މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,855 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 989 ވަނަ ޞަފްޙާ

މާދަމާ ރާއްޖެ ހުޅުވާލާއިރު އެއަރޕޯޓްގެ ތައްޔާރީތައް ރައީސް ބައްލަވާ ލައްވައިފި

މާދަމާ ރާއްޖެ ހުޅުވާލާއިރު އެއަރޕޯޓްގެ ތައްޔާރީތައް ރައީސް ބައްލަވާ ލައްވައިފި

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، މާދަމާ އަލުން ހުޅުވާލާއިރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ވެފައިވާ ތައްޔާރީތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްލަވާލައްވައި ފިއެވެ. ރައީސް އޮފީހުން ބުނީ ރައީސް ޞާލިޙް މިއަދު ހަވީރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ކުރެއްވި މި ޒިޔާރަތުގައި، ވެލާނާ އިންޓަރނޭޝަން އެއަރޕޯޓުގެ އިންޓަރނޭޝަނަލް ޓަރމިނަލްގެ އެރައިވަލް އަދި ޑިޕާޗަރ ޓަރމިނަލަށް ޒިޔާރަތްކުރައްވައި، އެތަންތަނުގައި ވެފައިވާ ތައްޔާރީތައް ބައްލަ...

ޝިއުނާ އާދަމް
ރާއްޖެއިން ކޯވިޑް-19 ގެ 14 ވަނަ މަރު!

ރާއްޖެއިން ކޯވިޑް-19 ގެ 14 ވަނަ މަރު!

ކޯވިޑް-19 ބައްޔަށް ފަރުވާ ދެމުންދިޔަ ޢުމުރުން 79 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. މިއީ ރާއްޖޭގައި މި ބަލީގައި ނިޔާވި 14 ވަނަ މީހާއެވެ. 79 އަހަރުގެ މި އަންހެން މިހާ ނިޔާވީ ހުޅުމާލޭގައި ޤާއިމުކޮށްފައިވާ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދަނިކޮށް މިއަދު ހަވީރު 05:05 ގައި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 14 މީހަކު […]

ޔުމްނާ ޢަލީ
އަދީބުގެ މައްސަލަ އިސްތިއުނާފަށް ހުށަހަޅަނީ

އަދީބުގެ މައްސަލަ އިސްތިއުނާފަށް ހުށަހަޅަނީ

ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ހުރިހާ ދައުވާތަކެއް މިއަދު ކްރިމިނަލް ކޯޓުން ބޭރުކޮށްލާފައިވާތީ އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ނިންމަވައިފިއެވެ. މިކަން ހާމަކުރެއްވީ ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމެވެ. ޕީޖީ ޝަމީމް ވިދާޅުވީ، އަދީބުގެ މައްސަލަ މާދަމާ ހައިކޯޓްގައި އިސްތިއުނާފް ކުރައްވާނެކަމަށާއި، އިސްތިއުނާފްގެ ލިޔެކިއުންތައް މާދަމާގެ ހެނދުނުގެ...

ޔުމްނާ ޢަލީ
17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާކޮށް ބިރު ދައްކާ ޖިންސީ ފުރައްސާރަ ކުރިމައްސަލައެއް ބަލަނީ

17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާކޮށް ބިރު ދައްކާ ޖިންސީ ފުރައްސާރަ ކުރިމައްސަލައެއް ބަލަނީ

މާލޭގައި 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާކޮށް، ބިރު ދައްކާ، ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާކޮށް ބިރު ދައްކާ ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ރޭ ފަތިހުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅިފައި ވާކަމަށެވެ. އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި ފުލުހުން ދަނީ އެމައްސަލަ ތަހުގީގު ކުރަމުން ކަމަށްވެސް ފުލުހުން […]

ޝިއުނާ އާދަމް
ހުޅުމާލެ ކައިރިން ފެތިފައިވާ ދޯންޏެއް އޮޔާދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ހުޅުމާލެ ކައިރިން ފެތިފައިވާ ދޯންޏެއް އޮޔާދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ފެތިފައިވާ ދޯންޏެއް އޮޔާދާތީ ދަތުރުކުރާ އުޅަނދުތަކުން ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފިއެވެ. ނޫސްތަކަށް މަޢުލޫމާތުދެމުން އެމްއެންޑީއެފްއިން ބުނެފައިވަނީ ހުޅުމާލެއާއި ޕެރަޑައިޒް އައިލެންޓް ރިސޯޓާއި ދޭތެރޭ ކަނޑުއޮޅިން ފެތިފައިވާ ދޯންޏެއް އޮޔާދާތީ ދަތުރުކުރާ އުޅަނދުތަކުން ސަމާލުވުމަށް އިލްތިމާސްކުރާކަމަށެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މި ދޯނި އޮޔާދަނީ ބޮޑުކަޅިން ނުކުމެގެން ބޭރަށް އިރުމައްޗަށްވާގޮތަށެވެ. މި ދޯނީގެ ގެގަނޑުން ބައެއް ފެންމަތިން ފެންނަން ހުރިއިރު، މި ދޯންޏަކީ 60 ފޫޓްގެ...

އިބްރާހިމް އަސްވާޤް
މިއީ މަހްކަމަތުއްދާޚިލިއްޔާ ގެ ޒަމާނެއް ނޫން، ހައްޤެއް ނިގުޅައެއް ނުގަނެވޭނެ: އެމްޕީ ވަހީދު

މިއީ މަހްކަމަތުއްދާޚިލިއްޔާ ގެ ޒަމާނެއް ނޫން، ހައްޤެއް ނިގުޅައެއް ނުގަނެވޭނެ: އެމްޕީ ވަހީދު

މިއީ މަހްކަމަތުއްދާޚިލިއްޔާ ގެ ޒަމާނެއް ނޫންކަމަށާއި ޤާނޫނުއަސާސީން މުޠްލަޤަށް ދީފައިވާ ހައްޤެއް ނިގުޅައެއް ނުގަނެވޭނެކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ. މާލޭގައި އެއްވުން ބޭއްވޭނީ ކާނިވާ ސަރަހައްދުގައި އެކަނިކަމަށް ބަޔާންކޮށް ހޯމް މިނިސްޓްރީން މިއަދު ނެރުނު އިޢުލާން އަށް ރައްދު ދެއްވާ ވައްޑެ މިހެން ވިދާޅުވެފައިވާއިރު މިކަމަށް ގިނަބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އެ މިނިސްޓްރީއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ދިވެހި ރާއްޖޭގެ ވެރިކަން ކުރާ މާލ...

އަލީ އާދިލް
ސިވިލް ސަރވިސް ކޮމިޝަނުން ހުސްވެފައިވާ މަޤާމުތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި

ސިވިލް ސަރވިސް ކޮމިޝަނުން ހުސްވެފައިވާ މަޤާމުތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި

ސިވިލް ސަރވިސް ކޮމިޝަންގެ ހުސްވެފައިވާ 4 މެމްބަރުންގެ މަޤާމަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކޮށްފައިވާ އިޢުލާނުގައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 187 ވަނަ މާއްދާއާއި، އަދި ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގައިވާ ގޮތުގެމަތިން ސިވިލް ސަރވިސް ކޮމިޝަންގެ 4 މެންބަރުންގެ މަޤާމު ހުސްވުމާގުޅިގެން، ޤާނޫނު ނަންބަރު 7/2010 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ [...

އިބްރާހިމް ޚަލީލް
މާލޭގައި އެއްވުން ބޭއްވޭނީ ކާނިވާ ސަރަހައްދުގައި އެކަނި: ހޯމް މިނިސްޓްރީ

މާލޭގައި އެއްވުން ބޭއްވޭނީ ކާނިވާ ސަރަހައްދުގައި އެކަނި: ހޯމް މިނިސްޓްރީ

މާލޭގައި ބާއްވާ އެއްވުންތައް ދެން ބޭއްވޭނީ ހެންވޭރު ކާނިވާ ސަރަހައްދުގައި އެކަނި ކަމަށް މިނިސްޓްރީ އޮފް ހޯމަ އެފެއާޒްއިން ބުނެފިއެވެ. އެ މިނިސްޓްރީއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ދިވެހި ރާއްޖޭގެ ވެރިކަން ކުރާ މާލޭގައި ދެން އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދު ބުރެއް ބޭއްވޭނީ މޯލްޑިވްސް ޕޮލިސް ސާވިސްއިން ދޭ ހުއްދައަކާއި އެކު  ހެންވޭރު ކާނިވާ  ސަރަހައްދުގައި  އެކަނި  ކަމަށެވެ. އެ މިނިސްޓްރީއިން އިން މިގޮތަށް ބުނެފައިވަނީ، މި ދުވަސްވަރަކީ ކޯވިޑް […]

ޔުމްނާ ޢަލީ
އަދީބު މިނިވަން ވެއްޖެ

އަދީބު މިނިވަން ވެއްޖެ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ މައްޗަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ގެ ފަރާތުން ފަހުން އުފުލި ހަތް ދައުވާ އުފުލާފައި ވަނީ ގާނޫނީ ހަމަތަކާ ހިލާފަށް ކަމަށް ނިންމައި އެ މައްސަލަތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފިއެވެ. ގިނަ ދުވަސްތަކެއްވަންދެން ބަންދުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިނިވަންވީ އޭނާގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާ މިއަދު ކުރިމިނަލް ކޯޓުން ބާތިލް ކުރުމާއެކު އެވެ. އޭނާގެ މައްޗަށް މިހާރު ޖަލު ހުކުމެއް ނެތްއިރު، […]

ޔުމްނާ ޢަލީ
ރިޔާސީ ދެ ކޮމިޝަންވެސް ފެއިލްވެއްޖެ، އުވާލަންޖެހޭ: ރައީސް ނަޝީދު

ރިޔާސީ ދެ ކޮމިޝަންވެސް ފެއިލްވެއްޖެ، އުވާލަންޖެހޭ: ރައީސް ނަޝީދު

ރިޔާސީ ކޮމިޝަންގެ ޤާނޫނުގެ ދަށުން އުފައްދަވާފައިވާ ގެއްލިފައިވާ މީހުންނާއި މަރާލެވިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އެކުލަވާލާފައިވާ ކޮމިޝަނާއި، ދައުލަތުން ގެއްލިފައިވާ ފައިސާތައް ހޯދުމަށް އެކުލަވާލި ދެކޮމިޝަންވެސް ފެއިލްވެފައިވާ ކަމަށާއި އެދެކޮމިޝަންވެސް އުވާލަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސް ނިމިއްޖެކަން އިއުލާނުކުރ...

ޔުމްނާ ޢަލީ
ބަލި ފެތުރުން އިތުރުވެފައި ވާތީ އެޗްޕީއޭގެ އެންގުންތަކާއި އެއްގޮތަށް އަމަލުކޮށްދޭން އެދިއްޖެ

ބަލި ފެތުރުން އިތުރުވެފައި ވާތީ އެޗްޕީއޭގެ އެންގުންތަކާއި އެއްގޮތަށް އަމަލުކޮށްދޭން އެދިއްޖެ

ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން ދާތީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމު ކޮށްފައިވާ އުސޫލުތަކާއި އެންގުންތަކާއި އެއްގޮތަށް އަމަލު ކޮށްދިނުމަށް އެޗްޕީއޭއިން އެދިއްޖެއެވެ. މީގެ އިތުރުން އެޗްޕީއޭއިން ވަނީ މަސައްކަތުގެ މާހައުލުގައި ޢަމަލުކުރަން ކަމާއި ގުޅޭ އިދާރާތަކުން ތައްޔާރުކޮށްފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް ޢަމަލުކުރުމަށްވެސް އެދިފައެވެ. މިދުވަސްވަރު ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުން ދާތީ އެޗްޕީއޭއިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޯވިޑ...

ޝިއުނާ އާދަމް
ބިދޭސީން ހިންގަމުންދާ ހަމަ ނުޖެހުން ތަކަކީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ރައީސަށް ލަފާ އަރުވައިފި

ބިދޭސީން ހިންގަމުންދާ ހަމަ ނުޖެހުން ތަކަކީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ރައީސަށް ލަފާ އަރުވައިފި

މިހާރަކަށް އައިސް ރާއްޖޭގައި މަސައްކަތްކުރާ ބައެއް ބިދޭސީން އެއްވުންތައް ބާއްވައި ހަމަނުޖެހުން ހިންގައި ރާއްޖޭގެ ސަލާމަތީ ޚިދުމަތްދޭ ފަރާތްތަކާ ކުރިމަތިލައި، ޢާންމު ރައްޔިތުންނާ ދައުލަތުގެ މުދަލަށް ގެއްލުން ލިބޭ ގޮތަށް ހިންގަމުންދާ ޢަމަލުތަކަކީ ދިވެހިރާއްޖޭގެ ދާޚިލީ އަމްނާ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ރައީސް ޞާލިޙަށް ލަފާ އަރުވައިފިއެވެ. ރައީސް އޮފީހުން ބުނީ ފަހަކަށް އައިސް ރާއްޖޭގައި މަސައްކަތް ކުރާ ބައެއް ބިދޭސީން ބާއްވަމުންދާ މުޒާހަރާތަކާއި ހިންގަމުންދާ ހަމަނުޖެހުންތައް އިތުރު...

ޝިއުނާ އާދަމް
ބިދޭސީންގެ މައްސަލަ ހައްދު ފަހަނާ އަޅައި ދިޔައީ މިދިޔަ ސަރުކާރުގައި: އެމްޕީ ހަލީމް

ބިދޭސީންގެ މައްސަލަ ހައްދު ފަހަނާ އަޅައި ދިޔައީ މިދިޔަ ސަރުކާރުގައި: އެމްޕީ ހަލީމް

ރާއްޖެއަށް ކުރިމަތި ވެފައިވާ ބިދޭސީންގެ މައްސަލަ ހައްދު ފަހަނާ އަޅައިދިޔައީ މިދިޔަ ސަރުކާރުގައި ކަމަށް މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް (ދޮންބިލެތް އަހުމަދު ހަލީމް) ވިދާޅު ވެއްޖެއެވެ. މިއަދު އޮތް މަޖިލިސް ޖަލްސާއަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން އޭނާ ހުށަހެޅުއްވި ރާއްޖޭގައި ބޮޑު ވެފައިވާ ބިދޭސީންގެ މައްސަލައާއި ގުޅޭ ކުއްލި މައްސަލައިގެ ބަހުސްގައި އޭނާ ވިދާޅުވީ ވޭތުވެދިޔަ ހުރިހާ ސަރުކާތަކެއްގައި ވެސް މި މައްސަލަ އޮތް ކަމަށެވެ. އެހެންނަމަވެސް […]

ޝިއުނާ އާދަމް
ކޯވިޑް-19: މިއަދުވެސް 31 މީހުންނަށް ބަލި ޖެހިއްޖެ

ކޯވިޑް-19: މިއަދުވެސް 31 މީހުންނަށް ބަލި ޖެހިއްޖެ

ކޯވިޑް-19 އަށް 31 މީހުން މިއަދު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ. އެޗްޕީއޭއިން ކުރި ޓްވީޓުގައި ބުނީ މިއަދު އިރުއޮއްސި 6:00 އާ ހަމައަށް އިތުރު 31 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަލަށް ޕޮޒިޓިވްވި 31 މީހުންގެ ތެރޭގައި ހިމެނެނީ 22 ދިވެހިންނާއި ބަންގްލަދޭޝްގެ 8 މީހުންނާއި އިންޑިއާ މީހެއް ކަމަށް އެޗްޕީއޭއިން ބުންޏެވެ. އިއްޔެވެސް ރާއްޖެއިން ވަނީ 67 މީހުން މިބައްޔަށް ޕޮޒިޓިވްވެފައެވެ. އެ […]

ޝިއުނާ އާދަމް
މިއަދު ހުޅުމާލޭގައި ހިނގި ހަމަނުޖެހުމުގައި ބައިވެރިވި މީހުންނަށް ހަރުކަށި ފިޔަވަޅު އަޅާންނަން: ފުލުހުން

މިއަދު ހުޅުމާލޭގައި ހިނގި ހަމަނުޖެހުމުގައި ބައިވެރިވި މީހުންނަށް ހަރުކަށި ފިޔަވަޅު އަޅާންނަން: ފުލުހުން

މާލޭގެ މަގުތަކުގެ އަމާންކަން ނަގާލައި ދައުލަތާއި ރައްޔިތުންގެ މުދަލަށް ގެއްލުންދިނުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި، މި އަމަލު ހިންގުމުގައި ބައިވެރިވި މީހުންނާއި މެދު ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ. މިއަދު ހުޅުމާލޭގައި ބިދޭސީ މަސައްކަތްތެރިންގެ ބަޔަކު ހިންގި ހަމަނުޖެހުމާއި ގުޅޭގޮތުން ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއަދު ހެނދުނު ބިދޭސީ މަސައްކަތްތެރިންގެ ބަޔަކަށް ލި...

ޝިއުނާ އާދަމް