މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,868 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 812 ވަނަ ޞަފްޙާ

"ރީޑިސްކަވަރިންގ ނައިޓްރޮޖަން" އިވެންޓުގައި ރައީސް ޞާލިޙް ބައިވެރިވެވަޑައިގެންފި

"ރީޑިސްކަވަރިންގ ނައިޓްރޮޖަން" އިވެންޓުގައި ރައީސް ޞާލިޙް ބައިވެރިވެވަޑައިގެންފި

“ރީޑިސްކަވަރިންގ ނައިޓްރޯޖަން: ސޮލިއުޝަންސް އެންޑް ސިނަރޖީސް ފޮރ ކްލައިމެޓް ޗޭންޖް، ހެލްތް، ބަޔޯޑައިވަރސިޓީ އެންޑް ސަރކިއުލަރ އިކޮނޮމީ” އިވެންޓްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ. ސްކޮޓްލެންޑްގެ ގްލާސްގޯގައި ބާއްވާ އ.ދ ގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ކޮންފަރެންސް “ކޮޕް26″ގެ ހަވާސާގައި ބޭއްވި މި އިވެންޓުގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ވާހަކަފުޅު ދައްކަވަމުން ވަނީ ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށ...

ޔުމްނާ ޢަލީ
ރައީސް ޞާލިޙް ގްލަސްގޯއަށް ވަޑައިގެންފި

ރައީސް ޞާލިޙް ގްލަސްގޯއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސްކޮޓްލަންޑްގެ ގްލަސްގޯއަށް ވަޑައިގަންނަވައިފިއެވެ. ރައީސް ޞާލިޙްގެ މި ދަތުރުފުޅަކީ، ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް ކޮޕް26 ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރަށްވާ ދަތުރުފުޅެކެވެ. ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ވެސް ގްލަސްގޯއަށް ދަތުރުކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވެސް އެ ވަފްދުގައި ހިމެނިވަޑައިގަންނަވައެވެ. ރައީސް އޮފީހުން ވިދާޅުވާގޮތުގައި، ކޮޕް26ގެ ބ...

ޔުމްނާ ޢަލީ
ބަޖެޓް 2022: 160 ޑޮކްޓަރުންނާއި، 200 އަށްވުރެ ގިނަ ނަރުހުން އިތުރުކުރަން ހިމަނައިފި

ބަޖެޓް 2022: 160 ޑޮކްޓަރުންނާއި، 200 އަށްވުރެ ގިނަ ނަރުހުން އިތުރުކުރަން ހިމަނައިފި

ސިއްހީ ހިދުމަތްތެރިން މަދުވުމުގެ ސަބަބުން އެންމެ އެކަށީގެންވާ ފަރުވާދިނުމަށް އެޅޭ ހުރަސްތަކަށް ޙައްލު ހޯދުމަށް 160 ޑޮކްޓަރުންނާއި، 200 އަށްވުރެ ގިނަ ނަރުހުން އިތުރުކުރަން އަންނަ 2022 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމަނައިފިއެވެ. މިއަދު ރައްޔިތުންގެ މަޖިލިސްއަށް އަންނަ އަހަރުގެ ބަޖެޓް ހުށަހަޅުއްވަމުން ފިނޭން މިނިސްޓަރު އިބްރާޙީމް އަމީރު ވިދާޅުވީ، ޞިއްޙީ ދާއިރާގައި ސަރުކާރުގެ އެންމެ މުހިންމު އަމާޒަކީ، ރައްޔިތުންނާ ގާތުން ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ. މި...

ޝިއުނާ އާދަމް
ބަޖެޓް 2022: ކައުންސިލްތަކަށް 1.5 ބިލިއަން ރުފިޔާގެ ހިލޭ އެހީ

ބަޖެޓް 2022: ކައުންސިލްތަކަށް 1.5 ބިލިއަން ރުފިޔާގެ ހިލޭ އެހީ

ލޯކަލް ކައުންސިލްތަކަށް 1.5 ބިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ދިނުމަށް އަންނަ އަހަރަށް ލާފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނައިފި އެވެ. 2020 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް މިއަދު ވަނީ ރައްޔިތުންގެ މަޖިލިސްއަށް ހުށަހަޅާފައެވެ. މި ބަޖެޓް ހުށަހަޅުއްވާ ދެއްވީ ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރެވެ. ލޯކަލް ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓު ހިލޭ އެހީދޭ ގޮތަށް ހަމަޖެއްސީ މިސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހުއެވެ. މިގޮތުން ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ފައިސާ ދިނުމުގެ އިނ...

އަލީ އާދިލް
ގައުމީ ރޫހެއްގައި، އެންމެން ގުޅިގެން ކުޅިވަރުތައް ކުޅޭ ތަނަކަށް މާލޭ ސިޓީ ހަދަން ބޭނުން: މޭޔަރު މުޢިއްޒު

ގައުމީ ރޫހެއްގައި، އެންމެން ގުޅިގެން ކުޅިވަރުތައް ކުޅޭ ތަނަކަށް މާލޭ ސިޓީ ހަދަން ބޭނުން: މޭޔަރު މުޢިއްޒު

މާލޭ ސިޓީއަކީ އެންމެން އެކީ ގައުމީ ރޫހެއްގައި ނިކުމެ، ކުޅިވަރުތައް ކުޅޭ ތަނަކަށް ހެއްދެވުމަށް ބޭނުންފުޅުވާކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މޭޔަރު މުއިއްޒު މިހެން ވިދާޅުވެފައި ވަނީ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ގައުމީ ޓީމުން ކުރި ހިތްވަރު ފާހަގަ ކޮށް ސާބަސް ދެއްވުމުގެ ގޮތުން ރޭ ބޭއްވެވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޒަމާނުއްސުރެ މާލެ ސިޓިގައި އޮންނަ އަވަށު ފޯރިއާއި ރޫހު ދިރުވުމަށް މާލެ ސިޓީގައި އެކި އެކި ކުޅިވަރު މުބާރާތްތައް […]

އައިޝަތު ނަސާޔާ
100 ހާފިޒުން އުފެއްދުމުގެ ޕްރޮގްރާމެއް ޢިލްމު އިންސްޓިޓިއުޓުން ފަށަނީ

100 ހާފިޒުން އުފެއްދުމުގެ ޕްރޮގްރާމެއް ޢިލްމު އިންސްޓިޓިއުޓުން ފަށަނީ

ޢިލްމު އިންސްޓިޓިއުޓް ފޯރ އިސްލާމިކް ސްޓަޑީޒްއިން ކީރިތި ޤުރުއާން ހިތު ދަސް 100 ޙާފިޒުންގެ އުފެއްދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ. “ކީރިތި ޤުރުއާން ހިތު ދަސް 100 ޙާފިޒުންގެ އުފެއްދުމުގެ މަޝްރޫޢު”ގެ ނަމުގައި އެ އިންސްޓިޓިއުޓުންފަށާ މަޝްރޫޢުއެއްގެ ދަށުން ކުރިއަށް ގެންދާ މި ޕްރޮގްރާމާ ގުޅޭގޮތުން ޢިލްމް އިންސްޓިޓިއުޓުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މިފަދަ ޕްރޮގްރާމްއެއް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު މަޤްސަދަކީ ކީރިތި ޤުރުއާން ދެކެ ލޯބިވާ، ކީރިތި ޤުރުއާން ހިތުން ދަސް ޒ...

އައިޝަތު ނަސާޔާ
އެމްއެންޕީގެ ޕީޖީ ލީޑަރަކަށް ރިޔާޟް، އިދާރީ އިސް މަގާމުތަަކަށް މެންބަރުން އައްޔަން ކޮށްފި

އެމްއެންޕީގެ ޕީޖީ ލީޑަރަކަށް ރިޔާޟް، އިދާރީ އިސް މަގާމުތަަކަށް މެންބަރުން އައްޔަން ކޮށްފި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)  ޕާލިމަންޓްރީ ގުރޫޕުގެ އިސް ދެ މަގާމަށާއި، އެ ޕާޓީގެ އިދާރީ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުކޮށްފިއެވެ. އެމްއެންޕީ އިއްޔެ ވަނީ 3 މެންބަރުންނާއެކު ރައްޔިތުންގެ މަޖިލީހުގެ ދަފްތަރުގައި ހިމަނާފައެވެ. އެހެން ކަމުން އެ ޕާޓީގެ ޕީޖީ ގްރޫޕްގައި ތިއްބަވާ 3 މެންބަރުންނަކީ ޕާޓީގެ ރައީސް ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި، ޕާޓީގެ ދެ ނައިބު ރައީސުން ކަމަށްވާ ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޟް އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު […]

އަލީ އާދިލް
ރައީސް ސޯލިހާއި، ރައީސް މައުމޫން ބައްދަލު ކުރައްވައިފި

ރައީސް ސޯލިހާއި، ރައީސް މައުމޫން ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙާއި، ކުރީގެ ރައީސް އަދި އެމްއާރުއެމްގެ ޒަޢީމް މައުމޫން އަބުދުލްޤައްޔޫމް ޑުބާއީގައި ބައްދަލު ކުރައްވައިފިއެވެ. ދެ ރައީސުން ޑުބާއީގައި ބައްދަލުކުރަށްވާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވި ނަމަވެސް، އިތުރު ތަފްސީލެއް އަދި ނުދެއްވައެވެ. ރައީސް ޞާލިޙްގެ ދެކަނބަލުން ޔޫއޭއީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ދުބާއީ އެކްސްޕޯ 2020ގައި ބައިވެރިވެވަޑައިގެންނެވުމަށް އެޤައުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ސަރުކާރު...

ޔުމްނާ ޢަލީ
ރައީސްގެ ދެކަނބަލުން ދުބާއީ އެކްސްޕޯގައި ސަޢޫދީ ޕެވިލިއަންއަށް ވެސް ޒިޔާރަތްކުރައްވައިފި

ރައީސްގެ ދެކަނބަލުން ދުބާއީ އެކްސްޕޯގައި ސަޢޫދީ ޕެވިލިއަންއަށް ވެސް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ފަސްޓް ލޭޑީ ފަޒްނާ އަޙްމަދު، ރޭ ދުބާއީ އެކްސްޕޯ 2020އަށް ޒިޔާރަތްކުރައްވައި އެ އެކްސްޕޯގައި ހުރި ސަޢޫދީ ޢަރަބިއްޔާގެ ޕެވިލިއަންއަށް ޒިޔާރަތްކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރޭ ޒިޔާރަތްކުރެއްވި ސަޢޫދީ ޢަރަބިއްޔާގެ ޕެވިލިއަންއަކީ ޔޫ.އޭ.އީގެ ޕެވިލިއަންއަށްފަހު މުޅި އެކްސްޕޯގައި ދެ ވަނައަށް އެންމެބޮޑު ޕެވިލިއަން އެވެ. އެކްސްޕޯގެ އޮޕަޓުނިޓީ ޑިސްޓްރިކްޓްގައި ހުރި މި ޕެވިލިއަންގެ ބޮޑުމިނުގައި 13059 އަކަމީޓަރު ހުރެއެވެ. އެތަނުގެ މޫ...

ޝިއުނާ އާދަމް
އެއާޕޯޓް އަނބުރާ ހޯދަން ޔާމީން ފިޔަވާ ދެންތިއްބެވި ލީޑަރުން ބޭނުންވީ ޑީލެއް: އަދުރޭ

އެއާޕޯޓް އަނބުރާ ހޯދަން ޔާމީން ފިޔަވާ ދެންތިއްބެވި ލީޑަރުން ބޭނުންވީ ޑީލެއް: އަދުރޭ

އިންޑިއާގެ ޖީއެމްއާރު އަތުން ރާއްޖޭގެ މައި އެއާޕޯޓް އަނބުރާ ހޯދުމަށް ފުރަތަމަ ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައި ރައީސް ޔާމީން ފިޔަވައި ދެންތިއްބެވި ސިޔާސީ ލީޑަރުން ބޭނުންވީ ރަނގަޅު ޑީލެއްކަމަށް ކަމަށް ޕީއެންސީގެ ރައީސް އަބުދުއްރަޙީމް ޢަބުދު ﷲ ވިދާޅުވެއްޖެއެވެ. ޕީޕީއެމްއަށް 10 އަހަރު ފުރުން ފާހަގަ ކުރަން ރޭ ބޭއްވި ދިދަނެގުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، ރައީސް ނަޝީދުގެ ވެރިކަމުގައި އިންޑިއާގެ ޖީއެމްއާރަށް ރާއްޖޭގެ މައި އެއާޕޯޓް ދީފައި ވަނިކޮށް، ރައީސް ޑރ. ވަހީދުގެ […]

ތިލަދުން
ރައީސްގެ ދެކަނބަލުން ދުބާއީ އެކްސްޕޯގައި ފަލަސްޠީނުގެ ޕެވިލިއަން ޒިޔާރަތްކުރައްވައިފި

ރައީސްގެ ދެކަނބަލުން ދުބާއީ އެކްސްޕޯގައި ފަލަސްޠީނުގެ ޕެވިލިއަން ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ފަސްޓް ލޭޑީ ފަޒްނާ އަޙްމަދު، ރޭ ދުބާއީ އެކްސްޕޯ 2020އަށް ޒިޔާރަތްކުރައްވައި އެ އެކްސްޕޯގައި ހުރި ފަލަސްޠީނުގެ ޕެވިލިއަންއަށް ޒިޔާރަތް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފަލަސްޠީނުގެ ޕެވިލިއަނަށް ވަޑައިގެންނެވުމުން އެ ދެކަނބަލުންނަށް މަރުޙަބާ ވިދާޅުވީ ދުބާއީގައި ހުންނަ ފަލަސްޠީނު އެމްބެސެޑަރ، ޗާޖް ޑި އެފެއާރޒް އޮފް ދަ ކޮންސިއުލޭޓް ޖެނެރަލް ޢަލީ އެމް. ޔޫނުސް އެވެ. އެ އެކްސްޕޯގައި ފަލަސްތީނުގެ ޕެވިލިއަން ފަރުމާކޮށްފައި ވަނީ އެތަ...

ޔުމްނާ ޢަލީ
ދިރިއުޅުމަށް ކުއްޔަށް ދޫކުރާ ތަންތަން ރަޖިސްޓަރީ ކުރަން ލާޒިމްވާ ބިލު ފާސްކޮށްފި

ދިރިއުޅުމަށް ކުއްޔަށް ދޫކުރާ ތަންތަން ރަޖިސްޓަރީ ކުރަން ލާޒިމްވާ ބިލު ފާސްކޮށްފި

ހަމަސް ދުވަހަށްވުރެ ދިގުމުއްދަތަށް ދިރިއުޅުމަށް ކުއްޔަށް ދޫކުރާ ތަންތަން ރަޖިސްޓަރީ ކުރުމަށް ލާޒިމްކޮށް ގޯތިގެދޮރު ކުއްޔަށް ދިނުމާއިބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. ސަރުކާރުގެ ފަރާތުން މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަސީރު ހުށަހެޅުއްވި މި ބިލު، ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް ބިލު ފާސްކޮށްފއި ވަނީ 48 މެމްބަރުންގެ ވޯޓުންނެވެ. މި ބިލުގައި ގެދޮރު ކުއްޔަށް ދިނުމުގައި، ކުއްޔަށް ހިފާ ފަރާތާއި ކުއްޔަށްދޭ ފަރާތުގެ ހައްޤުތައް ހިމާޔަތްކުރުމަށް ވަރަށް...

އިބްރާހިމް ޚަލީލް
އެފްއޭއެމްގެ ރެފްރީ ކޯސްތައް ފުރިހަމަ ކޮށްފައިވާ ފަރާތްތަކުގެ މަޢުލޫމާތު ހޯދަނީ

އެފްއޭއެމްގެ ރެފްރީ ކޯސްތައް ފުރިހަމަ ކޮށްފައިވާ ފަރާތްތަކުގެ މަޢުލޫމާތު ހޯދަނީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހިންގާފައިވާ ރެފްރީ ކޯސްތަކުގައި ބައިވެރިވެ ފުރިހަމަ ކޮށްފައިވާ ފަރާތްތަކުގެ މަޢުލޫމާތު ހޯދުމަށް އެ އެސޯސިއޭޝަނުން އިޢުލާން ކޮށްފިއެވެ. މިކަމާއި ގުޅިގެން 27 އޮކްޓޯބަރ 2021 ގައި އެ އެސޯސިއޭޝަނުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ އެ އެސޯސިއޭޝަނުން ރާއްޖޭގައި ހިންގުނު ރެފްރީ ކޯސްތަކުގައި ބައިވެރިވެ އެ ކޯސްތައް ފުރިހަމަކޮށް އަދި މިވަގުތު މާލެއާއި އަތޮޅުތަކުގައި ރެފްރީކަން ކުރަމުންދާ ރެފްރީންގެ ރަޖިސްޓްރީ އަޕްޑޭޓު ކުރުމަށްޓަކައި އެ ފަރާތްތަކ...

އިބްރާހިމް ޚަލީލް
ރަސްފަރީ ފަރަށް އުރުނު ކާގޯ ބޯޓުގެ ވެރިފަރާތް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

ރަސްފަރީ ފަރަށް އުރުނު ކާގޯ ބޯޓުގެ ވެރިފަރާތް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

ކ. ރަސްފަރި ފަރަށް އުރުނު ޕެނަމާގެ މުދާ އުފުލާ ކާގޯ ބޯޓުގެ ވެރިފަރާތް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ. އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއަހަރުގެ އޯގަސްޓް މަހުތެރޭ ކ. ރަސްފަރީގެ ފަރަށް “އެމް.ވީ ނެވިއޯސް އެމެރައިލިސް” ނަމަކަށް ކިޔާ އުޅަނދު އެރުމާއި ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދު، ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރި...

އައިޝަތު ނަސާޔާ
ވައްކަމުގެ 2 މައްސަލައެއްގައި ތުހުމަތުވާ 3 މީހަކު ހޯދަނީ

ވައްކަމުގެ 2 މައްސަލައެއްގައި ތުހުމަތުވާ 3 މީހަކު ހޯދަނީ

ވައްކަމުގެ 2 މައްސަލައަކާއި ގުޅިގެން 3 މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ. މިގޮތުން ފުރަތަމަ މައްސަލައަކީ މަސްވެރިންގެ ޕާކު ތެރޭގައި ހުރި ކޮވިޑް ފެސިލިޓީން ފޯނެއް ވަގަށް ނަގާފައިވާ މައްސަލައެކެވެ. މި މައްސަލައާއި މިދިޔަ ސެޕްޓެމްބަރ މަހުގެ 09 ވަނަ ދުވަހު މަސްވެރިންގެ ޕާކު ތެރޭގައި ހުރި ކޮވިޑް ފެސިލިޓީއިން ފޯނެއް ވަގަށް ނަގާފައިވާ ކަމުގެ ތުހުމަތު ކުރެވޭ މީހަކު ހޯދަން ފުލުހުން ވަނީ ޢިއުލާން ކޮށްފައެވެ. ސައިކަލެއް ވަގަށް ނެގި މައްސަލައެއްގައި ދެމީހަކު ހޯދަނީhttps://t.co/RWu6MlB5YJ pic.twitt...

އައިޝަތު ނަސާޔާ