ޖިންސީ ގޯނާގެ މައްސަލައެއްގައި އެމްޑީ އިދުރީސް ހޯދަނީ
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއްގެ ތަހުގީގަށް ބަންގްލަދޭޝްގެ ރައްޔިތެއް ހޯދަން ޢިއުލާން ކޮށްފިއެވެ. މިގޮތުން ބަންގްލަދޭޝްގެ އުމުރުން 34 އަހަރުގެ އިދުރީސް ހޯދަނީ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވި ގޮތުގައި އޭނާ ހޯދަނީ ސައުތު ޕޮލިސް ޑިވިޜަންގެ ހިތަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެންނެވެ. އެ މައްސަލާގައި ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢ...