ސަމާލުވޭ! މަކަރާއި ހީލަތުން ފައިސާ ހޯދަން، ފޭކް ޓްރާންސްފަރ ސްލިޕް ފޮނުވަނީ
ޑޮލަރު ހޯދައިދޭނަކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދުމާއި ސައްހަނޫން ޓްރާންސްފަރ ސްލިފް ފޮނުވާ މައްސަލަތައް އިތުރުވަމުން އަންނާތީ މިކަމަށް އާންމުން ސަމާލުވެ ތިބުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން އެދިއްޖެ އެވެ. ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވަނީ މިހާރަކަށް އައިސް، ޑޮލަރު ހޯދައިދޭނެކަމަށްބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް ހުށަހެޅޭ މިންވަރު އިތުރުވަމުންދާކަން ވަނީ ފާހަގަކުރެވެން ފަށާފައިކަމަށާއި މީގެ އިތުރުން އޮންލައިންކޮށް ވިޔަފާރިކޮށް، އޮންލައިން ޓްރާންސްފަރ ކުރުމަށްފަހު ނުބ...