ރައީސް ޔާމީނުގެ މައްޗަށް ކޮށްފައިވާ ހުކުމް ދަމަހަށްޓައިފި
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުއްޤައްޔޫމް ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރި މައްސަލައިގައި ހުކުމް އިއްވައި، އެމަނިކުފާނުގެ މައްޗަށް އެ މައްސަލާގައި ކްރައިމިނަލް ކޯޓުން ކުރިން ކޮށްފައިވާ ހުކުމް ހައިކޯޓުން ދަމަހައްޓައިފިއެވެ. އެ ހުކުމް ދަމަހައްޓާފައި ވަނީ މިއަދު ހައިކޯޓުން ކުރިއަށް ގެންދިޔަ ޝަރީޢަތުގެ މަޖިލިސްގައެވެ. މި މައްސަލާގައި ރައީސް ޔާމިންގެ މައްޗަށް އިއްވާފައިވާ ފަސްއަހަރުގެ ޖަލު ހުކުމ...