ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ސިޔާސީ ލީޑަރުން ދެއްކި ވާހަކަތައް މިއަދާ ހަމައަށް ވެސް ދިމާވެފައި ނުވާ ކަމަށާއި، ލޮލުފިޔަ ނުޖަހާ ރައްޔިތުން އަދިވެސް ޖެހިފައި ވަނީ ހައްގުތައް ހޯދަން މަސައްކަތްކުރަން ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބުދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ. ހުކުރު ދުވަހުގެ ރޭ ދިވެހި ޗެނަލުން ގެނެސްދިން “ހައްޓި” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ސިޔާސީ ލީޑަރުން ދައްކަމުންއައި ވާހަކައަކީ އޭރުގެ ހާލަތަށްވުރެ ރަނގަޅު ހާލަތަށް...
އަލީ އާދިލް
ކުޅުދުއްފުށި ސިޓީން 2 ފޫޓުގެ ހަރުފައެއް ފެނިއްޖެ އެވެ. މިހަރުފަ ފެނިފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. މިނޫހާއި ވާހަކަ ދައްކަމުން އެސަރައްދުގައި ހުރި ޒުވާނަކު ބުނީ އެ ހަރުފަ ފެނިފައިވަނީ އެތުމާ ގުދަން ކައިރިންކަމަށެވެ. ހަރުފަ ފެނިފައިވަނީ ބޭރުން ގެނެސްފައިވާ ލަކުޑި ތަކެއްގެ ތެރެއިންކަމަށެވެ. އެލަކުޑިތައް އެދަރަހައްދަށް ދެނެސްފައިވަނީ އިއްޔެ ހަވީރުކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެޒުވާނާ އިތުރަށް ބުނީ މިހަރުފައިގައި 2 ފޫޓު ވަރު ހުންނާނެކަމަށެވެ. މިއީ ޕައިތަން އާއިލާއަށް ނިސްބަތްވާ ހަރުފ...
އިބްރާހިމް އަސްވާޤް
އޮޅުވެލި ރިސޯޓު ކައިރިން ދަތުރުކުރި ލޯންޗަކަށް ރާޅެއްއަރައި، ހިނގި ހާދިސާގައި ކަނޑަށް ވެއްޓި ގެއްލުނު ހަތަރު އަހަރު ކުއްޖާ ހޯދުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. މިމަހުގެ 16 ވަނަ ދުވަހު ހިނގި މި ހިތާމަވެރި ހާދިސާގައި ލޯންޗަށް އެރި ރާޅަކާއެކުގައި 3 މީހަކު ކަނޑަށް ވެއްޓުނެވެ. އެއީ މ. ގްރީން ޕީކް، އުމުރުން 33 އަހަރުގެ މަރިޔަމް ނާހިދާއާއި އޭނާގެ ދެ ދަރިންނެވެ. ނާހިދާއާއި އެއް ދަރިފުޅު ފެނުނު ނަމަވެސް އަނެއް ދަރިފުޅު […]
ޔުމްނާ ޢަލީ
ކުރިއަށް އޮތް 3 ދުވަސްތެރޭގައި ރަށްރަށަށް އެމްބިއުލާންސްތައް ފޮނުވަން ފެށޭނެ ކަމަށް ހެލްތު މިނިސްޓަރީން ވިދާޅުވެއްޖެއެވެ. ހެލްތު މިނިސްޓްރީން މިއަދު ވިދާޅުވީ، އަތޮޅުތެރޭގައި ބޭނުންކުރުމަށް އެސް.ޓީ.އޯ މެދުވެރިކޮށް ގެނެވިފައިވާ 20 ވިހި އެމްބިއުލާންސްގެ ފުރަތަމަ ޝިޕްމަންޓް، އަތޮޅުތެރެއަށް ފޮނުވުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަށްވަމުން ގެންދަވާ ކަމަށެވެ. މިގޮތުން އިދާރީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު ކުރިއަށް އޮތް 3 ދުވަސްތެރޭގައި އެމްބިއުލަންސްތައް ފޮނުވަން ފެށޭނެ ކަމަށް...
ޝިއުނާ އާދަމް
ފުންކޮށް ވިސްނާލުމުން “ޤައުމަށްޓަކާ” ބާއްވާ ހަރަކާތްތަކާއި، ތިމާއަށްޓަކާ ބާއްވާ ހަރަކާތްތަކުގެ ތަފާތު ފެންނާނެކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. އަބުދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. ޑރ. މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ތަފާތު “ލީޑަރުންނާއި” އަދި “ކޯލިޝަން” ތަކާއި އެކު ތަޖުރިބާތަކެއް ކުރެވިއްޖެ ކަމަށެވެ. “ޤައުމަށްޓަކާ ބާއްވާ ހަރަކާތްތަކާއި، ތިމާއަށްޓަކާ ބާއްވާ ހަރަކާތްތަކާ ބަލާބެލުމަށް ތަފާތުކުޑަޔަސް، ފުންކޮންވިސްނާ ފިކުރުހިންގާލުމުން ތަފާތުފެންނާނެ. ލައްކަވާހަކަ” ޑރ. މައުސޫމް ވިދާޅުވިއެވ...
އަލީ އާދިލް
ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިންތިޒާމު ކޮށްގެން ބޭއްވި ހިނގާލުން ނިންމާލައިފިއެވެ. ގިނަ އިދިކޮޅު ސަޕޯޓަރުންތަކެއް ބައިވެރިވި މި ހިނގާލުން އަމާންކަމާއެކު ނިންމާލާފައިވާއިރު، މި ހިނގާލުމުގައި ވަނީ ހދ. ހަނިމާދޫގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ވެސް ގޮވާލާފައެވެ. މާލޭ ސިޓީގައި ހުންނަ ޕީޕީއެމްގެ އޮފީހުގެ ކުރިމަތިން ބޮޑުތަކުރުފާނު މަގުން މިއަދު ހަވީރު 4 ޖަހާއިރު ފެށި މި ހިނގާލުމުގައި ވަނީ އިދިކޮޅު ލީޑަރޝިޕްގެ އިސްބޭފުޅު...
ތިލަދުން
މާލޭ ސިޓީގައި ޒުވާން އަންހެނަކަށް އަނިޔާކުރި މައްސަލާގައި ޒުވާން ފިރިހެނަކު ހައްޔަރުކޮފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވި ގޮތުގައި 19 އަހަރުގެ އަންހެނަކަށް އަނިޔާކުރި މައްސަލައެއް ރޭ އެ އިދާރާއަށް ހުށަހެޅިފަވެއެވެ. މި މައްސަލާގެ ރިޕޯޓު ފުލުހުންގެ އިދާރާއަށް ހުށަހެޅިފައިވަނީ ރޭ 1:30 ހާއިރުއެވެ. މި މައްސަލާގައި ފުލުހުން ވަނީ 19 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައެވެ. ފުލުހުން ވިދާޅުވި ގޮތުގައި އެމީހާ ހައްޔަރު ކުރުމަށްފަހު އެ މައްސަލަ މިހާރު ގެންދަވަނީ ތަހުގީގު ކުރައްވަމުންނެވެ. ހުޅުމާލޭގ...
ޔުމްނާ ޢަލީ
ކޯވިޑް-19 ބަލީގައި ރާއްޖެއިން 44 އަހަރުގެ އަންހެނަކު ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވި ގޮތުގައި ނިޔާވެފައި ވަނީ ހުޅުމާލެ ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ ދިވެއްސެއް ކަމަށެވެ. މި މީހާ ނިޔާވެފައި ވަނީ ރޭ މެންދަމުން އަނބުރާ 3:15 ހާކަށް ހާއިރުއެވެ. ރޭ ނިޔާވެފައި ވަނީ ހއ. ވަށަފަރަށް ނިސްބަތްވާ އެރަށު އީރާނިސްވިލާ، އާއިޝަތު ފަހީމާއެވެ. ފަހީމާގެ ޖަނާޒާ ބާއްވާފައި ވަނީ މިއަދު ހެނދުނު 8 ޖެހިއިރު ހުޅުމާލޭ ސަހަރާގައެވެ. ފަހީމާއަކީ ފިޝަރީޒް މިނިސްޓްރީގެ މުވައ...
ޔުމްނާ ޢަލީ
އިސްލާމް މުދައްރިސުންނަށް “ތަހުޒީބީ އަޚްލާޤީ މުޖުތަމައަކަށް” މި ނަމުގައި ވޯކްޝޮޕެއް ބާއްވައިފި އެވެ. މިއީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ކުރިއަށް ގެންދިޔަ ވޯކްޝޮޕް އެކެވެ. އެމިނިސްޓްރީން ވިދާޅުވީ މިއީ އިސްލާމްދީނާމެދު ހޭލުންތެރިކުރުވައި، އިސްލާމް ދީނާމެދު އުފެދިފައިވާ ކުށްހީތައް ފިލުވާލައި، ތަހްޒީބީ އަޚްލާޤީ މުޖްތަމަޢެއް ބިނާކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ ވޯކްޝޮޕެއް ކަމަށެވެ. އިއްޔެ ކުރިއަށް ގެންދިޔަ މި ވޯކްޝޮޕް ކުރިއަށް ގެންދިޔައީ މިނިސްޓްރީގެ ހޯލުގައެވެ. 74 ސުކޫލަކުން ޖުމްލަ...
އިބްރާހިމް އަސްވާޤް
އަމީނީ ގޯޅީގައި ހުރި އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. އެމްއެންޑީއެފްއިން ވިދާޅުވީ މިހާދިސާ ހިނގާފައިވަނީ އަމީނީ ގޯޅީގައި ހުންނަ ޑޮނާޑް ގާމެންޑް ހިންގަމުން އަންނަ އިމާރާތުގެ 3 ވަނަ ފަންގި ފިލާގައި ކަމަށެވެ. އެސަރަހައްދުގައި އަލިފާން ނިންވުމަށް ފަޔަ އެންޑް ރެސްކިއު ސާވިސްގެ ސިފައިން ހަރަކާތްތެރިވަމުން އަންނައިރު އެ އިމާރާތުން އަންނަނީ ދުން އަރަމުންނެވެ. މިހާދިސާގެ މަޢުލޫމާތު ފަޔަ އެންޑް ރެސްކިއު ސާވިސްއަށް ލިބިފައިވަނީ 16:49 ގައި ކަމަށް އޮފިސަލް ވިދާޅުވި އެވެ. ޑޮނާޑް ގާރމެޓް […...
އަލީ އާދިލް
މާލެ ސިޓީ ޑްރައިވިންގ ލައިސަންސް ސެންޓަރުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ. މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެ ސެންޓަރުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލާ ހަވާލު ކުރުމުން މިއަދު އެތަނުގެ އަމަލީ މަސައްކަތް ސިޓީ ކައުންސިލްގެ މުވައްޒަފުން ފަށާފައިވާ ކަމަށެވެ. މި މަސައްކަތަކީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އިން މާލެ ސިޓީ ކައުންސިލްއާއި ހަވާލުކޮށްފައިވާ މަސައްކަތެއް ކަމަށް ވެސް މޭޔަރު ޑރ. މުއިއްޒު ވިދާޅުވެފަވެއެވެ. މާލެ […]
އަޒްފާ ރަޝީދު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަރިއަތޮޅު އުތުރުބުރީގެ 6 ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު އެ އަތޮޅު ތޮއްޑޫއަށް ވަޑައިގެން އެރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ބޭއްވެވި ބައްދަލު ކުރައްވައިފިއެވެ. ރައީސް ޞާލިޙް މިއަދު ހެނދުނު ފެއްޓެވި މިދަތުރުފުޅުގައި ދަތުރުފުޅުކުރައްވަން ހަމަޖެހިފައިވަނީ އއ. ތޮއްޑޫއަށާއި، ރަސްދޫއަށާއި، އުކުޅަހަށާއި، މަތިވެރިއަށާއި، ބޮޑުފޮޅުދޫ އަދި ހިމެންދޫއަށެވެ. މިގޮތުން މި ދަތުރުގެ ފުރަތަމަ މަންޒިލެއް ގޮތުން ތޮއ...
ޔުމްނާ ޢަލީ
ޖެންޑަރ މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރަކަށް ރިޒްނާ ޒަރީރު އައްޔަން ކުރައްވައިފި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މި މަގާމަށް ކުރީގެ މަޝްހޫރު ނޫސްވެރިޔާ ރިޒްނާ ޒަރީރު އައްޔަން ކުރައްވާފައިވަނީ މިއަދު އެވެ. ނޫސްވެރިކަމުގެ ދާއިރާގައި ގާތްގަނޑަކަށް 14 އަހަރު މަސައްކަތް ކުރައްވާފައިވާ ރިޒްނާ މިފަހުން ފެނިގެން ގޮސްފައިވަނީ ސިޔާސީ ދާއިރާއިން އެވެ. އެގޮތުން މިއަހަރު ބޭސްވުނު ކައުންސިލް އިންތިހާބުގައި ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރުކަމަށް އެމްޑީޕީ ޓިކެޓުގައި ރިޒްނާ ކުރިމަތިލެއްވިއެ...
އަލީ އާދިލް
100 ކިލޯ މަސްތުވާތަކެތި އަތުލައިގަތް މައްސަލާގައި ފުލުހުން ހައްޔަރުކުރި 10 މީހުންގެ ތެރެއިން 2 މީހުން ދޫކޮށްލުމަށް ކޯޓުން ނިންމެވި މައްސަލަ އިސްތިއުނާފު ނުކުރަން ނިންމައިފިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހު ޕަބްލިކް ޕްރޮސިކިއުޓަރ އަޙްމަދު ޝަފީޢު ވިދާޅުވި ގޮތުގައި ޕީޖީ މިގޮތައް ނިންމެވި ނިންމުން ބިނާވަނީ ދެ ސަބަބެއްގެ މައްޗަށެވެ. މިގޮތުން ފުރަތަމަ ސަބަބަކީ، ހައިކޯޓު މަރުޙަލާގައި އިތުރު ހެކި ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެތީއާއި، ދަށުކޯޓަށް ހުށަހެޅުނު ހެކި ޤަރީނާގެ މައްޗަށް ބަލައި ބަންދުން...
ޔުމްނާ ޢަލީ
މަސްތުވާތަކެތިން ރާއްޖެ ސަލާމަތްކުރުމަށް ކުރީ ސަރުކާރުގެ ދުވަސްވަރު ވެސް ބޭރުގެ ބޮޑެތި އެހީތަކެއް ލިބިގެން ދިޔަ ކަމަށާއި، ނަމަވެސް އެ ފައިސާއިން ވެސް ކުރީ ވައްކަން ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ. ޝިފާޢު މިހެން ވިދާޅުވީ، މިއަދު ކުރިއަށްދާ މަޖިލިސް ޖަލްސާގައި މަސްތުވާތަކެއްޗާއެކު ހައްޔަރުކުރާ މީހުން ދޫވަމުން ދާކަމަށް ބުނެ އިދިކޮޅު މެންބަރު މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ބައިވެރިވެ ދެއްކެވި ވާހަކާގައެވެ....
އަލީ އާދިލް