ފްލޮރިޑާއިން މައިކްރޯން އޭޝިއާގެ ކުޅިތަކު އުފެދިފައިވާ ޖަންގަލި ތަކުގައި އެއްކޮޅުން އަނެއްކޮޅަށް ފަތާލުމުން އެއްވެސް ފައެއް ނެތްނަމަވެސް ކަށިޖެހުމުގެ ޤާބިލުކަން ލިބިފައިވާ "ޖެލީ ފިޝް" ނުވަތަ މާވަރު ފެނުން އެކަށީގެންވެއެވެ. މި މާވަރުތަކުގައި ނުޖެހުނު ކަމުގައި ވިޔަސް ބައެއްފަހަރު ކަށިޖަހާ ކަމަށް ބުނެވެއެވެ.
މިއީ ވެދާނެ ކަމެއްތޯއެވެ؟ ކޮމިއުނިކޭޝަންސް ބައޮލޮޖީއިން ހޯދިފައިވާ ގޮތުގައި މިހެން ކަށި ޖެހުމުގެ ކުޅަދާނަކަން ލިބެނީ އިންސާނުންގެ ލޮލަށް ފެންނަވަރަށް ވުރެ ކުދި މައިކްރޮސްކޯޕިކް ވިހައެއް މިމާވަރުގެ ގައިން ދޫކުރާ ދަވަޒާތުގެ އެއްޗަކުންނެވެ.
"އަޕްސައިޑް-ޑައުން ޖެލީފިޝް" މިޒާތުގެ މާވަރަށް ބައެއްފަހަރު ކިޔައި އުޅެނީ މިމާވަރު އެކޮޅުކޮޅުން ކަނޑުއަޑީގައި އޮންނާތީ އެވެ.
މިބާވަތުގެ މާވަރުގެ މައުލޫމާތު އިތުރަށް ދެނެގަތުމަށް މީގެ ގަރުނުތަކެއްގެ ކުރިންފެށިފައި ވާ މަސައްކަތާއި ހޯދުންތަކުން، މި ފަދަ މާވަރު މާދުރުން އިންސާނުންނަށް ހަމަލާ ދޭގޮތް ދެނެގަތުމަށް ވަނީ ނުކުޅެދިފައެވެ.
ސްމިތްސޯނިއަން ނެޝަނަލް މިއުޒިއަމް އޮފް ނެޗުރަލް ހިސްޓަރީ ގެ މެރިން ބައޮލޮޖިސްޓް އަދި މިމާވަރާ ގުޅޭ ދިރާސާގެ ކޯ ލީޑަރު ކަމުގައިވާ ޝެރިލް އޭމްސް ބުނެފައިވާގޮތުގައި ހޯދުންތަކުން ލަފާކުރެވެނީ ދުރުން ކަށިޖެހުމާ މީގައި ނުޖެހި ކަށިޖެހުމުގެ ޤާބިލުކަން ލިބިފައިވަނީ މި މާވަރުގެ ދަވައިގެ ސަބަބުންނެވެ.
މިބާވަތުގެ މާވަރު ވަރަށް ގިނަ އަދަދަކަށް ދަވަ އުފައްދައެވެ. މިދަވައަކީ މަކުނުވާފަދަ އެއްޗެއްހެން މަސައްކަތް ކުރާ އެއްޗެކެވެ. މާވަރު ކެއުމަށް ބޭނުންވާ ކުދިކުދި ޝްރިމްޕާއި އެހެނިހެން ކުދި ސޫފި މިދަވައިގާ ހައްޔަރު ކުރުވައެވެ.
މިމާވަރު އުޅޭ ހިސާބެއްގައި ފަތާމީހެއްގެ ހަންގަނޑުން ކެހުމާއި އެކު ދިލަނަގައެވެ. އެއީ މިމާވަރު ދޫކުރާ ދަވައިގެ އަސަރު އިންސާނާގެ ހަށިގަނޑަށް އަސރުކޮށް އޭގެ ވިހައިގެ ސަބަބުންނެވެ. އޭމްސް އަދި އޭނާގެ ބައިވެރިން މާވަރުގެ ދަވަ މައިކްރޯސްކޯޕްގެ ޒަރިއްޔާއިން ދިރާސާކުރިއިރު ދަވާގެތެރޭ ކުދިއެއްޗެހިތަކެއް ދިރޭތަންފެނެއެވެ.
އޭމްސް ބުނެފައިވާގޮތިގައި މައިކްރޯސްކޯޕްއިން ދަވާގައި އެކުލެވިގެން ވާތަން ފެނުނު ދިރޭ އެއްޗެއްސަކީ މިމާވަރު ކާން ބޭނުންކުރި ޝްރިމްޕު މަރާލުމަށްއެހީތެރިވެދޭ " އޮޓޯނޯމްސް" އެވެ.
މިމާވަރު ދޫކުރާ ދަވާގެ އިތުރު ތަހުލީލު ތަށް މިހާރުވެސް ސައިސްވެރިން އަންނަނީ ކުރަމުނެނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!