ނޫމަސް ދޯނި ތިލަފުށި ކައިރި ފަރަށް އަރައިފި
ތިލަފުށި އުތުރު ނެރު ކައިރި ފަރަށް ދޯންޏެއް އަރައިގެން އެމްއެންޑީއެފް ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ ތިލަފުށި އުތުރު ނެރު ކައިރި ފަރަށް އަރާފައި ވަނީ ބ. އަތޮޅުން، ކ. ތިލަފުށްޓަށް ދަތުރުކުރި “ނޫމަސް” ދޯނި ކަމަށެވެ. އެ ދޯނީގައި 3 މީހުން ތިބި ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ. އެއީ ދިވެއްސަކާއި ދެ ބިދޭސީއެކެވެ. މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު ހެންދުނު 05:46 ހާއިރު ކަމަށާއި، އެ ސަރަހައްދުގައި އެމްއެންޑީއެފްގެ ޑިވަރުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށ...