ސިޙްރުވެރިޔާ ކުރާ ކޮންމެކަމެއްގެ ސުންޕާކަން ޖެހެނީ އޭނާއަށާއި އޭނާގެ ކައިރިން ސިޙްރުހެދުމަށް އެދޭ މީހަކަށް
ސިޙްރުވެރިޔާ ސިޙްރު ހަދަނީ ޙަޤީގަތަކަށް ނުވާ މަތިވެރިކަމެއް ހޯދައިގަތުމަށެވެ. އޭގެ ބަދަލުގައި އޭނާގެ ނަފްސަށް ނިކަމެތިކަންދީ ޝައިޠާނާ އޭނާއަށް އިހާނާތްތެރިކޮށް ހިތުމަށެވެ. ޝައިޚުލް އިސްލާމް ވިދާޅުވެފައިވެއެވެ. “ސިޙްރު ހެދުމާއި ތަރިތަކުން ބޭނުންތަކުގައި އެދުމާއި އެތަކެއްޗަށް ތަސްބީޙަކިޔުމާއި އެތަކެއްޗާއި މުޚާޠަބު ކުރުމާއި އެތަކެއްޗަށް ސަޖިދަކުރުމުގެ ތެރެއަށް ވަންނަމީހުން ތިބާ ދެކޭނެތެވެ. ހަމަކަށަވަރުން އެބައިމީހުންގެ ތެރެއިން އެކަންކުރާ މީހާގެ ބޭނުމަކީ ފައިސާއާއި ރިއާސަތެވެ. ފަހެ، އޭނާ ކާފަރުވެއެ...