ޑޮލަރެއް 20 ރުފިޔާއަށް ގަންނާކަށް ނުލިބޭ، ގަވަރުނަރު އިސްތިއުފާދީ: ޖާބިރު
ޑޮލަރެއް 20 ރުފިޔާއަށް ގަންނާކަށް ނުލިބޭ ކަމަށާއި، އެމްއެމްއޭގެ ގަވަރުނަރު އިސްތިއުފާދިނުމަށް ކާށިދޫ ދާއިރާގެ މެމްބަރު ޢަބުދު ﷲ ޖާބިރު ގޮވާލައްވައިފިއެވެ. މިއަދު ކުރިއަށްދާ މަޖިލިސް ޖަލްސާގައި މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތް ކުރުމުގެ ބިލު އިޤްތިޞާދީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރަށް ވަމުން ޖާބިރު ވަނީ އިޤްތިޞާދެއް އެބަ އޮތްތޯ ސުވާލު އުފައްދަވާފައި އެވެ. ސަރުކާރަށް ފާޑު ވިދާޅުވަމުން ޖާބިރު ވިދާޅުވީ އިޤްތިޞާދީ ގޮތުން ކަންކަން ތަރުތީބު ވެގެން [...