ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް މަނީ ލޯންޑްރިންގގެ މައްސަލަ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމާއި، އެ ހުކުމަށް ތާޢިދުކޮށް ހައިކޯޓުން ނިންމި ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ. ރައީސް ޔާމީން ވަނީ މިނިވަންވެފައިވަނީ ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރު، އެމްއެމްޕީއާރްސީ ޚިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފް ކުންފުނިން ޔާމީންގެ އެކައުންޓަށް ޖަމާކުރުމުން އެ ފައިސާގެ އަސްލު އޮޅުވާލައި ލޯންޑާކުރި ކަމުގެ ކުށުގައި...
އަލީ އާދިލް
ދިވެހިންނަށް އަމާޒުކޮށް އޮންލައިން މީޑިއަމްތަކުގައި ހިންގާ “ލާދީނީ ހަރަކާތްތައް” ބުލޮކް ކުރުމަށް ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓުން އަމުރެއް ނެރެފި އެވެ. ފުލުހުން ބުނެފައި ވަނީ ދިވެހިރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ލިބޭ ސަރަހައްދުތަކުން އެފަދަ އޮންލައިން މީޑިއަމްތަކަށް ނުވަދެވޭ ގޮތަށް ބްލޮކް ކުރުމުގެ އަމުރެއް ނެރެފައިވާކަމަށެވެ. ދިވެހިރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެން ދީންތައް ފެތުރުމަށް، ދިވެހިންނަށް އަމާޒުކޮށްގެން ހިންގާ ވެބްސައިޓްތަކާއި ސޯޝަލް މީޑިއާ ޕޭޖްތަކާއި ޔޫޓިއުބް ޗެނަލްތަކާއި އެޕް...
އިބްރާހިމް އަސްވާޤް
ބައްޔެއް ފެތުރި ނުރައްކާތެރި ޙާލަތެއް މެދުވެރި ވެދާނެތީ “ދޮންގޮއްޔެ” ބްރޭންޑް ބޭނުންކުރުމާއި ވިއްކުން މަނާކޮށްފި އެވެ. “ދޮންގޮއްޔެ” ބްރޭންޑް ބޭނުން ކުރުމާއި ވިއްކުން މަނާކޮށްފައިވަނީ މޯލްޑިވްސް ފުޓް އެންޑް ޑްރަގް އޮތޯރިޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގަ އެވެ. އެނޫސްބަޔާނުގައި ބުނެފައިވަނީ އޮތޯރިޓީއަށް ހުށަހެޅުނު ޝަކުވާ އަކާއި ގުޅިގެން “ދޮންގޮއްޔެ” ބްރޭންޑް އުފައްދާ ތަން އެއޮތޯރިޓީން ވަނީ އިންސްޕެކްޓް ކޮށްފައިކަމަށެވެ. މި އިންސްޕެކްޝަންގައި ތަނުގެ އާއްމު ސާފުތާހިރުކަން ވަރަށް ދަށްކަން ފާހަގަކުރެވ...
އިބްރާހިމް އަސްވާޤް
ކޯވިޑް-19 ބަލީގައި ރާއްޖެއިން އިތުރު ދެ މީހަކު ނިޔާވެއްޖެއެވެ. މިއާއެކު ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ ޢަދަދު ވަނީ 250 އަށް އަރާފައެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވި ގޮތުގައި ނިޔާވެފައި ވަނީ އުމުރުން 54 އަހަރުގެ މީހަކާއި، 90 އަހަރުގެ މީހެކެވެ. މީގެތެރެއިން ނިޔާވި އުމުރުން 54 މީހާއަކީ، ނ. މަނަދޫގައި ހުންނަ ނ. އަތޮޅު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދިޔަ މީހެކެވެ. އެއީ ދިވެހި އަންހެނެކެވެ. ނިޔާވި 90 އަހަރުގެ […]
ޔުމްނާ ޢަލީ
ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލާފައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު 72 ގަޑިއިރު ތެރޭ ހާޒިރު ނުވެއްޖެނަމަ އޭނާގެ މައްޗަށް ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ)އަށް ފިޔަވަޅު އަޅަން ކުރިމިނަލް ކޯޓުން ނިންމައިފި އެވެ. ބޭސްފަރުވާއަށް އަލީ ވަހީދު އަށް މިދިޔަ ފެބްރުއަރީ މަހު ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ކޯޓުން ދިނީ އޭނާ އެނބުރި ވަޑައިގަންނަވާނެ ކަމުގެ ޔަގީން ކަމެއްގެ ގޮތުން މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަޑުބަރޭ […]
އަލީ އާދިލް
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރުކުރުމަށް ދެމީހަކު ހޯދަން ޢިއުލާންކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާވީ، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރުކުރުމަށް ހޯދަނީ، ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ ދެ މީހަކު ކަމަށެވެ. އެހެންކަމުން އެ ދެ މީހުން ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން، އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަށްވަމުން ގެންދަވާކަމަށް ފުލުހުންގެ ޚ...
އަލީ އާދިލް
އުތުރުގެ 8 ސްކޫލަކަށް ޕްރިންސިޕަލުން ހޯދަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާންކޮށްފި އެވެ. އަތޮޅު ތެރޭގެ 12 ސްކޫލަކަށް ޕްރިންސިޕަލުން ހޯދުމަށް އެމިނިސްޓްރީން އިއުލާން ކޮށްފައިވަނީ މިއަދު އެވެ. އެގޮތުން ޕްރިންސިޕަލުން ހޯދުމަށް އިޢުލާން ކޮށްފައިވަނީ ހއ. ފިއްލަދޫ ސުކޫލު، ހއ. ވަށަފަރު ސުކޫލު، ހއ. ބާރަށު ސުކޫލު، ހދ. ހިރިމަރަދޫ ސުކޫލު، ހދ. އަތޮޅު ތައުލީމީ މަރުކަޒު، ހދ. ނޭކުރަންދޫ ސުކޫލު، ށ. ގޮއިދޫ ސުކޫލު، ށ. މަގޫދޫ ސުކޫލު، ރ. ފައިނު ސުކޫލު، ވާދޫ ޖަމާލުއްދީން […]
އަލީ އާދިލް
މާލޭ މުނިސިޕަލްޓީއަށާއި، ސިޓީ ކައުންސިލަށް ޚިދުމަތްކުރެއްވި ބައެއް ފަރާތްތަކުގެ ޚިދުމަތުގެ އަގު ވަޒަންކޮށްފިއެވެ. މިގޮތުން މާލޭ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރަށް ހަ މަސް ފުރުމާއި ގުޅިގެން ރޭ ބޭއްވި ހާއްސަ ޖަލްސާގައި ވަނީ، މާލޭ މުނިސިޕަލްޓީއަށާއި، ކައުންސިލަށް ޚިދުމަތްކުރެއްވި ބައެއް ފަރާތްތަކުގެ ޚިދުމަތުގެ އަގު ވަޒަންކޮށް، މާލޭ މުނިސިޕަލްޓީގެ ރައީސްކަން ކުރެއްވި ފަރާތްތަކާއި، މާލޭ ސިޓީގެ މޭޔަރކަން ކުރެއްވި ފަރާތްތަކާއި، ކައުންސިލަރުކަން ކުރެއްވި ފަރާތްތަކައް ހަނދާނީ ފިލައަކާއި ސެޓްފިކެޓެއް...
ޔުމްނާ ޢަލީ
ރާއްޖޭގެ ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީ، އިންޑިއަން ނޭވަލް އެކެޑަމީގެ ޕާސިންގ އައުޓް ޕެރޭޑް ޝަރަފުވެރިކޮށްދެއްވައިފިއެވެ. މިނިސްޓަރ އޮފް ޑިފެންސް މާރިޔާ މިހާރު ގެންދަވަނީ، އަވަށްޓެރި އިންޑިޔާގެ ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް ކަރަމްބީރު ސިންގުގެ ދަޢުވަތަކަށް އެ ޤައުމަށް ދަތުރުފުޅެއް ކުރަށްވަމުންނެވެ. މި ދަތުރުފުޅުގެ ތެރެއިން މިއަދު އިންޑިޔާގެ އެޒިމަލާގައި ހުންނަ އޭޝިޔާގެ އެންމެ ބޮޑު ނޭވަލް އެކެޑަމީގެ ޕާސިންގ އައުޓް ޕެރޭޑް އެކަމަނާ ޝަރަފުވެރިކޮށްދެއްވާފައިވާއިރު މިއީ މި ޕެރޭޑް ބޭރު ޤައުމެއ...
ޔުމްނާ ޢަލީ
އާ ސިޓީ ކައުންސިލަށް 6 މަސް ފުރުމާއި ދިމާކޮށް، ބަދަލުތަކާއެކު މާލެ ސިޓީ ކައުންސިލް ރީބްރޭންޑް ކޮށްފި އެވެ. މާލެ ސިޓީ ކައުންސިލުން ރޭ ގައި ވަނީ އެ ކައުންސިލްގެ 4 ވަނަ ދައުރަށް 6 މަސް ފުރުމުގެ ރަސްމިއްޔާތު ބާއްވާފައެވެ. މި ރަސްމިއްޔާތުގައި މާލޭ ސިޓީ ކައުންސިލް ރީ ބްރޭންޑް ކުރުމުގައި ކައުންސިލްގެ އާ ލޯގޯ އިފްތިތާހްކުރުމާ، ދިދަ ތަޢާރަފްކުރުމާ އަދި ކައުންސިލްގެ ޔުނިފޯމް ވަނީ ތައާރަފްކޮށްފައެވެ. މީގެއިތުރުން މި ރަސްމިއްޔާތުގައި މާލޭގެ ލޭންޑް ޔޫސް […]
ޝިއުނާ އާދަމް
ކޯވިޑް-19ގެ އާ ވޭރިއަންޓް، “އޮމިކްރޯން”އަކީ ބޮޑުކަންބޮޑުވުމެއް ކަމަށާއި، އެ ވޭރިއަންޓާއި ގުޅިގެން އަޅާނެ ފިޔަވަޅުތަކާމެދު ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގްޓީމް) ބައްދަލުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެވެ. ރައީސް ކުރެއްވި ޓްވީޓެއްގައި ވަނީ ކޯވިޑްގެ އާ ވޭރިއަންޓް، “އޮމިކްރޯން”އާމެދު ކަންބޮޑުވުން އޮތްކަމަށް ވިދާޅުވެފައެވެ. އަދި އެކަމުގެ މަޝްވަރާ ޓެގް ޓީމުން މިއަދު ކުރިއަށް ގެންދާނެކަން ފާހަގަކުރަށްވައި، ރާއްޖޭގައި 50 އަހަރުން މަތީގެ މީހުންނަށް މިހާރު ކ...
ޔުމްނާ ޢަލީ
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އަށް 10 ހާސް މެންބަރުން ހަމަކޮށްފިއެވެ. އިލެކްޝަން ކޮމިޝަން (އީސީ)އިން “މޯލްޑިވްސް ނެޝަނަލް ޕާޓީ” ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓަރީކޮށްދީ، އެ ޕާޓީގެ ރަޖިސްޓަރީ ހަވާލުކުރީ ހުސްވި އޮކްޓޯބަރުމަހުގެ 25 ވަނަ ދުވަހުއެވެ. އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) މި ރޭ ކުރެއްވި ޓްވީޓެއްގައި އެ ޕާޓީއަށް 10 ހާސް މެންބަރުން ހަމަވިކަން ވަނީ ޢިއުލާން ކުރަށްވާފައެވެ. ކުރު މުއްދަތެއްގެ ތެރޭގައި އެމްއެންޕީގެ މެންބަރުންގެ އަދަދު 10000 އަށްވުރެ […]
އަލީ އާދިލް
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބުދުއްޤައްޔޫމްގެ މައްޗަށް ދެ ދައުވާއެއް އުފުލައިފި އެވެ. ރައީސް ޔާމިންގެ މައްޗަށް ދައުވާ އުފުލާފައިވަނީ، މިނިސްޓްރީ އޮފް ޓްއަރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްޤީ ކުރުމަށްޓަކައި ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރ ނަގައި ލޯންޑަރ ކޮށްފައިވާ ކަމަށް ތުޙުމަތުކުރެވޭ މައްސަލައިގައެވ...
އަލީ އާދިލް
މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓު އަޙްމަދު މަޚްލޫފުގެ މައްޗަށް ރިޝްވަތުގެ ދަޢުވާ އުފުލައިފި އެވެ. ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސިކިއުޓާ އަހްމަދު ޝަފީއު މީޑިއާތަކަށް މަޢުލޫމާތުދެމުން ވިދާޅުވީ، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް ގެ ޚިޔާނާތުގެ މައްސަލައިގެތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި ޚިޔާނާތާއި މަނީ ލޯންޑްރިންގގެ މައްސަތައް ތަކާއި ގުޅިގެން ދަޢުވާ ކުރުމަށް 24 ނޮވެންބަރު 2021 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފައ...
އަލީ އާދިލް
ލޯކަލް ކައުންސިލްތަކާއި ފުލުހުން ގުޅިގެން މަސައްކަތްކުރާނެ ގޮތުގެ އޮނިގަނޑެއް އެކުލަވައިލުމަށް، މަޝްވަރާކުރުމަށް ވޯކްޝޮޕެއް ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވި ގޮތުގައި، ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައިވާ ގޮތުގެ މަތިން، ކައުންސިލްތަކާއި ފުލުހުން ގުޅިގެން މަސައްކަތްކުރާނެ ގޮތުގެ އޮނިގަނޑެއް އެކުލަވައިލުމަށް، މަޝްވަރާކުރުމަށް ވޯކްޝޮޕެއް މިއަދު ވަނީ ފަށާފައެވެ. މި ވޯކްޝޮޕްގައި، ފުލުހުންނާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި ކައުންސިލްތައް ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކާ ގުޅޭގޮތުން،...
ޔުމްނާ ޢަލީ