ހަވީރު ނޫހުގެ މައްސަލަ ބޭރުކޮށްލުމަކީ، ފާޅުކަން ބޮޑު ބޭ އިންސާފެއް: ސުޕްރީމް ކޯޓް
ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ނޫސް ކަމަށް ހަވީރު ނޫހުގެ މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލުމަކީ ފާޅުކަން ބޮޑު ބޭ އިންސާފެއް ކަމަށް ނިންމައި، އެ މައްސަލަ އަލުން ހުށަހެޅުމުގެ ހުއްދަ ހަވީރުގެ ޗެއާމަން ޑރ. ޒާހިރު ހުސައިނަށް ދޭން ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ. 2016 ވަނަ އަހަރު ސިވިލް ކޯޓުގެ އަމުރެއްގެ ދަށުން، 37 އަހަރުވީ ހަވީރު ނޫހާއި އޮންލައިން ނެރުން ހުއްޓުވާލީ ހަވީރުގެ ހިއްސާދާރުން ކަމަށް ބުނެ އިބްރާހިމް ރަޝީދު މޫސާ […]