މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ރާއްޖެ

16,845 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 74 ވަނަ ޞަފްޙާ

ޖިނާއީ ބޮޑެތި މައްސަލަތައް ތަހުގީގުކުރުމުގައި އިސްދައުރެއް އަދާކުރި 117 އޮފިސަރެއްގެ އަގުވަޒަންކޮށްފި

ޖިނާއީ ބޮޑެތި މައްސަލަތައް ތަހުގީގުކުރުމުގައި އިސްދައުރެއް އަދާކުރި 117 އޮފިސަރެއްގެ އަގުވަޒަންކޮށްފި

ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ހިންގާފައިވާ ޖިނާއީ ބޮޑެތި މައްސަލަތައް ތަހުގީގުކުރުމުގައި އިސްދައުރެއް އަދާކުރި ފުލުހުންގެ އަގުވަޒަންކުރުމަށް މިއަދު އިސްކަންދަރު ބިލްޑިންގގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުއެވެ. މި ރަސްމިއްޔާތުގައި، ޖިނާއީ ބޮޑެތި މައްސަލަތައް ތަހުގީގުކޮށް ކާމިޔާބުކަމާއިއެކު ނިންމުމުގައި އަމަލީގޮތުން ބައިވެރިވި އޮފިސަރުންނާއި، އެކި ގޮތްގޮތުން އެހީތެރިވެދިން ޖުމްލަ 117 އޮފިސަރަކަށް ވަނީ...

ޔުމްނާ ޢަލީ
ދުންފަތުން ސަލާމަތްވެފައިވާ ރާއްޖެއެއް ބިނާކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ރައީސްގެ އިލްތިމާސް

ދުންފަތުން ސަލާމަތްވެފައިވާ ރާއްޖެއެއް ބިނާކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ރައީސްގެ އިލްތިމާސް

ދުންފަތުގެ އިސްތިއުމާލުކުރުމާއި ނިކޮޓިންއަށް ދެވިހިފުމުން ދިވެހި ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ފޮނުއްވިމެސެޖެއްގައެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވީ، އީ-ސިނގިރޭޓް މަނާކުރުމާއި، ދުނިޔޭގައި ފުރަތަމަ ފަހަރަށް ޖީލީ ގޮތުން ދުންފަތް މަނާކުރި ގައުމަށް ރާއްޖެ ވެގެންދ...

ޔުމްނާ ޢަލީ
ޕީއެންސީ މެމްބަރުންނަށް ވެސް ލިބެނީ އެހެން މެމްބަރުން ލިބޭ މަޖިލީހުގެ މުސާރަ: ޝުޖާޢު

ޕީއެންސީ މެމްބަރުންނަށް ވެސް ލިބެނީ އެހެން މެމްބަރުން ލިބޭ މަޖިލީހުގެ މުސާރަ: ޝުޖާޢު

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލަމެންޓް ގްރޫޕްގެ މެމްބަރުންނަށް ފައިސާ ބަހަމުންދާ ކަމަށް ނޫހަކުން ގެނެސްދީފައިވާ ޚަބަރަކީ ދޮގެއް ކަމަށާއި، އެ ބޭފުޅުންނަށް ވެސް ލިބެނީ އެމްޑީޕީ އާއި އެހެނިހެން މެމްބަރުންނަށް ވެސް ލިބޭ އުސޫލުން މަޖިލީހުން ކަނޑައަޅާފައިވާ މުސާރަ ކަމަށް ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޝުޖާޢު މިފަދައިން ވިދާޅުވީ ސޯޝަލް މީޑިއާ ޕްލެޓްފޯމް ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ ޕީއެންސީ ޕާލަމެންޓް […]

ޔުމްނާ ޢަލީ
ދެ ބިދޭސީއަކު އެކަކު އަނެއްކަކަށް ވަޅިން ހަމަލާދީ އެކަކު ޒަޚަމްކޮށްލައިފި

ދެ ބިދޭސީއަކު އެކަކު އަނެއްކަކަށް ވަޅިން ހަމަލާދީ އެކަކު ޒަޚަމްކޮށްލައިފި

ގއ. ގެމަނަފުށީގައި ދެ ބިދޭސީއަކު ވަޅިން އެކަކު އަނެއްކަކަށް ހަމަލާދީ ހިންގި މާރާމާރީއެއްގައި އެކަކު ޒަޚަމްވެ ފަރުވާދޭން ފަށައިފިއެވެ. ފުލުހުން ބުނިގޮތުގައި ގެމަނަފުށީގައި ދެ ބިދޭސީއެއްގެ މެދުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީއެއް ހިނގިކަމުގެ ރިޕޯޓް ވަނީ އެ އިދާރާ އަށް ލިބިފައެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ހުށަހަޅާފައި ވަނީ 30 މެއި 2026 ދުވަހުގެ ރޭ 23:00 އެހައިކަންހާއިރުއެވެ. ފުލުހުން ބުނިގޮތުގައި މި ހާދިސާގައި އަނިޔާވި ބިދޭސީ މީހާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ […]

ޔުމްނާ ޢަލީ
ލޯންޗަކަށް ދިޔަވެ އަޑިއަށް ދަނިކޮށް އޭގައި ތިބި މީހުން ސަލާމަތްކޮށްފި

ލޯންޗަކަށް ދިޔަވެ އަޑިއަށް ދަނިކޮށް އޭގައި ތިބި މީހުން ސަލާމަތްކޮށްފި

ކޮންސްޓަންސް ހަލަވެލި ރިސޯޓް ކައިރިން ދަތުރުކުރަމުންދިޔަ ލޯންޗަކަށް ދިޔަވެ އަޑިއަށްދަނިކޮށް، އޭގައި ތިބި މީހުން ރައްކާތެރިކަމާއެކު ސަލާމަތްކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ 2026 މެއި 30 ވަނަ ދުވަހުގެ ދަންވަރު 01:45 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. ފުލުހުން ބުނި ގޮތުގައި، މި ހާދިސާ ހިނގުމާ ގުޅިގެން ކޯންޗުގެ ވެރިފަރާތުން ވަނީ ވަގުތުން އެ ސަރަހައްދަށް އިތުރު ލޯންޗެއް ފޮނުވާފައެވެ. އަދި ދިޔަވަމުންދިޔަ ލޯންޗުގައި ތިބި 20 މީހުން ވަނީ އެހީތެރިކަމަށް ދިޔަ ލޯންޗަށް ރައްކާތެރިކަމާއެކު […]

ޔުމްނާ ޢަލީ
ސިންގަޕޫރު ނުރަސްމީ ދަތުރުފުޅަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި

ސިންގަޕޫރު ނުރަސްމީ ދަތުރުފުޅަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ މާލެ ވަޑައިގެންފިއެވެ. ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސިންގަޕޫރަށް ފުރާވަޑައިގަތީ 25 މެއި 2026 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ރައީސް ރާއްޖެ ވަޑައިގެންފައިވާއިރު ޢީދު ބަންދަށްފަހު މާދަމާ ރަސްމީކޮށް ސަރުކާރު ހުޅުވާނެއެވެ.

ޔުމްނާ ޢަލީ
ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަފްލަހުގެ މައްޗަށް ދައުވާކޮށްފި

ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަފްލަހުގެ މައްޗަށް ދައުވާކޮށްފި

އިތުބާރުކުރެވޭ މަގާމެއްގައި ހުރެ އެކިދުވަސްމަތިން ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މާލެ، ހމ. ޚައިރާތު، ޢަލީ އަފްލަޙު (27އ) ގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާ އުފުލައިފިއެވެ. އަފްލަހްގެ މައްޗަށް ޕީޖީ އޮފީހުން ޖުމްލަ ހަ ދައުވާއެއް ވަނީ އުފުލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ހުރަމަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ތިން ދައުވާ އާއި، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެ ކުއްޖާ ގްރޫމްކުރުމުގެ ކުށުގެ ދައުވާ އެވެ. މީގެ އިތުރުން އިތުބާރުކުރެވޭ މަ...

ޝިއުނާ އާދަމް
އެސްއޯއީތަކުން ދައުލަތަށް 160 މިލިއަން ރުފިޔާ

އެސްއޯއީތަކުން ދައުލަތަށް 160 މިލިއަން ރުފިޔާ

ސަރުކާރު ހިއްސާވާ ކުންފުނިތަކުން (އެސްއޯއީ) ދައުލަތަށް ޑިވިޑެންޑްގެ ގޮތުގައި މި އަހަރުގެ މިހާތަނަށް 160 މިލިއަން ރުފިޔާ ދައްކާފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާތު ހިސާބުތަކުން ދައްކައިފިއެވެ. . މި އަހަރުގެ ބަޖެޓުގައި ޑިވިޑެންޑްގެ ގޮތުގައި ލިބޭނެ ކަމަށް އަމާޒު ހިފާފައިވަނީ 552 މިލިއަން ރުފިޔާއެވެ. ނަމަވެސް މިހާތަނަށް ލިބިފައިވަނީ ބަޖެޓުގައި އަމާޒު ހިފާފައިވާ މިންވަރުގެ 30 ޕަސަންޓެވެ. ކުންފުނިތަކުން ލިބޭ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ކުންފުނިތަކަށް ލިބޭ ސާފު ފައިދާ ދަށްވުމެވެ. ޑިވިޑެ...

ޔުމްނާ ޢަލީ
''ސްކައުޓް ހަރަކާތަކީ އެއްބައިވަންތަކަމުގެ ފާލަމެއް، އިންސާނިޔަތުކަމުގެ ނަމޫނާއެއް''

''ސްކައުޓް ހަރަކާތަކީ އެއްބައިވަންތަކަމުގެ ފާލަމެއް، އިންސާނިޔަތުކަމުގެ ނަމޫނާއެއް''

ސްކައުޓް ހަރަކާތަކީ ރާއްޖޭގެ ޖަޒީރާ ރަށްތަކުގެ މެދުގައި ޖޯގުރަފީ ގޮތުން އޮންނަ ދުރުމިން ކައިރިކޮށް، އެއްބައިވަންތަކަމުގެ ވަރުގަދަ ފާލަމަކުން ދިވެހި ޒުވާނުން ގުޅުވައިދޭ ބާރެއް ކަމަށާއި، އެއީ އިންސާނިއްޔަތުކަމުގެ ނަމޫނާއެއް ކަމަށް ރާއްޖޭގެ ޗީފް ސްކައުޓް އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރާއްޖޭގައި ރަސްމީކޮށް ސްކައުޓް ހަރަކާތް ފެށުނުތާ 70 އަހަރު ފުރުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ. ރައީސްގެ ޚިޠާބުގައި ސްކައުޓް ހަރަކާތަކީ އެކަކު އަނެކަކަށް...

ޔުމްނާ ޢަލީ
އިމާރާތަކުން ކުޑަކުއްޖަކު ވެއްޓުނު މައްސަލައެއް ތަހުގީގުކުރަން ފަށައިފި

އިމާރާތަކުން ކުޑަކުއްޖަކު ވެއްޓުނު މައްސަލައެއް ތަހުގީގުކުރަން ފަށައިފި

މެދުރާއްޖެތެރޭގެ ރަށެއްގައި އިމާރާތަކުން ކުޑަކުއްޖަކު ވެއްޓުނު މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ފުލުހުން މިރޭ ބުނީ މި ހާދިސާ ހިނގައިގެން ރިޕޯޓްކޮށްފައިވަނީ 2026 މެއި 29 ވަނަ ދުވަހު ކަމަށެވެ. މި ހާދިސާއާ ގުޅޭގޮތުން ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ކުއްޖާ ވެއްޓިފައިވަނީ އެ ރަށުގެ އިމާރާތެއްގެ ދެވަނަ ފަންގިފިލާއިންނެވެ. ނަމަވެސް، މި ހާދިސާގައި ކުއްޖާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުވަތަ ކުއްޖާގެ މިހާރުގެ ހާލަތާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ފު...

ޔުމްނާ ޢަލީ
އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ދާއިމީ ވޯޓާރސް ލިސްޓް އާންމުކޮށްފި

އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ދާއިމީ ވޯޓާރސް ލިސްޓް އާންމުކޮށްފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މެންބަރުންގެ ދާއިމީ ލިސްޓު އެ ޕާޓީން މިއަދު އާންމުކޮށްފިއެވެ. އެމްޑީޕީން ބުނި ގޮތުގައި، 12 ޖޫން 2026 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގެ ދާއިމީ ލިސްޓު އާންމުކޮށްފައިވަނީ ކޮންމެ މެންބަރަކުވެސް ވޯޓުލުމަށް ރަޖިސްޓްރީ ކުރެވިފައިވާ ރަށުގެ ތަފްސީލާ އެކުގައެވެ. މިއީ އިންތިޚާބުގެ ކަންކަން ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް...

ޔުމްނާ ޢަލީ
ފަތުރުވެރިން އަންނަ މިންވަރު 2.6 އިންސައްތަ މައްޗަށް

ފަތުރުވެރިން އަންނަ މިންވަރު 2.6 އިންސައްތަ މައްޗަށް

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު ދަށްވުމަށްފަހު، މި މަހުގެ ތެރޭގައި އެ އަދަދު 2.6 އިންސައްތަ މައްޗަށް ޖެހިލާފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ މިހާތަނަށް ޖުމްލަ 122,548 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއާއެކު މިހާރު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު 6,286 ފަތުރުވެރިން ޒިޔާރ...

ޔުމްނާ ޢަލީ
ފުވައްމުލަކުގައި ހިންގާ ޑްތަގް ކެފޭއެއް ބަންދުކުރަން ކޯޓުން އަމުރުކޮށްފި

ފުވައްމުލަކުގައި ހިންގާ ޑްތަގް ކެފޭއެއް ބަންދުކުރަން ކޯޓުން އަމުރުކޮށްފި

ފުވައްމުލައް ސިޓީގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި، އެ ސިޓީގެ ގެއެއްގެ ބައެއް ބަންދުކުރުމަށް ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، މި އަމުރު ނެރެފައިވަނީ ޏ. ފުވައްމުލައް، ފުނާޑު. ގުލިސްތާނުގޭގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދިނުމަށް ހަދާފައިވާ ބައި ބަންދުކުރުމަށެވެ. އެ ތަނަކީ މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ވިއްކައި ވިޔަފާރިކޮށް، އަދި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދު...

ޔުމްނާ ޢަލީ
ޢީދު ފާހަގަކުރަންވާނީ އިސްލާމީ ސަޤާފަތާއި ޚިލާފުނުވާ ގޮތުގެ މަތިންކަން ހަނދާންކުރަންވާނެ: ޝަހީމް

ޢީދު ފާހަގަކުރަންވާނީ އިސްލާމީ ސަޤާފަތާއި ޚިލާފުނުވާ ގޮތުގެ މަތިންކަން ހަނދާންކުރަންވާނެ: ޝަހީމް

ޢީދު ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދަންވާނީ އިސްލާމީ ސަޤާފަތާއި އުޞޫލުތަކާ ޚިލާފުނުވާ ގޮތުގެ މަތިންކަން މުސްލިމުން ހަނދާންކުރަންވާނެ ކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ. މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ޝަހީމް ވިދާޅުވީ، ޢަޟްޙާ ޢީދަކީ އިސްލާމީ އުންމަތަށް މާތްﷲ ދަރުމަކުރެއްވި މަތިވެރި ޢީދެއް ކަމަށެވެ. އަދި ޙައްޖުގެ އަޅުކަމާ ގުޅިގެން ޙައްޖުވެރިން ތަލްބިޔާ ކިޔައި، ﷲ އެއްކައުވަންތަކޮށް އެކަލާނގެ ޝިޢާރުތައް...

ޔުމްނާ ޢަލީ
ތެޔޮބައުޒަރަކާ ސައިކަލެއް ޖެހި އެކްސިޑެން ހިނގައި އަނިޔާވި މީހަކަށް ފަރުވާދެނީ

ތެޔޮބައުޒަރަކާ ސައިކަލެއް ޖެހި އެކްސިޑެން ހިނގައި އަނިޔާވި މީހަކަށް ފަރުވާދެނީ

ހުޅުމާލޭގައި ތެޔޮބައުޒަރަކާ ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، އަނިޔާވި މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. ފުލުހުންގެ އިދާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ނިރޮޅުމަގު ހަތްތަރި މާޓް ކައިރިންނެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 2026 މެއި 28 ވަނަ ދުވަހުގެ ރޭ 22:21 އެހައިކަންހާއިރު ކަމަށް ފުލުހުން ބުނެއެވެ. މި އެކްސިޑެންޓުގައި ވަނީ 30 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެފައެވެ. އޭނާއަށް ލިބުނު އަނިޔާތަކަށް ފަރުވ...

ޔުމްނާ ޢަލީ