ކޮވިޑް-19: މާސްކު އަޅަންވީ ގޮތާއިމެދު އެޗްޕީއޭގެ ލަފާ!
ދުނިޔޭގެ ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ވައިރަސް ކޮވިޑް-19 ނުވަތަ ނޮވެލް ކޮރޯނާ ވައިރަސް ފެތުރެން ފެށީއްސުރެ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އަންނަނީ އެވައިރަސްއާއި ބެހޭ މަޢުލޫމާތާއި، ސިއްޚީ ލަފާ ދިވެހިންނަށް ފޯރުކޮށް ދެމުންނެވެ. ކޮވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތާއި، ސިއްޚީ ހޭލުންތެރިކަމުގެ މައުލޫމާތު އަދި އާންމުން ހޭލުންތެރި ކުރުމުގެ ކަންކަން ކެނޑިނޭޅި ހިންގަމުންއަންނަ ސަރުކާރުގެ އިދާރާ، ނެޝަނަލް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އިރުޝާދުތަކަކީ މިބަލިން ރަ...