ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބަހައްޓަން ހައިކޯޓުން އަމުރުކޮށްފި
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކުރިމިނަލް ކޯޓުން ބާތިލުކުރި މައްސަލައިގެ އިސްތިއުނާފު ޝަރީއަތް ނިމެންދެން އޭނާ ރިމާންޑު ޖަލެއްގައި ބަންދުގައި ބެހެއްޓުމަށް މިއަދު ހައިކޯޓުން އަމުރުކޮށްފި އެވެ. އަދީބާ ދެކޮޅަށް ކްރިމިނަލް ކޯޓަށް ހުށައަޅާފައިވާ 7 ދަޢުވާ މިމަހުގެ 14 ވަނަ ދުވަހު އެ ކޯޓުން ބޭރުކޮއްލުމާއި ގުޅިގެން އެމައްސަލަތައް އިސްތިއުނާފުކުރުމަށް ދައުލަތުން ހައިކޯޓަށް ހުށައެޅުމުން މިއަދުވަނީ އެމަސައްލައިގެ ޝަރީއަތް ފަށާފައެެވެ. މިއަދުގެ އަޑުއެހުންތަކަކީ އިސްތި...