ތިލަދުންމަތީ އެއްބައިވަންތަކަމުގެ ހަނދާން (3ވަނަ ބައި)
“އަޅުގަނޑުމެންއައި ދޯނި ނެރުންވަދެގެން އައިސް ގޮނޑުދޮށާ ކައިރިކޮށްލިތަނާ ކުއްލިއަކަށް ފެނުނީ، ރައްޔަތް އޮތްގޮތަށް ނިކުތްތަނެވެ. އެންމެންގެކުރީގައި، އެރަށު އަލަވަލު މޫސާއޭ ކިޔާ ބަނޑޭރިއަކު ހުއްޓެވެ. އެއްބައިމީހުންގެ ކޮނޑުމަތީގައި ކަނދުބުރިބުރިހުއްޓެވެ.” މަރާއި ދިރިތިބުން އޮތީވެސް ބަނޑުފުރާނަމުއްތި ކޮށްގެން ކަމަށްވީއިރު މީގެ 77 އަހަރު ކުރީން ތިލަދުންމަތީގެ ރަށްޔިތުން އަތުގުޅާލީ ހައްގުމިންވަރު ހޯދުމަށް ވީހާލެއްގައިވާށެވެ. ހައްޤު މިންވަރު ހޯދުމަށް އުތުރުގެ ރައްޔިތުން ކުރި ހިތްވަރުން ފުރިފައިވާ މަސައ...