މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ކުޅިވަރު

2,741 ޝާއިޢުކުރެވިފައިވާ ލިޔުން

ކުޅިވަރު - 106 ވަނަ ޞަފްޙާ

ގިނަ ދުވަސްތަކަކަށް ފަހު ލިބުނު މޮޅާއިއެކު މިލާނަށް ހަމަޖެހުމެއް

ގިނަ ދުވަސްތަކަކަށް ފަހު ލިބުނު މޮޅާއިއެކު މިލާނަށް ހަމަޖެހުމެއް

އިޓާލިއަން ލީގުގައި ފަހަކަށް އައުސް ފޯމު ދައްވެފައިވާ މިލާން ރޭ ޓޮރީނޯއާއި ބައްދަލުކުރި މެޗު ހަނި ގޮތަކަށް ކާމިޔާބުކޮށްފިއެވެ. ރޭ މިލާނުގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މި މެޗުގެ ކުރިން ލީގުގައި މިލާން ކުޅުނު ފަސް މެޗުގެ ތެރެއިން އެންމެ މެޗަކުން ވެސް މޮޅެއް ހޯދިފައި ނުވެއެވެ. ތިން މެޗުން ބަލިވިއިރު ދެ މެޗު ނިމިފައި ވަނީ އެއްވަރު ވެގެންނެވެ ރޭގެ މެޗު […]

އިބްރާހިމް ޚަލީލް
ރޭގެ މެޗުގައި ޖެހި ހަތަރު ލަނޑާއިއެކު، ރޮނާލްޑޯ ޖެހި ލީގު ގޯލުގެ އަދަދު 500 އިން މައްޗަށް

ރޭގެ މެޗުގައި ޖެހި ހަތަރު ލަނޑާއިއެކު، ރޮނާލްޑޯ ޖެހި ލީގު ގޯލުގެ އަދަދު 500 އިން މައްޗަށް

ސައުދީ ޕްރޯ ލީގުގައި ރޭ އަލް ނަސްރާއި އަލް ވަހްދު ބައްދަލުކުރި މެޗުގައި ރޮނާލްޑޯ ޖެހި ހަތަރު ލަނޑާއިއެކު އޭނާ ކެރިއާގައި ޖެހި ކުލަބް ގޯލުގެ އަދަދު 500 އިން މައްޗަށް އަރައިފިއެވެ. ރޭ އަލް ނަސްރާއި އަލް ވަހްދު ބައްދަލުކުރި މެޗު، އަލް ނަސްރުން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި އަލް ނަސްރުގެ ހަތަރު ލަނޑު ވެސް ޖަހާފައި ވަނީ ރޮނާލްޑޯއެވެ. މިދިޔަ އާދީއްތަ ދުވަހު އުމުރުން 38، އަހަރު […]

އިބްރާހިމް ޚަލީލް
ކުލަބް ވޯލްޑް ކަޕް ފައިނަލުގެ ފަހު ޖާގަ ރެއާލް މެޑްރިޑަށް

ކުލަބް ވޯލްޑް ކަޕް ފައިނަލުގެ ފަހު ޖާގަ ރެއާލް މެޑްރިޑަށް

ފީފާ ކުލަބް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ޔޫރަޕުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ހޯދައިފިއެވެ. މި މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ރޭ އަލް އަހުލީއާއި ރެއާލް ބައްދަލުކުރި މެޗު، ރެއާލުން ވަނީ 4-1 ގެ ނަތީޖާއިން ކާމިޔާބުކޮށްފައެވެ. ރޭގެ މެޗަށް ރެއާލުން ނުކުތްއިރު އަނިޔާގެ ސަބަބުން އެ ޓީމްގެ އެއް ނަމްބަރު ކީޕަރު ކޯޓުއާ ޓީމުގައި ހިމަނާފައި ނުވާއިރު، ރެއާލުގެ ތަޖުރިބާކާރު ފޯވާޑް ކަރިމް ބެންޒެމާ ވެސް އަނިޔާގެ ސަބަބުން […]

އިބްރާހިމް ޚަލީލް
ކުލަބް ވޯލްޑް ކަޕް ފައިނަލުގެ ފުރަތަމަ ޖާގަ އަލް ހިލާލްއަށް

ކުލަބް ވޯލްޑް ކަޕް ފައިނަލުގެ ފުރަތަމަ ޖާގަ އަލް ހިލާލްއަށް

ފީފާ ކުލަބް ވޯލްޑް ކަޕް ސެމީ ފައިނަލުގައި ބްރެޒިލްގެ ފްލެމިންގޯ ބަލިކޮށް، މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ސައުދީގެ އަލް ހިލާލުން ހޯދައިފިއެވެ. ރޭ ކުޅުނު މި މެޗު އަލް ހިލާލުން ކާމިޔާބު ކޮށްފައި ވަނީ 3-2 ގެ ނަތީޖާއިންނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައި ވަނީ ވެސް އަލް ހިލާލުންނެވެ. މި ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައި ވަނީ އަލް ދައުސާރީއެވެ. ނަމަވެސް މެޗުގެ 20 ވަނަ މިނެޓުގައި ފްލެމިންގޯއިން ވަނީ ލަނޑު […]

އިބްރާހިމް ޚަލީލް
ސަލެނިޓާނާ އަތުން މޮޅުވެ ޔުވެންޓަސްއަށް ހަމަޖެހުމެއް

ސަލެނިޓާނާ އަތުން މޮޅުވެ ޔުވެންޓަސްއަށް ހަމަޖެހުމެއް

އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސްއާއި ސަލެނިޓާނާ ބައްދަލުކުރި މެޗު ޔުވެންޓަސް ކާމިޔާބު ކޮށްފިއެވެ. ރޭ ސަލެނިޓާނާގެ ދަނޑުގައި ކުޅުނު މި މެޗު ޔުވެންޓަސް އިން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ. ފަހަކަށް އައިސް އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވި ޔުވެންޓަސްގެ ސާބިއާ ފޯވާޑް ޑޫސަލް ވަލްހޯވިޗް މި މެޗުގެ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅުނުއިރު، މިއީ ފާއިތުވި އަހަރުގެ އޮކްޓޯބަރ މަހަށް ފަހު އޭނާ ޔުވެންޓަސްގެ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗެވެ. […]

އިބްރާހިމް ޚަލީލް
ހައި ޖަމްޕުގެ ރާއްޖޭގެ ގައުމީ ރެކޯޑު 27 އަހަރަށްފަހު މުގުރާލައިފި

ހައި ޖަމްޕުގެ ރާއްޖޭގެ ގައުމީ ރެކޯޑު 27 އަހަރަށްފަހު މުގުރާލައިފި

ހައި ޖަމްޕުގެ ރާއްޖޭގެ ގައުމީ ރެކޯޑު 27 އަހަރަށްފަހު މުގުރާލައިފިއެވެ. މި ރެކޯޑު މުގުރާލީ ފުވައްމުލަކު ސީޓީގައި މިހާރު ކުރިއަށްދާ އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތުގައެވެ. 19 އަހަރުން ދަށުގެ އަންހެން ހައިޖަމްޕު އިވެންޓުގައި މި ރެކޯޑު މުގުރާލީ އައްޑޫ ހައި ސްކޫލްގެ ދަރިވަރު އައިޝަތު ޝައިމް އަޒީޒް އެވެ. 1996 ވަނަ އަހަރު މާލޭގައި ބޭއްވި 04 ވަނަ އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތުގައި 1.47 މީޓަރު މަތިން ފުންމައިގެން މި ރެކޯޑު ކުރިން އޮތީ ރަނާ […]

މުޙައްމަދު އަފްރާޙް
ފުރުޞަތުގެ ބޭނުންހިފައި ބާސާ ލީޑު ފުޅާކޮށްފި

ފުރުޞަތުގެ ބޭނުންހިފައި ބާސާ ލީޑު ފުޅާކޮށްފި

ސްޕެނިޝް ލީގުގެ ދެވަނާގައި އޮތް ރެއާލް މެޑްރިޑް ރޭ ކުޅުނު މެޗުން ބަލިވުމުގެ ފައިދާ، ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ބާސެލޯނާއިން ނަގައިފިއެވެ. ރޭ ބާސާގެ ދަނޑުގައި ސެވިއްޔާއާއި ދެކޮޅަށް ކުޅުނު މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ. މި ނަތީޖާއާއިއެކު ބާސާއަށް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި 8 ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެ ޓީމަށް 20 މެޗުން 53 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އޮތް ރެއާލް މެޑްރިޑަށް 20 މެޗުން […]

އިބްރާހިމް ޚަލީލް
ނަޕޯލީ އެއްވަނާގައި 16 ޕޮއިންޓްގެ ލީޑެއް

ނަޕޯލީ އެއްވަނާގައި 16 ޕޮއިންޓްގެ ލީޑެއް

އިޓާލިއަން ލީގުގައި ނަޕޯލީއާއި ސްޕެޒިއާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ނަޕޯލީން 16 ޕޮއިންޓްގެ ލީޑެއް ހޯދައިފިއެވެ. މިއަދު ހަވީރު ސްޕެޒިއާގެ ދަނޑުގައި ކުޅުނު މި މެޗު ނަޕޯލީން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މި ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ މާ ހުސް ފުރުޞަތެއް ލިބިފައި ނުވެއެވެ. ނަޕޯލީން މެޗުގައި […]

އިބްރާހިމް ޚަލީލް
މަޔޯކާ އަތުން ބަލިވެ ރެއާލުގެ އުންމީދަށް ހުރަސްތަކެއް

މަޔޯކާ އަތުން ބަލިވެ ރެއާލުގެ އުންމީދަށް ހުރަސްތަކެއް

ސްޕެނިޝް ލަލީގާގައި މިރޭ ޗެމްޕިއަން ރެއާލް މެޑްރިޑާއި މަޔޯކާ ބައްދަލުކުރި މެޗުން ރެއާލް ބަލިވެ އެ ޓީމުން ލީގު ކާމިޔާބު ކުރުމަށް ކުރަމުން އަންނަ އުންމީދަށް ހުރަސް އެޅިއްޖެއެވެ. މަޔޯކާގެ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މުޅި މެޗުގައި ބޯޅަ ހިފަހައްޓައިގެން ރެއާލުން ކުޅުނު ނަމަވެސް މުޅި މެޗުގައި ވެސް އެ ޓީމަށް ލަނޑު ޖަހާނެ ފުރުޞަތެއް ކުޅުމުގެ ތެރެއިން ތަނަވަސް ކުރެވިފައި ނުވެއެވެ. މުޅި މެޗުގައި […]

އިބްރާހިމް ޚަލީލް
ތަފާތު ބޮޑުކޮށް ލިވަޕޫލް ބަލިވިއިރު، ޕެލަސް އަތުން ޔުނައިޓެޑަށް ހަނި މޮޅެއް

ތަފާތު ބޮޑުކޮށް ލިވަޕޫލް ބަލިވިއިރު، ޕެލަސް އަތުން ޔުނައިޓެޑަށް ހަނި މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވުލްވްސްއާއި ލިވަޕޫލް ބައްދަލުކުރި މެޗު ތަފާތި ބޮޑު ނަތީޖާއިން ވުލްވްސް ކާމިޔާބު ކުރިއިރު، ރޭ ކްރިސްޓަލް ޕެލަސް އަތުން ޔުނައިޓެޑް މޮޅުވެއްޖެއެވެ. ރޭ ވުލްވްސްގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ލިވަޕޫލްގެ މައްޗަށް ކުރި ހޯދާފައި ވަނީ 3-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. މި މެޗުގެ ފުރަތަމަ ބާރަ މިނެޓްފެ ތެރޭގައި ވުލްވްސް އިން ވަނީ ދެ ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑަކީ މެޗުގެ 5 ވަނަ މިނެޓުގައި […]

އިބްރާހިމް ޚަލީލް
ރެލިގޭޝަން ޒޯނުގައި އޮތް އެވަޓަން އަތުން އާސެނަލް ބަލިވެއްޖެ

ރެލިގޭޝަން ޒޯނުގައި އޮތް އެވަޓަން އަތުން އާސެނަލް ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނާގައި އޮތް އާސެނަލުން ރެލިގޭޝަން ޒޯނުގައި އޮތް އެވަޓަން އަތުން ބަލިވެއްޖެއެވެ. އެވަޓަންގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. އެވަޓަންގެ ނަތީޖާތައް ދައްވުމުގެ ސަބަބުން އެ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި ފްރޭންކް ލަމްޕާޑް ވަކިކޮށް އެ މަގާމަށް ޑައިޝް ހަމަޖައްސާފައި ވަނީ މީގެ ފަސް ވަރަކަށް ދުވަސް ކުރިންނެވެ. އާ ކޯޗާއިއެކު ނުކުމެ އެވަޓަން އިން މި މެޗުގައި ވަނީ […]

އިބްރާހިމް ޚަލީލް
ރޮނާލްޑޯގެ ފުރަތަމަ ލަނޑުން އަލްނަސްރު ބަލިނުވެ ސަލާމަތްވެއްޖެ

ރޮނާލްޑޯގެ ފުރަތަމަ ލަނޑުން އަލްނަސްރު ބަލިނުވެ ސަލާމަތްވެއްޖެ

ސައުދީ ޕްރޯ ލީގުގައި މިރޭ އަލްފަތުހާއި އަލްނަސްރު ބައްދަލުކުރި މެޗުން، އަލްނަސްރު ބަލިވާން ދަނިކޮށް ފަހުވަގުތު ރޮނާލްޑޯ ލަނޑުޖަހައި އެ ޓީމް ބަލިން ސަލާމަތް ކޮށްދީފިއެވެ. މިރޭ އަލްފަތުހުގެ ދަނޑުގައ ކުޅުނު މެޗު ނިމިގެން ގޮސްފައި ވަނީ 2-2 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ އަލްފަތުހުންނެވެ. މި ލަނޑު 12 ވަނަ މިނެޓުގައި އަލްނަސްރުގެ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ކާމިޔާބު ކޮށްދީފައި ވަނީ […]

އިބްރާހިމް ޚަލީލް
އެމްބާޕޭއަށް އަނިޔާވެ ތިން ހަފްތާއަށް ކުޅުމާއި ދުރަށް

އެމްބާޕޭއަށް އަނިޔާވެ ތިން ހަފްތާއަށް ކުޅުމާއި ދުރަށް

ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އެމްބާޕޭއަށް އަނިޔާވެ ތިން ހަފްތާއަށް ކުޅުމާއި ދުރަށް ދާނެ ޖެހިއްޖެއެވެ. އެމްބާޕޭގެ ފަލަމަސްގަނޑަށް އަނިޔާވެފައި ވަނީ ބުދަދުވަހުގެ ރޭ ފްރާންސް ލީގުގައި ޕީއެސްޖީއާއި މޮންޓެޕިއޭ ބައްދަލުކުރި މެޗުގައެވެ. އަނިޔާވުމުގެ ސަބަބުން އޭނާ ވަނީ އެ މެޗުގެ 20 ވަނަ މިނެޓުގައި ބަދަލު ކޮށްފައެވެ. އެމްބާޕޭއަށް މި މުއްދަތުގައި މުހިންމު ތިން މެޗެއްގައި ނުކުޅެވޭނެއެވެ. އެއީ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ޕީއެސްޖީއާއި ބަޔާން މިއުނިކް ބައްދަލުކުރާ ފުރަތަމަ ލެގުގެ […...

އިބްރާހިމް ޚަލީލް
ވެލެންސިއާ ބަލިކޮށް ރެއާލުން ފަރަގު ކުޑަކޮށްފި

ވެލެންސިއާ ބަލިކޮށް ރެއާލުން ފަރަގު ކުޑަކޮށްފި

ސްޕެނިޝް ލަލީގާގައި ރޭ ވެލެންސިއާއާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު، ރެއާލުން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ބާސާއާއި ދެމެދު އޮތް ފަރަގު ކުޑަކޮށްފިއެވެ. ރޭ ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވިނަމަވެސް ރެއާލުން ވަނީ ރަނގަޅު ހަމަލާތަކެއް ފޮނުވާލާފައެވެ. މިގޮތުން މެޗު ފެށިތާ ތިންމިނެޓްގެ ތެރޭ މޮޑްރިޗް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި އެސެންސިއޯއަށް […]

އިބްރާހިމް ޚަލީލް
ވަރާން ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

ވަރާން ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ ސެންޓަ ޑިފެންޑަރ ރަފޭލް ވަރާން ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ. އުމުރުން 29 އަހަރުގައި ވަރާން ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކުރިއިރު، އޭނާ ފްރާންސް ޓީމާއިއެކު ހޯދާފައިވާ އެންމެ ފާހަގަ ކޮށްލެވޭ ކާމިޔާބަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުމެވެ. ވަރާން ފްރާންސް ގައުމީ ޓީމަށް ކުޅެން ފަށާފައި ވަނީ 2013 ވަނަ އަހަރުއެވެ. އޭނާ ވަނީ ގައުމީ ޖޯޒީގައި ޖުމްލަ […]

އިބްރާހިމް ޚަލީލް