ކޯވިޑް- 19 ބަލީގައި އިތުރު ދިވެއްސަކު މަނިޔާވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭއިން ބުނީ ރޭ މެންދަމު 1:45 ގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީ އައިސީޔޫގައި އޮތް އުމުރުން 61 އަހަރުގެ ދިވެހި އަންހެނެއް ކޯވިޑް ބަލީ ގައި ނިޔާވެފައި ވާ ކަމަށެވެ. މިއީ ކޯވިޑް ބަލީގައި ރާއްޖެއިން މަރުވި 22 ވަނަ މީހާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ. ރޭ ނިޔާވި އުމުރުން ދުވަސްވީ މީހަކުވެސް ވަނީ އެބަށްޔަށް ޕޮޒިޓިވް ވެފައެވެ. […]
ޝިއުނާ އާދަމް
ކުރީގެ ދެ ފިނޭންސް މިނިސްޓަރުން ކަމަށްވާ ޢަބުދު ﷲ ޖިހާދާއި އަހުމަދު މުނައްވަރު މައްޗަށް ދައުވާ އުފުލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިފި އެވެ. ކުރީގެ ދެ ފިނޭންސް މިނިސްޓަރުންގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ ކުރީގެެ ޑެޕިޔުޓީ މިނިސްޓަރު ހުސައިން ލިރާރުގެ މައްޗަށް ދައުވާ ކޮށްދިނުމަށް ވެސް އޭސީސީއިން ވަނީ ފޮނުވާފައިއެވެ. އެ ބޭފުޅުންގެ މަށްޗަށް ދައުވާ ކުރަން ފޮނުވީ ރިސޯޓު ތަރައްގީ ކުރުމަށްޓަކައި ވެފައިވާ ޖޮއިންޓް ވެންޗާ އެއްބަސްވުންތަކުގެ ދަށުން [...
އަލީ އާދިލް
މާލޭގައި މިރޭ ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފިންއެވެ. ތޫނު އެއްޗަކުން ހަމަލާދީ ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފައި ވަނީ އަމީނީމަގުގައި، ވިޔަފާރިވެރިންގެ މިސްކިތް ކައިރިންނެވެ. ފުލުހުން ބުނީ މާލޭ އަމީނީމަގުގައި، ވިޔަފާރިވެރިންގެ މިސްކިތް ކައިރިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފައިވާ މައްސަލަ ހުށަހެޅިފައިވާ ކަމަށެވެ. ފުލުހުންނަށް އެ މައްސަލަ ހުށަހަޅާފައި ވަނީ މިރޭ 22:34 ގައި ކަމަށް ފުލުހުން ބުންޏެވެ. ” މިހާތަނަށް މަޢުލޫމާތު ލިބި...
ޔުމްނާ ޢަލީ
ކޯވިޑް- 19 ބަށްޔަށް މިއަދުވެސް ގިނަ ޢަދެއްގެ މީހުން ޕޮޒިޓިވްވެފައި ވާއިރު، މިރޭ ނިޔާވި އުމުރުން ދުވަސްވީ މީހަކު އެބަށްޔަށް ޕޮޒިޓިވް ވެއްޖެ ކަމަށް އެޗްއީއޯސީން ބުނެފިއެވެ. މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިރޭ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެނެވުނު އުމުރުން 83 އަހަރުގެ ފިރިހެނަކު ހޮސްޕިޓަލަށް ގެނައިރު ވެސް ނިޔާވެފައިވާ ކަމަށާއި އޭނާ ޓެސްޓް ކުރުމުން ކޯވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އުސޫލެއްގެ މަތިން މިގޮތަށް ގެނެވޭ ކޮންމެ [...
ޔުމްނާ ޢަލީ
މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި “ވެސަލް މޮނިޓަރިންގް ސިސްޓަމް” ހަރުކޮށް އުޅަނދު ހަރަކާތްތެރިވަމުންދާ ސަރަޙައްދު ވަގުތުން ޓްރެކްކޮށް ބެލުމަށްޓަކައި ގާއިމްކުރެވޭ ނިޒާމްގެ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫޢު އަކީ މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ވޯލްޑް ބޭންކްގެ އެހީގައި، އެ ބޭންކްގެ “ސަސްޓައިނަބަލް ފިޝަރީޒް ރިސޯސަސް ޑިވޮލޮޕްމަންޓް ޕްރޮޖެކްޓް”ގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ދަށުން ލައިސަންސް ލިބިފައިވާ މަސްވެރިކަން ކުރާ އުޅަނދުފަހަރުގެތެރ...
އިބްރާހިމް އަސްވާޤް
ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ ޒަރޫރީ ބާވަތްތައް އެތެރެކުރުމަށް އިންޑިއާ ސަރުކާރުން ދީފައިވާ ކޯޓާ އައު ކޮށްދީފިއެވެ. މިކަން އަންގަވާފައިވަނީ އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރު މިއަދު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާއި ދެބޭފުޅުން މިއަދު ޑިޖިޓަލް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ދެއްކެވި ވާހަކަފުޅުގައެވެ. ކާބޯތަކެތީގެ ޒަރޫރީ 7 ބާވަތެއްގެ އިތުރުން އިމާރާތްކުރުމިގެ ދާއިރާއަށް ބޭނުންވާ ހިލަޔާ ހިލަވެލި އިންޑިއާއިން އެތެރެކުރުމަށް ދީފައިވާ ކޯޓާވެސް ވަނީ އައު ކޮށްދީފައެވެ. ކޯޓާ އައުކޮށްދި...
އިބްރާހިމް އަސްވާޤް
އައު ދިރާސީ އަހަރު ފެށޭނީ އަންނަ އަހަރުގެ އޮގަސްޓުގައި ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހަމަޖައްސައިފިއެވެ. ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން އެކަޑަމިކް ކަލަންޑަރަށް ބަދަލުގެނެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އައު ކަލަންޑަރު މިއަދު އާންމު ކުރައްވާފައެވެ. އައު އެކަޑަމިކް ކަލަންޑަރުގައި ވާގޮތުން މިއަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން ނިމޭނީ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ. އަދި މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިމޭނީ އަންނަ އަހަރުގެ ޖޫންމަހުގެ 24 ގައިއެވެ. އަދި އައު ދިރާސީ އަހަރު ފެެށޭނީ […]
ޝިއުނާ އާދަމް
ކޮޗިން – ކުޅުދުއްފުށި – މާލެ ކާގޯ ފެރީގެ ޚިދުމަތް ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި ފެށޭނެ ކަމަށް ސަރުކާރުން ބުނެފިއެވެ. ފޮރިން މިނިސްޓްރީއިން ބުނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިއަދު އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރާއެކު ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާތަކުގައި ކޮޗިން – ކުޅުދުއްފުށި – މާލެ ކާގޯ ފެރީގެ ޚިދުމަތް ފެށުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ. ކާގޯ ފެރީގެ ޚިދުމަތާއެކު ދިވެހިރާއްޖެއާއި އިންޑިއާ އާ […]
ހުސައިން ހަބީބް
މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލަދޭ ބްރިޖްގެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް 500 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ދިނުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާއި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރު ފޯނުން މިއަދު ދެއްކެވި ވާހަކަފުޅައްފަހުގައެވެ. 6.695 ކިލޯ މީޓަރުގެ ބްރިޖްތަކާ ކޯޒްވޭގެ މައްޗަށް އެކުލެވޭ މި މަޝްރޫޢު ވެގެން ދާނީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢަށެވެ. އެ...
ޝިއުނާ އާދަމް
ފުރަބަންދަށްފަހު ރިޒޯޓްތަކަށް ފަތުރެވެރިންނަށް ޒިޔާރަތް ކުރެވޭގޮތަށް ހުޅުވާލުމާއިއެކު އަމިއްލަފުށި ރިޒޯޓުންމިވަނީ އެރިޒޯޓަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ސިއްހަތާއި ދުޅަހެޔޮކަމަށް ހާއްސަ ޚިދުމަތެއް ތައާރަފް ކޮށްފައެވެ. އަމިއްލަފުށީގެ “ޖައްވު ސްޕާ” އިން ވަނީ ދިވެހި ރުއްގަލުބޭހުގެ ހިދުމަތް ތައާރަފްކޮށްފިކަމަށް އަމިއްލަފުށިން އިޢުލާންކޮށްފިއެވެ. ރާއްޖޭގެ ނަންމައްޝޫރު ދިވެހިބޭސްވެރިއެއްގެ ލަފަޔާއި އެކުފެށި މިޚިދުމަތުގައި ވަނީ ދިވެހިބޭހުގެ 2 ވައްތަރެއްގެ ފަރުވާދޭން ފަށާފައެވެ. އަމިއްލަފުށީގެ ސްޕާގައި...
އައިމިނަތު ޔުމްނާ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ނ. ލަންދޫ ބަނދަރުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމުގައި އެ ކުންފުނިން ހާމަކޮށްފިއެވެ. އެމްޓީސީސީއިން ބުނެފައިވަނީ ލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ބަނދަރު ޑިޒައިންކޮށް ތަރައްޤީ ކުރުމަށް ބޭނުންވާ ބައެއް ސާމާނާއި އަދި މެޝިނަރީ 12 އޯގަސްޓް 2020 ވީ ބުދަ ދުވަހު އެ މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ސަރަހައްދަށް ގެންދެވިފައިވާ ކަމަށެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދިއުމަށް...
އިބްރާހިމް ޚަލީލް
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ތިން މެންބަރުން އިސްތިއުފާ ދެއްވާފައިވާތީ، ހުސްވެފައިވާ މަޤާމުތަކަށް މެންބަރުން ޢައްޔަންކުރުމަށް ޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކޮށް ގޮތެއް ނިންމެވުމަށް އެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާ ތަކުގެ ކޮމެޓީއަށް މިއަދު ފޮނުވައި އެވެ. އެނަންތައް ދިރާސާކުރަން މަޖިލީހުގެ މިނިވަން މުއައްސަސާ ތަކުގެ ކޮމެޓީއަށް ފޮނުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 26 ވަނަ ޖަލްސާގައި އެވެ. ގާނޫނު ނަނ...
އަޙްމަދު ވަހީދު
ކޯވިޑް-19 އާއި ގުޅޭ އެންމެ ފުރިހަމަ މަޢުލޫމާތާއި އިރުޝާދު ދެއްވަމުން ގެންދަވާ ކަމަށާއި، އެހެން ކަމުން އެޗްޕީއޭގެ އިރުޝާދު އަޑު އެއްސެވުމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ. ޑރ. ނަޒުލާ ވިދާޅުވީ ސޯޝަލް މީޑިއާއި އެހެންވެސް ޕްލެޓްފޯމްތަކުގައި ކޯވިޑްއާއި ގުޅޭ ރަނގަޅު ނޫން މަޢުލޫމާތު ބައެއް ފަރާތްތަކުން ޝެއަރކޮށް ހަދާ ކަމަށެވެ. ” އަޅުގަނޑުމެން މި ތިބީ ތިބޭފުޅުންނަށް މިކަމާގުޅޭ އެންމެ ފުރިހަމަ މަޢުލޫމާތާއި އިރުޝާދުދޭން. އެހެން ކަމުން އެޗް.ޕީ.އޭގެ އިރުޝާދު އަޑުއައްސަވާ.” ޑރ....
ޔުމްނާ ޢަލީ
އެއްގަމާއި ކަނޑުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތައް މަދުކުރުމާއި، އެކަމާމެދު ހޭލުންތެރިކަން އިތުރުކުރުމާއި ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުގެ އިސްވެރިންނާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ. ވަރޗުއަލްކޮށް ބޭއްވި މި ބައްދަލުކުރެއްވުން އޮތީ މިއަދު ކަމަށް ރައީސް އޮފީހުން ބުންޏެވެ. މިބައްދަލު ކޮށްލެއްވުމުގައި ނައިބު ރައީސް ފައިޞަލް ދެއްކެވި ވާހަކަފުޅުގައި ކަނޑުމަތީގެ ހާދިސާތަކާއި އަލިފާނުގެ ހާދިސާތައް ފަދަ ކަންކަން މަދުކުރުމާއި، އަދި ވަކިން...
ޔުމްނާ ޢަލީ
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ(މީރާ)ގެ ބޯޑުން ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށާއި، އަދި އެ ބޯޑުގެ ތިން މެންބަރުންގެ މެންބަރުކަމުގެ މުއްދަތު ހަމަވެފައިވާތީ، އެ މަޤާމުތަކަށް ބޭފުޅުން ޢައްޔަންކުރެއްވުމަށް ޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކޮށް ގޮތެއް ނިންމެވުމަށް އެ މައްސަލަ މަޖިލީހުގެ އިޤްތިޞާދީ ކޮމެޓީއަށް މިއަދު ފޮނުވައި އެވެ. އެނަންތައް ދިރާސާކުރަން މަޖިލީހުގެ އިޤްތިޞާދީ ކޮމެޓީއަށް ފޮނުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ދެވަނަ ދައ...
އަލީ އާދިލް