މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން، (އެމް.ޖޭ.އޭ) ގެ އައު ހިންގާ ކޮމެޓީ އިންތިޚާބުކޮށްފި އެވެ. މިއަދު ޒޫމް މެދުވެރިކޮށް އޮންލައިންކޮށް ކުރިއަށް ގެންދިޔަ އެމްޖޭއޭގެ ހާއްސަ ގޮތުން ބޭއްވި އާންމު ޖަލްސާގައި 130 ނޫސްވެރިން ބައިވެރިވި އެވެ. ޒޫމް މެދުވެރިކޮށް ބައްދަލުވުން ކުރިއަށް ގެންދިޔަ ނަމަވެސް ވޯޓު ނެގީ ޓެލެގްރާމް ގްރޫޕެއްގައި ޕޯލް ހުޅުވައިގެންނެވެ. މި ޖަލްސާއަށް 4 ގަޑިއިރު ހޭދަވިކަމަށް އެ ޖައްމިއްޔާއިން ބުނެފައިވެއެވެ. ރައީސް: މުޙައްމަދު ހަމްދޫން ނައިބު ރައީސް: އަލީ ރިފްޝާން ހިންގާ ސެކްރެޓަރީ: […]
ޝިއުނާ އާދަމް
އައިސޮލޭޝަނަށް ފެސިލިޓީތަކަށް ގެންދާ ބައެއް މީހުން، އެ ފެސިލިޓީތަކުގެ ތަކެއްޗަށް ގެއްލުންދީ އަމަލުތައް ބަހައްޓާ ގޮތުން ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަަރު (އެޗްއީއޯސީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީޤު މިރޭ ވިދާޅުވީ އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބޭ ބައެއް މީހުން އެތަންތަން ދޫކޮށްފައި ދާއިރު، އެކި ކަހަލަ ގެއްލުންތައް ދީފައި ހުންނަކަން ފަހަކަށް އައިސް ފާހަގަ ކުރެވިފައިވާކަމަށެވެ. ޑރ. ނަޒްލާ...
ޔުމްނާ ޢަލީ
ޔުނިވަރސަލް އެންޓަޕްރައިސަސް އިން 10،000 ޓެސްޓް ކިޓް ހަދިޔާކޮށްފިއެވެ. ކޯވިޑް-19 ބައްޔާއި ދެކޮޅަށް ރާއްޖެއިން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ލެބޯޓްރީ ޓެސްޓުކުރުން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތަށް އެހީތެރިވުމުގެގޮތުން ޔުނިވާސަލް އިން މީގެކުރިން ވެސް ވަނީ ހެލްތު މިނިސްޓްރީ އަށް 20،000 ޓެސްޓު ކިޓް ހަދިޔާކޮށްފައެވެ. ރާއްޖެއިން ކޯވިޑް-19 ބައްޔާއި ދެކޮޅަކަށް ކުރަމުންދާ މަސައްކަތްތަކަށް ދުނިޔޭގެ އެކި ޤައުމުތަކާއި ޖަމްޢިއްޔާތަކުންނާއި އަމިއްލަ ކުންފުނިތަކުން އަންނަނީ ފަންނީ އެހީތެރިކަމުގ...
ޝިއުނާ އާދަމް
މޫސުން ވަރަށް ބޮޑަށް ގޯސްވެ، ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން އޮރެންޖު އެލާޓު ނެރެފި އެވެ. އޮރެންޖް އެލާޓް ނެރެފައިވަނީ މިރޭ 22:30 އިން ދަންވަރު 02:30 އާއި ހަމަ އަށެވެ. މެޓް އޮފީހުން ބުނެފައިވަނީ މިވަގުތު ތަކުގައި ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވުން އެކަށީގެންވާ ކަމަށެވެ. މެޓް އޮފީހުން މިރޭ […]
އިބްރާހިމް އަސްވާޤް
އެންމެ ފުރަތަމަ ކޮމިއުނިޓީ ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ލިބުނު ރ.ދުވާފަރު ޕްރައިމަރީ ސްކޫލަށް އެޑިއުކޭޝަން މިނިސްޓަރީއިން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. އެޑިއުކޭޝަނުން، ދުވާފަރު ޕްރައިމަރީ ސްކޫލްގެ ތާރީޚީ ކާމިޔާބަށް މަރުހަބާ ކިޔާފައި ވަނީ، އެ މިނިސްޓްރީ އިން މިއަދު ފޮނުވި މަރުޙަބާގެ މެސެޖެއްގައެވެ. އެ މެސެޖުގައި ބުނެފައި ވަނީ އެންމެ ފުރަތަމަ ކޮމިއުނިޓީ ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ލިބުނު ދުވާފަރު ޕްރައިމަރީ ސްކޫލުގެ އެންމެހާ ބޭފުޅުންނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔާ ކަމަށެވެ. “އަޅުގަނޑުމެންގެ...
ޔުމްނާ ޢަލީ
ގައުމުގެ މަސްލަހަތު ގެއްލޭ ފަދަ ކަންކަމަށް ސިޔާސީ ޕާޓީތަކުން ހިތްވަރު ނުދިނުމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް، އަހްމަދު ޝަރީފް ގޮވާލައްވައިފި އެވެ. ޝަރީފު އެގޮތަށް ގޮވާލެއްވީ “ޗެނަލް 13” ގެ ލައިވް ޕްރޮގްރާމެއްގައި ވާހަކަ ދެއްކި މީހަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި އަލިފާން ރޯކުރަން ގޮވާލި މައްސަލައެއް ފެންމަތިވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. އެގޮތުން ޝަރީފް ވިދާޅުވީ ސިޔާސީ ޕާޓީތަކުން ގައުމުގެ މަސްލަހަތު ގެއްލޭ ފަދަ ކަންކަމަށް އެއްވެސް ގޮތަކަށް ހިތްވަރު ނުދިނުމަށް ގޮވ...
ޔުމްނާ ޢަލީ
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބޭ ޤައިދީންނާއި ބަންދު މީހުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ ޤަވާއިދަށް ޢަމަލު ކުރަން ފަށައިފިއެވެ. ކަރެކްޝަނަލް ސަރވިސްގެ ޤަވާއިދު “ޖަލުގައި ބަންދުކުރެވޭ މީހުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ ޤަވާއިދު”އަށް އަމަލުކުރަން ފަށާފައި 3 ސެޕްޓެމްބަރު 2020 ވަނަ ދުވަހުއެވެ. މި ޤަވާއިދު އެކުލަވާލުމުގެ މަގްސަދަކީ ޖަލުގައި ހުންނަ ހުރުމުގައި، ޤައިދީންނާއި ބަންދުކޮށްފައިތިބޭ މީހުންގެ އަޚްލާގާއި ސުލޫކާއި އުޅުމާއި ގުޅުންތައް ދަމަހައްޓަންޖ...
ޔުމްނާ ޢަލީ
ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ހަށިކޮޅުގައި ހުޅުޖަހަން ފެންނަ ކަމަށްބުނެ ޗެނަލް13 އިން ގެނެސްދިން ލައިވް ޕްރޮގްރާމެއްގައި މީހަކު ވާހަކަ ދެއްކި މައްސަލާއިގައި އެ ސްޓޭޝަނުން މައާފަށް އެދިއްޖެ އެވެ. އެމައްސަލާގައި ޗެނަލް13 އިން މައާފަށް އެދިފައިވާއިރު، އެ މައްސަލަ ބަލާނެ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ވަނީ ބުނެފައެވެ. އެމައްސަލާގައި މާފަށް އެދެމުން ޗެނަލް13 އިން ބުނެފައި ވަނީ ބުރާސްފަތި ދުވަހު މެންދުރު 13:00 ގައި އެ ޗެނަލުން ބްރޯޑްކާސްޓު ކުރި “ރައްޔިތުންގެ އަޑު” ޕްރޮގްރާމަށ...
ޝިއުނާ އާދަމް
ކަރު ބުރިކުރުމާއި ހުޅުޖެހުމަށް ގޮވައި، ޤާނޫނާއި ޚިލާފު އެތައް ކަމަކަށް ހިތްވަރުދެމުން ދާއިރު ބަލަން ތިބުމަކީ އެކަމުގައި ބައިވެރިވުން ފަދަ ކަމެއް ކަމަށް ފޭދޫ ދާއިރާގެ މެންބަރު މުހައަދު ނިހާދު ވިދާޅު ވެެއްޖެއެވެ. މެންބަރު ނިހާދު މި މޭރުމުން ޓުވީޓެއް ކުރަށްވާފައި މިވަނީ ރައީސް ޞާލިޙްގެ ހަށިކޮޅުގައި ހުޅު ޖަހަން ފެންނަ ކަމަށްބުނެ ޗެނަލް13 އިން ގެނެސްދިން ލައިވް ޕްރޮގްރާމެއްގައި މީހަކު ވާހަކަ ދެއްކި މައްސަލަ ފުލުހުން ބަލަން ފަށާފައި ވަނިކޮށެވެ. ނިހާދު ވިދާޅުވީ ކަރު ބުރިކުރުމާއި ހުޅުޖެހުމާއި […]
އަލީ އާދިލް
2023 ނިމުމުގެ ކުރިން ރާއްޖޭގައި އުފައްދާ ކަރަންޓުގެ މަދުވެގެން %24 އަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް އެންވަޔަރަމަންޓް މިނިސްޓަ ޑރ. ޙުސެން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ. މިނިސްޓަރު ޑރ، ޙުސައިން މިހެން ވިދާޅުވީ “ހަ ރަށެއްގައި އިރުގެ އަލިން ހަކަތަ އުފެއްދުމަށް ހުޅުވާލި ފުރުސަތަށް ބޮޑު ތަރުހީބެއްޖެ” މި ސުރުޚީގެ ދަށުގައި ނޫހަކުން ގެނެސް ދީފައިވާ ޚަބަރެއް ޓުވީޓާގައި ހިއްސާ ކުރަށްވަމުން ކުރެއްވި ޓުވީޓެއްގައި އެވެ. މިނިސްޓަރު ޑރ. ޙުސައިން ވިދާޅުވީ 2023 ގެ […]
ޝިއުނާ އާދަމް
ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ހަށިކޮޅުގައި ހުޅުޖަހަން ފެންނަ ކަމަށްބުނެ ޗެނަލް13 އިން ގެނެސްދިން ލައިވް ޕްރޮގްރާމެއްގައި މީހަކު ވާހަކަ ދެއްކި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ. އެހެން ބުނެ އެމީހާ ވާހަކަ ދައްކާފައި ވަނީ ޗެނަލް13 އިން ގެނެސްދިން “ރައްޔިތުންގެ އަޑު” ކިޔާ ޕްރޮގްރާމަކަށް ގުޅައިގެން ދެއްކި ވާހަކާގައި އެވެ. އެމީހާ އެހެން ބުނެފައި ވަނީ މި ސަރުކާރުން އަމަލުކުރާ ގޮތާ ގުޅޭގޮތުން ޕްރޮގްރާމް ހުށަހަޅައިދޭން އިން ޕްރެންޓަރ ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ. އެ […]
ޔުމްނާ ޢަލީ
ފްލައިމީ އަށް އެއާ އޮޕަރޭޝަން ސެޓްފިކެޓް (އޭއޯސީ) ލިބުމާއެކު، އިންޓަނޭޝަނަލް ފުރަތަމަ ދަތުރު މިއަދު ކޮލަމްބޯއަށް ބާއްވައިފިއެވެ. ފްލައިމީ އަށް އިންޓަނޭޝަނަލް ދަތުރު ފެށުމުގެ ހުއްދަ ލިބިފައިވަނީ އިއްޔެއެވެ. ފްލައިމީއަށް ބޭރުގެ އުދުހުންތަކަށް ހުއްދަ ލިބުމާއިއެކު މިއަދު ބޭއްވި އެ އެއަރލައިންގެ ފުރަތަމަ އިންޓަރނޭޝަލް ދަތުރުގެ ގޮތުގައި ބާއްވާފައި ވަނީ ޗާޓަރު ފްލައިޓެކެވެ. މި ފްލައިޓް މި ދިޔައީ ލަންކާގެ ބަންޑާރަނައިކް އިންޓަނޭޝަނަލް އެއާޕޯޓަށެވެ. ސްރީލަންކާގެ ބޯޑަރު ހުޅުވުމާއެކު ލަންކާގެ ރަޓަމަލާނާ އި...
ޙުސައިން ޝަހުދީ
އިންޑިއާ “އައުޓް” ކުރަން ސޯސަލް މީޑިއާއި ހަވާލު ކޮށްފައި އިދިކޮޅު ސިޔާސީ ފަރާތްތަކުން ފިލާފައިވާ ކަމަށް ވިދާޅުވެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު އިދިކޮޅަށް ފާޑުވިދާޅުވެއްޖެ އެވެ. އިދިކޮޅުން ފަށާފައިވާ “އިންޑިއާ އައުޓް” ކެމްޕޭނާއި ގުޅިގެން މެންބަރު ޝިފާޢު އިދިކޮޅަށް ފާޑުވިދާޅުވެ ވަނީ އިދިކޮޅުން ފިލާފައިވާ ކަމަށް ވިދާޅުވެ ސުވާލު އުފަށްދަވާފައެވެ. ޝިފާޢު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އިންޑިއާ އައުޓް ކުރަން ސޯސަލް މީޑިއާއި ހަވާލު ކޮށްފައި އިދިކޮޅު ސިޔާސީ ފަރާތްތަކުން ފިލީ ކީއްވެތޯ...
އަލީ އާދިލް
ރައްޔިތުންގެ މަޖިލިސްގެ މަތިވެރީ ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން މުހައްމަދު އަވަހާރަވެއްޖެއެވެ. ހުސެއިން މުހައްމަދު އަވަހާރަވެފައިވަނީ ރޭ ދަންވަރުގެ ވަގުތެެއްގައި ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެެއްވި ހުސެއިން މުހައްމަދަކީ ރާއްޖޭގެ މީޑިއާގެ ދާއިރާގައި، ކުރީގެ ޓީވީއެމްގައި އިސްމަގާމްތަކެއް އަދާކުރެއްވި ހުނަރުވެރި ކުޅަދާނަ ބޭފުޅެކެވެ. ނޫސްވެރިކަމުގެ ދާއިރާގައި ހުސައިން ފާހަގަކޮށްލެވޭ އެއް ދާއިރާއަކީ ބޭރު ދުނިޔޭގ...
ޔުމްނާ ޢަލީ
ކުރިން ނަމަ މިކަހަލަ މަންޒަރުތައް އަހަރެމެންނަށް ފެންނަނީ ފިލްމުތަކުން ނުވަތަ ބޭރުގެ ކޮންމެވެސް ގައުމެއްގެ އިމަޖެންސީއެއްގެ ހާލަތުގައި. އެކަމަކު މިއަދު މިއީ މި ރާއްޖޭގައި ވެސް އާންމު މަންޒަރެއް. ސިއްހީ އެހީތެރިންނާއި ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންގެ ދުވަހުގެ ހެދުމަކީ، ކޮރޯނާވައިރަސްއިން ރައްކާތެރިވުމުގެ ޕީޕީއީ. ހަމައެކަނި މި ހެދުންތަކުން ވެސް ބުނެދެނީ ކޮވިޑް-19ގެ ބިރުވެރިކަން. ައްޔަކުން ރައްކާތެރިވުމުގެ ގޮތުން ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލަން ޖެހިދާނެކަމަށް، މީގެ ކުރިން އެއްވެސް ދި...
Thiladhun