މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް (06:30 އިން 10:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ރިޕޯޓް

498 ޝާއިޢުކުރެވިފައިވާ ލިޔުން

ރިޕޯޓް - 8 ވަނަ ޞަފްޙާ

ރަސްދޫ "ރަންދުވެލި" ދޯނި: ތިމާވެށީ ގޮތުން ނަމޫނާ ދައްކަނީ!

ރަސްދޫ "ރަންދުވެލި" ދޯނި: ތިމާވެށީ ގޮތުން ނަމޫނާ ދައްކަނީ!

ދިވެހި ކަނޑުތަކުގައި ލޯބޯ ފިއްސައިގެން ދިވެހި މަސްވެރިން ކުރަމުންދާ އަގު ނުކުރެވޭ ޚިދުމަތުގެ ތެރެއިން އއ. ރަސްދޫއަށް ނިސްބަތްވާ ބޮޑުކަންނެލީގެ މަސްވެރިކަންކުރާ ”ރަންދުވެލި” ދޯނިން ތިމާވެއްޓަށް ކުރަމުންދާ ޚިދުމަތުގެ ވާހަކައަކީ ދައްކައިނުލާ ދޫކޮށްލެވޭނެ ވާހަކައެއް ނޫނެވެ. ”ރަންދުވެލި” ދޯނިން ދަނީ އެ ދޯނި ބޮޑުކަންނެލީގެ މަސްވެރިކަން ކުރަން ކުރަމުންދާ ދަތުރުތަކުގައި ބޭނުންކުރާ ޕްލާސްޓިކްގެ ބާވަތްތަކުން އުފެދޭ ކުނީގެ ބާވަތްތައް ކަނޑަށް އުކާނުލައި، ރީސައިކަލް ކުރުމަށް ރަށަށް ގެންދަމުންނެވެ. ކަނޑަށް ޕް...

ޙުސައިން ޝަހުދީ
އެންމެ ނުރައްކާތެރި ފިތުނަޔަކީ ދީނީ ފިތުނަ – ޚުތުބާ

އެންމެ ނުރައްކާތެރި ފިތުނަޔަކީ ދީނީ ފިތުނަ – ޚުތުބާ

އެންމެ ނުރައްކާތެރި ފިތުނައަކީ ދީނީ ފިތުނަ ކަމުގައި މިއަދުގެ ޚުތުބާގައި ވިދާޅުވެއްޖެއެވެ. ޚުތުބާއި އިތުރަށް ވިދާޅުވެފައިވަނީ  ދީނީ ފިތުނައަކީ ﷲ ގެ އަޅާއާއި އޭނާގެ ވެރި ރަސްކަލާނގެއާ ދެމެދުގައިވާ ގުޅުން އިމްތިޙާނު ކުރެވޭ ފިތުނަ ކަމަށެވެ. އަދި މި އިމްތިޙާނުގައި ފެއިލްވާ މީހުން ފުރެދުމުގެ ތެރެއަށް ވެއްޓިގެން ދާނެކަމަށެވެ. ފިތުނަ އަކީ ހިތަށާއި، ސިކުނޑިއަށް ޖެހޭ މުޞީބާތެކަމަށާއި އޭގެ ސަބަބުން ކެތްތެރީން ވެސް އާވާރާވެ، މަގުއޮޅި ދާކަމަށެވެ. ފިތުނަ އަކީ ދެކޮޅުވެރިކަމާއި، ބައިބައިވުން އުފެއްދުމަށް މަގު ފ...

އިބްރާހިމް ޚަލީލް
އަލީ ވަހީދު ފުރުން: ''މިޔުޒިކުގެ މަސްތީ ކަނޑަކަށް ޣަރަޤު ކުރުވާފައި ބޫންލާފައި އެދިޔައީ'' 

އަލީ ވަހީދު ފުރުން: ''މިޔުޒިކުގެ މަސްތީ ކަނޑަކަށް ޣަރަޤު ކުރުވާފައި ބޫންލާފައި އެދިޔައީ'' 

މިމަހުގެ ނުވަ ވަނަ ދުވަހުގެރޭ ބައެއް މީޑިއާތަކުން ތިލަކޮށްލި ޚަބަރަކީ ޖިންސީ އަނިޔާއާގުޅޭ 7 ދަޢުވާއެއް އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރިކަމުގެ ޚަބަރެވެ. ޓޫރިޒަމް މިނިސްޓަރުގެ މަޤާމުގައި ހުރެގެން، އެ މިނިސްޓްރީގެ ގިނަ ޢަދަދެއްގެ މުވައްޒަފުންނަށް ޖިންސީ އަނިޔާކުރިކަމުގެ 7 ދަޢުވާއެއް ކުރީގެ ޓޫރިޒަމް ޢަލީ ވަޙީދުގެ މައްޗަށް އުފުލުމާ ގުޅިގެން އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށް 19 ޖަނަވަރީ 2021 ގައި ކްރިމިނަލް ކޯޓުން އަމުރުކޮށް، މައްސަލަތަކުގެ ޝަރީޢަތް ފެށުމަށްފަހު...

Thiladhun
ވަގުތު ފާއިތުވުމުގެ ކުރިން ކުޑަދަރިފުޅަށް ކިޔައިދޭންވީ 10 ކަމެއް!

ވަގުތު ފާއިތުވުމުގެ ކުރިން ކުޑަދަރިފުޅަށް ކިޔައިދޭންވީ 10 ކަމެއް!

ކުޑަކުދިންނަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ހިންހަމަޖެހުމެވެ އަދި ލޮލޮގެ ނޫރެވެ. އެހެންކަމުން އެކުދިންގެ ހައްޤުތައް އަދާކޮށްދިނުމުގެ ޒިންމާއަކީ އަޅުގަނޑުމެންގެ ކޮންމެ މައެއް އަދި ބަފައެއްގެ ބޮލުގައި އެޅިފައިވާ ޒިންމާއެކެވެ. ދަރިން ދުނިއަށް އަންނަނީ ފިތުރަތުގެ ސާފުކަންމަތީއެ، އެހެންކަމުން އެދަރިންނަށް ހެވާއި ނުބައި ވަކިކޮށްދިނުމާއި ދިމާވާ ކަންކަމާއި ކުރިމަތިލާނެ ހިއްވަރާއި ފަންވަރު ދޭން ތިބޭނެ ބަޔަކީ ހަމަ ޔަޤީނުންވެސް އަޅުގަނޑުމެން މައިންބަފައިނެވެ. އެހެންނަމަވެސް އެޒިންމާ އެންމެ ފުރިހަމަ ގޮތުގައ...

ތިލަދުން
ސިޙުރުވެރިއަކު ދެނެގަންނާނެ ބައެއް ޢަލާމާތްތައް

ސިޙުރުވެރިއަކު ދެނެގަންނާނެ ބައެއް ޢަލާމާތްތައް

ޖިންނީންނަކީވެސް ﷲ ތަޢާލާ ދުނިޔޭގައި ލައްވާފައިވާ އެއިލާހުގެ މަޚްލޫޤުންތަކެކެވެ. އެއީ އިންސާނުންނަށް ޣައިބުގައިވާ މަޚްލޫޤެކެވެ. ޖިންނީންގެ ތެރޭގައިވެސް މުއުމިނު ޖިންނީންނާއި ކާފިރު ޖިންނީންވެއެވެ. ﷲ ތަޢާލާގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަޞައްލަމަގެ މައްޗަށް ބާވައިލެއްވި ޝަރީޢަތަކީ އެންމެހާ އިންސާނުންނާއި ޖީންނީންގެ މައްޗަށް އާއްމުވެގެންވާ ޝަރީޢަތެކެވެ. ޖިންނި ޝައިޠާނުން އިންސާނުންނަށް ގޯނާކުރާ ވާހަކައަކީ ވަރަށް ޢާއްމުވާހަކައެކެވެ. ޖިންނީން އިންސާނުންނާއި އަވަލުމަށް މެދުވެރިވާ ތަފާތ...

ތިލަދުން
މަސްތުގެ ވަބާގައިޖެހި، ޤައުމުގެ ޒުވާނުންގެ ތަންމައްޗަކަށް ގޮނޑުވެފައިވާ ފަޅުގެތައް!

މަސްތުގެ ވަބާގައިޖެހި، ޤައުމުގެ ޒުވާނުންގެ ތަންމައްޗަކަށް ގޮނޑުވެފައިވާ ފަޅުގެތައް!

މަސްތުގެ ހާލުގައި މަގުމަތީގައި ވެއްޓިފައި ތިބޭ މީހުންނާއި، މަސްތުގެ ހާލުގައި ވެއްޓެމުން ތެދުވަމުން ހިނގާ މީހުންނާއި، މަސްތުގެ ހާލުގައި ސައިކަލް ދުއްވާ މީހުންގެ ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިއާގައި ކޮންމެ ދުވަހަކު ދަޢުރު ނުވި ނަމަވެސް އެ މަންޒަރުތަކަކީ މި ރާއްޖޭގައި މިހާރު ހަމަ އާންމު މަންޒަރު ތަކެކެވެ. ހާއްސަކޮށް ވެރިރަށް މާލޭގައެވެ. މަސްތުވާތަކެތި ރާއްޖޭގައި ފެތުރިފައިވާ މިންވަރުން، އެ ބޭނުން ކުރާ މީހުންގެ އުނދަގޫ ސީދާގޮތުން ނުކުރާ އާއިލާއެއް މި ރާއްޖޭގައި މިހާރު މަދުވާނޭ ނުވަތަ […]

އިބްރާހިމް ޚަލީލް
''ކޮވިޝީލްޑް'' އަކީ ރައްކާތެރި ވެކްސިނެއްތަ؟

''ކޮވިޝީލްޑް'' އަކީ ރައްކާތެރި ވެކްސިނެއްތަ؟

ކޮރޯނާ ވައިރަސްގެ ބަލާއާފާތުން މިންޖުވެ، ހަމަ ނޭވާއެއްލުމަށް މުޅި ދުނިޔެ އިންތިޒާރު ކުރަމުންދާތާ އަހަރަކަށް ވުރެވެސް ގިނަ ދުވަސް ވެގެން ގޮސްފައިވާއިރު، ދުނިޔެއަށް އުންމީދުގެ އަލިކަމެއް ގެނެސްދީފައިވަނީ ދުނިޔޭގެ ޤައުމުތަކުގައި އުފައްދުމުގެ އެކި މަރުހަލާތައް ކަޑައްތު ކޮށްފައިވާ ކޯވިޑް-19ގެ ވެކްސިންތަކުންނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސްހިސާބަށް ބަލާއިރު ކޯވިޑަށް ފަރުވާއެއް ހޯދުމަށް 64 ވައްތަރެއްގެ ވެކްސިނެއް އިންސާނުން ގަޔަށް ޖަހައިގެން ތަހުލީލު ކުރުމުގެ މަރުހަލާގައިވާއިރު، 173 ވެކްސިނެއް...

Thiladhun
ތިލަދުންމަތީ ހުނަރުވެރިން: ނަބާ އާއި ނަބީ!

ތިލަދުންމަތީ ހުނަރުވެރިން: ނަބާ އާއި ނަބީ!

ދިވެހިރާއްޖޭގެ ބެޑްމިންޓަންގެ ތާރީޚުގައި އުފެދުނު އެންމެ ކާމިޔާބެ ދެ ކުޅުންތެރިންނަކީ އެއްމާބަނޑު ދެބެން ކަމުގައިވާ އައިމިނަތު ނަބީހާ އަބްދުއްރައްޒާޤާއި ފާތިމަތު ނަބާހާ އަބްދުއްރައްޒާޤްކަމީ ފެންނަން އޮތް ހަޤީޤަތެވެ. ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ނައީމާ އަޙްމަދައަށް ލިބިފައިވާ މި ނިބޫއަކީ މިހާރު ޤަޢުމު އެ ބަޔަކަށްޓަކައި ފަހުރުވެރިވާ ދެ ނަމެވެ. ނަބާ އަދި ނަބީ ވެސް ބެޑްމިންޓަން ކުޅެން ފަށާފައިވަނީ އެކުއެކީގައެވެ. އުމުރުން އެގާރަ އަހަރުގައި ކުޅެންފަށައި، އެއަށްފަހު މި ކުޅިވަރުގެ ތެރެއަށް ދެބެން...

އިބްރާހިމް ޚަލީލް
އައިންސްޓެއިންގެ ސިކުނޑިއަށް ވީ ގޮތް އެނގޭތަ؟

އައިންސްޓެއިންގެ ސިކުނޑިއަށް ވީ ގޮތް އެނގޭތަ؟

20 ވަނަ ޤަރުނުގެ ތެރޭގައި ދުނިޔެ ދެކެފައިވާ އެންމެ ވިސްނުންތޫނު އެންމެ މޮޅު ސައިންޓިސްޓަކީ އެލްބާރޓް އައިންސްޓެއިންއެވެ. ޖަރުމަނަށް އުފަން މި ތިޔޮރެޓިކަލް ސައިންޓިސްޓްއަކީ ތަފާތު ގިނަ އީޖާދުތަކެއް ދުނިޔެއަށް އުފަން ކުރުވާފައިވާ މީހެކެވެ. އައިންސްޓެއިންއަށް ވަނީ ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް އިނާމު ކަމަށްވާ ނޯބެލް ޕްރައިޒްވެސް ލިބިފައެވެ. އޭނާއަށް މި އިނާމު ލިބިފައިވަނީ އޭނާގެ މަޝްހޫރު ތަހުލީލީ މަސައްކަތް ކަމަށްވާ، ތިއޮރީ އޮފް ރިލޭޓިވިޓީ އަދި ލޯ އޮފް ފޮޓޯ އިލެކްޓްރިކް އިފެކްޓްއަށެވެ. އައިންސްޓެ...

މުޙައްމަދު މާއިލް ހަސަން
2020: މަހުޖަނުން އިތުރަށް މުއްސަނދިވި އަހަރެއް!

2020: މަހުޖަނުން އިތުރަށް މުއްސަނދިވި އަހަރެއް!

ވޭތުވެދިޔަ 12 މަސްދުވަހަކީ، ދުނިޔެ ނުދެކޭހާ ޙާލުގައި ގިނަ ބަޔަކު ދިރިއުޅެމުންއައި 12 މަސްދުވަހެވެ. ކޯވިޑް-19ގެ ބަލިމަޑުކަން މުޅި ދުނިޔެއަށް ފެތުރުނުއިރު، ފަޤީރުންގެ ނިޞްބަތް އިތުރުވެ، ގިނަ ބަޔަކުވަނީ އިތުރަށް ބިކަވެފައެވެ. ނަމަވެސް، މި ލިޔުމުގައި ބަލާލަން މިއުޅެނީ ފަޤީރުންނަކަށް ނޫނެވެ. 2020 ވަނަ އަހަރަކީ، ދުނިޔޭގެ މަޝްހޫރު ގިނަ ބިލިޔަނަރުން އިތުރަށް މުއްސަނދިވި އަހަރެކެވެ. ދުނިޔޭގައި މި ވަގުތު އެންމެ މުއްސަނދި މީހުންގެ ލިސްޓުގެ 10 ފަރާތުންވަނީ ވޭދުވެދިޔަ އަހަރުގެ ތެރޭގައި 347 ބިލިއަން ޑޮލަރު […...

މުޙައްމަދު މާއިލް ހަސަން
ތިލަދުންމަތީ ހުނަރުވެރިން: ‎ފޮޓޯނަގާ ބާރަށު ނަޒީހް

ތިލަދުންމަތީ ހުނަރުވެރިން: ‎ފޮޓޯނަގާ ބާރަށު ނަޒީހް

ފޮޓޯނެގުމަށް ލޯބިކުރާ ޒުވާނުން އިތުރުވެގެން ދިޔަ އެންމެ ބޮޑު އެއް ސަބަބަކީ މޮޅެތި ކެމެރާތަކާއިއެކު ތަޢާރަފްވެގެންދިޔަ މޯބައިލް ފޯނުތަކެވެ. ނެގޭ ފޮޓޯތަށް ފަސޭހަކަމާއިއެކު އެހެން މީހުނަށް ހިއްސާ ކޮށްލުމަށް ލިބިގެންދިޔަ ސޯޝަލް ޕްލެޓްފޯމަތަކެވެ. އެ ފޮޓޯތަކަށް ލިބިގެން ދިޔަ ތަރުހީބެވެ. ހއ.ބާރަށަކީ ދިވެހި ތާރީޚުގެ މުހިންމު ސަފްހާތަކާއި ގުޅުންހުރި ތާރީޚީ ތަންތަން ހުރި ރަށެކެވެ. ދިވެހިރާއްޖެ ޕޯޗްގީޒުންގެ އަޅުވެތިކަމުން ސަލާމަތް ކުރެއްވުމަށް އުތީމު ތިންބެއިން ބެންނެވި ކަޅުއޮށްފުންމި ބެންނެވި އޮޑިވަޅާއި،...

އިބްރާހިމް ޚަލީލް
2020 ވަނަ އަހަރު ހިނގާފައިވާ އާދަޔާ ޚިލާފު ބައެއް ކަންތައްތައް!

2020 ވަނަ އަހަރު ހިނގާފައިވާ އާދަޔާ ޚިލާފު ބައެއް ކަންތައްތައް!

2020 ވަނަ އަހަރަކީ. ހަމަ ޤައިމުވެސް ދުނިޔޭގެ ފަހުގެ ތާރީޚެއްގައި ހަނދާނުން ފޮހެވިގެން ނުދާނޭ އަހަރެކެވެ. ދުނިޔެ މިވަގުތު ދެކެމުންމިދާ ކޯވިޑް-19 ގެ ބަލިމަޑުކަމަކީ، ފަހުގެ ތާރީޚެއްގައި ދުނިޔެއެއްކޮށްހެން ހުއްޓުމަކަށް ގެނައި ވަބާއެކެވެ. މި އަހަރަކީ، ދުނިޔެއެއްކޮށްހެން “ބަންދުވެގެން” ނިމިގެންދާ އަހަރެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނަމަވެސް، މި ބަލިމަޑުކަމުގެ އިތުރުން، މި އަހަރުތެރޭގައި ތަފާތު އެތަކެއް ކަންތައްތަކެއް ހިނގައި އަޅުގަނޑުމެންގެ ލޯމަތިން ކައްސާލައިގެން ވަނީ ގޮސްފައެވެ. މި ލިޔުމުގައި ބަލ...

މުޙައްމަދު މާއިލް ހަސަން
''މިއަދު އާދަން ނަސީރުބެ، މާދަމާ ކާކުބާ؟'' އިހުމާލުވި ފަރާތްތައް ހޯދާ ފިޔަވަޅުއަޅާ: ޓީމް

''މިއަދު އާދަން ނަސީރުބެ، މާދަމާ ކާކުބާ؟'' އިހުމާލުވި ފަރާތްތައް ހޯދާ ފިޔަވަޅުއަޅާ: ޓީމް

ކަނޑިންމަ ރިސޯޓުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް ކޯވިޑް ބަލީގައި ނިޔާވެފައިވާ، މަރްޙޫމް އާދަމް ނަސީރާއިމެދު އިހުމާލުވި ފަރާތްތައް ހޯދާ ފިޔަވަޅު އަޅަން ގޮވައިލާ ފަށާފައިވާ ކެމްޕެއިންގެ އަޑު ނުކެނޑެއެވެ. މަރުޙޫމް އާދަމް ނަސީރަށް އިންސާފު ހޯދައިދިނުމަށް ގޮވައިލާ ފަރާތްތަކުން ދަނީ އަދިވެސް އެކަމަށް ގޮވައިލަމުންނެވެ. މިގޮތުން ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރީންގެ ޖަމިއްޔާ، ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް) އިން މިއަދު ޓުވީޓާގައި އާންމުކުރި މެސެޖާއިއެކު، އިތުރަށް މިވަނީ މި ކެމްޕެއިންގެ...

ޙުސައިން ޝަހުދީ
ކޯވިޑް-19ގެ އައު ސްޓްރެއިން: މިހާތަނަށް އެނގިފައިވާ މިންވަރު!

ކޯވިޑް-19ގެ އައު ސްޓްރެއިން: މިހާތަނަށް އެނގިފައިވާ މިންވަރު!

ދުނިޔޭގައި އެންމެ ހޫނުކޮށް މިވަގުތު ދެކެވެމުންދާ އެއްް ވާހަކައަކީ، އިނގިރޭސިވިލާތުން ކޯވިޑް-19 ގެ އައު ސްޓްރެއިންއެއް ފެނުނު ވާހަކައެވެ. ދުނިޔޭގެ ތަފާތު ގިނަ ސައިންސްވެރިން މިކަމާއި ގުޅިގެން ތަފާތު ނިންމުންތައް ނިންމަމުންދާއިރު، ކޮށްލަން ރަނގަޅު ސުވާލެއް އެބައޮތެވެ. މީގެ ދުވަސް ކޮޅެއް ކުރިން އިނގިރޭސިވިލާތުން ވަރަށް މަދުން ފެނިފައިމިވާ ސްޓްރެއިން، މި ވަގުތު އެ ޤައުމުން އެންމެ ބޮޑަށް ފެންނަމުންދަނީ ކީއްވެގެން ހެއްޔެވެ؟ އިނގިރޭސިވިލާތުގެ ދަޢުލަތަށް ސިއްޙީ ލަފާ އަރުވަމުންދާ ފަރާތްތަކުން ބުނާ ގޮތުގަ...

މުޙައްމަދު މާއިލް ހަސަން
ގެދަބުޅި ބަދިގެއަކުން ސިރުހާނުގެ މޮޅު ހުނަރު

ގެދަބުޅި ބަދިގެއަކުން ސިރުހާނުގެ މޮޅު ހުނަރު

ދުމަށީގެ ބިތްދޮށުން ފެންނަންހުރި ފާރު ތަތްތެޅިފައި ވަނީ ގެދަބުޅިންނެވެ. ބިތުގައި ބޮޑު ދޮލަނގަކާއި މަސްދަނޑިގަނޑެއް އަޅުވާފައި ހުއްޓެވެ. މަތިން ތިރިއަށް އެ ބިތުގައި ވަނީ ބޮޑު ރެނދެއް ލާފައެވެ. އުދުންމަތީ ސައި ކުރަޔަކާއި، ތާހެއް ވެސް ހުއްޓެވެ. ކިޔައިދެނީ ދިވެހީންގެ ސާދާ ދިރިއުޅުމެވެ. ބުނެދެނީ ޒަމާންވީ ދިވެހި ބަދިގެއެއްކަމެވެ. ނަމަވެސް އެއީ މަންޒަރެކެވެ. ކުރެހުމެކެވެ. ކުލަ ފިހީގެ ސިފަ ކުރުމެކެވެ. ކިޑިކީއަކުން އެ ފެންނަނީ ހަމަ މިޒަމާނުގެ ފަހުގެ ބަދިގެކެވެ. ހުޅުމާލެ ދަ ޝެފް މޯޑު ބަދިގެ […]

ޙުސައިން ޒަބީރު (ހޒމވ)