓާ ސިޓީ މޮޅުވި މެޗުގައި، ސިޓީގެ މިޑްފީލްޑަރ ކެވިން ޑިބްރޭނާއާއި ދިމާލަށް އާސެނަލް ސަޕޯޓަރުން އެއްޗެހި އުކި މައްސަލަ އިނގިރޭސި އެފްއޭއިން ތަހުގީގް ކުރަން ފަށައިފިއެވެ. ރޭގެ މެޗުގެ ފުރިހަމަ ވަގުތުހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް ޑިބްރޭނާ ވަނީ ބަދަލުކޮށްފައެވެ. އޭނާގެ ބަދަލުގައި ކެލްވިން ފިލިޕްސް ކުޅެން ނުކުތްއިރު، ބަދަލު ބޯޑު ދެއްކުމާއިއެކު ޑިބްރޭނާ ވަނީ ދަނޑުގެ ދުރުފަޅިން ފައިބާފައެވެ. ދަނޑުން ފައިބައި […]

އިބްރާހިމް ޚަލީލް
ފަސޭހަކަމާއިއެކު އެލްޗޭ ބަލިކޮށް ރެއާލުން ފަރަގު ކުޑަކޮށްފި

ފަސޭހަކަމާއިއެކު އެލްޗޭ ބަލިކޮށް ރެއާލުން ފަރަގު ކުޑަކޮށްފި

ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑާއި ތާވަލުގެ ފުލުގައި އޮތް އެލްޗޭ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ރެއާލުން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ބާސާއާއި ދެމެދު އޮތް ފަރަގު ކުޑަކޮށްފިއެވެ. ފީފާ ކުލަބް ވޯލްޑް ކަޕް ފަސްވަނަ ފަހަރަށް ކާމިޔާބު ކުރުމަށް ފަހު ރޭ ލީގުގައި އެލްޗޭއާއި ދެކޮޅަށް ކުޅުނު މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ލަނޑު 8 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި […]

އިބްރާހިމް ޚަލީލް
ޗެމްޕިއަންސް ލީގް: ޑޯޓްމަންޑް އަތުން ޗެލްސީ ބަލިވެއްޖެ

ޗެމްޕިއަންސް ލީގް: ޑޯޓްމަންޑް އަތުން ޗެލްސީ ބަލިވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރޭ ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑާއި ޕްރިމިއާ ލީގުގެ ޗެލްސީ ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ޑޯޓްމަންޑުން ކާމިޔާބު ކޮށްފިއެވެ. ރޭ ޑޯޓްމަންޑްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ޗެލްސީގެ މައްޗަށް ކުރި ހޯދާފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 63 ވަނަ މިނެޓުގައި ޑޯޓްމަންޑަށް ކާމިޔާބު ކޮށްދީފައި ވަނީ ކަރީމް އަޑޭމީއެވެ. ޑޯޓްމަންޑުން އުފެއްދި ކައުންޓަ އެޓޭކެއްގައި އަޑޭމީ ވަނީ އަމިއްލަ […]

އިބްރާހިމް ޚަލީލް
އާސެނަލް ބަލިކޮށް ސިޓީ އެއްވަނައަށް

އާސެނަލް ބަލިކޮށް ސިޓީ އެއްވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި އާސެނަލް ބައްދަލުކުރި މެޗު ކާމިޔާބުކޮށް، ޕޮއިންޓް ތާވަލުގެ އެއްވަނައަށް ސިޓީ ޖެހިލައިފިއެވެ. މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހަށް ފަހު ސިޓީއަށް ތާވަލުގެ އެއްވަނަ ލިބުުނު ފުރަތަމަ ފަހަރެވެ. ރޭ އާސެނަލްގެ ދަނޑުގައި ކުޅުނު މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ. މި މެޗުން މޮޅުވުމާއިއެކު ސިޓީ ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލާފައި މި ވަނީ އާސެނަލްއަށްވުރެ އެއްމެޗު އިތުރަށް ކުޅެގެންނެވެ. ލީގުގައި ސިޓީން […]

އިބްރާހިމް ޚަލީލް
ނަޕޯލީ ލީޑު ދެމެހެއްޓިއިރު، ޔުވެންޓަސްއަށް އުނދަގޫ މޮޅެއް

ނަޕޯލީ ލީޑު ދެމެހެއްޓިއިރު، ޔުވެންޓަސްއަށް އުނދަގޫ މޮޅެއް

އިޓާލިއަން ލީގުގައި ރޭ ނަޕޯލީއާއި ތާވަލުގެ ފުލުގައި އޮތް ކްރެމޮނީސޭ ބައްދަލުކުރި މެޗު ފަސޭހަކަމާއި އެކު ކާމިޔާބުކޮށް، ޕޮއިންޓް ތާވަލުގެ އެއްވަނާގައި އެ ޓީމުން ލީޑު ދެމެހެއްޓިއިރު، ރޭ ޔުވެންޓަސްއާއި ފިއޮރެންޓީނާ ބައްދަލުކުރި މެޗު ހަނި ގޮތަކަށް ޔުވެންޓަސް ކާމިޔާބު ކޮށްފިއެވެ. ރޭ ނަޕޯލީގެ އަމިއްލަ ދަނޑުގައި އެ ޓީމުން ވަނީ 3-0 ގެ ނަތީޖާއިން ކްރެމޮނީސޭ ބަލިކޮށްފައެވެ. އިޓާލިއަން ކަޕްގައި މި ދެ ޓީމް މިދިޔަ ޖަނަވަރީ މަހު ވާދަކުރި އިރު، ޕެނަލްޓީ ޖަހައިގެން އެ […]

އިބްރާހިމް ޚަލީލް
ވިޔަރެއާލް ބަލިކޮށް ބާސާ ލީޑު ފުޅާކޮށްފި

ވިޔަރެއާލް ބަލިކޮށް ބާސާ ލީޑު ފުޅާކޮށްފި

ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާއާއި ވިޔަރެއާލް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ބާސާއިން އެއްވަނާގައި ލީޑު ފުޅާ ކޮށްފިއެވެ. ރޭ ވިޔަރެއާލްގެ ދަނޑުގައި ކުޅުނު މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ހަ މެޗުން ވެސް ބާސާ މޮޅުވެފައިވާއިރު، ބާސާ އެންމެ ފަހުން ލީގުގައި ބަލިވެފައި ވަނީ މިދިޔަ ޑިސެމްބަރ މަހު ރެއާލް މެޑްރިޑް އަތުންނެވެ. މި ސީޒަންގައި ލީގުގައި މިހާތަނަށް ކުޅުނު 21 މެޗުގައި ބާސާ ކޮޅަށް […]

އިބްރާހިމް ޚަލީލް
މެސީއާއި އެމްބާޕޭ ނެތި މޮނާކޯ އަތުން ޕީއެސްޖީ ސަލާމަތެއް ނުވި

މެސީއާއި އެމްބާޕޭ ނެތި މޮނާކޯ އަތުން ޕީއެސްޖީ ސަލާމަތެއް ނުވި

ފްރާންސް ލީގުގައި ރޭ ޕީއެސްޖީއާއި މޮނާކޯ ބައްދަލުކުރި މެޗު މޮނާކޯއިން ކާމިޔާބު ކޮށްފިއެވެ. ރޭ މޮނާކޯގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ. އަނިޔާގެ ސަބަބުން ރޭގެ މެޗުގައި ޕީއެސްޖީގެ ތަރިން ކަމަށްވާ މެސީއާއި އެމްބާޕޭ ކުޅެފައި ނުވެއެވެ. މީގެއިތުރުން އެ ޓީމްގެ މިޑްފީލްޑްގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ވެރާޓީ ވެސް މިވަގުތު ހުރީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައެވެ. ރޭގެ މެޗުގައި ފެނިގެންދިޔަ ހުރިހާ […]

އިބްރާހިމް ޚަލީލް
ފީފާ ކުލަބް ވޯލްޑް ކަޕް ފަސްވަނަ ފަހަރަށް ރެއާލުން ކާމިޔާބުކޮށްފި

ފީފާ ކުލަބް ވޯލްޑް ކަޕް ފަސްވަނަ ފަހަރަށް ރެއާލުން ކާމިޔާބުކޮށްފި

ފީފާ ކުލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ފަސްވަނަ ފަހަރަށް ރެއާލުން ކާމިޔާބު ކޮށްފިއެވެ. ރޭ ކުޅުން މި މުބާރާތުގެ ފައިނަލު މެޗުގައި ބައްދަލު ކޮށްފައި ވަނީ ޔޫރަޕްގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި އޭސިއާގެ ޗެމްޕިއަން ސައުދީގެ އަލް ހިލާލްއެވެ. މި މެޗު 5-3 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ރެއާލުންނެވެ. މެޗުގެ ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ ރެއާލުންނެވެ. މި ލަނޑު މެޗުގެ 13 ވަނަ މިނެޓުގައި ބެންޒެމާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު […]

އިބްރާހިމް ޚަލީލް
ވެސްޓްހޭމުން ޗެލްސީ މޮޅުވިޔަނުދީ ހިފަހައްޓައިފި

ވެސްޓްހޭމުން ޗެލްސީ މޮޅުވިޔަނުދީ ހިފަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީއާއި ވެސްޓްހޭމް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ވެސްޓްހޭމްގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރު ވެފައި ވަނީ 1-1 ގެ ނަތީޖައިންނެވެ. މި މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައި ވަނީ ޗެލްސީންނެވެ. މެޗުގެ އަށްވަނަ މިނެޓުގައި ޗެލްސީގެ ފޯވާޑް ފެލިކްސް ލަނޑެއް ޖެހިނަމަވެސް ވީއޭއާރުން ބެލުމުން އޭނާއަށް ބޯޅަ ލިބުނު ވަގުތު އޮފަސައިޑްގައި ހުރުމުން ލަނޑު ވަނީ ބަލައި ނުގަނެފައެވެ. މެޗުގެ ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ޗެލްސީންނެވެ. […]

އިބްރާހިމް ޚަލީލް
60 މީޓަރު ދުވުމުގެ އާ ރެކޯޑެއް

60 މީޓަރު ދުވުމުގެ އާ ރެކޯޑެއް

60 މީޓަރު ދުވުމުގެ ރާއްޖޭގެ ރެކޯޑު، އަހުނާ ނިޒާރު އާއި މަރިޔަމް ރޫޔާ އަލީ ހަދައިފިއެވެ. މި ދުވުންތެރިން މި ރެކޯޑު ހަދާފައިވަނީ މި ފެބްރުއަރީ 10 ން 12 އަށް ކަޒަކިސްތާނުގެ ވެރިރަށް އަސްތާނާގައި، ކުރިއަށްދާ 10 ވަނަ އޭޝިއަން އެތުލެޓިކްސް އިންޑޯ ޗެމްޕިއަންޝިޕްގައެވެ. 60 މީޓަރ ދުވުމުގައި ފުރަތަމަ ޤައުމީ ރެކޯޑް ހެދީ ހީޓް ދޭއްގައި ދުވެގެން އަހުނާ ނިޒާރު އެވެ. އޭނާ ރޭސް ނިންމީ 7.89 ސިކުންތުންނެވެ. މި ރެކޯޑު ކުރިން އޮންނަނީ ޖައުނާ އަބްދުالله […]

މުޙައްމަދު އަފްރާޙް