ރ. ދުވާފާރުގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގައިގެން އުޅޭކަމުގެ ރިޕޯޓު ލިބިފައިވަނީ 2026 އޭޕްރީލް 28 ވާ އާދިއްތަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.

Ad
rt

މި ހަމަލާގައި އަނިޔާވި ބިދޭސީ މީހާއަށް މިހާރު ދަނީ ދުވާފާރު ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންނެވެ.

މި ހަމަލާ ދޭން މެދުވެރިވި ސަބަބެއް ނުވަތަ މިކަމާ ގުޅިގެން މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލަ ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ފުލުހުން ބުންޏެވެ.