215 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި 2 މީހަކު ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފިއެވެ. ފުލުހުންގެ ހިދުމަތުން ވިދާޅުވީ، މި މީހުންނަކީ ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އެތެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 15 ވަނަ ދުވަހު އެ އިދާރާގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި، ޑްރަގް އިންޓެލިޖެންސް ޔުނިޔާއި، ރ. އަތޮޅު ޕޮލިހާއި، ފޮރިންސިކް ފުލުހުންނާއި އަދި މެރިން ޕޮލިސް ގުޅިގެން ހިންގި އޮޕަރޭ...
އަލީ އާދިލް
އިންޑިއާގެ ޖީއެމްއާރު އަތުން ރާއްޖޭގެ މައި ވައިގެ ބަނދަރު އަތުލި މައްސަލައާއި ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރު ވިދާޅުވި އެއްޗަކާމެދު އިގްތިސޯދީ ނަޒަރަކުން ވިސްނައި، ފަހުމުވެލުން މުހިއްމުކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބުދު ﷲ މައުސޫމް ވިދާޅުވެއްޖެއެވެ. ޖީއެމްއާރު އަތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއީ) އަތުލުމަކީ ރާއްޖޭގެ އިގްތިސޯދީ ކުރިއެރުމަށް މިހާތަނަށް އެޅުނު އެންމެ ބޮޑު ހުރަސް ކަމަށް ވިދާޅުވެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ...
އަލީ އާދިލް
ދިވެހި ފުލުހުން ހިދުމަތުގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ. މިގޮތުން ފުލުހުންގެ ވަޒީފާއަށް ވަނުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، އަންނަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގެ 16:00 ކުރިން ފޯމު ހުށަހަޅަން ޖެހެއެވެ. މި ވަޒީފާއަށް އެދޭ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުޠުތަކަށް ބަލާއިރު، އެފަދަ މީހެއްގެނަމަ ގްރޭޑް 10 ގެ ފެންވަރު ހުރުން ނުވަތަ ފުލުހުންގެ ހިދުމަތަށް ބޭނުންތެރި ފަންނީ ދާއިރާއަކުން 3 މަހަށްވުރެ ކުރު ނޫން ކޯހެއް ފުރިހަމަކޮށް، އެކޯހުން ފާސްވެފައިވުން […]
ޔުމްނާ ޢަލީ
ކާށިދޫ ކަނޑަށް ވެއްޓިގެން ހޯދަމުންދިޔަ ޒުވާނާ ފަތާފައި ކާށިދޫއަށް އެރުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ. ފުލުހުން މީގެ ކުރިން ވިދާޅުވީ މާލެއިން ބ އަތޮޅަށް ދަތުރުކުރި ބޯޓަކުން 22 އަހަރުގެ ފިރިހެނަކު ކާށިދޫ ކަނޑަށް ވެއްޓިފައިވާކަމަށެވެ. “އެމީހާގެ ހާލު ރަނގަޅު، އެމީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި” ނޫސްތަކަށް މަޢުލޫމާތުދެމުން ފުލުހުން ވިދާޅުވެފައިވެއެވެ. އެޒުވާނާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ ސުވާލެއް ކުރުމަށްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެއަށްފަހު...
އަލީ އާދިލް
ކާށިދޫ ކަނޑަށް މީހަކު ވެއްޓިގެން ހޯދަންފަށައިފި އެވެ. ފުލުހުން ވިދާޅުވީ މާލެއިން ބ އަތޮޅަށް ދަތުރުކުރި ބޯޓަކުން 22 އަހަރުގެ ފިރިހެނަކު ކާށިދޫ ކަނޑަށް ވެއްޓިފައިވާކަމަށެވެ. ފުލުހުން ވިދާޅުވީ މިކަން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު 11:00 ގައި ކަމަށެވެ. މިޒުވާނާ އަކީ ދިވެއްސެއްކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އަދި މިމަޢުލޫމާތު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި ހިއްސާކޮށްފައިވާކަމަށާއި މިޒުވާނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ވިދާޅުވި އެވެ. މިހާ...
އަލީ އާދިލް
ރިސޯޓެއްގެ ގޮނޑުދޮށުގައި ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. މިކަމާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުން ވިދާޅުވީ އެމީހާ މަރުވެފައި އޮއްވާ ފެނިފައިވަނީ، އަންނަތާރާ މޯލްޑިވްސް ރިސޯޓްގެ ބީޗް ސަރަހައްދުގައި ކަމަށެވެ. މިމައްސަލަ ފުލުހުންނަށް ހުށައެޅިފައިވަނީ އިއްޔެ 13:00 ކަންހާއިރު ކަމަށް ފުލުހުން ވިދާޅުވި އެވެ. މަރުވެފައި އޮއްވާ ފެނުނީ 35 ކޮރެއާ ފިރިހެނެކެވެ. ފުލުހުން ވިދާޅުވީ އޭނާގެ މަރާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.
އަލީ އާދިލް
ވާދޫ ކަނޑުން މީހަކު އޮޔާދަނިކޮށް ސަލާމަތްކޮށްފި އެވެ. މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ އެމީހާ ސަލާމަތްކުރީ ވާދޫ ކަނޑުގެ ތެރޭގައި ފަތަމުންދަނިކޮށް އެވަގުތު އެސަރަހައްދުން ދަތުރުކުރި ބަޔަކަށް ކަމުގައެވެ. އެމްއެންޑީއެފް އިން މިހާދިސާއާއިގުޅޭގޮތުން އިތުރަށް ވިދާޅުވީ، އެމީހާއަކީ އެކަނި ބޯވަ ނަގަން ގޮސްއުޅުނު މީހެއްކަމަށެވެ. އެމީހާ ސަލާމަތްކުރީ މާލޭ އުސްފަސްގަނޑާ ދިމާލުން އޮޔާދަނިކޮށްކަމަށެވެ. މިހާދިސާގެ އިތުރުން މިއަދުވަނީ މާރުކޭޓު ބޭރުތޮށިމަތީ މަސްބާނަން ތިބި 2 މީހުން...
އަލީ އާދިލް
ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ދިވެހިންގެ ޙިއްޞާ އިތުރުކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ 2019 ވަނަ އަހަރުގެ މަތީ ޘާނަވީ އިމްތިޙާނުތަކުގެ މަތީ ވަނަތަކަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް މިރޭ ތާޖުއްދީން ސްކޫލްގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ ތައުލީމީ ދާއިރާގައި މިހާރު މަސައްކަތްކުރައްވާ ދިވެހި މުދައްރިސުންގެ އަދަދަށް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން...
ޝިއުނާ އާދަމް
މަސް ބާނަން ހުރި މީހަކު ގަދަ ވަޔާއެކު މޫދަށް ވެއްޓި ނިޔާވެއްޖެއެވެ. އެމީހާއަކީ މާލޭ އިއްޒުއްދީން ފާލަން ބޭރު ތޮށިގަނޑުގައި މަސްބާނަށް ގޮސްހުރި މީހެކެވެ. އޭނާ މޫދައް ވެއްޓުނީ ޖެހުނު ގަދަވަޔާއެކުގައެވެ. ފުލުހުންގެ ހިދުމަތުން ވިދާޅުވީ، މި ހާދިސާ ހިނގާފައިވާކަމުގެ ރިޕޯޓު މިއަދު ހެނދުނު 06:52 ގައި އެ އިދާރާއަށް ލިބިފައިވާކަމަށެވެ. ރިޕޯޓު ލިބުމާއެކު ފުލުހުން އެތަނަށް ގޮސް ފުލުހުން ވަނީ އެމީހާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އަށް ގެންގޮސްފައެވެ. “ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެމ...
ޔުމްނާ ޢަލީ
އަނިޔާކޮށް ރަހުމުކުޑަ ގޮތަކަށް މަރާލެވިފައިވާ އޮއްވާ ފެނުނު އދ. ދަނގެތީ މޮނަލާޒް، އުމުރުން 57 އަހަރުގެ މަހްމޫދު އަބޫބަކުރުގެ މަރުގެ ތުހުމަތުގައި އެރަށުން ބިދޭސީހާ ސާލިމް އދ. މަހިބަދު ގެންގޮސްފިއެވެ. ސާލިމް މަހިބަދޫއަށް ގެންދިޔައީ އޭނާ ދަނގެތީގައި އުޅުނު ގެއަށް އިއްޔެ އޭނާ ގެންގޮސް އެ ގެ ވަށައިގެން ބަންދުކޮށްގެން ސާލިމް ކަންތައްތައް ކުރި ގޮތް އޭނަ ލައްވައި ކުޅުވުމަށް ފަހުގައި ކަމަށް މައުލޫމާތު ލިބެއެވެ. ތަހުގީގު ކުރިއަށްދާ މައްސަލައަކަށްވާތީ، ސާލިމް މި މައްސަލާގައި އެއްބަސްވިކަމެއްވެސް އޭނާއާއި މ...
ޔުމްނާ ޢަލީ
އައްޑޫ ސިޓީގައި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކު ނިޔާވެއްޖެއެވެ. މިހާދިސާ ހިނގާފައި ވަނީ ރޭ އައްޑޫ ސިޓީގެ ހިތަދޫގައެވެ. މި އެކްސިޑެންޓްގައި ނިޔާވެފައި ވަނީ 24 އަހަރުގެ ޒުވާނެކެވެ. ފުލުހުންގެ ހިދުމަތުން ވިދާޅުވި ގޮތުގައި މި ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބުނީ ރޭ 12:30 ހާއިރު ކަމަށެވެ. އަދި މި އެކްސިޑެންޓް ހިނގާފައި ވަނީ ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ފާރެއްގައި ޖެހިގެން ކަމަށް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ. “އެކްސިޑެންޓްގައި ސައިކަލް […]
ޔުމްނާ ޢަލީ
ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ވަގުތީ ޓީޗަރުންގެ ޢަދަދު، އެއް ދުވަހުން އަނެއް ދުވަހަށް ދަނީ އިތުރުވަމުންކަމަށާއި، މިކަމަށް އަވަސް ޙައްލެއް ހޯދަން މަސައްކަތް ނުކޮށްފިނަމަ ކުރިމަތިވާނެ ގޮންޖެހުންތައް ބޮޑުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ 2019 ވަނަ އަހަރުގެ މަތީ ޘާނަވީ އިމްތިޙާނުތަކުގެ މަތީ ވަނަތަކަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް މިރޭ ތާޖުއްދީން ސްކޫލްގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ޞާލިޙް ވިދާޅުވީ،...
ޝިއުނާ އާދަމް
ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކު ވެސް ރާއްޖެއަށް މިއަހަރު ގެންނަން އަމާޒުހިފި ފަތުރުވެރިންގެ ޖުމްލަ އަދަދުގެ 90 އިންސައްތަ ކާމިޔާބު ކުރެވިއްޖެކަމަށް ސަރުކާރުން ބުނެފިއެވެ. ރާއްޖޭގެ ފަތުރުވެރިކަން އަލުން ކޮޅަށް ޖެހުމަށް ސަރުކާރާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ ބައިވެރިން އަންނަނީ ވަރަށް ގިނަ މަސައްކަތެއް ކުރަމުންނެވެ. މިގޮތުން ކޯވިޑްގެ މިހާލަތުގައި ވެސް އެންމެ ރައްކާތެރި މަންޒިލް ގޮތުގައި ރާއްޖެ އިސްތިހާރު ކުރުމަށް ދަނީ ގިނަ ރޯޑް ޝޯތަކުގައި ބައިވެރިވެ އެކި ޕް...
އަޒްފާ ރަޝީދު
ޓެކްނޮލޮޖީގެ ޒަމާނުގައި ވަޒީފާއަކީ ވަކި ތަނަކުން ވަކި މީހަކު ދޭ އެއްޗެއް ނޫންކަމަށާއި، އެއީ އެމީހާ އަމިއްލައަށް އުފަންކުރުވާ އެއްޗެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ 2019 ވަނަ އަހަރުގެ މަތީ ޘާނަވީ އިމްތިޙާނުތަކުގެ މަތީ ވަނަތަކަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް މިރޭ ތާޖުއްދީން ސްކޫލްގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ، ޓެކްނޮލޮޖީގެ ޒަމާނުގައި ވަޒީފާއަކީ ވަކި ތަނަކުން ވަކި...
ޔުމްނާ ޢަލީ
އޮޅުވެލި ރިސޯޓު ކައިރިން ދަތުރުކުރި ލޯންޗަކަށް ރާޅެއްއަރައި، ހިނގި ހާދިސާގައި ނިޔާވި މ. ގްރީން ޕީކް، އުމުރުން 33 އަހަރުގެ މަރިޔަމް ނާހިދާ ޖަނާޒާ ބާއްވައިފިއެވެ. އެމްއެންޑީއެފް ކޯސްޓް ގާޑްގެ އެހީތެރިކަމާއެކު ނާހިދާގެ ހަށިގަނޑު މާލެ ގެނެސްފައި ވަނީ މިއަދު ހެނދުނު 7:30 ހާއިރު އެވެ. ނާހިދާގެ ޖަނާޒާގެ ކަންތައް ކުރިއަށް ގެންގޮސްފައި ވަނީ މިއަދު އަސުރު ނަމާދުފަހުގައެވެ. އަސުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައި ނާހިދާގެ ކަށުނަމާދު ކުރުމަށްފަހު ވަޅުލާފައި ވަނީ އާސަހަރާގައެވެ. ނާހިދާގެ ޖަނާޒާގައި ގިނަ […...
ޔުމްނާ ޢަލީ