ބިލިއަނެއްހާ ޑޮލަރުގެ ދަރަނި ދައްކައި، ބިލުތަކަށް 3.3 ބިލިއަން ރުފިޔާ ދައްކައިފި
21 ދުވަހުގެ ތެރޭގައި ބިލިއަނެއްހާ ޑޮލަރުގެ ދަރަނި ދައްކައި، 6 މަސް ތެރޭ ދިވެހި ކުންފުނިތަކުގެ ބިލުތަކަށް 3.3 ބިލިއަން ރުފިޔާ ދައްކާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ގައުމުގެ އިގްތިސޯދީ ހާލަތާއި ދަރަނި އަދާކުރުމުގެ މަސައްކަތްތަކާ ގުޅޭ ތަފްސީލީ މައުލޫމާތު ހިއްސާކުރައްވާފައެވެ. ރައީސް ވިދާޅުވި ގޮތުގައި ފާއިތުވި 21 ދުވަހުގެ ތެރޭގައި ޖުމްލަ 924 މިލިއަން ޑޮލަރުގެ ދަރަނި ވަނީ...