މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,854 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 991 ވަނަ ޞަފްޙާ

ކުރީގެ މިނިސްޓަރު އަލީ ވަހީދު ދިރިއުޅޭ ގެ ފުލުހުން ފާސްކުރަނީ

ކުރީގެ މިނިސްޓަރު އަލީ ވަހީދު ދިރިއުޅޭ ގެ ފުލުހުން ފާސްކުރަނީ

ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދިރިއުޅޭ ގެ ފުލުހުން ބަލާ ފާސްކުރަން ފަށައިފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ އެ އިދާރާއިން ތަހުގީގު ކުރަމުންދާ ޖިންސީ ގޯނާގެ މައްސަލައަކާއި ގުޅިގެން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދިރިއުޅޭ ގެ ބަލާ ފާސްކުރަމުންދާ ކަމަށެވެ. އެ ގެ ބަލާ ފާސްކުރަނީ ކޯޓް އަމުރެއްގެ ދަށުންނެވެ. މިމައްސަލައާއި ގުޅިގެން ފުލުހުން އިތުރު ތަފްޞީލް އަދި ހާމަ ކުރަށްވާފައެއް ނުވެއެވެ. […]

ޔުމްނާ ޢަލީ
ކޯވިޑް-19 އާއި ދެކޮޅަށް ކުރީ ސަފުގައި މަސައްކަތްކުރާ، ޞިއްޙީ ޚިދުމަތްތެރިންގެ ތެރޭގައި ގިނައީ އަންހެނުން: ރައީސް

ކޯވިޑް-19 އާއި ދެކޮޅަށް ކުރީ ސަފުގައި މަސައްކަތްކުރާ، ޞިއްޙީ ޚިދުމަތްތެރިންގެ ތެރޭގައި ގިނައީ އަންހެނުން: ރައީސް

ކޯވިޑް-19 ގެ ނުރައްކަލަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ އެއް ބަޔަކީ އަންހެނުން ކަމަށާއި، ކޯވިޑް-19 އާއި ދެކޮޅަށް އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ، ޞިއްޙީ ޚިދުމަތްތެރިންގެ ތެރޭގައި ގިނައީވެސް އަންހެނުން ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރާ ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ރައީސް ޞާލިޙް ފޮނުއްވި ޚިޠާބުގައި މި އަހަރުގެ ދުނިޔޭގެ އާބާދީ ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރު “ކޯވިޑް-19 ހުއްޓުމަށް: އަންހެނުންނާއި އަންހެން ކުދިންގެ ޞިއްޙަތު ރައްކާތެރި ކުރާނީ...

ޝިއުނާ އާދަމް
ރާޅު އަރާނެކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފި

ރާޅު އަރާނެކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފި

ކ. އަތޮޅުން  އައްޑޫ ސިޓީ އަށް ރާޅު އަރާފާނެ ކަމަށް ލަފާކުރެވޭތީ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އެސަރަހައްދަށް ރީނދޫ ސަމާލް ނެރެފިއެވެ. މެޓް އޮފީހުން ނެރުނު ސަމާލު މެސެޖުގައި ބުނެފައިވަނީ ކ. އަތޮޅުން  އައްޑޫ ސިޓީ އަށް މިރޭގެ 19:30 އާއި ހަމައަށް އެ ސަރަޙައްދަށް ބޯކޮށް އުދައިގެ ރާޅު އަރާފާނެ ކަމަށް ލަފާކޮށްފައެވެ. މެޓު އޮފީހުން ވަނީ މިއަދު ކ. އަތޮޅުން އައްޑޫ ސިޓީއަށް ރާޅު އެރުމުގެ ފުރުޞަތު އޮތް ކަމަށްވެސް ކުރިން ބުނެފައެވެ. […]

ޖަލްވާން ޖާދުﷲ
ށ. އަތޮޅުން ޅ. އަތޮޅަށް ބޯކޮށް ވާރޭވެހި ގުގުރާނެ: މެޓް އޮފީސް

ށ. އަތޮޅުން ޅ. އަތޮޅަށް ބޯކޮށް ވާރޭވެހި ގުގުރާނެ: މެޓް އޮފީސް

ށ. އަތޮޅުން ޅ. އަތޮޅަށް މިއަދު ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭތީ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އެސަރަހައްދަށް ވައިޓް އެލާޓް ނެރެފިއެވެ. މެޓް އޮފީހުން ނެރުނު ސަމާލު މެސެޖުގައި ބުނެފައިވަނީ ށ. އަތޮޅުން ޅ. އަތޮޅަށް މިރޭގެ 19:15 އާއި ހަމައަށް އެ ސަރަޙައްދަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށްފައެވެ. މެޓު އޮފީހުން ވަނީ މިއަދު ކ. އަތޮޅުން އައްޑޫ ސިޓީއަށް ރާޅު އެރުމުގެ ފުރުޞަތު އޮތް ކަމަށްވެސް ކުރިން ބުނެފައެވެ. މިދުވަސްވަރު އަންނަނީ […]

ޝިއުނާ އާދަމް

ސަރަހައްދީ ބަނދަރު ވިޔަފާރީ ގެ ވާދަވެރިކަމުގެ ތެރޭން މުދަލުގެ އަގުތިރިވާނެ

ސަރަހައްދީ ބަނދަރު ވިޔަފާރީ ގެ ވާދަވެރިކަމުގެ ތެރޭން މުދަލުގެ އަގުތިރިވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ. އިއްޔެ ކުރި ޓުވީޓެއްގައި ބޮންޑޭ ވިދާޅުވެފައިވަނީ ބޭރު ގައުމުތަކުން މުދާ ބަރުކޮށްގެން ރާއްޖެ ވަންނަ ކާގޯ ބޯޓުފަހަރު އަތޮޅުތައް ހުރަސްކޮށް، މާލޭ ގުރާބު ތުނޑިޔަށް މަރުކަޒު ކޮށްގެން ބާލާ ވިޔަފާރި މުދަލުގެ އަގު ކޮންޓްރޯލް ކުރާނީ މާލޭ ގުރާބު ތުނޑިންކަމަށެވެ. ބޮންޑޭގެ މިޓުވީޓްއަށް ރައްދު ދެއްވަމުން އަތޮޅުތައް ބާރުވެރިކުރުވ...

ޔުމްނާ ޢަލީ
މާލޭގެ 3 ސަރަހައްދަކުން 1 ގަޑިއިރަށް ކަރަންޓް ކަނޑާލަނީ

މާލޭގެ 3 ސަރަހައްދަކުން 1 ގަޑިއިރަށް ކަރަންޓް ކަނޑާލަނީ

މާދަމާ މާލޭގެ ތިން ސަރަހައްދަކުން އެއްގަޑިއިރަށް ކަރަންޓް ކަނޑާލެވޭނެ ކަމުގައި ސްޓެލްކޯއިން ހާމަކޮށްފިއެވެ. އެ ކުންފުނިން މިކަން ހާމަކޮށް މިރޭ ކޮށްފައިވާ ޓްވީޓުގައި ބުނެފައި ވަނީ އެ ކުންފުނީގެ ކަރަންޓް ޑިސްޓްރިބިއުޝަން ފޮށިތަކެއް ބަދަލު ކުރުމަށްޓަކައި 11 ޖުލައި 2020 ވާ ހޮނިހިރު ދުވަހު (މާދަމާ) ހެނދުނު 0930 އިން 1030 އަށް މާލޭގެ ތިން ސަރަހައްދަކުން ކަރަންޓް ކަނޑާލުމަށް ހަމަޖެހިފައިވާ ކަމަށެވެ. ކަރަންޓް ކަނޑާލުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކަކީ މައްޗަންގޮޅި ދިލްބަހާރުމަގު ހިމެނޭ ސަރަހައްދާއި، މާ...

އިބްރާހިމް ޚަލީލް
ކޯވިޑް-19: ލުއި ތަކަށްފަހު ބަލި ޖެހުން އިތުވަނީ، އަލަށް 64 މީހުން ޕޮޒިޓިވް ވެއްޖެ!

ކޯވިޑް-19: ލުއި ތަކަށްފަހު ބަލި ޖެހުން އިތުވަނީ، އަލަށް 64 މީހުން ޕޮޒިޓިވް ވެއްޖެ!

ކޯވިޑް-19 އަށް 64 މީހުން މިއަދު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ. އެޗްޕީއޭއިން ކުރި ޓްވީޓުގައި ބުނީ މިއަދު އިރުއޮއްސި 6:00 އާ ހަމައަށް އިތުރު 64 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަލަށް ޕޮޒިޓިވްވި 64 މީހުންގެ ތެރޭގައި ހިމެނެނީ 44 ދިވެހިންނާއި ބަންގްލަދޭޝްގެ 17 މީހުންނާއި އިންޑިއާ ދެ މީހުން އަދި ނޭޕާލްގެ މީހެއް ކަމަށް އެޗްޕީއޭއިން ބުންޏެވެ. އިއްޔެވެސް ރާއްޖެއިން ވަނީ 36 […]

ޝިއުނާ އާދަމް
ދެ ބާރަށް ގޮންޖެހުމުން ފިޔަވަޅު އެޅުމުގެ ބަދަލުގައި ހަދިޔާ ދޭ އުސޫލު ސަރުކާރުން ގެންގުޅޭނަމަ ޤާނޫނީ ވެރިކަމެއް ނުހިނގާނެ: އާޒިމް

ދެ ބާރަށް ގޮންޖެހުމުން ފިޔަވަޅު އެޅުމުގެ ބަދަލުގައި ހަދިޔާ ދޭ އުސޫލު ސަރުކާރުން ގެންގުޅޭނަމަ ޤާނޫނީ ވެރިކަމެއް ނުހިނގާނެ: އާޒިމް

ދައުލަތުގެ ދެ ބާރަށް ގޮންޖެހުމަށްފަހު ޤާނޫނާއި ޚިލާފު އަމަލެއް ހިންގުމުން އެމައްސަލަ ބަލައި، ފިޔަވަޅު އެޅުމުގެ ބަދަލުގައި ހަދިޔާދޭ އުސޫލެއް ސަރުކާރުން ގެންގުޅޭނަމަ ޤާނޫނީ ވެރިކަމެއް ނުހިނގާނެ ކަމަށް މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެމްބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ. ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރުކަންވެސް ކުރަށްވާ އާޒިމް މިހެން ވިދާޅުވީ “އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖު މެޗުތައް ބާއްވަން ރާއްޖޭން ބިޑްކުރަނީ” ސުރުޚީ ދަށުގައި […]

އަލީ އާދިލް
ކަރަންޓީންކޮށްފައި ތިއްބާ ފިލައިގެން އުޅޭ ބަންގްލަދޭޝް ބަޔަކު ހޯދަން އިއުލާންކޮށްފި

ކަރަންޓީންކޮށްފައި ތިއްބާ ފިލައިގެން އުޅޭ ބަންގްލަދޭޝް ބަޔަކު ހޯދަން އިއުލާންކޮށްފި

ކަރަންޓީންކޮށްފައި ތިއްބާ ފިލައިގެން އުޅޭ ބަންގްލަދޭޝް ބަޔަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ. ފުލުހުން ބުނެފައިވަނީ މިމީހުންނަކީ ފުރަބަންދާ ގުޅިގެން އެކި އެކި ކަރަންޓީން ފެސިލިޓީ ތަކުގައި ބައިތިއްބާފައި ތިއްބާ ފިލާފައިވާބަޔެއް ކަމަށެވެ. އަދި މިމީހުންނަކީ ގަވާއިދާ ހިލާފަށް އުޅޭތީ އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންއަންނަ ފަރާތްތަކެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. ފުލުހުން ބުނީ އެމީހުން ހޯދުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފ...

ޖަލްވާން ޖާދުﷲ
ކުރިއަށް އޮތް 3 ދުވަހު ބައެއް ރަށްތަކަށް ރާޅު އެރުމުގެ ފުރުސަތު ބޮޑު: މެޓް

ކުރިއަށް އޮތް 3 ދުވަހު ބައެއް ރަށްތަކަށް ރާޅު އެރުމުގެ ފުރުސަތު ބޮޑު: މެޓް

ކުރިއަށް އޮތް 3 ދުވަހު ބައެއް ރަށްތަކަށް ރާޅު އެރުމުގެ ފުރުސަތު ބޮޑުކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން (މެޓް) އޮފީހުން ބުނެފިއެވެ. މޫސުމާއި ބެހޭ މަޢުލޫމާތު ހިއްސާކުރަމުން ބުނެފައިވަނި ރާއްޖެއާއި ދުރުން، ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ދިގު ބާނިތައް ހަމައަށް ފޯރާނެ ކަމަށް ނިމުތު ކުރެވޭތީވެ، ކުރިއަށް އޮތް 3 ދުވަހު ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ރާޅު އެރުމުގެ ފުރުސަތު ބޮޑުކަމަށް ދަންނަވާކަމަށެވެ. ޚާއްސަކޮށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މިކަމުގެ އަސަރު ބޮޑުވެގެންދާނެ ކަމަށް […...

އިބްރާހިމް އަސްވާޤް
ނައިބު ރައީސްގެ ޝުކުރު ދީނީ ޢިލްމު ވެރިންނަށް

ނައިބު ރައީސްގެ ޝުކުރު ދީނީ ޢިލްމު ވެރިންނަށް

ކޯވިޑް-19 ގެ ތެރޭގައި ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގައި ދީނީ އެއްބައިވަންތަކަށް އާލާކުރުމަށް ދީނީ ޢިލްމުވެރިން ކުރެއްވި މިންނެތް މަސައްކަތްތައް ފާހަގަކުރައްވައި، އެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ޝުކުރު އަދާކުރައްވައިފިއެވެ. ނައިބު ރައީސް ފައިޞަލް ނަސީމް ވަނީ ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ރޭ ގައި ބައްދަލު ކުރަށްވާފައިއެވެ. މިބައްދަލު ކޮށްލެއްވުން އޮތީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. މިބައްދަލު ކޮށްލެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި،...

ޝިއުނާ އާދަމް
ކޯވިޑަށް ޕޮޒިޓިވްވި ބިދޭސީއެއް ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްފި

ކޯވިޑަށް ޕޮޒިޓިވްވި ބިދޭސީއެއް ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްފި

ކޯވިޑް-19 އަށް ޕޮޒިޓިވްވި ބިދޭސީއަކު ފިލައިގެން އުޅެނިކޮށް މިއަދު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ ކޯވިޑަށް ޕޮޒިޓިވްވި މީހަކު ފިލައިގެން އުޅެނިކޮށް އޭނާ ހޯދުމަށްފަހު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭނާ ހޯދަން އާޓިފިޝަލް ބީޗް ސަރަހައްދަށް އެޗްޕީއޭގެ ޓީމާއެކު ފުލުހުން ދިއުމުން އެ ސަރަހައްދަށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ އެއްވެފައެވެ. މީގެ ކުރިންވެސް ކޯވިޑަށް ޕޮޒިޓިވްވި ބައެއް ބިދޭސީން ފިލި މައްސަލަ ވަނީ ފެންމަތި ވެފައެވެ. ރާއްޖެއިން މިހާތަނަށް 2553 މީހުން ކޯވިޑަށް ޕޮޒިޓިވް ވެފައިވާއިރު، […]

ޝިއުނާ އާދަމް
ކޯވިޑާއި ގުޅިގެން ކުރިއަށް އޮތް ތަނުގައި ޢަމަލު ކުރަށްވަން ނިންމަވާނެ ގޮތްތަކާއި މެދު ރައީސް މަޝްވަރާ ކުރަށްވައިފި

ކޯވިޑާއި ގުޅިގެން ކުރިއަށް އޮތް ތަނުގައި ޢަމަލު ކުރަށްވަން ނިންމަވާނެ ގޮތްތަކާއި މެދު ރައީސް މަޝްވަރާ ކުރަށްވައިފި

ރާއްޖޭގައި ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އިޢުލާނު ކުރެވުނު ފުރަބަންދުގެ ޙާލަތަށް ދިން ލުއިތަކާއި ގުޅިގެން ނުކުތް ނަތީޖާތަކަށް ބިނާކޮށް، ކުރިއަށް އޮތް ދުވަސްތަކުގައި ޢަމަލު ކުރެއްވުމަށް ނިންމަވާނެ ގޮތްތަކާއި ގުޅޭގޮތުން، ކަމާގުޅޭ އިދާރާތަކުގެ އިސް ވެރިންނާއި ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަޝްވަރާ ކުރައްވައިފިއެވެ. ރައީސް އޮފީހުން ބުނީ މިބައްދަލުވުން އޮތީ މިއަދު ހަވީރު ރައީސް އޮފީހުގައި ކަމަށެވެ. އަދި މިއަދު މި ބޭއްވެވި މި ބައްދަލުކުރެއްވުމުކީ ނެޝަނަލް އެމަ...

ޔުމްނާ ޢަލީ
ޓޫރިޒަމްގެ ޕޮލިސީ ޑައިރެކްޓަރު ހައްސާނު މަގާމުން ވަކިކޮށްފި

ޓޫރިޒަމްގެ ޕޮލިސީ ޑައިރެކްޓަރު ހައްސާނު މަގާމުން ވަކިކޮށްފި

ޓޫރިޒަމް މިނިސްޓްރީގެ ސީނިޔާ ޕޮލިސީ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ހައްސާން ފުއާދުވެސް މަގާމުން ވަކިކޮށްފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ބައެއް މީޑިއާތަކަށް ވިދާޅުވީ ހައްސާން ވަކިކުރީ މިނިސްޓަރު އަލީ ވަހީދުވެސް ވަކިކުރި މައްސަލައާ ގުޅިގެން ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ. ހައްސާން ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައިވެސް ޓޫރިޒަމް މިނިސްޓްރީގައި ސިޔާސީ މަގާމެއް ފުރުއްވާފައެވެ. އަދި އޭނާ ވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީ...

ޝިއުނާ އާދަމް
ފުލުހުންގެ އިސް މަޤާމުތަކަށް ބަދަލު ގެނެސްފި

ފުލުހުންގެ އިސް މަޤާމުތަކަށް ބަދަލު ގެނެސްފި

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބައެއް ޑިޕާޓްމަންޓްތަކުގެ އިސްމަޤާމުތަކަށް ބަދަލު ގެނެސްފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ. އެގޮތުން ގެނެސްފައިވާ ބަދަލުތަކަކީ ރިސޯސް މެނޭޖްމަންޓުގެ ހެޑްގެ މަޤާމަަށް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޑރ. ޢަބްދުﷲ ފައިރޫޝް އައްޔަންކުރެއްވުމާއި ޑިވިޜަނަލް ޕޮލިސިންގ ކޮމާންޑުގެ ހެޑްގެ މަޤާމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދު އައްޔަންކުރެއްވުމުގެ އިތުރުން ޑިވިޜަނަލް ޕޮލިސިންގ ކޮމާންޑުގެ ނޮދަރން ޑިވިޜަންގެ ހެޑްގެ މަޤާމަށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް...

ޔުމްނާ ޢަލީ