މާފަރު އެއާޕޯޓު ކޯވިޑް ޓެސްޓް ސެންޓަރު ހުޅުވައިފި
ނ. މާފަރުގައި ތަރައްޤީކޮށް ފައިވާ، މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމްކުރި ކޯވިޑް ޓެސްޓް ސެންޓަރު މިއަދު ހުޅުވައިފިއެވެ. އެ ސެންޓަރު ހުޅުވުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީވާޗުއަލްކޮށެވެ. މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ބައިވެރިވެ ވަޑައިގެންނެވި ކަމަށް ހެލްތު މިނިސްޓްރީއިން ވަނީ ހާމަ ކުރަށްވާފައެވެ. މި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލައި، ފަތުރު ވެރިކަމަށް ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ފަށާފައި ވާއިރު، މާފަރު އެއާޕޯޓު އޮތް ސަރަހައްދަކ...