ހުރިހާ ކުޅިވަރަކަށް ހަމަހަމަ ފުރުސަތު ދިނުމުގައި ރަނގަޅު ހިސާބަކަށް އާދެވިއްޖެ: ރައީސް
ރާއްޖޭގައި ހުރިހާ ކުޅިވަރަކަށް ހަމަހަމަ ފުރުސަތު ދިނުމުގައި ރަނގަޅު ހިސާބަކަށް އާދެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އއ. އުކުޅަހުގައި މިއަދު ފެށޭ ވެސްޓަރން އޭޝިއަން ޖޫނިއަރ ޗެސް ޗެންޕިއަންޝިޕުގައި ބައިވެރިވުމަށް މާލެއިން ފުރާ ދިވެހި ރާޒުވާ ކުޅުންތެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް އޮފީހުން ބުނިގޮތުގައި މި ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ރއެކި އުމުރުފުރައިގެ މީހުނަށް ކުޅެވޭ އެކިއެކި ކުޅިވަރ...