އެކި ބޭނުންތަކަށް ގޭގައި ގެންގުޅޭ ތުވާލިތައް ދޮވެވެނީ އެންމެ ރަގަޅަށްތަ؟
ގައި ހިއްކަން ގެންގުޅޭ ތުވާއްޔާއި، އަތް ފުހެން ގެންގުޅޭ ތުވާލިކޮޅުގެ އިތުރުން ބަދިގޭގައި ބޭނުންކުރާ ތުވާއްޔާއި ހަމައަށް ގޭގައި އެތައް ތުވާޔެއް ދުވާލެއްގެ މައްޗަށް ބޭނުންކުރެވެއެވެ. އަދި މިތުވާލިތައް ސާފު ކުރުމާއި ދޭތެރޭގައި ވަކި ކަހަލަ އުސޫލުތަކެއް ގެންގުޅޭ މީހުންވެސް އުޅެއެވެ. ބެޑްޝީޓް ދޮންނައިރު ގައި ހިއްކުމަށް ބޭނުންކުރާ ތުވާލީ އޭގެ ތެރެއަށްލާ މީހުންގެ އަދަދުވެސް މަދެއް ނޫނެވެ. ސަބަބަކީ އެއްފެންގަނޑެއްގައި ދޮވެލުމުން ވަކިން އެތަކެތި ދޮވުމަށް ދާ ވަގުތާއި ކަރަންޓާއި ފެން އިސްރާފުނުކުރުމުގެ ބޭނު...