ގާނޫނީ އިމުގެ ތެރެއިން ސިޔާސީ ހަރަކާތް ހިންގަން އަންގައި އެމްޑީޕީ އާއި ޕީއެންއެފަށް އީސީގެ އެންގުމެއް
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން މާލޭގައި ކުރިއަށްގެންދާ ސިޔާސީ ހަރަކާތްތަކުގައި، އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ވާހަކަދައްކައި، ނަފުރަތާއި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް އަމަލުކުރަމުންދާ ކަމަށް ބުނެ، ސިޔާސީ ހަރަކާތް ގާނޫނީ އިމުގެ ތެރެއިން ހިންގުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެ ދެ ޕާޓީ އަށް އިއްޔެ އަންގައިފިއެވެ. އެކަން އަންގައި އީސީން މި ދެ ޕާޓީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، މި ދުވަސްވަރު ސިލްސިލާކޮށް ކ...