މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (01:00 އިން 07:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,857 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 971 ވަނަ ޞަފްޙާ

ޑީއާރުޕީގެ ވެރިކަމެއްގައި 7 ރުފިޔާއަށް ޑޮލަރެއް ލިބޭނެ: ޖާބިރު

ޑީއާރުޕީގެ ވެރިކަމެއްގައި 7 ރުފިޔާއަށް ޑޮލަރެއް ލިބޭނެ: ޖާބިރު

ޑީއާރުޕީގެ ވެރިކަމެއްގައި 7 ރުފިޔާއަށް ޑޮލަރެއް ލިބޭނެކަމަށް ޑީއާރުޕީގެ ލީޑަރ އަދި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ. ޖާބިރު މިހެން ވިދާޅުވީ މަސްވެރިންގެ މާކެޓްއަށާއި ދަނޑުވެރިންގެ މާކެޓަށް ޒިޔާރާތްކޮށް އެފަރަތްތަކުގެ ކަންބޮޑުވުން އައްސަވާ އެސަރަހައްދުގައި ހުންނަވައިގެން އަޑުގަދަ ކުރާބޭނުން ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ދިވެހި ރާއްޖޭގެ އެންމެހާ ރައްޔިތުންނޭ! އަޅުގަނޑުމެންގެ ޑީއާރުޕީގެ ވެރިކަމެއްގައި 7 ރުފިޔާއަށް ޑޮލަރު ލިބޭނެ، ހަމަ މިހާރުން މިހާރަށް ޗައިނާ ސަރުކާރާއި...

އަލީ އާދިލް
ހާލަތު ބަލަން ނުގުޅޭ މީހުންގެ ލިސްޓެއް އަނެއްކާވެސް އާންމުކޮށްފި

ހާލަތު ބަލަން ނުގުޅޭ މީހުންގެ ލިސްޓެއް އަނެއްކާވެސް އާންމުކޮށްފި

ހިޔާ މަޝްރޫގެ ފްލެޓްތަކަށް އެދި ފޯމު ލާފައިވާ މީހުންގެ ތެރެއިން ހާލަތު ބަލަން ނުގުޅޭ މީހުންގެ ލިސްޓު ރައީސް އޮފީހުން މިއަދު އާންމުކޮށްފި އެވެ. ހިޔާ ފްލެޓްތައް ދޫކުރުމުގެ ކުރިން އެ ފްލެޓްތަކަށް އެދި ހުށަހަޅާފައިވާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ދިރިއުޅުމުގެ ހާލަތު ބަލަން ގުޅައި އެމީހަކު ދިރިއުޅޭ ތަނަކަށް ޒިޔާރާތް ކުރެ އެވެ. ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން އާންމުކޮށްފައި ވަނީ މިގޮތަށް ގުޅި ގުޅުމުން ދީފައިވާ ނަންބަރަށް ނުގުޅޭ މީހުންގެ ނަންތަކެވެ. […]

އަލީ އާދިލް
އެއާޕޯޓް އަލިފާނުގެ ހާދިސާގައި ފިހުނު މީހާ އައިސީޔޫގައި ނިޔާވެއްޖެ

އެއާޕޯޓް އަލިފާނުގެ ހާދިސާގައި ފިހުނު މީހާ އައިސީޔޫގައި ނިޔާވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މިދިޔަ ހޯމަ ދުވަހު ހަވީރު ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އެމްއޭސީއެލްގެ މުވައްޒަފަށް އައިސުޔޫގައި ފަރުވާ ދެމުން ގެންދަނިކޮށް މިއަދު ނިޔާވެއްޖެ އެވެ. އަލިފާނުގެ ހާދިސާގައި ފިހިފައި ވަނީ، އެމްއޭސީއެލްގައި ވަޒީފާއަދާކުރަމުން ދިޔަ އެކުންފުނީގައި ވަޒީފާ އަދާކުރަމުން ދިޔަ، އުމުރުން 46 އަހަރުގެ އިސްމާއިލް ރަޝީދެވެ. އޭނާ ނިޔާވެފައިވާކަން ހާމަކުރަމުން އެމްއޭސީއެލްއިން ކުރި ޓުވީޓެއްގައިބުނެފައި ވަނީ އޭނާއަކީ، 26 އަހަރުގެ ދިގު މުއްދަތެއްގައި އެކުންފުންޏަށް އިހްލާސްތެރ...

ޝިއުނާ އާދަމް
ތިނަދޫ ހޮސްޕިޓަލް ބޮޑުކުރުމަށް ބިން ސާފުކުރަން އެމްޓީސީސީން ފަށައިފި

ތިނަދޫ ހޮސްޕިޓަލް ބޮޑުކުރުމަށް ބިން ސާފުކުރަން އެމްޓީސީސީން ފަށައިފި

ގދ. ތިނަދޫގައި ހުންނަ ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ބޮޑުކުރުމުގެ މަޝްރޫޢުގެ ދަށުން، އެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބިން ސާފުކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ފަށައިފިއެވެ. މިކަމާއި ގުޅިގެން މިއަދު އެ ކުންފުނިން ބުނެފައިވަނީ ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ބޮޑު ކުރުމަށް ޓަކައި އެ މަޝްރޫޢުގެ ދަށުން އެތަނުގެ ބިން ސާފުކުރުމުގެ މަސައްކަތް މިހާރު އެ ކުންފުނިން ފަށައިގެން ކުރިއަށް ދާ ކަމަށެވެ. އިތުރަށް ބުނެފައިވަނީ މިނިސްޓް...

އިބްރާހިމް ޚަލީލް
"މާލެ ސަރަހައްދުގައި ބްރިޖުތައް ކުރިޔަށް، ރަށްރަށުގައި ބޮލަށް އަޅަން ނަޖިސްފެން"

"މާލެ ސަރަހައްދުގައި ބްރިޖުތައް ކުރިޔަށް، ރަށްރަށުގައި ބޮލަށް އަޅަން ނަޖިސްފެން"

މަތިމަތީން ދަރަނި ނަގައިގެން މާލެ ސަރަހައްދުގައި ބުރިޖުތައް އަޅާ ފުރާލާއިރު ރަށްރަށު މީހުންނަށް މަޖުބޫރުވެފައި ވަނީ ނަޖިިސްފެން ބޮލަށް އަޅާލަ އަޅާލަ ތިބެން ކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެ އެވެ. ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު އަދި މަޝްޙޫރު ޤާނޫނީ ވަކީލު ޢަލީ މި މޭރުމުން ވިދާޅުވީ އޭނާ ކުރެއްވި ޓުވީޓެއްގައި އެވެ. “މަތިމަތީން ދަރަނި ނަގައިގެން މާލެ ސަރަހައްދުގައި ބުރިޖުތައް އަޅާ ފުރާލާއިރު ގިނަރަށްރަށުގެ މީހުންނަށް އަދިވެސް މަޖުބޫރުވެފައި އޮތީ […]

އަލީ އާދިލް
މަކުނުދޫގައި މަޝްރޫޢުތައް ކުރިއަށް

މަކުނުދޫގައި މަޝްރޫޢުތައް ކުރިއަށް

ހދ. މަކުނުދޫގައި މިވަގުތު ކުރިއަށްދާ ޕްރޮޖެކްޓްތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް މަކުނުދޫ ދާއިރާގެ މެންބަރ މުޙައްމަދު ރާޢީ ހިއްސާ ކުރައްވައިފިއެވެ. މިވަގުތު ކުރިއަށްދާކަންކަމާއި ކުރިއަށް ރޭވިފައިހުރިކަންކަމަށް އަލިއަޅުވާލައްވާ މީސްމީޑިޔާގައި ރާޢީ ކުރެއްވި ޕޯސްޓެއްގައި ވަނީ 7 ޕްރޮޖެކްޓްއެއް ފާހަގަ ކުރައްވާފައެވެ. އެގޮތުން އޯޕިޑް ފަންޑުގެ ދަށުން ފެނާއި ނަރުދަމާގެ މަސައްކަތް މި އަހަރު ފެށިގެން ދާނެކަމަށް ވަނީ ވިދާޅުވެފައެވެ. ދެވަނަ ކަމަކަށް ފެނަކަ އައުއިމާރާތް އަޅަން އިއުލާން ކޮށްފައިވާކަމަށާއި އ...

އަލީ އާދިލް
މަސްވެރިކަމަށް ގޮސް އުޅުނު ދޯންޏެއް ރަކީދޫ ކައިރީ ފަރަކަށް އަރައިފި

މަސްވެރިކަމަށް ގޮސް އުޅުނު ދޯންޏެއް ރަކީދޫ ކައިރީ ފަރަކަށް އަރައިފި

މަސްވެރިކަމަށް ގޮސް އުޅުނު “އަސްދާން” ނަމަކަށް ކިޔާ ދޯންޏެއް ވ. ރަކީދޫ ގެ އިރުން 2 މޭލު ބޭރުން ފަރަކަށް އަރައިފި އެވެ. އެމްއެންޑީއެފުން ބުނީ، 26 މީހުންނާއެކު މަސްވެރިކަމަށް ގޮސް އުޅުނު އެ ދޯނި ފަރަށް އަރާފައިވާކަމުގެ މައުލޫމާތު 23:00 ހާއިރު އެމްއެންޑީއެފަށް ލިބުމާއެކު އެމްއެންޑީއެފް މާލެ އޭރިޔާ ކޯސްޓް ގާރޑް ސްކޮރޑުން އެސަރަހައްދަށް ގޮސްފައި ކަމަށެވެ. ދޯނި ފުން ކުރުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑާއި ދޯނީގެ ވެރިފަރާތުން ވެސް މިހާރު ދަނީ ކުރަމުންނެވެ. ‏ދޯނި […]

އަލީ އާދިލް
މިސަރުކާރަށް ބްރިޖެއް އެޅޭނަމަ އެޅޭނީ ސައިތާނުން ބޭނުންކޮށްގެން: ޝުޖާއު

މިސަރުކާރަށް ބްރިޖެއް އެޅޭނަމަ އެޅޭނީ ސައިތާނުން ބޭނުންކޮށްގެން: ޝުޖާއު

މިސަރުކާރަށް ބްރިޖެއް އެޅޭނަމަ އެޅޭނީ ޖިންނި، ސައިތާނުން ބޭނުން ކޮށްގެން ކަމަށް ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އަދި އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ޕީއެންސީގެ ނައިބު ރައީސް އިބްރާޙީމް ޝުޖާއު ވިދާޅު ވެއްޖެއެވެ. ޝުޖާއު މިހެން ވިދާޅުވީ ޗެނަލް ތޭރައިން ގެނެސްދިން “ނިއުސް ޓޯކު” ޕްރޮގްރާމްގައި މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ވާހަކަ ދައްކަވަމުން ނެވެ. “ޖިންނި ސައިތާނުން ބޭނުންކޮށްގެން ނޫންގޮތަކަށް އެޅޭކަށްނެތް، ނެތް އެކަމެއް ވާކަށް، މިހާރު ބައްލަވާ އަޅުގެނޑުމެންގެ މާލެއާއި، ހުޅުމާލެއާއ...

އަޙްމަދު ވަހީދު
ކިއުބާގައި ކިޔަވަން ތިބި ދަރިވަރުންނަށް ކެއަރ ޕެކޭޖް ފޮނުވައިފި

ކިއުބާގައި ކިޔަވަން ތިބި ދަރިވަރުންނަށް ކެއަރ ޕެކޭޖް ފޮނުވައިފި

ކިއުބާގައި ކިޔަވަން ތިބި 9 ދިވެހި ދަރިވަރަކަށް ފޮރިން މިނިސްޓްރީ މެދުވެރިކޮށް ކެއަރ ޕެކޭޖްތައް ފޮނުވައިފިއެވެ. ކޯވިޑް-19ގެ ސަބަބުން އާއްމު ދިރިއުޅުމަށާއި ޒަރޫރީ ތަކެތި ހޯދުމަށް ދަތިތައް ދިމާވެފައިވާ ގައުމުތަކުގައި ތިބި ދިވެހި ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފޮރިން މިނިސްޓްރީއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކިއުބާގައި ތިބި ދިވެހި ދަރިވަރުންނަށް ބޭނުންވާ ކެއަރ ޕެކޭޖްތައް ފޮނުވަނީ ސްރީލަންކާ ސަރުކާރުގެ އެހީތެރިކަމާއެކުގައިކަމަށް އެމިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އެ މިނިސްޓްރީން...

އަލީ އާދިލް
އުދަ އަރާފާނެ ކަމަށް ލަފާކޮށް މެދު ރާއްޖެތެރެއަށް ހުދު ސަމާލު

އުދަ އަރާފާނެ ކަމަށް ލަފާކޮށް މެދު ރާއްޖެތެރެއަށް ހުދު ސަމާލު

ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ރާޅު އަރާފާނެ ކަމަށް ލަފާކުރެވޭތީ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އެސަރަހައްދަށް ހުދު ސަމާލު ނެރެފިއެވެ. މެޓް އޮފީހުން ނެރުނު ސަމާލުގެ މެސެޖުގައި ބުނެފައިވަނީ ކ. އަތޮޅުން ތ. އަތޮޅަށް ހެނދުނު 10:30 އިން މެންދުރު 13:30 އާއި ހަމައަށް، އެ ސަރަޙައްދަށް ބޯކޮށް އުދައިގެ ރާޅު އަރާފާނެ ކަމަށް ލަފާކުރާ ކަމަށެވެ. މެޓު އޮފީހުން ވަނީ މިއަދު ކ. އަތޮޅުން ތ. އަތޮޅަށް ރާޅު އެރުމުގެ ފުރުޞަތު އޮތް […]

ޖަލްވާން ޖާދުﷲ
ޑރ ނަޒްލާ ރަފީގު ކަރަންޓީނު ކޮށްފި

ޑރ ނަޒްލާ ރަފީގު ކަރަންޓީނު ކޮށްފި

އެޗްއީއޯސީގެ ތަރުޖަމާނު ޑރ ނަޒްލާ ރަފީގު ކަރަންޓީނު ކޮށްފި އެވެ. ޑރ ނަޒްލާ ކުރެއްވި ޓުވީޓެއްގައި މިކަން ވަނީ ކަށަވަރުކޮށްދީފައެވެ. މިރޭ ކުރި ޓުވީޓެއްގައި ޑރ ނަޒްލާ ބުނެފައިވަނީ އާއިލާގެ ބޭފުޅަކު ކޯވިޑް19 އަށް ޕޮޒިޓިވްވެފައިކަމަށެވެ. ޕޮޒިޓިވްވި މީހާއާއި ކޮންޓެކްޓްވެފައިވުމުން އެޗްޕީއޭ ގެ ގަވައިދާއި އެއްގޮތަށް މިހާރު ހުންނެވީ ގޭގައި ކަރަންޓީނު ވެގެން ކަމަށާއި ﷲ އިރާދަ ފުޅުން ހާލަތު ރަނގަޅު ކަމަށްވަނީ ވިދާޅުވެފައެވެ. https://twitter.com/nazla_r/status/1294308525007441920?s=20 ކަރަންޓީނު ގައި ހުންނެ...

އަލީ އާދިލް
މަޖީދީމަގަށް ވެއްޓިފައި އޮތް ބިދޭސީއެއް ފެނިއްޖެ

މަޖީދީމަގަށް ވެއްޓިފައި އޮތް ބިދޭސީއެއް ފެނިއްޖެ

ހަބަރުހުސްވެގެން މަޖީދީމަގަށް ވެއްޓިފައި އޮތް ބިދޭސީއެއް ފެނިއްޖެއެވެ. އެމީހާ ވެއްޓިފައިވަނީ މާލޭ މަޖީދީ މަގު ނަލަހިޔާ ކައިރިން މަގުމައްޗަށެވެ. ފުލުުންބުނީ އެމީހާއަކީ ބިދޭސީ ފިރިހެނެއްކަމަށެވެ. ފުލުހުންނަށް އެމަޢުލޫމާތު ލިބިފައިވަނީ މިރޭ 19:48 ހާއިރު ކަމަށް ފުލުހުން ބުނެފައިވެއެވެ. އެމީހާ ވެއްޓިފައިވަނީ ބޮލަށް އެނބުރުން އަރައިގެންކަމަށް މަޢުލޫމާތު ލިބިފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އެމީހާ ވެއްޓިފައިވަނީ ހިނގާފައި އަންނަނިކޮށްކަމަށް މަންޒަރުދުން ފަރާތްތަކުންވަނީ ބުނެފައެވެ. އަދި އެމިހާ...

ޝިއުނާ އާދަމް
ނައިބު ރައީސްގެ ޝުކުރު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނަށް

ނައިބު ރައީސްގެ ޝުކުރު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނަށް

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުން ކޮންމެ ދުވަހަކު ކުރަމުންދާ ޚިދުމަތްތައް ފާހަކުރަށްވައި، އެ އިދާރާގެ ހުރިހާ އޮފިސަރުންނަށާއި، މުވައްޒަފުންނަށް ނައިބު ރައީސް ފައިސަލް ނަސީމްގެ ޝުކުރު އަދާކުރަށްވައި ފިއެވެ. ‏މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނަށާއި، މުވައްޒަފުންނަށް ނައިބު ރައީސް ފައިސަލް ނަސީމްގެ ޝުކުރު އަދާކުރެއްވީ އެ އިދާރާގެ 49 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާއި ގުޅިގެން ފޮނުއްވި ގެ ޙާއްސަ މެސެޖެއްގައި އެވެ. އެ މެސެޖުގައި ނައިބު ރައީސް ވިދާޅުވީ ކަރެކްޝަނަލް ސަރވިސްއަކީ އަމ...

އަޙްމަދު ވަހީދު
ދިވެހިރާއްޖޭގެ ޖަލު ބެލެހެއްޓުމުގެ ނިޒާމަށް 49 އަހަރު!

ދިވެހިރާއްޖޭގެ ޖަލު ބެލެހެއްޓުމުގެ ނިޒާމަށް 49 އަހަރު!

ދިވެހިރާއްޖޭގެ ޖަލު ބެލެހެއްޓުމުގެ ނިޒާމަށް މިއަދު 49 އަހަރު ފުރިއްޖެއެވެ. ވޭތުވެދިޔަ އަހަރުތަކުގައި އެ ނިޒާމަށް ނިސްބަތްވާ މުއައްސަސާގެ ނަން ބަދަލުވަމުން އައިސް، ވަކި ޤާނޫނެއްގެ ދަށުން މިހާރު ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ނަމުގައި ކުރިއަށްވުރެ ހަރުދަނާ އަދި ޕްރޮފެޝަނަލް ޚިދުމަތެއް ގާއިމުކުރެވިފައެވެ. ކޯވިޑް-19 އާ ގުޅިގެން އެހާ ކުލަގަދަކޮށް އަހަރީ ދުވަސް ފާހަގަ ނުކުރެވުނު ނަމަވެސް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޖަލުތަކުގައި ކަނޑައަޅާފައިވާ ސަލާމަތީ ފިޔަވަޅުތަކާއެކު ބައެއް ހަރަކާތްތަ...

ޔުމްނާ ޢަލީ
ސައީދުގެ ކަންބޮޑުވުން: ރާއްޖޭގެ ދަރަނި 100 ބިލިއަނަށް އެރުން ގާތް

ސައީދުގެ ކަންބޮޑުވުން: ރާއްޖޭގެ ދަރަނި 100 ބިލިއަނަށް އެރުން ގާތް

ކޯވިޑް-19 ބަލި މަޑުކަމުގެ ތެރޭގައި ދުނިޔޭގެ އިގްތިސާދު އިނދަޖެހިފައި ވަނިކޮށް ރާއްޖޭގެ ސިޔާދަތަށް ނުރައްކާވާ މިންވަރަށް ދަރަނި އިތުރުވެގެން ދަނީ ކަމަށް ވިދާޅުވެ، ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަރު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ދަރަނި 100 ބިލިއަނަށް އެރުން ގާތް ކަމަށް ވިދާޅުވެ ސައީދު ކުރި ޓުވީޓެއްގައި ވަނީ ކަންބޮޑޫވުން ފާޅު ކުރަށްވާފައި އެވެ. އެ ޓްވީޓެއްގައި ސައީދު ވިދާޅުވީ ބޮޑު ވަބާއެއް ތެރޭ ދުނިޔޭގެ އިގްތިސާދު އިނދަޖެހިފައި ވަނިކޮށް ރާއްޖޭގެ […]

އަޙްމަދު ވަހީދު