މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ކުޅިވަރު

2,741 ޝާއިޢުކުރެވިފައިވާ ލިޔުން

ކުޅިވަރު - 102 ވަނަ ޞަފްޙާ

އާސެނަލްއާއި ސްޕޯޓިން މެޗަށް ހަމަހަމަ ނިމުމެއް

އާސެނަލްއާއި ސްޕޯޓިން މެޗަށް ހަމަހަމަ ނިމުމެއް

ޔޫރޮޕާ ލީގުގެ ގަދަ 16 ގެ ބުރުގެ ފުރަތަމަ ލެގުގައި ރޭ އާސެނަލްއާއި ޕޯޗުގަލްގެ ސޮޕޯޓިން ލިޒްބަން ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ރޭ ސްޕޯޓިންގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 2-2 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދާފައި ވަނީ އާސެނަލުންނެވެ. މި ލަނޑު 22 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން އެ ޓީމްގެ ފަބިއޯ ވިއޭރާ ސްޕޯޓިންގެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ […]

އިބްރާހިމް ޚަލީލް
އަމިއްލަ ދަނޑުގައި ފްރެއިބާގް އަތުން ޔުވެންޓަސް އަށް ހަނި މޮޅެއް

އަމިއްލަ ދަނޑުގައި ފްރެއިބާގް އަތުން ޔުވެންޓަސް އަށް ހަނި މޮޅެއް

ޔޫރޮޕާ ލީގުގެ ގަދަ 16 ގެ ބުރުގެ ފުރަތަމަ ލެގުގައި ރޭ ޔުވެންޓަސްއާއި ފްރެއިބާގް ބައްދަލުކުރި މެޗު ޔުވެންޓަސް އިން ކާމިޔާބު ކޮށްފިއެވެ. ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މިދިޔަ ބުދަ ދުވަހު ބޭއްވި ޓީމް ބައްދަލުވުމަށް ލަހުން އައުމާއި ގުޅިގެން ޔުވެންޓަސްގެ ފްރާންސް މިޑްފީލްޑަރ ޕޮގްބާ ވަނީ ރޭ މެޗަށް އެކުލަވާލި ޓީމުން ބާކީ ކޮށްފައެވެ. މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް ޕޮގްބާ އަލުން […]

އިބްރާހިމް ޚަލީލް
ފަސޭހަކަމާއިއެކު ބެޓިސް ބަލިކޮށް ޔުނައިޓެޑުން ކުއާޓާގެ އުންމީދު ބޮޑުކޮށްފި

ފަސޭހަކަމާއިއެކު ބެޓިސް ބަލިކޮށް ޔުނައިޓެޑުން ކުއާޓާގެ އުންމީދު ބޮޑުކޮށްފި

ޔޫރޮޕާ ލީގުގެ ގަދަ 16 ގެ ބުރުގެ ފުރަތަމަ ލެގުގައި ފަސޭހަކަމާއިއެކު ސްޕެއިންގެ ރެއާލް ބެޓިސް ބަލިކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުގެ އުންމީދު މެންޗެސްޓާ ޔުނައިޓެޑުން ބޮޑުކޮށްފިއެވެ. ރޭ މެންޗެސްޓާގެ އޯލްޑް ޓްރަފޯޑްގައި ކުޅުނު މި މެޗުގައި ޔުނައިޓެޑުން ވަނީ 4-1 ގެ ނަތީޖާއިން ބެޓިސް ބަލިކޮށްފައެވެ. ޔުނައިޓެޑް ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން 7-0 ގެ ނަތީޖާއިން ލިވަޕޫލް އަތުން ބަލިވެފައިވުމާއިއެކު، ރޭގެ މެޗަށް އެ ޓީމް ނުކުތީ މީޑިއާގެ ގިނަ ފާޑުކިއުންތަކެއް […]

އިބްރާހިމް ޚަލީލް
އަހަރު ތަކަކަށް ފަހު މިލާން ކުއާޓާއަށް

އަހަރު ތަކަކަށް ފަހު މިލާން ކުއާޓާއަށް

އަހަރުތަކަކަށް ފަހު ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން އޭސީ މިލާން ޖާގަ ހޯދައިފިއެވެ. މިލާން އެންމެ ފަހުން މުބާރާތުގެ ކުއާޓާ ފައިނަލުގައި ކުޅެފައި ވަނީ 2011/12 ސީޒަންގައެވެ. ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ބުރުގެ ފުރަތަމަ ލެގުގައި މިލާންގެ ދަނޑުގައި އެ ޓީމުން ވަނީ 1-0 ގެ ނަތީޖާއިން ޓޮޓެންހަމް ބަލިކޮށްފައެވެ. ދެވަނަ ލެގުގެ މެޗު ރޭ ޓޮޓެންހަމްގެ ދަނޑުގައި ކުޅުނުއިރު މި މެޗު ނިމިފައި ވަނީ 0-0 ގެ ނަތީޖާއިން ދެ ޓީމް […]

އިބްރާހިމް ޚަލީލް
ޕީއެސްޖީ ބަލިކޮށް ބަޔާން ކުއާޓާއަށް

ޕީއެސްޖީ ބަލިކޮށް ބަޔާން ކުއާޓާއަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ބުރުގެ ދެވަނަ ލެގުގައި ބަޔާން މިއުނިކާއި ޕީއެސްޖީ ބައްދަލުކުރި މެޗު، ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ބަޔާން ޖާގަ ހޯދައިފިއެވެ. މި ބުރުގެ ފުރަތަމަ ލެގުގައި ޕީއެސްޖީގެ ދަނޑުގައި ކުޅުނު މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ބަޔާނުންނެވެ. ބަޔާން ވަނީ ރޭ އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއިން ޕީއެސްޖީ ބަލިކޮށް، އެގްރިގޭޓް ނަތީޖާ 3-0 އިން ކުރި ހޯދައި މުބާރާތުގެ ކުއާޓާއިން ޖާގަ ކަށަވަރު […]

އިބްރާހިމް ޚަލީލް
ޑޯޓްމަންޑް ބަލިކޮށް ޗެލްސީ ކުއާޓާއަށް

ޑޯޓްމަންޑް ބަލިކޮށް ޗެލްސީ ކުއާޓާއަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ބުރުގެ ދެވަނަ ލެގުގައި ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ޗެލްސީ ޖާގަ ހޯދައިފިއެވެ. މި ދެ ޓީމް ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ޑޯޓްމަންޑްގެ ދަނޑުގައި ކުޅެފައިވާއިރު އެ މެޗު ޑޯޓްމަންޑުން ވަނީ 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައެވެ. ދެވަނަ ލެގުގެ މެޗު ރޭ ޗެލްސީގެ ދަނޑުގައި ކުޅެފައިވާއިރު ޗެލްސީ ވަނީ 2-0 ގެ ނަތީޖާއިން މޮޅުވެ، އެގްރިގޭޓް ނަތީޖާ 2-1 އިން ކުރި […]

އިބްރާހިމް ޚަލީލް
ނޭމާއަށް ސީޒަން ނިމިއްޖެ

ނޭމާއަށް ސީޒަން ނިމިއްޖެ

ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާގެ ކަނާތުފައިގެ ކުޑަހުޅަށް ލިބިފައިވާ އަނިޔާއިން ސަލާމަތްވުމަށް އޮޕަރޭޝަން ކުރަން ޖެހުމުގެ ސަބަބުން އޭނާއަށް ދެން މި ސީޒަންގެ ބާކީ އޮތްބައިގައި ނުކުޅެވޭނެ ކަން ޔަގީން ވެއްޖެއެވެ. ނޭމާގެ ކަނާތުފައިގެ ކުޑަހުޅަށް އަނިޔާވެފައި ވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު ފްރާންސް ލީގުގައި ޕީއެސްޖީއާއި ލިލް ބައްދަލުކުރި މެޗުގައެވެ. އެ މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ނޭމާއަށް އަނިޔާވެ އޭނާ ވަނީ އަށިގަނޑުގައި ދަނޑުން ބާލާފައެވެ. އުމުރުން […]

އިބްރާހިމް ޚަލީލް
ޔުވެންޓަސް ބަލިކޮށް ރޯމާ ހަތަރަކަށް

ޔުވެންޓަސް ބަލިކޮށް ރޯމާ ހަތަރަކަށް

އިޓާލިއަން ލީގުގައި ޔުވެންޓަސްއާއި ރޯމާ ބައްދަލުކުރި މެޗު ރޯމާއިން ކާމިޔާބު ކޮށްފިއެވެ. ރޭ ރޯމާގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ޔުވެންޓަސްގެ މައްޗަށް ކުރި ހޯދާފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވާއިރު، މި ހާފުގައި އެންމެ ނުރައްކާތެރި ހަމަލާއެއް އުފެއްދީ ޔުވެންޓަސް އިންނެވެ. މެޗުގެ 44 ވަނަ މިނެޓުގައި ރޯމާގެ އޭރިއާތެރެއުން ޔުވެންޓަސްގެ މިޑްފީލްޑަރ ރެބިއުޓް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. މެޗުގައި ފެނިގެންދިޔަ […]

އިބްރާހިމް ޚަލީލް
ބެޓިސް އަތުން މޮޅުނުވެވި ރެއާލް ފަހަތަށް ސޮއްސާލައިފި

ބެޓިސް އަތުން މޮޅުނުވެވި ރެއާލް ފަހަތަށް ސޮއްސާލައިފި

ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ ކުޅުނު މެޗުން އެ ޓީމް މޮޅުވެފައި ވަނިކޮށް، ރޭ ރެއާލް ބެޓިސްއާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗުން ރެއާލަށް މޮޅުނުވެވި އަނެއްކާ ވެސް ބާސާއާއި ދެމެދު އޮތް ފަރަގު ބޮޑުވެއްޖެއެވެ. ރޭ ބާސާގެ އަމިއްލަ ދަނޑުގައި އެ ޓީމުން ވަނީ 1-0 ގެ ނަތީޖާއިން ވެލެންސިއާ ބަލިކޮށްފައެވެ. މި މެޗުގައި ބާސާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 16 ވަނަ މިނެޓުގައި ބަސްކެޓް ވެލެންސިއާގެ އޭރިއާތެރެއަށް މަތިން ކުޅުނު ބޯޅަ ބޮލުން […]

އިބްރާހިމް ޚަލީލް
ލިވަޕޫލުން ޔުނައިޓެޑް ކޮޅަށް ލަނޑު ގޯންޏެއް

ލިވަޕޫލުން ޔުނައިޓެޑް ކޮޅަށް ލަނޑު ގޯންޏެއް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލުން އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑް ކޮޅަށް ހަތް ލަނޑުޖަހައި އެ ޓީމް ލަދުގަންނަވާލައިފިއެވެ. މި މެޗު ނިމިގެން ގޮސްފައި ވަނީ 7-0 ގެ ނަތީޖާއިން ލިވަޕޫލް މޮޅުވެގެންނެވެ. މި މެޗާއި ކުރިމަތިލީއިރު މެންޗެސްޓާ އޮތީ ރަނގަޅު ފޯމެއްގައެވެ. މިގޮތުން އެ ޓީމުން ވަނީ މީގެ ހަތް ދުވަސްކުރިން އިނގިރޭސި ލީގު ކަޕް ވެސް ކާމިޔާބު ކޮށްފައެވެ. އެއީ 2017 އަހަރުގެ ފަހުން އެ ޓީމަށް ކާމިޔާބު ކުރެވުނު ފުރަތަމަ ތައްޓެވެ. […]

އިބްރާހިމް ޚަލީލް
ޕީއެސްޖީއަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އެމްބާޕޭއަށް

ޕީއެސްޖީއަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އެމްބާޕޭއަށް

ފްރާންސް ލީގުގައި ރޭ ޕީއެސްޖީއާއި ނޯންޓެސް ބައްދަލުކުރި މެޗުގައި އެމްބާޕޭ ޖެހި ލަނޑާއިއެކު، ޕީއެސްޖީއަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ޝަރަފް އޭނާއަށް ލިބިއްޖެއެވެ. ރޭ ނޯންޓެސްގެ ދަނޑުގައި ޕީއެސްޖީ މޮޅުވެފައި ވަނީ 4-2 ގެ ނަތީޖާއިންނެވެ. މިދިޔަ ޑިސެމްބަރ މަހު 24 އަހަރު ފުރުނު ފްރާންސްގެ ފޯވާޑް އެމްބާޕޭ ޕީއެސްޖީއަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް މުގުރާލާފައި މިވަނީ އޭނާ އެ ޓީމަށް ކުޅެދިން 247 މެޗުގައި ޖެހި 201 ލަނޑާއި އެކުގައެވެ. […]

އިބްރާހިމް ޚަލީލް
ސްޓުޓްގާޓް ބަލިކޮށް ބަޔާން އަނެއްކާ ވެސް އެއްވަނައަށް

ސްޓުޓްގާޓް ބަލިކޮށް ބަޔާން އަނެއްކާ ވެސް އެއްވަނައަށް

ޖަރުމަނު ލީގުގައި ބަޔާން މިޔުނިކާއި ސްޓުޓްގާޓް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ބަޔާން އަނެއްކާ ވެސް ޖެހިލައިފިއެވެ. ރޭ ސްޓުޓްގާޓްގެ ދަނޑުގައި ކުޅުނު މި މެޗު ބަޔާނުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. ޖަރުމަނު ލީގުގައި ހުކުރު ދުވަހުގެ ރޭ ބްރޫޝިއާ ޑޯޓްމަންޑާއި ލައިޕްޒިގެ ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބުކޮށް ލިބުނު ތިން ޕޮއިންޓާއިއެކު ޑޯޓްމަންޑް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލާފައި ވަނިކޮށް، ބަޔާނުން ރޭ މެޗު ކާމިޔާބުކޮށް […]

އިބްރާހިމް ޚަލީލް
ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން މޮޅުވެ އާސެނަލުން ލީޑު ދަމަހައްޓައިފި

ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން މޮޅުވެ އާސެނަލުން ލީޑު ދަމަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލްއާއި ބޯންމައުތު ބައްދަލުކުރި މެޗު އާސެނަލުން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ލީޑު ދަމަހައްޓައިފިއެވެ. ރޭ އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ ބޯންމައުތުން ދެ ލަނޑު ޖަހާފައި ވަނިކޮށް ފަހަތުން އަރައި ތިން ލަނޑު ޖަހައިގެންނެވެ. މި މެޗަށް އާސެނަލް ނުކުތްއިރު ޕޮއިންޓް ތާވަލުގެ ދެވަނާގައި އޮތް މެންޗެސްޓާ ސިޓީން ވަނީ 2-0 ގެ ނަތީޖާއިން ނިއުކާސަލް ބަލިކޮށް ފަރަގު ދެ ޕޮއިންޓަށް […]

އިބްރާހިމް ޚަލީލް
ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕް މެއި 10 ގައި

ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕް މެއި 10 ގައި

6 ވަނަ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕް 10 މެއި 2023 ގައި ބޭއްވުމަށް ނިންމައި ބައިވެރިވާން ފުރުސަތު ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައި، ހޭންޑްބޯލް މޯލްޑިވްސް ކުރި ޢިއުލާންގައި ބުނީ، މި މުބާރާތުގައި ބައިވެރިވުމަށް އެދޭ އެ އެސޯސިއޭޝަންގެ މެމްބަރު ކްލަބްތަކުން، މުބާރާތުގައި ބައިވެރިވުމުގެ ރަޖިސްޓްރޭޝަން ފޯމު ފުރިހަމަކުރެއްވުމަށްފަހު 26 މާރިޗް 2023 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އެ އެސޯސިއޭޝަންއަށް އީމެއިލް ކުރުމަށް އެދޭ ކަމަށެވެ. މި މުބާރާތުގައި ބައިވެރިވާ ކުލަބުތ...

ޙުސައިން ޝަހުދީ
އިތުރު ވަގުތު ޖެހި ތިން ލަނޑުން މޮޅުވި އަލް ނަސްރަށް އެއްވަނާގައި ދެ ޕޮއިންޓްގެ ލީޑެއް

އިތުރު ވަގުތު ޖެހި ތިން ލަނޑުން މޮޅުވި އަލް ނަސްރަށް އެއްވަނާގައި ދެ ޕޮއިންޓްގެ ލީޑެއް

ސައުދީ ޕްރޯ ލީގުގައި ޕޯޗުގަލްގެ ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ އަލް ނަސްރާއި އަލް ބާތިން އެފްސީ ބައްދަލުކުރި މެޗު އަލް ނަސްރުން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ދެ ޕޮއިންޓްގެ ލީޑެއް ހޯދައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އަލް ނަސްރުން ކާމިޔާބު ކޮށްފައި ވަނީ، އަލް ބާތިނުން ލަނޑު ޖަހާފައި ވަނިކޮށް މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭ ތިން ލަނޑު ޖަހައިގެން، 3-1 ގެ […]

އިބްރާހިމް ޚަލީލް