މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

ކުޅިވަރު

2,741 ޝާއިޢުކުރެވިފައިވާ ލިޔުން

ކުޅިވަރު - 103 ވަނަ ޞަފްޙާ

ލައިޕްޒިގް ބަލިކޮށް ޑޯޓްމަންޑް އެއްވަނައަށް

ލައިޕްޒިގް ބަލިކޮށް ޑޯޓްމަންޑް އެއްވަނައަށް

ޖަރުމަނު ލީގުގައި ރޭ ބްރޫޝިއާ ޑޯޓްމަންޑާއި އަރުބީ ލައިޕްޒިގް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޑޯޓްމަންޑް ޖެހިލައިފިއެވެ. ރޭ ޑޯޓްމަންޑްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. މެޗުގެ 13 ވަނަ މިނެޓުގައި ޑޯޓްމަންޑަށް ކުޅެމުން އަންނަ ޖޫޑް ބެލިންހަމް ލައިޕްޒިގްގެ ޑިފެންސްގެ ފަހަތަށް ކުޅުން ބޯޅަ ހޯދައި އެ ޓީމްގެ ހޫލިއަން ބްރެންޓް ވަނީ ލަނޑެއް ޖަހާފައެވެ. ނަމަވެސް އޭނާ ބޯޅަ ހޯދަން […]

އިބްރާހިމް ޚަލީލް
ލާޒިއޯއިން އެއްވަނާގައި އޮތް ނަޕޯލީ ބަލިކޮށްފި

ލާޒިއޯއިން އެއްވަނާގައި އޮތް ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ނަޕޯލީއާއި ލާޒިއޯ ބައްދަލުކުރި މެޗު ލާޒިއޯއިން ކާމިޔާބު ކޮށްފިއެވެ. ނަޕޯލީގެ ދަނޑުގައި ކުޅުނު މި މެޗު ލާޒިއޯއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މިއީ މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ނަޕޯލީ، ލީގުގައި ބަލިވި ދެވަނަ މެޗެވެ. ރޭގެ މެޗަކީ ނަޕޯލީ މި ސީޒަންގެ ލީގުގައި އަމިއްލަ ދަނޑުގައި ބަލިވި ފުރަތަމަ މެޗެވެ. އެ ޓީމް އެންމެ ފަހުން އަމިއްލަ ދަނޑުގައި ލީގު މެޗެއްގައި ބަލިވެފައި ވަނީ […]

އިބްރާހިމް ޚަލީލް
އަނިޔާގެ ސަބަބުން ބަޔާން މިއުނިކާއި ދެކޮޅަށް ނޭމާއަށް ނުކުޅެވޭނެ

އަނިޔާގެ ސަބަބުން ބަޔާން މިއުނިކާއި ދެކޮޅަށް ނޭމާއަށް ނުކުޅެވޭނެ

ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ބުރުގައި ޕީއެސްޖީއާއި ބަޔާން މިއުނިކް ބައްދަލުކުރާ ދެވަނަ ލެގުގައި މެޗުގައި، އަނިޔާގެ ސަބަބުން ޕީއެސްޖީގެ ތަރި ނޭމާއަށް ނުކުޅެވޭނެ ކަމުގައި އެ ޓީމްގެ ކޯޗް ގަލްޓިއާ ބުނެފިއެވެ. ނޭމާގެ ކަކުލަށް އަނިޔާވެފައި ވަނީ މާޗް މަހުގެ 19 ވަނަ ދުވަހު ފްރާންސް ލީގުގައި ޕީއެސްޖީއާއި ލިލް ބައްދަލުކުރި މެޗުގައެވެ. އެ މެޗު ޕީއެސްޖީން 4-3 ގެ ނަތީޖާއިން ކާމިޔާބުކުރި ނަމަވެސް ދެވަނަ ހާފުގެ ކުރީކޮޅު ކަކުލަށް ލިބުނު އަނިޔާއާއި ގުޅިގެން ނޭމާ […]

އިބްރާހިމް ޚަލީލް
އަށް އަހަރަށް ފަހު ފިރްމީނޯ ލިވަޕޫލް ދޫކޮށްލަން ނިންމައިފި

އަށް އަހަރަށް ފަހު ފިރްމީނޯ ލިވަޕޫލް ދޫކޮށްލަން ނިންމައިފި

ޕްރިމިއާ ލީގުގެ ލިވަޕޫލަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ރޮބާޓޯ ފިރްމީނޯ އަށް އަހަރު ލިވަޕޫލަށް ކުޅުމަށް ފަހު އެ ޓީމް ދޫކޮށްލުމަށް ނިންމައިފިއެވެ. ފިރްމީނޯ ލިވަޕޫލަށް ބަދަލުވެފައި ވަނީ 2015 ވަނަ އަހަރުގެ ޖޫން މަހު ޖަރުމަނު ލީގުގެ ހޮފެއިންހެމުންނެވެ. ފިރްމީނޯ ލިވަޕޫލާއިއެކު ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަންގެ ނިޔަލަށް ހަމަވާނެއެވެ. އުމުރުން 31 އަހަރުގެ ފޯވާޑް މި ސީޒަނަށް ފަހު ލިވަޕޫލް ދޫކޮށްލަން ނިންމާފައިވާއިރު ކޯޗް ޔާގެން ކްލޮޕް މިކަމާއި ގުޅިގެން ބުނެފައި ވަނީ […]

އިބްރާހިމް ޚަލީލް
ރޮނާލްޑީނިއޯގެ ދަރިފުޅު ބާސާއަށް

ރޮނާލްޑީނިއޯގެ ދަރިފުޅު ބާސާއަށް

ބާސެލޯނާގައި މޮޅު ކުޅުމެއް ދައްކައި އެ ޓީމަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ބްރެޒިލްގެ ތަރި ރޮނާލްޑީނިއޯގެ ދަރިފުޅު ޖޯ މެންޑޭސް ބާސާއަށް ސޮއިކޮށްފިއެވެ. އުމުރުން 18 އަހަރުގެ މެންޑޭސް ބާސެލޯނާގެ ޔޫތު ޓީމާއިއެކު ކޮންޓްރެކްޓްގައި ސޮއިކުރިކަން ބާސާއިން ހާމަ ކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. މެންޑޭސްއާއިއެކު ބާސާއިން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އެ ކުލަބުން ހާމަ ކޮށްފައި ނުވެއެވެ. ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ބާސާއިން މެންޑޭސްއާއިއެކު އެއްބަސްވުން ހަދާފައި ވަނީ 20...

އިބްރާހިމް ޚަލީލް
ރެއާލް ބަލިކޮށް ފައިނަލުގެ އުންމީދު ބާސާއިން ބޮޑުކޮށްފި

ރެއާލް ބަލިކޮށް ފައިނަލުގެ އުންމީދު ބާސާއިން ބޮޑުކޮށްފި

ސްޕެނިޝް ކަޕް (ކޮޕަ ޑެލް ރޭ) ގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ބާސެލޯނާއާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު ބާސެލޯނާއިން ކާމިޔާބުކޮށްފިއެވެ. ރޭ ރެއާލްގެ ދަނޑުގައި ކުޅުނު އެލް ކްލެސިކޯ މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މި މެޗަށް ނުކުތުމުގެ ކުރިން ބާސާ އެންމެ ފަހުން ކުޅުނު ދެ މެޗުން ބަލިވެފައިވުމާއި، އެ ޓީމްގެ ފުރަތަމަ އެގާރާގައި އާންމުކޮށް ހިމެނޭ ލެވްނަޑޯސްކީއާއި އުސްމާން ޑެމްބެލޭގެ އިތުރުން ޕެޑްރީ އަނިޔާގައި ހުރުމާއިއެކު […]

އިބްރާހިމް ޚަލީލް
ކޮޕަ ޑެލް ރޭ: ބިލްބާއޯ ބަލިކޮށް އޮސަސޫނާއިން ފައިނަލުގެ އުންމީދު އައުކޮށްފި

ކޮޕަ ޑެލް ރޭ: ބިލްބާއޯ ބަލިކޮށް އޮސަސޫނާއިން ފައިނަލުގެ އުންމީދު އައުކޮށްފި

ސްޕެނިޝް ކަޕް ނުވަތަ ކޮޕަ ޑެލް ރޭ ގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގެ، ފުރަތަމަ ލެގުގައި އެތުލެޓިކް ބިލްބާއޯއާއި އޮސަސޫނާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް އޮސަސޫނާއިން ފައިނަލުގެ އުންމީދު އައުކޮށްފިއެވެ. ރޭ އޮސަސޫނާގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުގައި އެ ޓީމުން އެތުލެޓިކް ބިލްބާއޯގެ މައްޗަށް ކުރި ހޯދާފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މި ދެ ޓީމް ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ ބިލްބާއޯގެ ދަނޑުގައެވެ. އެ މެޗު ކުޅުމަށް ތާވަލު […]

އިބްރާހިމް ޚަލީލް
އެފްއޭ ކަޕް: ޔުނައިޓެޑް ކުއާޓާއަށް، ޓޮޓެންހަމް ކަޓައިފި

އެފްއޭ ކަޕް: ޔުނައިޓެޑް ކުއާޓާއަށް، ޓޮޓެންހަމް ކަޓައިފި

އިނގިރޭސި އެފްއޭ ކަޕްގެ ފަސްވަނަ ބުރުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުން މެޗު ކާމިޔާބުކޮށް ކުއާޓާ ފައިނަލުން ޖާގަ ހޯދިއިރު، މި ބުރުގައި ޓޮޓެންހަމް ކުޅުނު މެޗުން ބަލިވެ އެ ޓީމް މުބާރާތުން ކަޓައިފިއެވެ. ރޭ ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ވެސްޓްހޭމްއާއި ދެކޮޅަށް ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ. ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ވެސްޓްހޭމުންނެވެ. މެޗުގެ 54 ވަނަ […]

އިބްރާހިމް ޚަލީލް
އާސެނަލްގެ ލީޑު ފަސް ޕޮއިންޓަށް، ވުލްވްސް އަތުން ލިވަޕޫލަށް މުހިންމު މޮޅެއް

އާސެނަލްގެ ލީޑު ފަސް ޕޮއިންޓަށް، ވުލްވްސް އަތުން ލިވަޕޫލަށް މުހިންމު މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލްއާއި އެވަޓަން ބައްދަލުކުރި މެޗު ކާމިޔާބުކޮށް އާސެނަލުން ލީޑު ފުޅާކުރިއިރު، ގަދަ ހަތަރެއްގެ ތެރެއަށް ވަނުމަށް މަސައްކަތް ކުރަމުން އަންނަ ލިވަޕޫލުން ވުލްވްސް އަތުން މުހިންމު މޮޅެއް ހޯދައިފިއެވެ. ރޭ އާސެނަލްގެ ދަނޑުގައި އެ ޓީމުން ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއިން އެވަޓަން ބަލިކޮށްފައެވެ. މި މެޗުގައި ކޮންމެ ހާފެއްގައި އާސެނަލުން ވަނީ ދެ ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް […]

އިބްރާހިމް ޚަލީލް
ޗެލްސީގެ ޑިފެންޑަރ ތިއާގޯ ސިލްވާއަށް އަނިޔާވެ ކުޅުމާއި ދުރަށް

ޗެލްސީގެ ޑިފެންޑަރ ތިއާގޯ ސިލްވާއަށް އަނިޔާވެ ކުޅުމާއި ދުރަށް

ޗެލްސީއަށް ކުޅެމުން އަންނަ އުމުރުން 38 އަހަރުގެ ތަޖުރިބާކާރު ބްރެޒިލް ޑިފެންޑަރ، ތިއާގޯ ސިލްވާއަށް އަނިޔާވެ ކުޅުމާއި ދުރަށްދާން ޖެހިއްޖެއެވެ. ސިލްވާގެ ކަކުލަށް އަނިޔާވެފައި ވަނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ ޓޮޓެންހަމް އަތުން ޗެލްސީ ބަލިވި މެޗުގައެވެ. އޭނާގެ ކަކުލަށް އަނިޔާވުމުގެ ސަބަބުން އެ މެޗުގެ 19 ވަނަ މިނެޓުގައި އޭނާ ވަނީ ބަދަލުވެސް ކޮށްފައެވެ. ސިލްވާގެ ކަކުލަށް ލިބުނު އަނިޔާގެ އިތުރަށް ބެލުމަށްޓަކައި މި ހަފްތާގެ ހޯމަދުވަހު ޓެސްޓުތަކެއް ހަދާފައިވީ ނަމަވެސް އޭނާ އަނިޔާއިން […]

އިބްރާހިމް ޚަލީލް
ސިޓީ އެފްއޭ ކަޕްގެ ކުއާޓާއަށް

ސިޓީ އެފްއޭ ކަޕްގެ ކުއާޓާއަށް

އިނގިރޭސި އެފްއޭ ކަޕްގެ ފަސްވަނަ ބުރުގައި ރޭ މެންޗެސްޓާ ސިޓީއާއި ޗެމްޕިއަންޝިޕްގެ ބްރިސްޓޮލް ސިޓީ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ސިޓީ ޖާގަ ހޯދައިފިއެވެ. ރޭ ބްރިސްޓޮލް ސިޓީގެ ދަނޑުގައި ކުޅުނު މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ. މިއީ ބްރިސްޓޮލް ސިޓީ މި އަހަރު ބަލިވި ފުރަތަމަ މެޗެވެ. އެ ޓީމް އެންމެ ފަހުން ބަލިވެފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ ފަހުކޮޅު ވެސްޓްބްރޯމް އަތުންނެވެ. އެއަށްފަހު […]

އިބްރާހިމް ޚަލީލް
ޔުވެންޓަސް މޮޅުވިއިރު، ފުލުގައި އޮތް ކްރެމޮނީސޭ އަތުން ރޯމާ ބަލިވެއްޖެ

ޔުވެންޓަސް މޮޅުވިއިރު، ފުލުގައި އޮތް ކްރެމޮނީސޭ އަތުން ރޯމާ ބަލިވެއްޖެ

އިޓާލިއަން ލީގުގައި ޔުވެންޓަސްއާއި ޓޮރީނޯ ބައްދަލުކުރި މެޗު ޔުވެންޓަސްއިން ކާމިޔާބު ކުރިއިރު، ޕޮއިންޓް ތާވަލުގެ ފުލުގައި އޮތް ކްރެމޮނީސޭއިން ރޯމާ ބަލިކޮށްފިއެވެ. ރޭ ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ވަނީ 4-2 ގެ ނަތީޖާއިން ޓޮރީނޯ ބަލިކޮށްފައެވެ. ޔުވެންޓަސް ދޫކޮށް 89 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއްގެ ދަށުން 2015/16 ސީޒަންގައި މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވުމަށް ފަހު މިދިޔަ އަހަރުގެ ހޫނު މޫސުމުގައި އަލުން ޔުވެންޓަސްއާއި ގުޅުނު ޕޮގްބާ ރޭގެ މެޗުގައި ވަނީ ކުޅެފައެވެ. […]

އިބްރާހިމް ޚަލީލް
މެސީއަށް ވޯޓް ދިނުމުން އަމާޒުވި ފާޑުކިޔުންތަކަށް އަލަބާ ރައްދުދީފި

މެސީއަށް ވޯޓް ދިނުމުން އަމާޒުވި ފާޑުކިޔުންތަކަށް އަލަބާ ރައްދުދީފި

ފީފާއިން ހޮވި ފާއިތުވި އަހަރުގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް އާޖެންޓީނާގެ ކެޕްޓަން ލައިނަލް މެސީއަށް ލިބުނުއިރު، ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އޮސްޓްރިއާގެ ކެޕްޓަމް ޑޭވިޑް އަލަބާގެ ފުރަތަމަ ވޯޓް މެސީއަށް ދިނުމާއި ގުޅިގެން އަމާޒުވީ ފާޑުކިޔުމަށް އޭނާ ރައްދު ދީފިއެވެ. މެސީ މި އެވޯޑް ހޯދާފައި ވަނީ މެސީއާއި އެއް ޓީމަކަށް ކުޅެމުން އަންނަ އެމްބާޕޭއާއި ފްރާންސްގެ ތަޖުރިބާކާރު ފޯވާޑް ކަރިމް ބެންޒެމާ ފަހަތަށް ޖައްސާލުމަށް ފަހުއެވެ. އަލަބާއާއި ބެންޒެމާއަކީ ސްޕެއިންގެ […]

އިބްރާހިމް ޚަލީލް
ފީފާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް މެސީއަށް

ފީފާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް މެސީއަށް

ފީފާއިން ހޮވި ފާއިތުވި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ އާޖެންޓީނާ ފޯވާޑް ލައިނަލް މެސީ ކާމިޔާބު ކޮށްފިއެވެ. އުމުރުން 35 އަހަރުގެ މެސީ މި އެވޯޑް ހޯދާފައި ވަނީ އޭނާއާއި އެއްޓީމަކަށް ކުޅެމުން އަންނަ ފްރާންސްގެ ތަރި އެމްބާޕޭއާއި ކަރީމް ބެންޒެމާ ފަހަތަށް ޖައްސާލުމަށް ފަހުއެވެ. ފާއިތު އަހަރުގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް މެސީ ކާމިޔާބުކުރިއިރު، އޭނާ ވަނީ މިދިޔަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް […]

އިބްރާހިމް ޚަލީލް
ލެވަންޑޯސްކީއަށް އަނިޔާވެ ރެއާލް މެޑްރިޑާއި ދެކޮޅަށް ނުކުޅެވޭނެ

ލެވަންޑޯސްކީއަށް އަނިޔާވެ ރެއާލް މެޑްރިޑާއި ދެކޮޅަށް ނުކުޅެވޭނެ

ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ ތަޖުރިބާކާރު އިތުބާރު ފޯވާޑް ރޮބާޓް ލެވަންޑޯސްކީއަށް އަނިޔާވެ، މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ ކުޅޭ ކޮޕަ ޑެލް ރޭ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރެއާލް މެޑްރިޑާއި ދެކޮޅަށް ބާސެލޯނާ ނުކުންނަ މެޗުގައި އޭނާއަށް ނުކުޅެވޭނެ ކަމުގައި މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. އާދީއްތަ ދުވަހުގެ ރޭ އަލްމޭރިއާ އަތުން ބާސާ ބަލިވި މެޗަށް ފަހު ބާސެލޯނާއިން ވަނީ ލެވަންޑޯސްކީގެ ފަލަމަގަނޑަށް އަނިޔާވެފައިވާކަން ކަށަވަރު ކޮށްދީފައެވެ. ނަމަވެސް އެ ކުލަބުން އޭނާއަށް […]

އިބްރާހިމް ޚަލީލް