އުތުރުގެ ރައްޔިތުން އަދި ޚާއްޞަކޮށް ހދ. ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަކީ ވިޔައަކުރަކަށް ވޯޓުދޭ ބައެއް ނޫންކަމަށާއި ރައްޔިތުން ބޭނުންވަނީ، އެކަމެއް ފެންނަންކަމަށާއި އެކަމެއްގައި އަތްލެވެން އަދި އެ ކަމެއް އިހުސާސުވާންކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް ވިދާޅުވެއްޖެ އެވެ. މެންބަރު ޔާސިރު މިހެން ވިދާޅުވީ 2022 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު، ބަޖެޓު ދިރާސާކުރާ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގެ ބަހުސްގައި މިއަދު ވާހަކަ ފުޅުދައްކަވަމުންނެވެ. ޔާސިރު އިތު...
އަލީ އާދިލް
ބްރެޒިލް އިން ރާއްޖެ އައި މީހެއްގެ އަތުން 94،000،000.00 (ނުވަދިހަ ހަތަރު މިލިއަން) ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ޚަބަރުފަތުރާ ވަސީލަތްތަކަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިތަކެތި އަތުލައިގަނެފައިވަނީ މިމަހުގެ 2 ވަނަ ދުވަހު ކަމަށެވެ. މިމަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 18.857 ކިލޯހުންނާނެކަމަށް ކަސްޓަމްސް އިން ވިދާޅުވި އެވެ. ބްރެޒިލް އިން ވައިގެ މަގުން ރާއްޖެ އައި މިމީހާގެއަކީ އުމުރުން 28 އަހަރުގެ ބްރެޒިލް ފިރިހެނެކެވެ. މިމީހާ ބަލާ ފާސްކޮށްފަ...
އަލީ އާދިލް
ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށް ސަރުކާރުން ދެމުން އަންނަ އެލެވެންސް 5000 ރުފިޔާ އަށް ބޮޑުކޮށްދިނުމަށް އެދި އޮންލައިން ޕެޓިޝަނެއް ހިންގަން ފަށައިފި އެވެ. މިއީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން ފޯރުކޮށްދޭ މާލި ޢިނާޔަތް އިތުރުކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްއަށް ހުށަހަޅާ ޕެޓިޝަނެކެވެ. މިޕެޓިޝަންގައި ބުނެފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އިނާއަތް ފޯރުކޮށްދިނުމަށް ހެދިފައިވާ ގާނޫ...
އިބްރާހިމް އަސްވާޤް
ރ. ވާދޫ ކައުންސިލުން އިސްނަގައިގެން އެ ރަށުގައި މީދާ ހިފުމުގެ މުބާރާތެއް ބާއްވަން ނިންމުމުން އެކަމާ އެރަށުގެ ބައެއް ޒުވާނުން ހިތްހަމަނުޖެހުންފާޅުކޮށްފިއެވެ. ވާދޫ ކައުންސިލުން 22 ނޮވެމްބަރ 2021 ވީ ހޯމަ ދުވަހު ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ އެ ރަށުގައި މީދާ ހިފުމުގެ މުބާރާތެއް ކުރިއަށް ގެންދާ އެންމެ ބޮޑު މަޤުޞަދަކީ ރަށުގައި މީދާ އިތުރުވުމުގެ ސަބަބުން، މީދަލުގެ ފަރާތުން ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރުން ކަމަށެވެ. މި މުބާރާތް ޖުމްލަ ދިހަދުވަހުގެ ނިޔަލަށް ކުރިއަށް […]
އިބްރާހިމް ޚަލީލް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަޞީމް، މިއަދު ހަވީރު ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އޭ.ކޭ. ޢަބްދުލް މޮމެން އާއި ބައްދަލުކުރައްވައިފިއެވެ. ނައިބު ރައީސް ފައިސަލް މިހާރު ގެންދަވަނީ ބަންގްލަދޭޝްއަށް ދެ ދުވަހުގެ ދަތުރުފުޅެއް ކުރަށްވަމުންނެވެ. މި ދަތުރުފުޅުގެ ތެރެއިން މިއަދު ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ، ރާއްޖެއާއި ބަންގްލަދޭޝްއާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވައި، ވޭތުވެދިޔަ އަހަރުތަކުގައި ބަންގްލަ...
ޝިއުނާ އާދަމް
މާލޭ ސިޓީގެ ގެއެއްގައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުން ވިދާޅުވީ، ނިޔާވެފައި އޮއްވާ ފެނުނީ ހެންވޭރުގައި ހުރި ގެއަކުންނެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އެމީހާގެ ހަށިގަނޑު މިހާރު ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އަށް ގެންގޮސްފައެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ މިއަދު މެންދުރުފަހު 14:30ކަށް ހާއިރުއެވެ. މި މައްސަލަ ތަހުގީގުކުރަށްވަމުން ގެންދަވާ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.
ޔުމްނާ ޢަލީ
ދިވެހި އަސްކަރިއްޔާގެ ކޯސްޓްގާޑާއި އަވަށްޓެރި އިންޑިއާ ކޯސްޓްގާޑާއި، ސްރީލަންކާގެ ކޯސްޓްގާޑު ގުޅިގެން ކުރިއަށްގެންދާ، “ޓްރައިލެޓެރަލް ޖޮއިންޓް އެކްސަސައިޒް – ދޯސްތީ” މިއަދު ފަށައިފިއެވެ. މި އެކްސަސައިޒް ބާއްވަން ފެށިތާ 30 އަހަރު މިއަހަރު ފުރޭއިރު، އެކްސަސައިޒް ދޯސްތީ އަކީ 1991 ވަނަ އަހަރުން ފެށިގެން ކޮންމެ ދެއަހަރުން އެއް އަހަރު އިންޑިއާއާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ހިންގަން ފެށި އެކްސަސައިޒެކެވެ. މި އެކްސަސައިޒުގައި ސްރީލަންކާ ބައިވެރިވާން ފަށާފައިވަނީ 2012 ވަނަ އަހަރުން ފެށިގެންނެވެ....
އަލީ އާދިލް
ރައީސުލްޖުމްހޫރިއްޔާގެ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުތައް ފުއްދުމުގެ ގޮތުން ކޮންމެވެސް ކަމެއް ނުހިނގާ ރަށެއް ނެތްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް ފައިސަލް މިހެން ވިދާޅުވީ ހޯރަފުށީ އެއާރޕޯޓުގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކުރުގެ ގޮތުން އިއްޔެ ހަވީރު ހޯރަފުށީ އެއާރޕޯޓް ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެއަރޕޯޓްފަދަ ތަންތަނަކީ ޚިދުމަތް ހޯދަން އެކި ހިސާބުތަކުން މީހުން އަންނަ ތަންތަންކަން ކަމަށްވެފަ...
ޔުމްނާ ޢަލީ
ރާއްޖެދުށް އެންމެ ހުނަރުވެރި އެއް ފަންނާނު ކަމުގައިވާ، އަބްދުﷲ ހަސަން (ހޮޅުދޫ އަބްދުﷲ) އަވަހާރަވެއްޖެ އެވެ. ފަނޑުވުމެއް ނެތް ރަން އަޑުގެ ވެރިޔާ، ހޮޅުދޫ އަބްދުﷲ އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު މިއަދު އައިޖީއެމްއެޗުގަ އެވެ. ހޮޅުދޫ އަބްދުﷲ ވަނީ ދިވެހި ލަވަކިޔުމުގެ ރޮނގުން 1981 ވަނަ އަހަރު އާއްމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ހާސިލްކުރައްވާފައެެވެ. ހޮޅުދޫ އަބްދުﷲ ދިވެހިން ފާހަގަކުރަނީ “ގައުމީ ގުރާ” ގެ ގޮތުގަ އެވެ. ހޮޅުދޫ އަބްދުﷲ […]
ތިލަދުން
ގްރޭޑް 10 ނިމުމުން ކިޔަވައި ނިމުނީ ކަމަށް ޤަބޫލުކުރެވޭނަމަ، އެ ވިސްނުން އަވަހަށް ސިކުނޑިން ފޮހެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ސާލިޙް އިލްތިމާސްކުރަށްވައިފިއެވެ. ރައީސް މިހެން ވިދާޅުވީ، 2019 ވަނަ އަހަރުގެ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ޞާލިޙްގެ ވާހަކަފުޅުގައި ވަނީ، 2019 ވަނަ އަހަރުގެ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު...
ތިލަދުން
ޙަސަން ފަހީމް ރަހީނުކޮށްފައިވަނީ މާލެއިންކަމަށް ނުބެލެވޭކަމަށް ފުލުހުން ބުނެފި އެވެ. މީޑީއާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މި މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު, ރަހީނުކޮށްފައިވަނީ މާލެއިންކަމަށް ނުބެލެވޭކަމަށާއި އަދި މިކަން ހިނގާފައިވަނީ އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅުންހުރި ޒާތީ ކަމެއްގެ ތެރެއިންކަމަށް މިހާތަނާށް ލިބިފައިވާ މައުލޫމާތުން ބެލެވޭކަމަށެވެ. “އެއީ އެމްއެންޑީއެފްގެ މީހަކަށް ވާތީ ކޮށްފައިވާ އަނިޔާއެއްކަމަށް ބެލެވޭނެ އެއްވެސް މައުލޫމާތެއ...
އަލީ އާދިލް
ސިފައިންނަށް ދޭ ފިނޑި ހަމަލާތަކުގެ ސަބަބުން ޤައުމީ ޚިދުމަތުގައި ސިފައިން ކުރަމުންދާ މަސައްކަތަށް އެއްވެސް ލޮޅުމެއް އަރުވައި ނުލެވޭނެކަމަށް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ބުނެފި އެވެ. ޤައުމީ ދިފާޢީ ބާރުން މިހެން ބުނެފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައި އެމް.އެން.ޑީ.އެފް ގައި މަސައްކަތް ކުރައްވާ ސްޓާފް ސާޖަންޓް ޙަސަން ފަހީމް، ރަހީނުކޮށް އަނިޔާތަކެއް ދީފައިވާތީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް ނެރުނު ނޫސްބަޔާނެއްގަ އެވެ. މިނޫސްބަޔާނުގައި ބުނެފައިވަނ...
އަލީ އާދިލް
7 މީހުންގެ ގުރޫޕަކުން ކޯސްޓް ގާޑުގައި މަސައްކަތް ކުރަމުން އަންނަ އުމުރުން 37 އަހަރުގެ ސިފައިންގެ މީހަކު ރަހީނުކޮށް، އަނިޔާކޮށް ފައިސާ ހޯދަން މަސައްކަތް ކޮށްފި އެވެ. ރޭ މާފަންނުން އޭސް ހާރޑްވެއަރ ހުންނަ ހިސާބުން ހިނގާފައިދަނިކޮން މިސިފައިންގެ މީހާ ރަހީނުކޮށްފައިވަނީ 11:30 ހާއިރު ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މޫނު ނިވާކޮށްގެން ތިބި ގުރޫޕަކުން މިމީހާ ގެންގޮސް ރަހީނުކޮށްފައިވަނީ އެސަރަހައްދުގައި ހުރި ކޮޓަރިއަކަށެވެ. އޭނާ ފެނިފައިވަނީ މަގުމައްޗަށް އެއްލާލައިފައި އޮއްވަ އެވެ. އޭނާއަށް ލިބިފައިވާ އ...
އަލީ އަހުސަން
ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ ރާއްޖޭގައި ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާއި ކުއްޔަށްހިފުމާ ގުޅޭގޮތުން ކުއްޔަށްހިފާ ފަރާތާއި، ކުއްޔަށްދޭ ފަރާތުގެ ޙައްޤުތަކާއި އިލްތިޒާމްތައް ބަޔާންކުރާ ބިލެވެ. މީގެއިތުރުން ދިރިއުޅުމަށްޓަކައި ކުއްޔަށްދޭ ތަންތަނުގައި ހުންނަންޖެހޭނެ އަސާސީ މިންގަނޑުތައް ކަނޑައެޅުމާއި، ކުލީގެ މުޢާމަލާތްތަކާ ގުޅިގެން އުފެދޭ ދެބަސްވުންތައް ޙައްލުކުރުމުގައި ޢަ...
ޔުމްނާ ޢަލީ
އަވަށްޓެރި އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާ އާ ސަފީރު، ހިޒް އެކްސަލަންސީ މުނު މަހާވަރް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. އިންޑިއާގެ އައު ސަފީރު، ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށް ރައީ...
ޝިއުނާ އާދަމް