އިޒްރޭލުގެ އަނިޔާވެރި ދައުލަތުން ފަލަސްތީނުގެ އެކި ސަރަހައްދުތަކަށް ރޮކެޓް މިސައިލާއި ބޮން އަޅަން ފެށިތާ 11 ދުވަސްފަހުން، ދުނިޔޭގެ އެކިކަންކޮޅުތަކުން އައި ފިއްތުންތަކާއި އިޒްރާއިލް އަށް ނަފްރަތުގެ ބަސްތައް ގިނަވުމުގެ ސަބަބުން ޣައްޒާ ދެމުންއައި ލާއިންސާނީ ހަމަލާތައްމިހާރުވަނީ ހުއްޓާލައިފަ އެވެ.
އިޒްރާއީލްގެ މި ލާއިންސާނީ އަމަލުކުއްވެރިކޮށް ދުނިޔޭގެ އެކި ބިތުގައި އައީ އަޑުއުފުލަމުންނެވެ. މީސްމީޑީޔާގެ ވަސީލަތްތައް ބޭނުންކޮށްގެން އަޑު އުފުލުމުގައި އެތައް މިލިޔަންބަކު ބައިވެރިވިއެވެ. މިކަން ހަރުކަށި އިބާރާތުން ކުއްވެރިކުރިއެވެ.
ކޯވިޑްގެ ވަބާގެ މިދުވަސް ވަރުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އައީ އެއްވުންތައް ބާއްވާ އަޑުއުފުލަމުންނެވެ. ފަލަސްޠީންގެ ދިދަ ހިފައިގެން އިޒްރާއިލުން ދެމުންގެންދާ އަނިޔާވެރި އަމަލުތައް ދައްކުވައިދީ ބޮޑެތި ރެލީތަކެއްވަނީ ބާއްވާފަ އެވެ. އެގޮތުން ދުނިޔޭގެ ބޮޑެތި ސިޓީތަކުގައި މިއެއްވުންތައް ބާއްވާފައިވާކަން ފާހަގަކޮށްލެވެއެވެ. އިސްލާމީ ބޮޑެތި ގައުމުތަކުގެ އިތުރުން މުސްލިމުންގެ އާބާދީ މަދު ގައުމުތައްވެސް މިއެއްވުންތަކުގައި ބައިވެރިވިއެވެ.
މިއެއްވުންތަކުގެ ސަބަބުން އެގައުމުތަކުގެ ސަރުކާރުތަކަށް އިޒްރާއިލްގެ މިހަރުކަށި އަމަލުކުއްވެރިކޮށް، ޣައްޒާއަށް ދެމުންދާ އަނިޔާތައް ހުއްޓާލުމަށް ގޮވާލަން ޖެހުނެވެ. ރައްޔިތުންގެ ޕްރެޝަރުން ވެރިންނަށް މަޖުބޫރުވީއެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ދުނިޔޭގެ އެކިބިތުން 100 އަށްވުރެއް ގިނަ ގައުމުގެ ވެރިކަން ކުރާ ރަށުގައި މިއެއްވުންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިއެއްވުންތައް ކުރިއަށް ނުދަނީ އިންޑިޔާ ކަހަލަ މަދު ގައުމެއްގަ އެވެ. އަދި ބަޔެއް ގައުމުތަކުގައި އިޒަރާއީލްއަށް ތާއީދުކޮށް އެއްވުންތައް ބާވާފައިވެއެވެ. ނަމަވެސް މިއީ ފަލަސްތީނުގެ ދިފާއުގައި ނިކުން މީހުންގެ އަދަދާއި އަޅާބަލާއިރު މަދު އަދަދެކެވެ.
މިއުދުވާނާއި އެއްކޮޅަށް މީސް މީޑިޔާގައިވެސް ބަޔަކުވަނީ ވަކާލާތުކޮށްފަ އެވެ. އެގޮތުން އަވައްޓެރި އިންޑިޔާގެ ރައްޔިތުންގެ ބަޔަކުވެސް ވަނީ އެމީހުން ތިބީ އިޒްރާއީލްއާއި އެކު ކަމަށް ބުނެ މީސްމީޑީޔާގައި އަޑު އުފުލާފަ އެވެ.
މީސް މިޑިޔާގައި އަޑު އުފުލާ އުޅުނީ އީޑިތް ކަހަލަ މަދު ބަޔެކެވެ. ”ރާއްޖެ އަށް ކުރެވޭނީ ކީއް؟ ވެއްޔާއި، އައިސް ކުރީމް ފޮނުވާނީތަ؟“ އީޑިތް ކިޔާ މީހަކު މިމޭރުމުން ކޮމެންޓް ކުރުމާއި އެކު ދިވެހިންވެސް ވަނީ ލަހެއް ފަހެއް ނުވެ އީޑިތްއަށް ކުރު ދޮށިން ދީފައެވެ. ރާއްޖެ ކިތަންމެ ކުޑަ ކަމުގައި ވީނަމަވެސް ރާއްޖެ އޮންނާނީ ފަލަސްތީނާއި އެއްކޮށްކަމަށް ބުނެ ތަންފުކެއްވެސް ދޫނުދިނެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުންވެސް ފެނިގެން ދިއައީ މިމަންޒަރެވެ. ތިރީގައި މިވާ 1:41 މިނެޓުގެ ވިޑިޔޯ ބަލާލުމުން އެކަން ތަސައްވަރު ކުރެވިގެން ދާނެ އެވެ.
ފަލަސްތީނާއި، ފަލަސްތީނުގެ ބިންތަކަށް ވެރިވެގެން އުޅޭ އިޒްރޭލާއި ދެމެދު މިފަހުން މައްސަލަ ހޫނުވެފައިވަނީ އިސްރޭލުން ހިންގާ ޢައިރު ޤާނޫނީ ޔަހޫދީން އާބާދުކުރުމުގެ މަޝްރޫޢުގެ ދަށުން ޝައިޚް ޖައްރާހް ކިޔާ އަވަށެއްގައި ދިރިއުޅޭ ފަލަސްތީން ރައްޔިތުން އެސަރަހައްދުން ނެރުމަށް މަސައްކަތް ފެށި ހިސާބުންނެވެ.
ޝައިޚް ޖައްރާހްގެ މައްސަލައިގައި ރަމަޟާން މަސް ފެށުނީއްސުރެއް އިޒްރޭލުގެ ފުލުހުންނާއި ފަލަސްތީނީންނާއި ދެމެދު ހަމަނުޖެހުންތައް ހިނގަމުން އައިސް އަލް އަޤްސާ ތެރެއަށް އިޒްރޭލު ސިފައިން ވަދެ މާތްވެގެންވާ ޚަރަމުގެ ހުރުމަތް ކެޑި ހިސާބުން ޢައްޒާގެ ހަމާސް ޖަމާޢަތުން މުސްލިމުންނާއި ޤުދުސްގެ ދިފާޢުގައި ނުކުމެ ވަނީ އިޒްރޭލުގެ އެތަން މިތަނަށް ރޮކެޓް ހަމަލާއިތަކާއި މީގެ ކުރިން ދީފައި ނުވާ ފަދަ ޑްރޯން ހަމަލާތައް ދީފަ އެވެ.
ދިވެހިން ފަލަސްްތީނާއެކު ތިބިކަން ހާމަކޮށްދިނުމުގެ ގޮތުން އިއްޔެ އާއި މިއަދު ހަވީރު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފަލަސްތީނުގެ ދިދަ ހިފައިގެން އަދި އިޒްރޭލްގެ ހަމަލާތަކާ ދެކޮޅަށް ދިވެހީން ވަނީ އަޑުއުފުލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!